ޔާމީން ރަޝީދު: އޭނާ އަކީ ސްޓޮކް އެކްސްޗޭންޖުގައި މުހިއްމު ދައުރެއް އަދާކުރަމުން އައި މުވައްޒަފެއް ކަމަށް އެ ކުންފުނިން ބުނޭ.
23 އެޕްރީލް 2017 - 14:49
ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދަކީ ކުންފުނީގެ މުހިއްމު މަސައްކަތްތައް ކުރާ، އެންމެން ލޯބިވާ މުވައްޒަފެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މިއަދު ބުނެފި އެވެ.
ހަށިގަނޑުގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލާފައި އޮއްވައި ރޭ ދަންވަރު ފެނުނު ޔާމީން 29، ވަޒީފާ އަދާކުރާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީން ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނުނު ޚަބަރު ލިބުނީ ނުހަނު ފުންހިތާމަ އާއި ނުތަނަވަސްކަންމަތީގައި ކަމަށެވެ. ޔާމީނަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ހަރުދަނާކޮށް މަސައްކަތް ކުރަމުން އައި އެ ކުންފުނީގެ ވެރިންނާއި އެހެނިހެން މުވައްޒަފުންގެ ރަހުމަތްތެރިކަމާއި ލޯބި ލިބިގެންވާ ހީވާގި، ކުޅަދާނަ މީހެއް ކަމަށް ބަޔާނުގައިވެ އެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީންގެ މަރަކީ އޭނާ ދަންނަ އެންމެންނަށް ވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަން ސްޓޮކް އެކްސްޗޭންޖުން ފާހަގަކޮށްފައިވެ އެވެ.
"ޔާމީނަކީ މި ކުންފުނީގައި އައިޓީގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ހަތަރު މުވައްޒަފުންގެ ތެރެއިން ނުހަނު މުހިއްމު ދައުރެއް އަދާކުރަމުން އައި މުވައްޒަފެކެވެ. އަދި އެންމެ ފަހުން ޔާމީން އައީ މި ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ ފަރާތުން އަލަށް ތައާރަފްކުރާ އިންފިނިޓީ ޕޯޓަލްގެ މަސައްކަތުގައި އަވަދިނެތި އެވެ،" ބަޔާނުގައިވެ އެވެ.
ސްޓޮކް އެކްސްޗޭންޖުން ބުނިގޮތުގައި އެ ޕޯޓަލް އަކީ އޮންލައިންކޮށް އިންވެސްޓަރުންނަށް ޑިޕޮސިޓަރީ އެކައުންޓެއް މެދުވެރިކޮށް އައިޕީއޯތަކުގެ ހިއްސާ ގަނެވޭގެނެ ޕްލެޓްފޯމެކެވެ.
ޔާމީން މަރާލި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކޮށްދޭން އެ ކުންފުނިން ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
ޔާމީންގެ މަރުގެ ހިތާމައިގައި މިއަދަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭން ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.
މަރުގެ އިންޒާރުތަކަކަށް ފަހު ޔާމީން މަރާލާފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާ، ސިޑި ކައިރިންނެވެ. އޭނާ ރޭ ގެއަށް ދިޔައީ، ވަރަށް ދަންވަންދެން އޮފީހުގެ މަސައްކަތުގައި އުޅުމަށް ފަހު ކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.
ޔާމީން އެންމެ ފަހުން މީހަކާ ފޯނުން ވާހަކަ ދައްކާފައި ވަނީ ރޭ ދަންވަރު 2:34 ހާއިރެވެ. އޭނާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ 2:59 ހާއިރު ކަމަށް އާއިލާ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްރީތިންކާރ
25 April 2017
މިހާރު ބިންގަނޑުދަށުގައި އޮވެ ލިޔެބަލަ ހިތަށް އެރިހާ އެއްޗެއް 2018ވެސް ޔަގީން
ހަސަނު
25 April 2017
ބިންގަނޑު ދަށަށް އެންމެންވެސް ދާނެ. ކަންކަން ހަޖަމް ނުވުން އެެއީ މައްސަލައެއް. އެކަމް ހައްގު ބަސް ބުނެ، ޝުޢޫރު ފާޅު ކުރުން އެއީ އެންމެންނަށްވެސް ލިބިގެންވާ ހައްގެއް.
ނުބުނާނަން
25 April 2017
ކިހިނެއް އިނގެނީ 2018 ގައި ތިމީހާ ދިރިހުންނާނެ ކަމެއް ނުވަތަ ރައީސް ޔާމިން ދިރިހުންނާނެ ކަމެއް؟ ހިސާބަށްވުރެ އީމާންތެރިކަން ގަދައީ ދެއްތޯ؟
ވޮންޑާ
24 April 2017
ރާއްޖެ ޓީވީއިން ދެކުނު މޫނެއް ހެން ހީވަނީ
ޢަހުަުމަދު މީމު
24 April 2017
ކީއްކުރާނީ ގައުމުގެ ހާލަތު ތިކަމުގަ ސާމިލް ވާމީހުން ހޯދެނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ރިލުވާން އަފްރާސީން ގެ ގާތިލުންވެސް ނުހޯދޭ އަދިވެސް
ޖަަޑިބު
24 April 2017
ވަރަށްވެސް ހިތާމަހުރިކަމެއް.............
ޖިލްބާބު ހަބީބު
23 April 2017
ޔާމީނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމުގެ ވާހަކަ ފުލުހުންނަށް އޭނާ ރިޕޯޓް ކުރިކަމަށް މިނޫހުގައި ލިޔެފައިވޭ. އަހުރެން ހިތަށް އަރާ ސުއާލަކީ ޔާމީނަކީ ސަރުކާރުން ހިންގާ ކަމަށް ބުނެވޭ ނޭއްގާނި އަމަލުތަކާ ދެކޮޅަށް ސޯސަލް މީޑިއާގައި ލިޔާ ލިއުންތެރިއަކަށްވާތީ ފުލުހުންވެސް އޭނާގެ ބޯކޮޅު ބަލައި މީހުންކުރާ ފޯންކޯލްތަކާއި ދައްކާ ވާހަކަ އަޑުނާހާ ތިބޭނެބާއެވެ؟ އެހެން ބުނަން މިޖެހެނީ މީސްމީހުންގެ ހިތުގައި ނުވަތަ ކޮށްފާނޭ ކަމަށް ނުވަތަ ކަމެއް ކޮށްފާނޭކަމަށް ނުބެލެވޭ ވަރުގެ މީހުންގެ ފޯންކޯލްތައްވެސް ފުލުހުންގެ އިންޖެލިޖަންސަށް މާކުރިން ފެށިގެން ލިބިގެން މީހުން ހައްޔަރުކޮށް ޝަރީޢަތް ހިންގާކަމުގެ ވާހަކަ އަޑުއިވޭތީ މިކަން އިންޖެލިޖަންސަށް ނޭގުނީ ކީއްވެ ބާއެވެ؟
މަމެން
23 April 2017
"ޔާމީން މަރާލި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކޮށްދޭން އެ ކުންފުނިން ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ގޮވާލައިފަ އެވެ." ބަލަ ތިހެން ގޮވާކަށް ނުޖެހޭނެދޯ. ރިލްވާންކިޔާ ކުުއްޖަކު ގެއްލުނު މައްސަލާގައި ރައީސް ވިދާޅުވެފައޮތީ ދެން އެކަމެއް ބަލަން ހަވާލުވެފަ ތިބޭ މުއައްސަސާއަކުން އެކަމެއް ބަލާނެ ނޫންހޭ.. ވީމާ ސުޓޮކް އެކްސްޗޭންޖުގެ ބަޔާނުން މިބައި ނަގައި އިސްލާހުކުރުމަށް ގޮވާލަން. އެހެން ނޫނީ މުއައްސަސާތަކާ ދައުލަތާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދިކަމުގެ ދައުވާ ކުރަންޖެހިދާނެއެކޭ މަމެން ބުނާކަށްނެތީމު..
އހ
23 April 2017
ޓޮޕް 10 ގައި ލައްވާލާ ދިވެހި ކުދިން ވިސްނާ ފިކުރު ކުރާ ކުދިން ރާއްޖެ ދުކޮށް ދޭ ނޫނީ އެކުދިންގެ މައިން ބަފައިން މިގައުމު ހަމަޔަކަށް އަޅުވާ!
323
23 April 2017
އުފެއްދުންތެރި ވިސްނުންތެރި ހަލާލު މަސައްކަތުން ލާރި ހޯދައިގެން އުޅޭ ޒުވާނުންނަށް މިގައުމުގައި ޖާގަ އެއްނެތް. މިއީ ކޮންވައްތަރެއް ގައުމެއް؟ ކޮންވައްތަރެއްގެ ތަރައްގީއެއް އަންނަ ގައުމެއް؟ ރޮބޮޓުންނައްތަ؟ ވަގުންނައްތަ؟