ޔާމީން މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން: ފުލުހުން މިހާރު ޔާމީންގެ އާއިލާ އަށް އަންގާފައި ވަނީ ފުޓޭޖުން ފެންނަނީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށް.
30 އެޕްރީލް 2017 - 19:10
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން މީޑިއާގައި ބުނެފައިވީ ނަމަވެސް އެއީ ކޮން ބައެއްކަން އަދި ނޭނގޭ ކަމަށް އޭނާގެ އާއިލާ އަށް އަންގާފައިވާ ކަމަށް އެ އާއިލާ އިން މިއަދު ބުނެފި އެވެ.
ޔާމީން 29، ގެ ބައްޕަ ހުސެއިން ރަޝީދު "މިހާރު" އަށް ބުނީ ފުލުހުންގެ ބަޔަކު އިއްޔެ އެ ގެ އަށް ގޮސް އާއިލާއާ ބައްދަލުކޮށް ބައެއް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަށް ލިބިފައިވާ ފުޓޭޖުތަކުން ފެންނަ މީހުން ސާފު ނޫން ކަމަށް އާއިލާ އަށް އެންގި ކަމަށް ޔާމީންގެ ބައްޕަ ބުންޏެވެ.
ދަރިފުޅުގެ މަރާ ގުޅޭ ގޮތުން ރަޝީދު މިދިޔަ ހުކުރުދުވަހު ކޮލަމްބޯގައި މީޑިއާއާ ވާހަކަ ދައްކަނީ.
"އެ މީހުން [ފުލުހުން] ބުނީ އެ މީހުން [ފުޓޭޖުތަކުން ފެންނަ މީހުން] ތިބީ ވިގް އަޅައިގެންނޭ. އެހެންވެ އެއީ ކޮން ބައެއް ކަމެއް އަދިއެއް ނޭނގެއޭ. އެކަމަކު އަދިވެސް އެއީ ކޮން ބައެއްކަން ހޯދަން މަސައްކަތް ކުރާ ކަމަށް ބުނީ،" ރަޝީދު ބުންޏެވެ.
މި ވާހަކަތަކާ ގުޅިގެން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ފުލުހުން ބޭނުމެއް ނުވި އެވެ. އަދި ޔާމީންގެ މަރާ ގުޅޭ ގޮތުން ވެސް ޖުމްލަކޮށް މީޑިއާގައި މިވަގުތު ވަކި އެއްޗެއް ބުނަން ފުލުހުން ބޭނުމެއް ނުވެ އެވެ.
ޔާމީން: އޭނާ މަރާލިތާ ހަފުތާއެއް ވީއިރު ވެސް ގާތިލުން ނުހޯދޭ.
މިދިޔަ އަންގާރަދުވަހު ބޭއްވި ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ޔާމީން މަރާލުމުގައި ބައިވެރިވި މީހުން ދެނެގަނެވިއްޖެ ކަމަށާއި ދެން އޮތީ އެ މީހުން އަތުލައިގަތުން ކަމަށެވެ.
ސ. ފޭދޫ އަށް އުފަން ޔާމީން މަރާލި މައްސަލާގައި މިހާތަނަށް ބޭއްވި ހަމައެކަނި ނިއުސް ބްރީފިންގައި ނަވާޒް ވިދާޅުވެފައި ވަނީ ފިޒިކަލް އެވިޑެންސް ވެސް ވަނީ ހޯދާފައި ކަމަށެވެ. އަދި އިތުރަށް އެއްކުރަން ޖެހޭ މައުލޫމާތު ހޯދައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން.
ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ބަންދުކޮށްގެން ބޭއްވި މީޑިއާ ބްރީފިންގައި، ފުލުހުން ވަނީ ޔާމީނަށް ހަމަލާ ދިނުމުގައި ބައިވެރި ކަމަށް ތުހުމަތުކުރާ ބައެއް މީހުންގެ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.
ކުރު އެ ވީޑިއޯގައި ފެންނަނީ ޔާމީން އުޅުނު ސުޕެޓިއުލާގެ ދޮރު މީހަކު ހުޅުވައިގެން ވަންނަ ތަނާއި ސިޑި ކައިރީގައި މީހަކު ހުރި މަންޒަރެވެ. އަދި އަނެއް ވީޑިއޯ އިން ފެންނަނީ ދެ ސައިކަލަކަށް ދެ މީހަކު އަރަައިގެން ދާ މަންޒަރެވެ.
އަނިޔާވެރި ގޮތަކަށް ޔާމީން މަރާލިތާ އިއްޔެ އަށް ހަފުތާއެއް ވީއިރު ވެސް، ގާތިލުން ނުހޯދޭތީ އޭނާގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް ވެސް އާއިލާ އިން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގަ އާއި ފުލުހުންގެ ކިބައިން އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހމަދު
01 May 2017
ތިޔަކަމެއް މި ފުލުހުން ނުކުރާނެ އޑިޓް ރިޕޯރޓް މިކަހަލަ ކަންތއް ކުރުން މަނަލަކީ ކަންނޭގ
އަލީ
01 May 2017
ކުރަން ބޭނުން ނޫންކަމެއް ނުކުރާނެދޯ. ދެންވެސް ރައްޔިތުން ބިރުން ތިބޭނީ އެމީހުން ދޫވެފަ ތިބީމަ. އެދުވަހު އެކުޅުނީވެސް ޑްރާމާ ދޯ އެހެންވީމަ؟. މަތީގަ ތިބި މީހުން އެހާ އަވަސްއަރުވާލާފަ ބަދަލު ކުރީ އެމީހުން މި ޑްރާމާ ކުޅެން އެއްބަސް ނުވީމަ؟
ކަށްބޯހުރާ
01 May 2017
ތޮށަލިތަކުރާ ޖެހުނު ވިގަނި
mަoޮ
01 May 2017
ޢެމިިީހުންނެއް ފުލުހުން ނުހޯދާނެ... އެއީ ޔާމީންއަކީ ފުލުހުންގެ ނާގާބީލްކަމަށް ވަރަށް ފާޑު ކީމީހެއް. ފުލުހުން އުފާވާނެ އެެކަހަލަ އަޑެއް ކެޑިގެން ދިޔާމަ.. ވަރަSްހޮ
ފުނޯސް
01 May 2017
ދިވެހި ފުލުހުންގެ އިންޓެލިޖެންސްގެ މޮޅުކަމާއޭ؟ ގާތިލުން ހޯދިއްޖެ ކަމަށް ފާޅުކަން ބޮޑުގޮތެއްގަ ފުލުހުން ބުނެފަ މިހާރު މިހެދީ ކިހިނެއްބާ؟ ގާތިލުންނަށް ފިލައިގެން ނޫލެވޭނެ ދުވަސް އޮތްކަން ހަމަނޭގެނީބާ؟ އެބަޔަކު ފިލުވަން މަސައްކަތް ކުރާ ބަޔަކަށް އަޒާބު ނެތްކަމަށް ހީކުރެވެނީބާ؟ މިކަމުގަ ބައިވެރިވާ އަދި އެގޭ އެންމެންވެސް ދަންނަން ޖެހޭ ހަގީގަތަކީ އަދަށްޓަކާ ފިލާތިބެވިދާނޭ؟ ހަމަކަށަވަރުން ސުވާލް ކުރެވޭނެ ދުވަސް އަންނާނެ. އޮތްކަން. އައީ ބިރުބޮޑު ދުވަހެއް. ބިރު ބޮޑު ދުވަހެއް.
ވަގު ފުލުސް ކުޅުނިންތަ
01 May 2017
ފުލުސް ނިކުމެ ވަގު ހޯދާ.
ގގ
01 May 2017
ފުރަތަމަ ފުރާނަ އެއަށްފަހު ވަޒީފާ.
ޢަލީ ޒަރީރު
01 May 2017
ދިވެހި ފުލުހުންގެ އިންޓެލިގެންސަށް އިދިކޮޅު ސިޔާސި މީހަކު ފިލާއޮވެ ސަރުކާރުން ކުރާ ގޯސްކަންތަކުގެ ވާހަކަ ދެއްކިޔަސް ބަރާބަރަށް އެނގެއެވެ. އަދި އެމީހަކު ހޯދަން ފަހާ ދުވެ ވަރަށް ފަސޭހައިން އެމީހާ ދަމާގެންގޮސް ހައްޔަރުކޮށް އެމީހާގެ ފޯނު ގަދަކަމުން ނަމަވެސް އަތުލައެވެ.މާލޭގެ ތިބި ކެމެރާތަކަށް އަރަނީ ހަމައެކަނި ސަރުކާރާ ދެކޮޅު މިހުން. އެމީހުން ސިފަބަދަލުކޮށްގެން ތިއްބަސް ވަރަށް ފަސޭހައިން އެއީ ކާކުކަން ދަނެގަނެއެވެ.
ރައްޔިތުމީހާ
01 May 2017
މުއައްސަސާ ހުރިތާ ބަހައްޓާފަ އާންމުންނަށް ދިމާވާ ކަންކަމުގައި އަމިއްލައަށް ގޮތްނިންމާށޭބާ ފުލުހުންގެ ބަޔަކަށް މިކިޔެނީ!!!!!! ކާކު ޔުނީފޯމްދިނީ ?؟؟ ކާކު މުސާރަދެނީ ،?؟؟ ޓެކްސްދައްކަނީކޮންބައެއް؟؟؟؟؟
ނަލަ ނަލަ ކަރަންޓުބިލް
01 May 2017
އޭރުވެސް އެނގޭ ތިމީހުންނަށް ނުހޯދޭނެކަން. މަގުން ހިނގެން ނޯވޭމިހާރު މި ނޫކުލައިގެ ބައިތަކާހެދި. އަވަށަކު ރުޅިއެއްނޫން އަންނަނީ