13 ޑިސެމްބަރ 2025 - 14:47
ތަކެތީގެ އަގު އުފުލުމުގެ ނުވަތަ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ދުންފަތުގެ ބާވަތްތަކުގެ އަގުތައް އުފުލުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ އިދާރާ އިން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުން އިންފްލޭޝަންގެ އެނުއަލް ރޭޓުގެ 2.11 ޕަސެންޓު ނިސްބަތްވަނީ ދުންފަތުގެ ބާވަތްތަކަށެވެ. މޭވާގެ ބާވަތްތަކުން 0.61 ޕަސެންޓު ހިއްސާވާ އިރު މަހުގެ ބާވްތަކުންގެ އަގުން 0.36 ޕަސެންޓް ހިއްސާ ކުރެ އެވެ.
މަހުންމަހަށް ބަލާ އިރު މިދިޔަ ސެޕްޓެމްބަރު މަހު އިންފްލޭޝަން ހުރީ 3.9 ޕަސެންޓުގަ އެވެ. އެއީ އޮގަސްޓް މަހަށް ވުރެ 0.4 ޕަސެންޓުގެ ދަށްވުމެވެ. އެ މަހުގެ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރީ ކަރަންޓް ހިދުމަތުގެ އަގު އުފުލުމުންނެވެ.
މި އަހަރު އިންފްލޭޝަން އެންމެ ބޮޑަށް އުފުލިފައިވަނީ އޭޕްރީލް މަހު އެވެ. އެ މަހު އިންފްލޭޝަން ވަނީ 5.9 ޕަސެންޓަށް އަރައިފަ އެވެ. މި އަހަރު ފެށުނު އިރު އިންފްލޭޝަން ހުރީ 5.6 ޕަސެންޓުގަ އެވެ. މި އަހަރުގެ އެންމެ ބޮޑަށް އިންފްލޭޝަން ދަށްވެފައިވަނީ ސެޕްޓެމްބަރު އެވެ.
ސެޕްޓެމްބަރު މަހު މާލެ ސަރަހައްދުގެ އިންފްލޭޝަން ހުރީ 3.3 ޕަސެންޓުގަ އެވެ. އަދި އަތޮޅުތެރޭގެ އިންފްލޭޝަން ހުރީ 4.8 ޕަސެންޓުގަ އެވެ. އަތޮޅުތެރޭގެ އިންފްލޭޝަންގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ކާބޯތަކެތީގެ އަގުތައް އުފުލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުނެބަލަ
13 December 2025
ކްރަންޕީ ފުޅިއެއް -/80ރ. ކޯންފްލެކްސް އެލްމަންޑް ވިތް ހަނީ ޕެކެޓެއް -/88ރ. މެގީ ޗިލީ ސޯސް ފުޅިއެއް -/36ރ. 1.8 ލީޓަރުގެ ކުކިން އޮއިލް ފުޅިއެއް -/80ރ. އާފަލެއް -/8ރ. ކިޔުކަންބާ ކިލޯއެއް -/90ރ. ކެރޮޓް ކިލޯއެއް -/50ރ. އާންމުކޮށް ގަންނަން ޖެހޭ އެއްޗެހީގެ އަގު މިއަދު ހުރިވަރު މީ.
އިސްމާލު20
13 December 2025
ދުންފަތުގެ ބޮޑު ކުރި ޑިއުޓީން މުޅިން އަލަށް ލިބޭނެކަމަށް ބަޖެޓު ފޮތުގައި ޖެހި 1.1 ބިލިއަން ރުފިޔާގެ އާމުދަނީއަށް ވީގޮތެއް ބަލާލެވޭނެތޯ؟ ހަމަގައިމުވެސް ޖުމުލަ އިމްޕޯޓު ޑިއުޓީ އާމުދަނީ ހުރީ މިދިޔަ އަހަރަށްވުރެ ދަށްވެފައި. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދެއް ނުވޭ. މިރާއްޖޭގައި މީގެ ކުރިން ނެތް ދުންފަތުގެ ކަޅުބަޒާރެއް އުފެދިއްޖެ. މި ކަޅުބަޒާރަށް ވަންހަނާވެގެން ދިޔައީތޯ އެ 1.1 ބިލިއަން ރުފިޔާ؟ ފިނޭންސް މިނިސްޓްރީން ސާފުކޮށްލަ ދެއްވާ.
ތިމާވެށި
13 December 2025
ސިނގިރޭޓް ބޯތީ އެކަން ހުއްޓުވަން ގުޅަން ވީ ފަރާތެއް ނޭނގުނެވެ. އެމއާޑބްލިއު އެސްސީ ކުރީ ހުރި ފުލުސް އޮފީހާ ޖެހިގެން ހުންނަ ގޮޅަ ގަނޑުގަ ކޮންމެ ދުވަހަކު ޕޮލިހުން އެހުނަނީ ޔުނީފޯމް ގަ ސިނގިރޭޓް ބޯށެވެ. މާދަމާ ވެސް މިމަންޒަރު ފެންނާނެ އެވެ. އެހިސާބު އޮފީސް ތަކުގެ މީހުން ވެސް ޔުނީފޯމްގަ ސިނގިރޭޓް ބޮނީ އެވެ. މިހާލަތުގަ ދެން ހަދާނެ ގޮތެއް ބުނެ ބަލާށެވެ.
ޅަތަކަ
14 December 2025
ސިގިރޭޓު ބުއިމަކީ މަނާކަމެއް ނޫން
ކަރުދާ
13 December 2025
އަދިކިރިޔާ މި އިނގުނީ ދުންފަތުން އުފައްދާއެއްޗެއްކަން އާފަލާ. އޮރެންޖާ، މޭބިސްކަދުރުމީ. އޭޗެހީގެ އަގުތަށް 200 ޕަސަންޓް އުފުލެން.
ކޮރަލް
13 December 2025
މަގުމަތީން ބިދޭސީންނާ ދިވެހީން ސިނގިރޭޓް ބޮމުން ދާއިރު އެކަން ހުއްޓުވަން ނޫޅެ އެވެ. ހަނި ގޯޅިގަނޑުގަ ކުދި ކެފޭ ހަދައިގެން ނޭޕާލް ކުދީން ވަކިން ސިނގިރޭޓް ވިއްކާ އިރު ނުބަލަ އެވެ.
ނުބޯނެ
13 December 2025
މިހާރު މީހުން ދުންފަތާ ދުރުވެއްޖެޔޭ؟ ދެން ކިހިނެއް ދުންފަތުން އިންފުލޭސަނަށް އަސަރު ކުރާނީ. ހުރިހާއެއްޗެއް މިހާރު އަގުހެޔޮވެއްޖެޔޭ. އާފަލާ ދޮންކެޔޮވެސް 10ރ ކިލޯއެއް މިހާރުހުރީ އެސްޓީއޯގަ.
ނަށީދު
13 December 2025
އިންފްލޭޝަން އަރަނީ ގައުމަށް ވަންނަފައިސާ (ގައުމުން ބޭރަށް މުދަލާ ހިދުމަތް ވިއްކައިގެން ހޯދާ ފައިސާ) އާ ގައުމެއްގަ ދައުރުކުރާ ފައިސާ (މުދަލާ ހިދުމަތް ގަތުމަށް އޮތް ބާރު) ގެ ތަފާތު ބޮޑުވީމަ. ވަންނަ ފައިސާ މަދުވެ މި ތަފާތު ބޮޑުވިވަރަކަށް އިންފްލޭޝަން ބޮޑުވާނެ. އިންފްލޭޝަން ކުޑަކުރަންޔާ ރައްޔިތުން މުދަލާ ހިދުމަތް ގަންނަން ބޭނުންވާ މިންވަރަށް ވުރެން ގައުމުން ބޭރަށް ވިއްކާ މުދަލާ ހިދުމަތުން ލިބޭ ފައިސާ ގިނަކުރަންޖެހޭ. މީކީ މާ ބޮޑު ސައިންސެއް ނޫން!
ޒަންޖޭ
13 December 2025
ކޮންމެ.މީހަކަށްވެސް ކުޑަ މިންވަރެއް އެނގުނީމާ ސައިސްވެރިއަކަށް ވީހެން ހީވާތީ ވަރަށް ގިނަ ކަންކަން ގޯސްކޮށް ވިސްނަދޭ
ބިގަރު
13 December 2025
ތިޔަހެން ވިއްޔާ ތިޔަކަން ތިދަނީ ވަރަށް ރަނގަޅަށް. ދުން އުފައްދާ ހުރިހާ ސާމާނަކުން އިންފްލޭޝަން ހުއްޓުމެއް ނެތި މައްޗަށް ދާންވީ. ތިޔަ ދުމަކާ ހެދި މަގެއްގައި މިހާރު ހިނގާލެވެން ނެތް. ހޮޓާތަކާއި ކެފޭތައް ހަދައިގެން މަގުގެ ދެފަރާތުގައި ތިބެގެން ބޮނީ. ޕާކުތަކުގައި ތިބެގެން ބޮނީ. ނުބޯ މީހުންނަށް ތިޔަ ދުމަކުން ސަލާމަތެއް ނެތް. އަދިވެސް އަގުބޮޑުކުރަންވީ.
ޖަމާނީ
13 December 2025
މަގުމަތީގަ ސިނގިރޭޓް ބޯ މީހުންގެ އުނދަގޫ އަދި ގެއްލުން ކުޑަކުދީން، މުސްކުޅީން އަދި އާންމުންނަށް ވަރަށް ބޮޑު! ހާއްސަކޮށް ސްކޫލްތަކާއި އޭޑީކޭ ފަދަ ހޮސްޕިޓަލްތަކުގެ ކައިރީގަ! ދިވެހިންނަށް ނުކެރޭ މިފަދަ ބޮޑު ގެއްލުމެއް ލިބޭއިރު “އުނދަގޫ ވޭ” ބުނެލަން!! ކަންކަން ރަނގަޅު ކުރެވޭނީ ހިއްވަރާއެކު ކުރިމަތިލައިގެން! ޓެކްސް ބޮޑުކޮށްގެން އެކަނިއެއް ނޫން! ނިކަން ބަލާބަލަ ޕްލާޓިކް ކޮތަޅު އަދި ފުޅީގެ މައްސަލަ ހައްލުވިތޯ؟؟