ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ތިބި ދޯނިތައް މާލެ އަށް މިސްރާބު ޖަހާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
10 ޑިސެމްބަރ 2025 - 14:45
ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން މިއަދު ހެނދުނު ފެށި ހުޅުމާލޭ ކަންނެލި ބަނދަރަށް ވަންނަން މިސްރާބު ހިފައިފި އެވެ.
ނަމަވެސް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
"ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި ބައިވެރިވާ ނ. މަގޫދޫ އާރު ދޯނީގެ ފަރާތުން ވާހަކަ ދެއްކި މަަސްވެރިއަކު ބުނީ މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަަމަށެވެ. މަސްވެރިން ތިބީ އެކަމުގައި ދެ ދުވަސް ވިޔަސް މ،ަޑުކުރާ ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ހުޅުމާލޭގެ ކަންނެލި ޖެޓީ ކައިރީގައި މިއަދު ހެނދުނު މުޒާހަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދު ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިންގެ ޑިމާންޑަކީ މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ ސަރުކާރުން މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުން ކަމަށެވެ. އެއީ ސަަރުކާރަށް ނުކުރެވޭ ވަރުގެ ކަންތައްތަކެއް ކަމަށް މަސްވެެރިން ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ހުޅުމާލޭގެ ކަންނެލި ޖެޓީ ކައިރީގައި މިއަދު ހެނދުނު މުޒާހަރާ ކުރާއިރު ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިފްކޯގެ ކަނޑުއޮތްގިރީގައި ހުރި ސްޓޯރޭޖާއި ޕެކިން ފެސިލިޓީ ބޭނުންކޮށްގެން ބޮޑު އެ މަސައްކަތް ސަރުކާރަށް ކުރެވޭނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.
"މީގެ ކުރީގައި ވެސް ކަނޑުއޮތްގިރީގައި އެކަން ކުރަމުން ގެންދިޔަ އަދި ކަނޑުއޮތްގިރީގައި ކަންނެލި ގަންނަން ފެށުމަށް ޓަކައި ކުރިއްސުރެ މަަސައްކަތްތަކެއް ކުރަމުން ދިޔައީ. އެހެންވީމާ މިއީކީ ސަރުކާރަށް ނުފުއްދޭނެ ޑިމާންޑުތަކެއް ނޫން، ނުފުއްދޭނެ ވައުދުތަކެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެެރިންގެ އިހުތިޖާޖުގައި ބައިވެރިވާ ދޯނިތައް މާލޭ ފަޅުން ބޭރުގައި.
ސަރުކާރުން އެގޮތަށް ވައުދުވެ، މެނިފެސްޓޯގައި އެ ވާހަކަ ލިޔެ، މަސްވެރިންގެ ވޯޓު ހޯދައިގެން ވެރިކަމަށް އައީ އެ ކަންތައްތައް ކުރެވޭނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ހުޅުމާލޭގެ ކަންނެލި ޖެޓީ ކައިރީގައި މިއަދު ހެނދުނު މުޒާހަރާ ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލޭގެ ކަންނެލި ބަނދަރުގައި އިހުތިޖާޖު ނކުރުމަށް ފަހު މުޒާހާގައި ބައިވެރިވާ މަސްވެރިން ގިނަ އަދަދެއްގެ ދޯނިފަހަރުގައި މިހާރު ވަނީ މާލެއަށްް ދަތުރުފަށައިފަ އެވެ. އޭގެ ތެރެއިން ބައެއް ދޯނިފަހަރު މާލެއަށް ފޯރާފައި ވާއިރު އަދިވެސް ބައެއް ދޯނިފަހަރު ހުރީ ހުޅުމާލެއާ ހިސާބުގަ އެވެ.
މައުރޫފް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިން މި ފަހަރު ތިބީ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަ ނުދެނީސް އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން ކަމަށެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖަށް މާލޭގެ ފަޅަށް ވަންނަން އުޅުނު މަސްވެރިންނަށް ކޯސްޓް ގާޑުން ހުރަސްއަޅަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަތެވެ. އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ފަހަރު ވަަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާރޮށިތަޅާމަނިކު
10 December 2025
އަހަރެން މިއީ ވަރަށް ގިނައިން ފަރުމަސް ބާނާ މީހެއް. ދޯނީގައިވެސް ނިކުންނަން. ރަށުގެ ގޮނުދޮށުން އުކައިގެންވެސ
ފަރުހާން ހަސަން
10 December 2025
މަސްވެރިން އެދޭ ހުރިހާ ކަމެއް މިސަރުކާރުން ދަނީ ކޮށްދެމުން، ތިޔަ ދޯނި ތަކުގަ ގިނަޢީ ބޭރުމީހުން، އެހެންވީމަ ކޮންމެހެން ދިވެހިންގެ ލާރިން އެމީހުނަށް ސަބްސިޑީ ދޭކަށް ނުޖެހޭނެ
ވަޑާންގެ
10 December 2025
މި މީހުން ބުނާގޮތުންނަމަ، ވަޑާންކުރާ މީހާ ހަދާ ހުރިހާ ފަރުނީޗަރު ސަރުކާރުން ގަންނަން ޖެހޭނެ، މި މީހުން ބުނާ އަގަކަށް، ގާ އަޅާ މީހާ އަޅާ ހުރިހާގަލެއް ސަރުކާރުން ގަންނަން ޖެހޭނެ، ދަނޑުވެރިޔާ ހައްދާ ހުރިހާ ތަރުކާރީ އާއި މޭވާ ގަންނަން ޖެހޭނީ ސަރުކާރުން، މަޖާކަމެއް ދޯ
ނޫންތަ
10 December 2025
ސަރުކާރުން ގަތީމަ ކައި ބޮއިގެން އުޅޭބަޔެއް
ޙައްގުބަސް.
10 December 2025
މަސް ބޯޓުތައް ބޭނޫން ވަނީ ސަރުކާރު ފެލަން. މަސްކުންފުނިތައް އަމިލްލަޔައް ބޭރުގެ މަސްގަންނަ މީހުން ހޯދަން ޖެހޭނީ. ސަރުކާރަކުން ނުން.
ރަންބީރު
10 December 2025
މަސްވެރިންނަށް މިޔަށް ވުރެ ވަކި ރަނގަޅު ވެރިކަމެއް ނާދޭ
ބސހސކ
10 December 2025
ރައީސް އޮފީހަށް ބަލަދު އަރާކަހަލަ. އަނެއްދިވެހިރާއްޖޭގެ ފޫވަށް ވެއްޓިފައި އޮތީ. އެއީ ފެއިލްޑު ކުޅިވަރެއް. ރީތިކޮށް ތިކަން ކުރެވޭނެ މިހާރު. ގަދަބާރުން ނުވާނެ . ރީތިގޮތް ޚިޔާރުކުރުން މުހިއްމު.
ޑރ ވާންޗޯ
10 December 2025
ތިޔަ ބައިގަނޑަށް ހެޔޮކޮން ކަންތައްކޮށްދެވޭތޯ ވެރިމީހާ އުޅުނުވަރަކަށް، ތިޔަބައިގަނޑު އެއަރަނީ ވެރިމީހާގެބޮލަށް.. ތިޔަ ބޮޑުކަންނެލި ސަރުކާރަށް ގަތުން ހުއްޓާލާފަ މިފްކޯ ޕްރައިވެޓައިޒްކުރޭ. އޭރުން މާކެޓް ޕްރައިޒްގަ މަސްވިއްކޭނެ.
ޑރ ވާންޗޯ
10 December 2025
ބޮޑުކަންނެއްޔަށް ދާއެންމެން ބާނާހުރިހާ މަހަކީ ފިކުރެއްނެތި އެމީހުން ބޭނުންއަގެއްގަ ސަރުކާރަށް ވިއްކޭ ސަރުކާރަށް ބަލަދު އަރާބައެއްވިއްޔާ ހުރިހާ ދިވެހި ރައިއްޔަތުން އެހެން މަސައްކަތްތައް ހުއްޓާލާފަ ބޮޑުކަންނެއްޔައް ނިކުމޭ..
އަލިކޮއެ/ހުޅުމާލެ
10 December 2025
މަސްވެރިން ވިއްކާނެ އަގަކަށް ސަރުކާރުން އެއްބަސްވާންޖެހޭ ސަބަބަކީ ކޮބާހޭ؟ ގަންނަ މީހާއަކަށް ނޫންތަ އިންގޭނީ ގަންނާނެ އަގެއް. ވިއްކާ މީހާ އައިސްފާ މިބުނަނީ މިއަގަށް ގަންނާށޭ. މޮޔަވެދާނެނު އަޅެ!