ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒްގައި އެ ޕާޓީގެ ޖަލްސާއެއް ކުރިއަށް ދަނީ: ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓުގައި އެ ޕާޓީން ސޮއެއް ނުކުރި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 އެޕްރީލް 2017 - 11:23
އަންނަ މަހު 6 ގައި ބާއްވަން ނިންމާފައިވާ ލޯކަލް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖުމްހޫރީ ޕާޓީން ވެސް މިއަދު ދެކޮޅު ހަދައިފި އެވެ.
ލިސްޓާ މެދު ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން ވެސް އެ ލިސްޓުގައި އަދި ސޮއެއް ނުކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވޯޓާސް ލިސްޓުގައި ސޮއިކުރަން އިލެކްޝަނަށް ދިއުމުން، އެ ޕާޓީއާ ހަވާލުކުރީ ތިން ލިސްޓެއް ކަމަށެވެ. އެ ތިން ލިސްޓަކީ ވެސް ތަފާތު ތިން ލިސްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ލިސްޓުގައި ވޯޓުލާ މީހުންގެ ނަމާއި އައިޑީ ނަންބަރާއި ފޮޓޯ ވެސް ހުރި. އަނެއް ލިސްޓުގައި ނަމާއި އައިޑީ ކާޑު ނަމްބަރު، ދެން ހަވާލުކުރި ލިސްޓުގައި ހަމައެކަނި ނަން ހިމަނައި މުހިއްމު ހުރިހާ މައުލޫމާތެއް ވަނީ އުނިކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާން އޮންނަނީ ތިން ލިސްޓަކަށް ނޫނެވެ. ވޯޓުލާން އޮންނަނީ އާއްމުކޮށްފައި އޮންނަ އެންމެ ލިސްޓަކަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ތަފާތު ތިން ލިސްޓެއް ގެންގުޅެން ޖެހޭ ސަބަބެއް އޮންނަންވާނެ ކަމަށް އެ ޕާޓީ އަށް ގަބޫލެއް ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެހެންވެ ވޯޓާސް ލިސްޓުގައި ސޮއި ކުރަން އަޅުގަނޑުމެން އުޒުރުވެރިވީ،" އޮފިޝަލް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި މި ފަހަރު ވޯޓާސް ލިސްޓު އާއްމުކޮށްފައި ވަނީ ވޯޓުލާ އެއްވެސް މީހެއްގެ އައިޑީ ކާޑު ނޭނގޭ ގޮތަށެވެ. އެހެންކަމުން، ޕާޓީތަކުން ސޮއިކުރަން އެދިފައިވާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް އެމްޑީޕީ އަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށް އަމާޒުކޮށް 2013 ގައި ސުޕްރީމް ކޯޓުން އެކުލަވައިލި ގައިޑްލައިނުގައި ވޯޓާސް ލިސްޓު އާއްމުކުރަން ޖެހޭނީ ވޯޓުލާ މީހާގެ ނަމާއި ގޭގެ އެޑްރެހާއި އައިޑީ ކާޑު ނަމްބަރު އެނގޭ ގޮތަށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު ލޯކަލް އިންތިހާބަށް ވޯޓާސް ލިސްޓު އިލެކްޝަނުން އާއްމުކޮށްފައި ވަނީ އެ ގައިޑްލައިނުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކު މީހާ
18 April 2017
މިއީ ރީތި ގޮތަށް ބަލި ގަބޫލް ކުރުން.
ހޯހޯހޯ
18 April 2017
ތިޔަ ކަހލަ ދެކޮޅު ނުޖެހޭ ލިސްޓެއްގައި ސޮއިކުރާކަށް ނުޥާނެ.
އާދަނު
18 April 2017
ސަރުކާރުން ހާދަ ފިނޑިއޭ! ކޮބާ ގަޓް ރައީސް؟
ކޮށްލާދެން
18 April 2017
ޖޭޕީ ޖެހޭތޭ ވޯޓާރސް ލިސްޓްގައި ސޮއި ކުރަން. ނުޖެހޭދޯ. އެއީ އެމެންނަށް ކަށަވަރުވެ ޔަގީންވޭ މިހާރު އެމެން އަދި ރަންރީނދުލޭ މެންގެ ފަރާތުން ލޯކަލް ކައުންސިލު ތަކަށް ކުރިމަތިލާފައިވާ އެކަތިވެސް ނުހޮވޭނެ ކަން. މުޅިން ވެސް ހޮވޭނީ މަމެން ޕިންކީންގެ ފަރާތުން ލޯކަލް ކައުންސިލަށް ކުރިމަތިލާފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ކެންޑިޑޭޓުންނެވެ. އެއިރަށް ދޯ ރައްޔިތުންނަށް ފައިދާ އެއް ކުރާނީ. ކަން މިހެން ހުރުމުން ދެން ކޮންމެހެން ޖޭޕީން ވޯޓާރސް ލިސްޓް ގައި ސޮއި ވެސް ކުރާނެ ކަމެއް ނެތް އަދި ރަންރީނދުލޭ މެން ވެސް ސޮއި ކުރާނެ ކަމެއް ނެތް ތަމެން މަޖްލީހުގައި މާރޗް 27 ގައި ހެދި ގޮތަށް މިފަހަރުގެ ލޯކަލް ކައުންސިލު އިންތިޚާބު ތަމެން ބޮއި ކޮށް ލަގަ. އެއިރުން އެނިމުނީ އެއ ނޫން ދޯ.
ހުސޭނު
18 April 2017
މަވާ ހަމަ ކޮސްވެއްޖެ.ޖޭޕީ ޖަގަހައިގަ މީހުން ތިބިލެއް ގިނަކަމުން. ޢަންތަރީސްވެއްޖެ. ހައިރާން ވެއްޖެ. ޢެއްބުރުން ޖޭޕީ
އައްފި
18 April 2017
ވޯޓު ލިޔަކަ ނުދޭނެ ތި ފީފީ މީހުންނެއް. ބަލިވާނެކަން އިނގޭ ވިއްޔާ
ކްލޯސްޑް
18 April 2017
ވޯޓް ލާން ވެސް ނުޖެހޭ ލޯކަލް ކައުންސިލު އިންތިޚާބަކު. ރައީސް އައްޔަން ކުރައްވާ ބަޔަކު މަޖްލީހުން ފާސް ކުރީމާ ހުންނާނީ ރަނގަޅަށެވެ. އެނިމުނީ އެވެ. ޗެޕްޓަރ ކްލޯސްޑް.
އައްފި
18 April 2017
ތިބޭފުޅުން މިއަދު ސަޕޯރޓް ކުރަމުން ތިދާ ކަންތައްތަކުގެ ހިތި ތިބޭފުޅުންގެ ދަރިންނާއި ދަރިންގެ ދަރިން ދެކޭނެ
ޔަގީނޭ
18 April 2017
ލޯކަލް ކައުންސިލު އިންތިޚާބަކީ އެއީ އަނެއްހެން އިދިކޮޅު ކްރިޓިކްސް އަށް ބޭނުންވާ ވެސް އިންތިޚާާބެއް ނޫނެވެ. އެމެން ނުޖެހޭނެ އެއިންތިޚާބުގައި ބައިވެރިވެސް ވާން. އެމެން އެއިންތިޚާބުގައި ބައިވެރިވާން އުޅުން އަދި ކެމްޕެއިން ކުރުމަކީ ވެސް އެއީ ގޯހެކެވެ. ސަބަބަކީ ކައުންސިލަރުންނަކީ އެއީ ސަރުކާރުން ރަށްރަށަށް ކަނޑައަޅާ އެމްބެސެޑަރުން ކަމަށްވާއިރު އެމެން ވާން ޖެހޭނީ މުޅިން ވެސް ސަރުކާރު ހިންގާ ޕާރޓީގެ މެމްބަރުންނަށެވެ. އެއްވެސް ހާލެއްގައި އެމެން އެއީ އިދިކޮޅު ޕާރޓީ ތަކުގެ މެމްބަރުން ކަމުގައި ވެގެން ނުވާނެއެވެ. އެހެންވެގެން ގައުމު ތަރައްގީ ކުރެވޭނީ. އެއީ ޔަގީން ކަން ލިބިގެންދާނެ ކަމަކީ.
ހަމަ ނޭނގެނީ
18 April 2017
ކޮއްކޮއަށް އިނގޭތަ ކޮމިއުނިޒަމް އާއި ޑިމޮކްރަސީގެ ތަފާތު؟
އެޑްމުންޑޯ
18 April 2017
ކީއްވެބާ ރޯމާ ދުވާލު އެންމެންނަށް އެގޭގޮތަށް އިލެކްޝަނުން މިގޮތަށް ކަންތައްތައް މިކުރަނީ
ނިންމާލާ
18 April 2017
އިލެކްޝަނުން ކަންކަން އެކުރަނީ އެއީ ސްޕްރީމް ކޯޓުގެ ގައިޑް ލައިން އާއި އެއްގޮތަށެވެ. ތަމެންގެ މައްސަލަ އެއް އޮވެއްޖެނަމަ ދަގަ ކޯޓަށް. އެނިމުނީ އެވެ.
ޖާނޭ
18 April 2017
އޮޅުވާލުމަކުން އައި ކަމެއް ދެމެހެއްޓޭނީ އޮޅުވާލުމަކުން. ވީމާ ވާގޮތް. ގައުމު މިއޮތީ ތެދު ކުރަން ޖެހިފައި. އޮތީ އޮޅުން ސުވާޔެއްހެން އޮޅިފައި.
އޯސަމް
18 April 2017
އޮޅުވާލީ ރަންރީނދުލޭ މެންނެވެ. އެހެންވެ މަމެން ޕިންކީން މިއުޅެނީ އެމެން ޝަޓްޑައުން ކުރަން ޖުލައި 26 ގެ ކުރިން. އެއިރުން ވަރަށް އޯސަމް ވާނެ ދޯ.
ޯޑޮކްޓަރު
18 April 2017
އޯސަމް ތޮޔާބުނީ ރަނގަޅަށް. ޢެއީ ހަމަ ރަންރީނދޫ. ރަން ރަން .ސަލާމް
ކަތީބު
18 April 2017
މިއޮތީވާ ގައުމެއް، ހެޔޮނުވާނެ ކަތީބުންލާފަ ވެރިމީހާ ބޭނުންވާގޮތަށް ނިންމާލާ،
ވާރޑިކްޓް
18 April 2017
ކަތީބުން ތިބި އިރު މާ ބޮޑަށް ރަށްތައް ތަރައްގީ ވެއެވެ. ކަތީބުން ލާން މަމެންނަށް ފެންނަ ކަމަށް މަމެން ނިންމާ އެގޮތަށް ހުކުމް ކުރީމެވެ.