ޔާމީންގެ މައްސަލަ ބަލާ އިސް އޮފިސަރު ރިޔާޒް(ކ) ވާހަކަ ދައްކަވަނީ: އޭނާ ބަދަލުކުރަން ނިންމީ ކޮމިޝަނާގެ ބިއުރޯއަށް--. ފޮޓޯ/ މިހާރު
25 އެޕްރީލް 2017 - 15:26
ޖިނާއީ ބޮޑެތި ތަހުގީގުތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދެވި ފުލުހުންގެ ދެ އޮފިސަރަކު ޒިންމާ ބަދަލުކޮށް އެހެން ދެ ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސަން އުޅޭކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ރިޔާޒް ބަދަލުކުރަނީ ކޮމިޝަނާސް ބިއުރޯއަށެވެ. އަދި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ވެރިޔާ އަބްދުﷲ ޝަތީހު ބަދަލުކުރަނީ ޕޮލިސް އެކަޑަމީ އަށެވެ.
މި ބޮޑު ބަދަލާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވެސް ފަށާފައި ވަނީ، އެނގިފައިވާ ގޮތުގައި، ރިޔާޒު އިސްކޮށް ހުންނަވައިގެންނެވެ.
ދާދި ފަހުން ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގުގައި ބައިވެރިވާން ރިޔާޒު ވަނީ އެ ގައުމަށް ވެސް ވަޑައިގެންފަ އެވެ. އަދި ރާއްޖޭގައި މިހާތަނަށް މީހުން މެރުމުގެ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކޮށް ހުންނެވީ ވެސް ރިޔާޒެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ މަރާލި މައްސަލަ އާއި އަދި މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގު ފާހަގަކޮށްލެވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
26 April 2017
ދެއިދާރާގައިވެސް ރަގަޅު މީހުންއެބަތިބި އެހެންނަމަވެސް އަބަދުވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު
ޑަކުޓަރު
26 April 2017
މީ 2017. ސަނދުވާ ގެ ކޮމެންޓް ގެ ޖަވާބަކީ މީކީ 1989 ނޫނެވެ
މާލޭއަލީ
26 April 2017
ކޮމެންޓުތަކުން އެންމެގިނަ ލައިކް އޮތީ ކޯޑިނޭޓަރުން ހަމަޖެއްސުމަށް..
އެކްސްކޮޕް
26 April 2017
ރިޔާޒު އަކީ ވަރަށް އިޙްލާސްތެރި އިންޓްގްރީޓީހ ހުރި މޮޅު ފުލުހެއް...އެކަމަކު އޭނައަށްވެސް އިސްކުރެވުނީ ގިނަފަހަރު ވަޒީފާ،،،ޝަތީއުވެސް ހަމަ އެހެން،،،،ބޮނޑަށް ބެލީ ލޮބީ ކޮށްގެން ވެރިންގެ ލޯބިހޯދުން....ދެމީހުންވެސް އަފްރާޝީމް ކޭސްގަ ވެސް އުޅުން.....އަސްލުވެސް އިނގޭ،،،،،ވަޒީފާ މުހިއްމު ކުރި ހުވައަށްވުރެން....ލާރިލިބެންޏާ އޯކޭ
ސަނދުވާ
26 April 2017
ބައެއް ނޫސްތަކުގައި 2ފުލުހަކު މަޤާމް ބަދަލްކުރިކަމަށް ލިޔެފައި އެ އޮތީ ކަނޑައެޅިގެން ސިޔާސީ ކުރަން. ފުލުހުންނާ، ސިފައިންނަކީ، އަބަދުވެސް ސެކްޝަން ބަދަލްކޮށްގެން މަސައްކަތް ކުރާބައެއް. ޙަޤީޤަތް އޮޅުވާނުލެއްވުމަށް ނޫސްވެރިންނަށް ގޮވާލަން.
ކަލޯ
26 April 2017
ރަނގަޅު ވާހަކައެއް. އެކަމަކު މިކަަލަ މުހިންމު ޙާލަތްތަކުގަ އެއް ނޫން... ބަދަލު ކުރިޔަސް މަސައްކަތާ ޙަވާލުކުރަނީ މިކަހަލަ ކަންތަށް ނިންމާފަ. ޝުކުރިއްޔާ
ހަބީބު
25 April 2017
ހައްގުބަސް ބުނެފާނެތީ އަވަހައް ބޭރުކޮއްލަނީ ނޫނޭވާސަރުކާރެއް
ޝަރީފް
25 April 2017
ކަން ކަން ދަންނަ މީހެއްގެ ހައިސިއްޔަތުން މި ބުނަނީ ރިޔާޒް އާ ޝަތީހް އަކީ މިހާރު ޕޮލިސްގަ ތިބި އެންމެ އިންޓަގްރިޓީ ހައި 2 ބޭފުޅުން... ރިލްވާން ގެއްލުނު އިރު ރިޔާޒް ހުންނެވީ އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަން ތަކުގެ އިންޗާޖަކަށް.. ދުވަހަކުވެސް މި ދެ ބޭފުޅުން ނޭ ކިޔައިގެން ހަޑި ވާހަކައެއް އަޑެއް ނާހަން...
މަރީ
26 April 2017
5 އަހަރު ވީ އިރު އަފްރާޝީމާއި ރިޟުވާނުގެ މަރު ނޫނީ ވީގޮތް ނޭނގުނު އިންޓެގްރިޓީ ބޭނުމެއްނޫން. ޝުކުރިއްޔާ
ނާސިރު
25 April 2017
ރިޔާޒު ގެ ސަބަބުން ބަންގާލުގެ ފުލުހުން ވެސް ރައުދާ ގެ މައްސަލަ ސީރިޔަސް ކޮއްނުބަލަ ފަހުން ދޫކޮއްލީ.ރާޖްސާހި ގެ ފުލުހުން ރައުދާގެ ހަށިގަޑު ބަޅާފަހެދި ޕޮލިސް އިންކުއެސްޓް ރިޕޯޓް ގަވެސް ބަންގާޅު ފުލުހުން އަނިޔާގެ ވާހަކަ ލިޔެފަ ވާކަމައް ތިތުބާރުހުރި ފަރާތަކުން ބުނެފަވޭ.ރިޠާޒް މެން ކަންތައް ކުރިގޮތުން ނޯ ދެވަނަ އޮޓޮޕްސީ ހަދަން ކައްވަޅު ކޮން ނަންޖެހުނީ..ދިވެހި ކޮން މެ ފަރުދެއްގެ ވެސް ރައްކާތެރިކަން އެބަޖެހޭ ޔަގިން ކުރަން...
ނާޒިމް
25 April 2017
ރައީސް ޔާމީން ދިވެހިރައްޔިތުން ގެ ޝަރަފާ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ތިޔަެއެޅުއްވީ ހަމަރަގަޅު ފިޔަވަޅެއް.މާ ލަސްވެސް ވެއްޖެ.ރއްޔިތުން ގެ ސަލާމަތާ ރައްކާތެރިކަން ޔަގީން ކޮށް ދެއްވުމައް ބޮލަކަށް ކަނދުރާއަކަށް ނުބައްލަވާ ތިޔައަޅުއްވާ ފިޔަވަޅައް މަރުހަބާ.ރާޖް ޝާހިގަ ތިޔަ ފުލުހަކު ތަހުގީގެއްގަ ބައިވެރިވެސް ނުކުރެ..ރާޖް ޝާހީގެ މީޑިޔާއިން ރައުދާގެ ކްރައިމް ސީން އަށްދިޔަ މީހިންވެސް އެމަރާމެދު ސުވާލު އުފައްދާ އިންވެސްޓިގޭޓިވް ޖާނަލިސްޓުން އެދިޔަ ދެފުލުން ނަށް ފާރަލާހެދިކަން އިތުބާރު ހުރި ފަރާތަކުން ކަށަވަރު ކޮއްދިން...އެމަރުހޫމާ އާބެހޭ ގޮތުން ހެދި ބުހުތާން ދޮގުކަން އަދިހާމަ ވާނެ.ދިވެހި ރައްޔިތުން ގެ ސަލާމަތާ ރައްކާތެރިކަން ޔަގީން ކުރެވޭނީ ކަމަށް ގާބިލް މީހުން އެފަދަ މާގާމް ތަކުގަ ތިބެގެން
ރަމީޒު
25 April 2017
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޕޮލިސް ކްރިމިނަލް އިންވެސްޓިގޭޝަންގަ ސީނިއަ މަގާމެއްގަ ހުރި ރައްޓެއްސަކާ ދިމާވެގެން ވާހަކަ ދައްކާލީމަ ބުނީ، އެތާ މިހާރު އުޅެވެން ނެއްކަމަށް. ކީއްވެތޯ އެހީމަ ލައްކަވާހަކަ ކިޔަދިން، އެވާހަކަތައް މިތާކު ނުލިޔާނަން. އެކަމަކު އެއްކަމެއް ފާހަގަކޮށްލަން. އަހަރެން އެހިން، ދެން ތިތާ ރަނގަޅަށް ތިބި ކަމަށް ފެންނަނީ އިސް މީހުންގެ ތެރެއިން ކޮން ބައެއް ހޭ. އެހީމަ އެނަ ވަގުތުން ބުނި ދެމީހެއްގެ ނަން. އެދެމީހުން ގެނަން މިތާ ލިޔެފަ އެ އޮތީ އަދި އެދެމީހުން ބަދަލު ކުރަވާހަކަ މި އިވުނީ އޭގެ 1 ހަފްތާ ފަހުންވީމަ ދެން މިވަނީ ކިހިނެއްކަން ވަރަށް ސާފުވެއްޖެ.