ަމަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ ވޯޓަށް ފަހު އިދިކޮޅު ފަރާތްތަކުން މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
10 އެޕްރީލް 2017 - 15:36
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމަށް ދެން ހުށަހަޅާނީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް މަޖިލިހުގެ ގަވައިދަށް މިއަދު ގެނައި ބަދަލުގައިވާ ގޮތަށް 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
މަސީހާއި މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ ރިޔާސަތު ބަދަލުކުރަން ހުށަނޭޅޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސް މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ގަވައިދުގައި ކުރިން އޮންނަ ގޮތުން ނަމަ، 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކު މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނެ އެވެ.
ގަވައިދަށް ހުށަހެޅި އިސްލާހު މިއަދު ފާސްކުރީ ޕީޕީއެމާއި/އެމްޑީއޭ ކޯލިޝަންގެ 46 މެމްބަރުންގެ ވޯޓުންނެވެ. މި ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވެ އެވެ.
ވޯޓަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެނައީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު އިސްލާހެއް ކަަމަށެވެ. އިދިކޮޅު މެމްބަރުން އެ ވޯޓުގައި ބައިވެރިވެރި ނުވީ އެހެންވެ ކަމަށާއި އެއީ މަޖިލީހުގައި އެޖެންޑާ ކުރެވިގެން ވާނެ އިސްލާހެއް ނޫން ކަމަށް އިބޫ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިމުގެ ތެރެއިން މަޖިލީހުގައި ވޯޓެއް ނަގައިފި ނަމަ މަސީހު ވަކިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.
"އަޅުގަނޑުމެން ގަބޫލުކުރިއަސް ނުކުރިއަސް އެ އޮތީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައި. މީގެ ކުރިން އަޅުގަނޑުމެން އަމަލުކުރީ ގަވާއިދުގައި އޮތް ގޮތަށް. އަޅުގަނޑުމެން ދެން ކުރިއަށް ދާނީ ފާސްކުރި އިސްލާހާ އެއްގޮތަށް. އަޅުގަނޑުމެން ދާނީ ގަވާއިދާ އެއްގޮތަށް،" އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލިހުގެ އިދާރާގެ ބޭރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު ވިދާޅުވީ މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކަށް 42 ވޯޓު ލިބޭނެ ކަމަށެވެ. މަޖިލީހަށް ދެ ވަނަ ފަހަރަށް މައްސަލަ ވެއްދީ ވެސް އެ ޔަގީންކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
"މި މަސައްކަތް ހުއްޓައެއް ނުލާނެ. އިސްލާހީ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން. ގާނުނީ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށް ދާއިރު ސަރުކާރުން ފަހަތަށް ޖެހެމުން ގޮސް އަރާނެ ގޮޅި ހުސްވާނެ،" އިބޫ ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ ގާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ނެގި ވޯޓުގައި ވެސް ސަރުކާރަށް އޮތް ތާއީދު ދަށްވަމުން ދާ މަންޒަރު ފެނިފައިވާ ކަމަށެވެ. މަސީހްގެ އިތުބާރު އޮތް ކަމަށް މިދިޔަ މަހުގެ 27 ގައި ބޭއްވި ޖަލްސާގައި 48 ވޯޓު ދިންއިރު، ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނަށް މިއަދު ލިބުނީ 46 ވޯޓު ކަން ފާރިސް ފާހަގަކުރެއްވި އެވެ.
"މިކަން ހުއްޓައެއް ނުލާނަން. އަޅުގަނޑުމެންނަށް ލިބެމުން މި އަންނަނީ ކުރިއެރުންތަކެއް،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމަކީ މެމްބަރުން ކުރައްވަން ޖެހިވަޑައިގަންނަވާ، މެމްބަރުންގެ މައްޗަށް ލާޒިމް މަސައްކަތެކެވެ. ޕީޕީއެމްގައި ތިއްބެވި މެމްބަރުންނާއި ދިވެހި ރައްޔިތުން ވެސް އެކަން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ 11 މެމްބަރުން ސަރުކާރު ކޯލިޝަންގެ ތެރޭގައި މިހާރު ވެސް އެބަތިއްބެވި ކަމަށެވެ. އެކަން ރައީސް އަބްދުﷲ ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން މެމްބަރުންނެއް ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް މިހާރު ސަރުކާރަކަށް ނެތް. ކުދިކުދި ސަބަބުތަކާ ހެދި ބައެއް ބޭފުޅުންނަށް ފާޅުގައި މަސައްކަތް ނުކުރެއްވުނަސް އަދި އެ ބޭފުޅުން ވެސް މި މަސައްކަތުގައި އުޅުއްވާތަން ފެންނާނެ،" ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިމުން ބޭރުގައި ސަރުކާރުން ކުރާ މަސައްކަތްތަަކަށް ނިމުން އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫނާ
11 April 2017
42 ސޮއި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެވަރަށް ސޮއި ބޭނުންވަންޏާ ދެން ޖެހޭނީ ކޮންމެވެސް އެއްބަޔަކު ހޭނައްތާފަ "ޔެސް" ބުނުވަން. ދެޓްސް އިމްޕޮސިބަލް....ޑޯންޓް ކްރައީ!
މުހައްމަދު އަހްމަދު
11 April 2017
ރައީސް ގެ ވެސް އަދި ނާއިބު ރައީސްގެ ވެސް އިތުބާރު ނެތްކަމުގެ ވޯޓް ނެގެން ވާނެ އެވެ. އެކަމަކު 2 އިރު ކާ ބޭހެއް ހެން އެ މައްސަލަ ވެއްދިގެން ނުވާނެ އެވެ. މަދުވެގެން 3 މަސް ދުވަހުގެ މުއްދަތެއް އޮންނަން ވާނެ އެވެ. އެހެން ނޫނީ އަބަދު އުޅެން ޖެހޭނީ ފިތުނައިގެ ތެރޭގައި އެއްވެސް މަސަްކަތެއް ނުކޮށެވެ. ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިވައްދާ ސަބަބު ވަރަށް ސާފެވެ. މިލިއަނުން މިލިއަނުން ފައިސާ ހޯދުމެވެ. އާމްދަނީ އިތުރު ކުރުމެވެ. ރައީސް މައުމޫނެވެ. މަނިކުފާނަކީ ރާއްޖެ ނުދެކޭ ފަދަ ދީނީ އިލްމު ވެރި އެކެވެ. ހަމަ އެހެންމެ އެހާމެ މޮޅު ހިލްމު ވެރި އެކެވެ. މަނިކުފާނުގެ އެއްބާރު ލެއްވުމާ އެކު 2 އިރު ކާ ބޭހެއް ހެން ތިޔަކުރައްވާ މަސައްކަތް ހުއްޓަވާ ލައްވާށެވެ. ކޮރަޕްޝަނާ މެދު ވިސްނައިވަޑައިގެންނަވާށެވެ.
ދޮގެއްތަ؟
11 April 2017
ކުރިއެރުން ލިބިގެން އުފާ ވުމުގެ ބަދަލުގައި ރަތަށް އަރާ ބައެއް މިނޫނީ އުޑުދަށުގަ ތިބި ކަމެއް ނޭނގޭ.
ބަށިރިހަ
11 April 2017
30 އަހަރުގެ ވެރިޔާއާއި ދިމާލަށް 3 އަހަރުގެ ވެރިޔާ ހާދަ އެއްޗެއް ގޮވިއެވެ. ހާދަ މަލާމާތެއް ކުރިއެވެ. މިއަދު ބޮނިޑިބަތްވެސް އޯކޭއެވެ. މިއަދު ގޮޅާވެސް އޯކޭއެވެ. ކުރުސިއަށް ޖެހި ހަޖޫވެސް އޯކޭއެވެ. މަަށަކަށް އޯކޭއެއް ނޫނެވެ.
ޢައްޔަބޮޑޭ
11 April 2017
42 މެންބަރަރުންންނާ އެމީހުމންގެ އަނބިންގެ ސޮއެވެސް ލިބޭނެ
އަލިކަތީބު
11 April 2017
ތިކަން ހުއްޓާލާ، އަޑުއަހަންތަ ވަކަރުގޭ ކުދިންގެ ވާހަކަ. މިހާރަކު ވަކަރުގެޔެއް ނުހުރެ. އެކަމަކު ވަކަރުގޭ ކުދިން އުޅެފާނެ.
ދިވެހިދަރި
11 April 2017
އޭނަ އެބުނި އެއްޗެއް ނޭގޭ މީހަކު މިތާކު ނޫޅޭ. މިތާގަ ކޮމެންޓުކުރާ ކިތައްމީހުންބާ ދިވެހިބަހުގެ ހަމަތަކާ އެއްގޮތަށް އެކަންކުރަނީ? ކަލޭވެސް މަޢުޟޫއާ ގުޅޭ ވާހަކަ ދައްކަބަލަ. މާ ގްްރެމާރ ނާޒީ ހެދިގެން ނޫޅެ.
ދިވެހިންގޮތުގައި
11 April 2017
މިވެރިން ގާނޫނު އަތައްލާގެން މޮޑޭގޮތައްދޯ އާމުންވެސް މިގައުމުގައި ގާނޫނުގެ ބޭނުން ހިފަންޖެހޭނީ.. މަޖިލީހޯ އިއްޒަތޯ ޕޮޕޮލިހުންނޯ ދިފައީބާރޯ މައްސަލަހަތޯ ދިވެހިންނަކީ މާވަރަކައް ގައުމުދެކެލޯބިވާ ބަޔަކޯ ވިސްނާލާފިނަމަ ލަދުން ބޯބޯހަލާކު
ޖިލްބާބު ހަބީބު
10 April 2017
ބަރާބަރު ތަންފުކެއްވެސް ދޫނުދޭތި. ވާންކޮށްފާ ބަހައްޓާ 65 މެމްބަރުންގެ ވޯޓާ ހަމަޔަށް ދަންދެން. އޭގެ ފަހުގައި ބޮނދުބުޑަށް ސައިކިޔާ ބޭރުކޮށްލީމާ ނިމުނީ ތިކަންވެސް.
އަޙްމަދު
10 April 2017
ތިމަ ތިމާމެންނަށް ކުރެވޭ ޒާތުގެ ވާހަކަ ދެއްކިއްޔާ މާ ތާހިރު ވާނެ.