ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ތިބި ދޯނިތައް، މާލޭ ފަޅަށް ވަނަ ނުދޭން ކޯސްޓްގާޑްގެ ސިފައިން ހުރަސް އަޅަނީ. ފޮޓޯ: ފަޔާޒް މޫސާ
10 ޑިސެމްބަރ 2025 - 20:54
"ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ"ގެ ނަމުގައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށި އިހުތިޖާޖު އަދިވެސް ކުރިއަށް އެބަގެންދެ އެވެ.
ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު 49 އޮޑިއަކުން އިހުތިޖާޖު ފެށި އެވެ. އެކި ޝިއާރުތަކާ އެކު، އެ އޮޑިތައް މެންދުރުފަހު މާލެއާ ދިމާއަށް މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
މިހާރު އޮޑިފަހަރުތައް އަޅާފައި ވަނީ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގަ އެވެ. އޮޑިތަކަށް މާލެ ފަޅުތެރެއަށް ނުވަދެވޭ ގޮތަށް ކޯސްޓްގާޑުން އަދި ވެސް ތިބީ ނެރު ބަންދުކޮށްގެންނެވެ.
އޮޑިތައް އަޅައިގެން ދިއްލައިގެން ތިބުން ފިޔަވައި އެއްވެސް އިތުރު ހަރަކާތެއް މިހާރު ކުރިއަކަށް ނުދެ އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު. ވިދާޅުވީ، ސަރުކާރުން އަންނަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ އެވެ.
"މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސްގެ ހާއްސަ އިރުޝާދުފުޅާ އެކު، މާލެ އޭރިއާ އިން ވަނީ ތެލަށް ބަދަލެއް ގެނެވި، ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު، އޭގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީ ގިނަ ކަންތައްތަކެއް ކުރަންޖެހޭކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް. މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރުކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މިފްކޯގެ ކަނޑުއޮތްގިރީގައި ހުރި ސްޓޯރޭޖާއި ޕެކިން ފެސިލިޓީ ބޭނުންކޮށްގެން ބޮޑުކަންނެލީގެ މަސައްކަތް ސަރުކާރަށް ކުރެވޭނެ ކަމަށެވެ.
"މީގެ ކުރީގައި ވެސް ކަނޑުއޮތްގިރީގައި އެކަން ކުރަމުން ގެންދިޔަ އަދި ކަނޑުއޮތްގިރީގައި ކަންނެލި ގަންނަން ފެށުމަށް ޓަކައި ކުރިއްސުރެ މަަސައްކަތްތަކެއް ކުރަމުން ދިޔައީ. އެހެންވީމާ މިއީކީ ސަރުކާރަށް ނުފުއްދޭނެ ޑިމާންޑުތަކެއް ނޫން، ނުފުއްދޭނެ ވައުދުތަކެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
Bodukanneli masveringe emme bodu kanboduvumakee bodukanneli ganna kunfunithakah vikkaafa huri kanneyyah faisaa nulibi dhigulaadhaa massala aa masverikan rangalhuvaa vaguthu kanneleege agu dhahvaa massala.
— Ahmed Shiyam (@Shiyamaldives) December 10, 2025
Mikan hallukurumah bodukanneli masverin propose kuravvanee sarukaarun…
ސަރުކާރުން އެގޮތަށް ވައުދުވެ، މެނިފެސްޓޯގައި އެ ވާހަކަ ލިޔެ، މަސްވެރިންގެ ވޯޓު ހޯދައިގެން ވެރިކަމަށް އައީ އެ ކަންތައްތައް ކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައްޔި
11 December 2025
ފުލުހުން އަރާބަލަ އިމިގްރޭޝަން އޮފިސަރުންނާއެކު ތިޔަ ދޯނި ތަކަށް. ދެން އޭގަ ފަހުން ބަލާ ކިތައް ދޯނި ތޯ ކަންނެލި ބާނަން ފުރޭވަރު ވަނީ. 3 ދިވެހިންނާ 15 ބަންގާޅިން ގޮވައިގެން ތީގެ ގިނަ ދޯނިތައް ފުރަނީ. ތެލުގެ ސަބްސިޑީގެ ފައިދާވެސް ލިބެނީ ބޮޑުބައި ބަންގާޅިންނަށް
ބަލަދުވެރި
11 December 2025
މަސްވެރިން ތީ ސަރުކާރަށް ބަލަދު އަރާފަ އޮތް ބައެއް. ތި ދޭ ތެލުގެ ސަބްސިޑީ ދޭން ޖެހޭނެ އާމްދަނީ ހޯދަން ތެޔޮ އަޅައިގެން ދުއްވާ ހުރިހާ އުޅަނދަކަށްވެސް. ފެރީ ލޯންޗުތަކާ ދޯނިތަކާ މުދާ އުފުލާ ހުރިހާ އުޅަނދަކަށްވެސް ސަބްސިޑީ ދޭންޖެހޭ ކަލޭމެނަށް ސަބްސިޑީ ދެންޏާ. އެމީހުންވެސް އާމްދަނީ ހޯދަން މަސައްކަތް ކުރަނީ ކަލޭމެންވެސް އާމްދަނީ ހޯދަން މަސައްކަތް ކުރަނީ
ވާވެއްދުން
11 December 2025
ތިމީހުންކައިރީ ބުނޭ އަންނިމެންގެއަށްދާށޭ އަންނި މަސްގަންނަނީ 100 ޑޮލަރަށް ގުރޭމެއްގެ ރޭޓުންނޯ
ރީނދޫއުރަހަ
11 December 2025
ކަނޑުދަތުރުފަތުރުކުރާމީހުންނަށް ދުއްތުރާނުކޮށް މަހަށްދޭބަލަ
މިދުވަސްވަރު
11 December 2025
މިއީ އޭޝިޔާއަށް ވިއްސާރަ ދުވަސްކޮޅެއް. މިދުވަސްކޮޅު ހަންދަމާފައި ނޮޅާފައި ކަނޑާފައި ތިބި ކަންނެލި ބުރަކަމެއް ބަރުކަމެއް ނެތި ބޭނެނީ މާލޭގެ އުތުރުފަރާތު މޫދުން. މި ވައްތަރު ރީނދޫ އުރަހަ ކަންނެލި ބޭނެނީ އަޑުގަދަކުރާ ވައްތަރުގެ އެއްޗަކުން ހަޅޭއްފަޅޭއްޖަހައިގެން މީހުންނަށް ދުއްޕާންކޮށްގެން. މި މަސްވެރިކަން ކުރެވެނީ ހަޔާތްކުޑަ އަގަލުކުޑަ ގޮތެއްފޮތެއް ނެތް މިންވަރަށް މަސްވެރިކަން ކިޔަވައިގެން ޖަމާޢަތް ހަދައިގެން.
ކިރަމިނަ
11 December 2025
މާ ގައްޑާ ނުވޭ
މަސްވެރިޔެކެ
11 December 2025
ބޮނަން މިވޮންނާ މިމަސްވެރިން އެބަޖެހެއޭ ސައިޒްކުރަން. ހަލާކުވެފަ ހުރިމަސް ނުފޫޒުން އެބަކިރުވާ. ފަޅުވެރިންނަށް ނާންގާ ކެޔޮޅާއި އޮޑިވެރިމީހާ ލާރިކޮޅު ކަޓުވާ. މިމީހުން ނޫނީ ބަޔަކު ނެތިގެން މިމީހުން އުޅޭއިރު މިމީހުނަށް ވެސް ހަގީގަތުގަ މުސާރަދެނީ ސަރުކާރު ފައިސާއިން. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ސަބްސިޑައިޒްކޮށްގެން. މިފްކޯއަށް ގަންނަ މަސްވިއްކައިގެން ނުލިބޭ މިދޭ އަގެއް.
ހުސްނުބާނޫ
11 December 2025
ތިމަސްވެރިންނޭ ކިޔައިގެން ތިއުޅެނީ ބޮޑު އުނދަގުލެއްކަހަލަ ބަޔެއް. ފެރީތަކަށް މިހާރު އެސަރަހައްދަށް ކާރި ކުރެވެނީކީނޫން. މިމީހުންގެ ހައްގޭކިޔާފަ އެހެންމީހުންގެ ހައްގު ތިނުގުޅައިގަންނަނީ. ކަލޭމެން ބާނާހާމަސް ސަރުކާރުން ގަންނަން ޖެހެންޏާ މަގޭ ފިހާރައިގަ ވިއްކަންހުރި ހުރިހާ މުދަލެއްވެސް ސަރުކާރުން ޖެހޭނެ ގަންނަން. އަދި ގޭގަހަދާ ހެދިކާކޮޅާއި، މަގޭ އަނބުގަހުގަ އަޅާ ހުރިހާ އަނބެއްވެސް ޖެހޭނެ ގަންނަން. ތިއީ ބޮޑު ޖޯކަރުންތަކެއް. ތިމީހުން ފައްސާލާ.
ހުސަ
11 December 2025
އެއްވެސް ސަރުކާރަކަށް މަސްވެރިން ބާނާ ހުރިހާ މަހެއް ނުގަނެވޭނެ! ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ އިގްތިސޯދަށްކުރާ އަސަރުތަކާއެކު އަންނަ ލޮޅުންތަކުން އެކަން އެގޮތަށް ނުކުރެވޭނެ! އެންޒިސް ކިޔާ އަމިއްލަ ކުންފުންޏަކުން ކުރިން ކަންނެލި މަސްގަނެ އެޕްރޮސެސްކުރަމުން އައީ އެމޙުން އެކަން ހުއްޓާލާ ފެކްޓަރީ ބަންދުކުރީމަ ދެން ސަރުކާރުން ފެކްޓަރީއެއް ހުޅުވާ ދެން އެކަމެއް ނުކުރެވޭނެ! މަސްވެރިން އެބަޖެހޭ ސިޔާސީ ކުޅިވަރު ހުއްޓާލަން!
ނުރަބޯ
11 December 2025
ރާއްޖޭގެ މަސްވެރިންނަށް ހީވެފަ އޮންނަނީ އެމީހުން ބާނާހާ ހުރިހާ މަހަކީ ސަރުކާރަށް ގަންނަންޖެހޭ އެއްޗެއް ކަމަށް. ސަރުކާރުތަކުންވެސް ވޯޓު ހޯދަން މަސްވެރިން ހިތް ރުއްސަން މިކުޅި ކުޅުން ހުއްޓާލަން އެބަޖެހޭ. މިފްކޯގަ ނެތް ކެޕޭސިޓީ އަކަށް މަސްކިރާކަށް ނުޖެހޭނެ. މިމީހުންނަށް ސަބްސިޑީ ދީފަ މިމީހުން ބާނާހާ މަހެއް ސަރުކާރުންގަނެފަ. ތިއުސޫލުން ވެއްޖެއްޔާ އަހަރެމެން ގޭގަ މިހަދާ ހެދިކާކޮޅުވެސް ސަރުކާރުން ޖެހޭނެ ގަންނަން.
ޝޮކްތެރަޕީ
11 December 2025
ސަތުކާރުން ޖެހޭނެ ފިހާރަތަކުގެ ހުރި މުދާވެސް ގަންނަން. މިއޮތީވާ ގައުމެ.