ކުރިން އަހަރުތަކޭ އެއްގޮތަށް މި އަހަރުވެސް ރެޑްވޭވުން ވަނީ ބޮޑު ޕްރޮމޯޝަނެއް ފަށާފައި.---މިހާރު ފޮޓޯ
04 މެއި 2017 - 14:03
ފައިސާގެ ބޮޑެތި އިނާމްތައް ލިބޭ ރެޑްވޭވް ރޯދަ ޕްރޮމޯޝަން ފަށައިގެން ކުރިއަށް ދާއިރު ލަންޒާ ބްރޭންޑުގެ އުފެއްދުންތަކަށް ޑިމާންޑް ބޮޑު ކަމަށް އެ ފިހާރައިން ބުނެފި އެވެ.
ޕްރޮމޯޝަނަށް ހާއްސަކޮށް ރެޑްވޭވުން މިފަހަރު ވިއްކާ ލަންޒާ ބްރޭންޑް ބަދިގޭ ސާމާނުގެ ތެރޭގައި އަވަން، ރައިސް ކުކާ އަދި ގޭސް ކުކާ އަށް ޑިމާންޑު ބޮޑެވެ. އަދި މި ބްރޭންޑުގެ، ފެން ކައްކާ ކުރަ އާއި އެއާ ޕޮޓާއި އެއާ ފްރަޔާ އަދި ޓޯސްޓާ އެ ފިހާރައިން ލިބޭނެ އެވެ.
އަންނަ މަހުގެ 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ 300ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަންތައް ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތު ލައިގެން އެއް ވަނައަށް ހޮވޭ މީހަކަށް 100،000ރ. ލިބޭނެ އެވެ. އަދި ދެވަނަ އިނާމަކަށް 50،000ރ. ލިބޭއިރު، އިތުރު ފަސް ނަސީބުވެރިޔަކަށް 10،000ރ. ލިބޭނެ އެވެ.
ރެޑްވޭވް ރޯދަ ޕްރޮމޯޝަނަށް ހާއްސަކޮށްފައިވާ ލަންޒާ ބްރޭންޑުގެ ބައެއް ސާމާނު
މާލޭގައި ހުރި ރެޑްވޭވްގެ ފަސް ފިހާރައިންނާ ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލް އިން ވިޔަފާރިކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
އެ ފިހާރައިން ބުނީ ޕްރޮމޯޝަންގައި 30-75 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
04 May 2017
އަހަރެން ވެސް ބޭނުން ކުރަނީ މި. އަގު ހެޔޮވެފަ ވ.ފައްކާ
ރ.ސަލީމް
04 May 2017
ޢަހަރެންގެ ޕްރަޑަކްތައް ހާދަ އޭދޯ.
ައިލާ
04 May 2017
ރެޑްވޭވް ތިޔަ ދެއްވާ ހިދުމަތަށް ސުކުރިއްޔާ... ވަރަށް ޗާލު ބްރޭންޑެއް
އަބޫ
04 May 2017
ލަންޒާގަނެގެން އަޅުގަނޑަށް ކުރެވުނީ ހިތި ތަޖުރިބާއެއް. އެހެންމީހުންނަށް ރަނގަޅު ކަމަށް ފެންނަނަށްޏާ އަނެއްކާވެސް ގަންނަންވީ
ހަސަން
04 May 2017
ވަރަށް ޗާލު ލަންޒާ ހުރިހާ އެއްޗެއްވެސް. އަގު ވެސް އެހާމެ ހެޔޮ. ޝުކުރިޔާ ރެޑްވޭވް!!!