ޔާމީންގެ ހަނދާނުގައި ވައިގެ ތެރެއަށް ފުއްޕާހަން ދޫކޮށްލަނީ. --ފޮޓޯ: ހުސެއިން އިޔާދު
24 އެޕްރީލް 2017 - 18:12
ރަހުމްކުޑަކޮށް މަރާލާފައި އޮއްވައި އިއްޔެ ރޭ ފެނުނު ބްލޮގާ، ޔާމީން ރަޝީދުގެ ހަނދާނުގައި ދިވެހި ނޫސްވެރިން މިއަދު ހަވީރު ވައިގެ ތެރެއަށް ރަތް ފުއްޕާހަން ދޫކޮށްލައިފި އެވެ.
އެކި މައްސަލަަތަކަށް ލިޔާތީ މަރުގެ އިންޒާރު ދީފައިވާ ޔާމީން މަރާލުމުގެ ކުރިން އޭނާގެ އެންމެ ފަހު ޓުވީޓަކީ ރަތް ކުލައިގެ ފުއްޕާހަމެކެވެ. އާޓިފިޝަލްބީޗުގައި ބޭއްވި ހަރަކާތެއްގައި، ނޫސްވެރިން ރަތް ފުއްޕާހަންތަކެއް ވައިގެ ތެރެއަށް ދޫކޮށްލީ އެހެންވެ އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވެސް އިންޒާރުތައް ދިނުމަށް ފަހު، އޭނާ ގެއްލުވާލާފައި ވަނިކޮށް، އެފަދަ ކަމެއް ތަކުރާރުވުމުން ނޫސްވެރިން ވަނީ ކަންބޮޑުވުމާއެކު އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. ޔާމީން މަރުގައި ވެސް ޒިންމާވާ ފަރާތްތައް ވީހާވެސް އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެންނަން ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.
މި ދެ މައްސަލާގައި ހިމެނޭ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ނުގެނެސް ލަސްވާ ކޮންމެ ދުވަހަކީ ނޫސްވެރިންނަށް ނުރައްކާ އޮތް މިންވަރު އިތުރުވާ ކަމެއް ކަން ވެސް ގިނަ ނޫސްވެރިން މިއަދު ފާހަގަކުރި އެވެ.
ޔާމީން ރަޝީދު: އޭނާ މަރާލީ ފުލުފުލުގައި އިންޒާރުތައް ދިނުމަށް ފަހު.
ޔާމީންގެ މަރަށް 24 ގަޑިއިރުވިއިރު ވެފައިވާއިރު، އެ ގަތުލާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަން ފުލުހުން އާއްމުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ، ހާއްސަ ތަހުގީގު ޓީމަކުން ސީރިިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށެވެ.
ޔާމީނަށް ކުރިން ދިން އިންޒާރުތަކުގެ މައްސަލަ ތަހުގީގުކޮށް ބަޔަކާ ސުވާލުކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޔާމީން މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޟްވާން
24 April 2017
ކޮން ޝައިޚެއްތަ ބުނީ އެ ފަކީރުގެ ހަނދާނުގައޭ ކިޔައިގެން ނޫސްވެރިން ރަތް ފުއްޕާހަން ދޫކުރާށޭ! ތިޔަ ހަންތަކުން ޔާމީން ރަޝީދަށް މިއަދު ފައިދާއެއް ކުރާނެތަ؟ ހުރިހާ ނޫސްވެރިންނާ އެނޫންވެސް މީހުން ނިކަން އޭނާޔަށް ރަޙުމަތް ލައްވާ، ސުވަރުގެ ދެއްވުން އެދި ދުޢާ ކޮށްބަލަ! ކޮން ބިދުޢަ ތަކެއްތަ؟
ޑދދ
24 April 2017
ކޮން ޝޭހެއް ބުނީ ކޮމެންޓް ކުރަން. ކޮން ބިދުޢަ ތަކެއްތަ.
ބިދުޢަ
25 April 2017
ލޯލް...މިތާ ބިދުޢައަކަށް އޮތީ ހަމައެކަނި ފުއްޕާހަން ދޫކުރުން ވިއްޔަ،،، މީ ހަމައެކަނި ޝައިޚުން ބުނާގޮތަށް ކަންތައްކުރާ ބަޔަކު އުޅޭ ތަނެއް ވިއްޔަ..
ޝައިހު މުގެންބޯ
25 April 2017
ބަލަގަ ޝޭހެއް ބުނެފިއްޔާ ކަޑައްވެސް ފުންމާލަފާނަންދޯ.
ވާހަކައޭ
24 April 2017
ޑީމޮކްރަސީއަކީވެސް ވިޔަފާރިއެއްވީމައި އެވެސް ކޮންޓުރޯލުކުރާނީ ބާރުއޮތް މީހެއް ދެއްތޮ. ބައިވަރު ވާހަކަ
ހީލިއްމް
24 April 2017
މިދުވަސްކޮޅު ދެ ޕާޓީން ވަރުވަރަށް ހަން ފުއްޕަނީ. ދެކޮޅުވެސް ހިންގަނީ އެއް މެނޭޖްމެންޓެއްގެ ދަށުންތޯ. މިހެން މިބުނީ ވަރަށް ވާދަވެރި ދެރިސޯޓުވެސް އޯނަރަކީ ކޮންބައެއްތޯ ބަލާއިރު އެކަކުގެ ދެތަން ކަމަށް ވެފައިއޮންނަނީ
ސަވައިދާން އިންޑިއާ
24 April 2017
ޔާމީނަކީ ޒުވާނެއް ޔާމީނަށް ހަމަލާދިފައިވާނީ ވެސް ބަލާބެލުމަށް ޒުވާނުން. ބުނެވިދާނެ ޒުވާނުންގެ ތެރޭގައި ހުރި މައްސަލަތައް ކަަމަށް. ގަސްތުގައި މީހުން މެރުމަކީ ދީނުގައި ޙަރާމްކަމެއް. މިއީ ހަަމައެކަނި ސަރުކާރު ބޮލުގައި އަޅުވައިގެންް ނިންމާލެވޭނެ ކަމެއް ނޫން.
ހހހ
24 April 2017
ކަލެއަށް ކިހިނެއް އެނގުނީ ހަމަލާދިނީ ޒުވާނެއްކަށް. ޕޮލިހުން މީހަކު ހައްޔަރެއް ނުކުރޭ. އެއްޗެއް ނުބުނޭ. އޭ ޕޮލޮސް މީނާއާ ސުވާލުކޮށްބަލަ.
ކަރުންމަތީގެ ޑޮކްޓަރު
24 April 2017
އަގުހެޔޮކޮށް ހީލިއަމް ލިބޭތީ ރަތް ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްލުމަކުން މަރުހޫމަށް ލިބޭނެ މޮޅެއް ނެތް. ތިޔަށްވުރެ މިސްކިތަށް އަރާ އެންމެން ދުޢާއެއްކޮއްލި ނަމަތާ އެކަމުން ފައިދާއެއް ކުރާނީ. ހިތާމައިގެ މިދަނޑިވަޅުގައި ވެސް ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން އުޅޭ ބައެއްމީ. އުއްބައްތި އާއި މާބޮނޑިތައް ކީއްވެބާ ނުގެންދިޔައީ!!!؟؟؟؟
444
24 April 2017
މިދައުރަކީ ދިވެހި ޒުވާނުންނަށް ދިމާވި އެންމެ ހިއްދަތި އެންމެ ބިރުވެރި ދައުރު. މިނޫންދުވަހެއް ހޯދަންޖެހޭ1
މަ
24 April 2017
. މަރަކީ އުމުރުގަ އެއްފަހަރު ބައްދަލުކުރާނެ އެއްޗެއް. ފުލުހަކު ހުއްޓަސް މަރެއް ނުހުއްޓުވޭނެ. ފުލުހުން ވެސް އަނިޔާވެރިކޮށް މަރާފަ އެބަ ހުރި. ޢަވަހަށް މަރުގެ ހުކުން ތަންފީޒުކުރަންވީ. މި ގޮތަށް އެ ކަކު އަނެކެއްގެ ފުރާނަ ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
ޖޖޖ
24 April 2017
މިގައުމުގަ؟ ހުރިހާސިޔާސީ މީހުން ހައްޔަރުކުރާ ގައުމެއްގަ؟ މަރާނެ މީހުން ނޭގެނީތަ؟ ކުށެއް ނެތަސް؟
ޔާމީން
25 April 2017
ޔާމީންގެ ވާހަކަތަކުން އެނގޭ ގޮތުގައި އޭނަ ނޭދޭ މަރަށް މަރު ހިފާކަށް. ވީމާ އޭނާގެ މަރުގެ ބަދަލުގައި އެފަދަ ކަމެއް ކުރުމަކީ އޭނަ އެދޭނެ ގޮތެއް ނޫން ކަންނޭގެ، އާއިލާވެސް މިކަމާއި ވިސްނާލުން ރަނގަޅު.
ކެކުޅުން
24 April 2017
މޮޔަމީހާގެ އާއިލާވެސް ސަޖެސްޝަންދީގެން ފޮޓޯނަގަން ބަޔަކު ގެންގުޅުނު ކޮޅުކޮޅަށް ދުއްވި. ޔާމީންގެ އާއިލާއަށް މިވަގުތު ބޭނުންވަނީ ހަމަޖެހުން އިތުރު ގަންހިންގުމެއްނޫން. އާއިލާއަށް ހިތްހަމަޖެހުންދެއްވާށި.
އަހަންމާ
24 April 2017
އަޅޭ ޑްރަގް ބޯ ސޮރެއްނޫން. ގޭންގް ސޮރެއްނޫން. ތޫނު ފިލި ކުއްޖެއް. ބައިނަލް އަގްވާމީ އެފޯޑެއް ޕްރޮގްރާމް ލިއެގެން ހޯދީ އިހައްދުވަހު. މިފަދަ އަގުހުރި ދަރިންގެ ފުރާނަ މިގޮތަށް ދުއްވާ ލެވޭނެމަ ސަރުކާރުގެ ބޭނުމެއް ކޮބާ؟
566
24 April 2017
މިހާރުން މިހާރަށްވެސް އެބަޖެހޭ ބައްދަލުވެލަން ރާއްޖޭގެ ލިއުންތެރިންނަށް ހުރި ސެކިއުރިޓީ ކަންތައްތަކުގެ ވާހަކަ ދައްކާލަން. އަދި އާންމުންނާ ހިއްސާކުރަން.
ހަބޭސް
24 April 2017
ޒުވާނުންނަށް މިހާޜު ހުރި ތްރެޓްސް ވެސް.