ރައީސް ޑރ.މުހައްމަދު މުއިއްޒު ދުވާފަރުގައި މަސްވެރިންނާ ބައްދަލުކުރެއްވުމުން، މަސްވެރިއަކު އެމަނިކުފާނާ ސުވާލުކުރަނީ. ފޮޓޯ: ރައީސް އޮފީސް
13 ޑިސެމްބަރ 2025 - 17:03
ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯ ކަމަށް ކަނޑައެޅުމުން މަސްވެރިންގެ ޝަކުވާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަމައަށް މިއަދު ގެންގޮސްފި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ރ. ދުވާފަރަށް ރައީސް މިއަދު ވަޑައިގެން މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ބައެއް މަަސްވެރިން ބުނީ، މަހުން ރަނގަޅު އަގެއް ނުލިބުމަކީ އަބަދު ވެސް އެ މީހުންގެ ޝަކުވާ ކަމަށެވެ.
ގދ. ފަރެސްމާތޮޑާ ކެޔޮޅަކު އެ ބައްދަލުވުމުގައި ބުނީ، އެއް ކިލޯ އަށް ވުރެ ބަރު މަހަކީ ރަނގަޅު އަގު ދޭ ކެޓަގަރީ ކަމަށް އަމިއްލަ ކުންފުނިތަކުން ވެސް ބަލާ ކަމަށެވެ.
މިފްކޯއިން މިހާރު ރޯ ކަޅުބިލަމަހާއި ކުދި ކަންނެއްޔަށް ދޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާ އެވެ. ކުދިމަސް ކަމަށް ބަލާ މިންގަނޑު މަތިކުރުމުން ޝަކުވާކުރި މަސްވެރިއަކު މިއަދު ބުނީ މިދިޔަ ދެ އަހަރު ދުވަސް ދިޔައީ މަސްވެރިންނަށް ވަރަށް ދަތިކޮށް ކަމަށެެވެ.
ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ރައީސް މުއިއްޒު މަސްވެރިއެއްގެ ވާހަކަ އަޑުއްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުނެން އަބަދުވެސް ރައީސް އަރިހުން މި އެދެނީ މަހަށް ރަގަޅު އަގެއް ލިބިދޭން،" އޭނާ ބުންޏެވެ.
މަސްވެރިންގެ ދުވަހަށް ދުވާފަރަށް އައިސް ހުރި އައްޑޫ ދޯންޏެއްގެ ކެޔޮޅަކު ބުނީ 1.5 ކިލޯއިން ދަށަކީ ކުދިމަސް ކަމަށް މިފްކޯ އިން ކަނޑައަޅާފައި ވާއިރު ކުދިމަސް ކިލޯއަކަށް ދެނީ އެންމެ ހަތް ރުފިޔާ ކަމަށެވެ.
"މި ރޭޓުގައި އަގު ހުންނަ އިރު މީހާ އަށް ކައިގެން ބޮއެގެން ދުނިޔޭގައި އުޅެން ބޮޑެތި ދަތިތަކާ ކުރިމަތިވޭ،" އައްޑޫ ދޯންޏެއްގެ ކެޔޮޅުގެ ހައިސިއްޔަތުން ވާހަކަ ދެއްކި ހަސަން ނަސްރު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މަސްދޯނިފަހަރު ދޫކޮށް ދިވެހިން އެހެން މަސައްކަތްތަކަށް އެނބުރެނީ މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްކަމުންނެވެ.
އައްޑޫން އައިސް ހުރި އެހެން ކެޔޮޅަކު ބުނީ މަސްވެރިން އެދެނީ މަސްކިރާނެ ތަންތަން ރާއްޖޭގައި އިތުރުކޮށްދޭން ކަމަށެވެ. އަދި މަސް ގަންނަ އަދަދު އިތުރު ކުރުމަށްޓަކައި މިފްކޯގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށްދް ވެސް އޭނާ އެދުނެވެ.
ރައީސް މުއިއްޒު ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަސްވެރިއެއްގެ ކަންބޮޑުން ފާޅުކުރަނީ.---ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ފޯރަމްގައި ދުވާފަރު މަސްވެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިން ބައިވެރިވި އެވެ. މަސްވެރިން ކުރި އެހެން ޝަކުވާތަކުގެ ތެރޭގައި، މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ފެކްޓަރީތަކަށް ބާރު ބޮޑުވެ، މަސް ވިއްކަން ދޯނިތައް ކިއުގައި ތިބެން ޖެހުން ހިމެނެ އެވެ. އެއާ އެކު، އެންމެން ވެސް ބުނީ މިރޭ ދުވާފަރުގައި ބާއްވާ ޖަލްސާގައި ރައީސް މުއިއްޒު މަސްވެރިންނަށް އުފާވެރި ހަބަރެއް ދެއްވާމެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މަސްވެރިންގެ ސުވާލުތަކާއި ޝަކުވާތަކަށް ފަހު ރައީސް ވިދާޅުވީ ބައެއް ކަންތައްތަކަށް ވަގުތު ނަގަނީ އެއީ އިގުތިސާދު ކުރިއަރައިގެންދާ ގޮތަށް ބަލައިގެން ކުރަން ޖެހޭ ކަންތައްތަކަށް ވާތީ ކަމަށެވެ. ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް ފައްޓަވަން ނުވަތަ ނަމަކަށް އިއުލާންކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިރާޝް މޫސާ
14 December 2025
އެ ތެދެއް ރައީސް ރައީސް ބުންޏަސް. ކަންކަމަށް ވަގުތު ނަގާނެ. ކިހިނެއްތަ ވަގުތުން ވަގުތަށް ކަންކަން ހައްލު ކުރާނީ އެހެން ބުނާ އިރަށް
މާހިލްް
14 December 2025
މިބައިގަނޑު ރާއްޖޭގެ ލޭނާރަށް ނުހަދާ މިބައިގަނޑު ހަދަންވީ ރާއްޖޭގެ ދަށު ނާރަށް. ހަމަ ބޭނުންވާ ގޮތް ނޫން ގޮތެއް ނުހަދައޭ. ޝަކުވާ ބޮޑު ބައެއް. މި މީހުންނަށް ކިހާ ވަރެއް ލިބިގެންތަ ދިރިއުޅެން އުދަގޫ ނުވާ ވަރު ވާނީ؟ ތިހެން ކުރާ މަސައްކަތަށް ހިތް އެދޭހާ ލާރިއެއް ދެންޏާ މިގައުމުގެ އެންމެންނަށްވެސް އެބަޔަކު ހިތްއެދޭ ވަރަށް ލާރި ދޭން ވާނެ
މިލިސްކާން
14 December 2025
މަހުގެ ސައިޒު ބަލާ އެއަށް އަގުކަނޑައަޅަނީ ވަރަށް ބޮޑަަށް ރިސާޗްކޮށްގެން، މަސް އުފެދި ބޮޑުވުމާ، ދަރިމައިވާ ސައިޒާއި، ބަލާލުމެއްނެތި ތިޔަކަހަލަ ކަންތައްތައް ކުރީމާ ދެމެހެއްޓެނިވި މަސްވެރިކަމެއް ނުކުރެވޭނެ، އަދިވެސް މަހުގެ ސައިޒު ބޮޑުކުރަންވީ 2 ކިލޯއަށް، އެއަށްވުރެ ކުދި މަސް ނުގަންނަގޮތަށް ހަދަންވީ،
ގަނޑު ކުކުޅު
13 December 2025
މަސްވެރިންނަށް މި އިނގެނީ ބޭރު މީހުންވެސް ގަންނަންޖެހޭ މަހުގެ ސައިޒު؟! ދެން މިވަރުން ކިހިނެއްތަ މިކަން ކުރާނީ؟ މި ބުނަނީޔޭ ސަރުކާރުން މަސްވެރިކަމުން ފޭޔަށް ޖެހޭށޭ. އިންޑަސްޓުރީ ގަޑުބަޑު ނުކޮށް މާކެޓަށް ދޫކޮށްލަހަށޭ! ބަޔަކު ހާލުގަ ޖެހިގެނެއް ނޫޅެޔޭ ކުރިޔަކުންވެސް. މިހާރު ދެން މާ މައްޗަށޭ ކަންކަން މިދަނީ
ނުން
13 December 2025
އެހެންހެދީމަ ކިލޯއަކަށް 7 ރުފިޔާ. މިއީ މަސްވެރިންނަށް ގެއްލުމެއް
ފާރިޝް ފަހުމީ
14 December 2025
ދެން ކިޅޯ އަކަށް 250 ރުފިޔާތަ ދޭން ވީ؟ އަގު ކިތަންމެ ބޮޑު ކުރިޔަސް މަސްވެރިންނަށް ވާނީ ގެއްލުން އެމީހުން ބުނާ ގޮތުން
މުލޭ
13 December 2025
އަހަރެމެން ވަޒީފާ އަދާކޮށްގެން ލިބޭއެއްޗަކުން ވެސް އަނގަޔާ އަތާ ދިމާކުރަނީ ގަދަކަމުން. ޙައްލަކީ ލިބޭ އެއްޗަކުން އަނގަޔާ އަތާ ދިމާކުރަން ދަސްކުރުން. އަބާދީގެ %10 މީހުންނަށް އެކަނި އަނގަޔާ އަތާ ދިމާކޮށް ބޭނުންހާ ކަމެއް ކުރެވޭ ވަރަށް ފައިސާ ލިބެނީ. މަޖުލިސް މެންބަރުން ވެސް އުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. 10،000 ރުފިޔާ ލިބޭ މީހާ ވެސް އަނގަޔާ އަތާ ދިމާކުރެވޭނެ ގޮތް އޮންނާނެ. އެކަމަކު އަހަރެމެން އެގޮތެއް ބޭނުމެއް ނުވޭ. %10 މީހުންނާ އަޅާކިޔެނީ.
ސަހަރޯއި
13 December 2025
ގަންނަމީހާއަށް އެނގޭނީ ގަންނަން ބޭނުމީ ބޮޑެތި އަނބުތޯ ކުދިއަނބުތޯ؟ ވިއްކާމީ ގަންނާނެއްބާ ކިތަން އަތުރައިގެން އިންނާނީ.
43
13 December 2025
ކެޔޮޅުންނަށް މިއުޅެނީ މުޅިން އެއްބައެއްތަ؟ ރައީސްދާހާތާކު ހުސް އެއްމޫނުތަކެއް މިފެންނަނީ.
އިލްހާމް އަނީސް
14 December 2025
އެއްބައެއްނު ފެންނާނީ. މި މާ ބޮޑު ކޮމިއުނިޓީއެއް ނޫނޭ މިހާާރު. އޮޑިއެއްގަ މިހުންނަނީ އޮޑީގެ ވެރިޔާއާ ކައްޕި އެކަނި ދިވެއްސަކަށް. ދެން ހުސް ބަންގާޅީން ލާފަ ތިބެނީ.
އަތާނީ ޖަނަރަލް
13 December 2025
18 އަހަރުނުވާ އެމަހެއްނަމަ އެއީ ކުޑަމަހެއްކަމަށް ނިންމާ ނިޔާކަނޑައަޅައިފީމެވެ.
ސާޖިދާ
13 December 2025
މަސް ބޭނުން މިހާރުން މިހާރަށް މަނާކޮށް މިކަން ހުއްޓުވާފަ ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން ފެނޭ. މަސްވެރިންނަށް ލާރި ލިބޭނެ ގޮތްތަށް ސަރުކާރުން ހޯދަދިނީމަ ނިމުނީ. ވޭޕް ވެސް މަނާކުރި ގޮތަށް އަދި ސިނގިރޭޓަށް ޖެނެރޭޝަން ބޭން އެއް އެޅުވި ގޮތަށް މަސް ބޭނުން ވެސް އެކަހަލަ ބޭން އަކުން ނަމަވެސް މިގައުމުގަ ހުއްޓުވާ މަސްތަކަށް ވެސް ރައްކާތެރި އަމާން ތަނަކަށް ރާއްޖޭގެ ކަނޑުތައް ހަދަން ރައީސަށް ލަފާ ދޭން ފެނޭ.
އިސްމާލި
13 December 2025
މާތް ކަލާކޯ. މަސްވެރިނަނަށް އެއްވެސް ކަމެއް ދަތިވެގެން ނުވާނެ. ޢެ ވެސް ކަންޑުމަސްވެެރިން އެކަނި. ޜައްޔިތުން ޖީބުން ލައިގެން ވިޔަސް މަހަށް "ހަމަ އަގު" ދޭންވާނެ. އެ ހެޔޮ ސުޕަރޕާކެޓުން މަސްދަޅެއް ވިއްކާ އަގަށްވުރެ ބޮޑު ވިޔަސް.