މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓު ކައިރިއަށް ހާޒިރުކުރި އިރު ކޯޓު ކައިރީ މުޒާހަރާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
13 ޑިސެމްބަރ 2025 - 18:22
ބޮޑުކަންނެލި މަސްވެރިން މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖު، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުދެނީސް ނުހުއްޓާނެ ކަމަށް އެ މަސްވެރިން ބުނެފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު ވިދާޅުވީ މަސްވެރިން ކުރަމުންދަނީ ސިޔާސީ ކަމެއް ކަމަށް ސިފަކުރި ނަމަވެސް، އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި މަސްވެރިން ނުކުމެ ތިބީ އެތައް ކަންބޮޑުވުމަކާ އެކު ކަމަށެވެ.
ހަގީގަތު ވެސް ބޮޑުކަންނެލި މަސްވެރިން ތިބީ މަހަށް ނުފެށިފައި ކަމަށާއި އެތައް އާއިލާއެއް ވަނީ ނިކަމެތިވެފައި ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ކަންނެލި ގަންނަ ޕްރައިވެޓް ކުންފުނިތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަޑީގައި ހުންނަވައި، ބޮޑުކަންނެލި މަސްވެރިކަމުގެ އިންޑަސްޓްރީ ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެވެ.
އިމްރާން ވިދާޅުވީ މަސްވެރިންނަށް ސަރުކާރުން ފައިސާ ދެމުންދާ ކަމަށް ބުނި ނަމަވެސް، ބޮޑުކަންނެލީގެ މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށެވެ. ކަންނެލި ގަންނަ ކުންފުނިތަކުން ފައިސާ ނުލިބި ތިން، ހަތަރު މަސް ވަމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި ހައްލެއް ނުފެންނަނީސް، ދެން މަސްވެރިން ނުފުރާނެ އެވެ.
އިމްރާން ވިދާޅުވީ މަސްވެރިންނަކީ ވަރަށް ހިތްވަރުގަދަ ބައެއް ކަމަށާއި ސާބިތުކަމާ އެކު އިހުތިޖާޖުގައި ކިތަންމެ ދުވަހެއްވީ ނަމަވެސް ތިބޭނެ ކަމަށެވެ. އިހުތިޖާޖު ހުއްޓާލާނީ، އިމްރާން ވިދާޅުވި ގޮތުގައި މިނިސްޓަރު ވަޑައިގެން، ހައްލުތަކެއް ހޯދައިދިނުމުންނެވެ. އަދި އެކަން މިނިސްޓަރަށް ވެސް ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓަރަށް ދަންނަވާނީ އަވަހަށް ވަޑައިގަންނަވާށޭ މިތަނަށް. މަސްވެރިންނޭ މި ތިބީ. މިއީ އެހެން ބައެއް ނޫނޭ. މިއީ ހާލުގައި ޖެހިފައި ތިބި މަސްވެރިންނޭ. އުފާވެފައި ތިބި މަސްވެރިން ކައިރިއަށް ގޮސް އަދި ނަށަން ހުއްޓަކަސް އަދި ނުވޭނޭ. ހާލުގައި ޖެހިފައި ތިބި މަސްވެރިންގެ ހާލު ބަލައި އެމީހުންނަށް ހޯދައިދެވެން އޮތް ހައްލެއް ހޯދައިދޭށޭ އަޅުގަނޑު ދަންނަވާނީ،" އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު ޝިޔާމް މިވަގުތު ހުންނެވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކަށް ރ. ދުވާފަރަށް ވަޑައިގެންނެވެ.
މަސްވެރިންގެ ދުވަހު ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާލުން ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް އޭގެ އަނެއް ދުވަހު ފުލުހުން އެ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނެ އެވެ.
ހައްޔަރުކުރި މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އިހުތިޖާޖު ރޫލާލުމުގެ ގޮތުން ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ. އަދި އިހުތިޖާޖުގައި ބައިވެރިވި ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި ކަންނެލި ގަންނަ އަގު 80ރ. އާއި 100ރ. އާ ދެމެދުގައި ހިފެހެއްޓުމަށާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމަށެވެ. އެއީ ސަރުކާރުން އެ މަސްވެރިންނަށް ވެފައިވާ ވައުދެކެވެ.
ބޮޑުކަންނެލީގެ މަސްވެރިން މިހާރު އިހުތިޖާޖު ކުރަމުންދަނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަބްށިޑީ
14 December 2025
ކައްޕިއަކަށް ދިވެއްސަކާ 10 ބަންގާޅިން ގޮވައިގެން ދުއްވާ އޮޑިފަހަރަކަށް ސަބްސިޑީ ދޭކަށް ނުޖެހޭނެ. އެއްވެސް އުޅަނދަކަށް ދޭކަށްވެސް ނުޖެހޭނެ. އެހެންވިއްޔާ އާމްދަނީ ހޯދަން ދުއްވާ ތެޔޮ އަޅާ ހުރިހާ އުޅަނދުތަކަށްވެސް ސަބްސިޑީ ލިބެން ޖެހޭނެ. ފެރީ ލޯންޗުތަކާ، ނާލު އޮޑިފަހަރާ ޓެކްސީ ތަކަށްވެސް ތެލުގެ ސަބްސިޑީ ދޭންޖެހޭނެ. ބަންގާޅީ މަސްވެރިންގެ ސަބްސިޑީ ކަނޑާލާ
އުސްމާނުބެ
14 December 2025
ހަމަ އަގައްވަނީ ކިހާވަރެއް ވީމަބާ ، ހުރިހާ އެއްޗަޖުން ސަބުސިޑީ ދީފަ އަދި އެދުނު ހޭލައިގެން ސައިބޮއިގެން ގޮސް ބޯޓައް ރެޑް ކާޕެޓުގައި އަރުވަފާ ދެން މަސްބާނަން ބިދޭސީމީހާއައް ހަވާލުކޮއް ލީމަ ނިމުނީ . ދެން ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންޖެހޭނެ ، ބާނާ ހުރިހާމަހެއް ކިރާކައް ނުޖެހޭނެ އަމިއްލަ މީހާގެ ފެންވަރުވެސް އަފި ސަރުކާރުގެ ފެންވަރުވެސް އެބަޖެހޭ އެކަމުގަ އުޅެންޔާ ދަންނަން
ލުބްލާ2025
14 December 2025
މަސްވެރިން ބާނާ ހުރިހާ މަހެއް ސަރުކާރުން ނުޖެހޭ ގަންނާކަށް. އެވެސް ކަލޭމެން ބޭނުންވާ އަގެއް ދީގެން އަދި؟ އެހެންވިއްޔާ ހުރިހާ ކާޕެންޓްރީއަކުން ހަދާ ފަރުނީޗަރު ވެސް ކާޕެންޓްރީގެ ވެރިޔާ ބޭނުންވާ "ހަމައަގު"ގަ ސަރުކާރުން ގަންނަން ޖެހޭނެއެއްނު؟ ކިހާދެރަ ކަމެއްތަ މި މީހުންނާހެދި.
ހަސަންބެ ގެ ހުސޭނު
13 December 2025
ތީ މަސްވެރިންނެއް ނޫން. މުޒާހަރާވެރިން. އެންމެ ރަގަޅު ވާނީ ނުހުއްޓާ ކުރިޔަށް ގެންގޮސް މަސްވެރިންނަށް މަސް ބާނަން ދިނީމަ.
ދަލޭކަ އާދަނު
13 December 2025
ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލަށް ސިޔާސީ މީހަކު އޮތީމަ ތިޔައީ ސިޔާސީ ކަމެއްކަން އެނގޭ. ބިދޭސީން ހައްޔަރުކުރީމަ ކަންނެލި ދޯނިތަކުގައި އެ އުޅެނީ ކޮން ބައެއް ކަން އެބައެނގޭ. މަސް ގަންނަންވާނީ ބާޒާރު ރޭޓަށް. ނޫނީ ރައްޔިތުންގެ ފައިސާއިން އެ ކުރެވނީ ވަރަށް ބޮޑު އިސްރާފެއް.
ހުރި
13 December 2025
ތިޔައީ ރަނގަޅު ވާހަކައެއް. މުޒާހަރާ އެކުރަނީ، މަހުގެ ހަމައަގުގެ އިތުރުން ރައްޔިތުންގެ ފައިސާއިން ނުހައްގު މިންވަރެއް ހޯދަން. އެއީވެސް ކޮރަޕްޝަން ނޫންތޯ؟
ޗަސްވެރިން
13 December 2025
އަހަރެންވެސް ދެން މުޒާހަރާކުރާނަން ކަންމަތީ ފިހާރައިން އަހަރެން ބޭނުން އަގެއްގަ މުދާ ނުވިއްކާތީ...
ކެމްޕޭން
13 December 2025
މިއޮއް އަންނަނީ ކައިންސިލް އިންތިހާބު. ކޮންމެވެސް މީހަކުލައްވާ ބުނުވާ ކަންމަތީ ފިހާރައިގަ އެއްޗެހި އަގުހެޔޮވާނެކަމަށް. ދެން އެވީ މުޒާހަރާކުރަން
ބަންގާޅީ މަސްވެރިޔާ
13 December 2025
މިއޮތް ހުރިހާދުވަހު ކޮންކަމެއްބާކުރީ މިހާރު ހައިޕާވެގެން ތިޔައުޅެނީ ނުވަދެތިބެވޭތޯ ބަލާ އަހަރެމެންވެސް މިތިބީ ބަލަން
މަސްވެރިބޭބެ
13 December 2025
މަސްވެރިން ބުނާހާ އަގަކަށް މިފްކޯއިން ނުޖެހޭ މަސްގަންނާކަށް މިފްކޯއިން ގަނެވޭ އަގަކަށް މިފްކޯއަށް މަސްގަނެވޭނީ ، އެންވިއްޔާ އަހަރެމެންގޭގައި ފިހާ ރޮށިވެސް މިފްކޯއަށް ގަންނަންޖެހޭނީ އަހަރެމެން ކިޔާ އަގަކަށް ދެން އަހަރެމެންވެސް މުޒާހަރާކުރަންވީތޯ އަންތަރީސްވެދާނެ
ހަސަން ކުރުސީ
13 December 2025
ހައްލު އޮތީ ދޮންޖޭމު އުމަރުއަތުގާ. އޭނާ އައިސް ކަލޭމެންވެސް މައިތިރިކުރާނީ.
ކުރި
13 December 2025
އަމިއްލަ ވިޔަފާރި ތަކުގެ ތެރެއަށް ސަރުކާރު ވަނުމަކީ ބޮޑު ކަންނެލި ގަންނަ އަމިއްލަ ވިޔަފާރި ވެރިން ބަގުރޫޓް ވާނެ ކަމެއް. ބޮޑެތި އިންވެސްޓް ކޮއްގެން ތިބިބަޔަކަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. މަސްދޯނި ފަހަރު ގިނައިން ތިބީ ބޭރު މީހުން މިއީ އިގްތިސާދު އަށް ނުހަނު ގެއްލުން ވާނެ ކަމެއް. މަސްމާރު ޖޭޓަށް ގޮސްލިބަޔަކަށް އިގޭނީ ކިލޯއެއް އުޅެނީ މިހާރުވެސް 30 ރުފިޔާ އިން މަތީގަ.