މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަޖިލިހުގެ ރިޔާސަތުގައި: އޭނާގެ ދާއިރާ އިން ކައުންސިލް އިންތިހާބު ކާމިޔާބެއް ނުވި --ފޮޓޯ މަޖިލިސް
08 މެއި 2017 - 10:26
މި ވޭތުވެ ދިޔަ ދެ މަސް ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑު "ހަނގުރާމައެއް" ކުރީ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށެވެ. އެކަން އިދިކޮޅު ޕާޓީތަކަށް ނާކާމިޔާބުވި ނަމަވެސް ކައުންސިލް އިންތިހާބުގައި ފުވައްމުލަކުން ހޯދި ނަތީޖާއިން، މަސީހުގެ އިތުބާރު ނެތްކަން ހާމަވެއްޖެ ކަމަށް ބުނެ، އެ ރަށަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ވަނީ އެމްޑީޕީން ކާމިޔާބުކޮށްފަ އެވެ. އަދި މަސީހު ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ފަލާހު ޝަރީފް ކާމިޔާބުކުރެއްވީ ޕީޕީއެމާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.
ކުރީގެ ނައިބު ރައީސް ޖަމީލު: ފުވައްމުލަކުން އިދިކޮޅު ޕާޓީތަކަށް ލިބުނު ކާމިޔާބުން މަސީހަށް ފާޑުވިދާޅުވި
ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާގެ ނަތީޖާއިން މަޖިލީހުގެ ރައީސް، މަސީހުގެ އިތުބާރު ނެތްކަން ސާބިތު ވެއްޖެ ކަމަށެވެ.
"(ދެން) ދުރަށް ވަޑައިގަންނަވާ،" ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ އަދި މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒުރާ ނަސީމް ވެސް ވަނީ އެ ދާއިރާއިން މަސީހަށް ވަރަށް ބޮޑަށް ނޫނެކޭ ބުނެފި ކަމަށާއި ދެން އިސްތިއުފާ ދެއްވާނެ އިރަކާ މެދު ސުވާލު ކުރައްވާފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް އިންތިހާބުވި ކެންޑިޑޭޓުން
"ފުވައްމުލަކު މެދު ދާއިރާއިން ނޫނެކޭ ބުނެފި. ފެނޭތަ؟ އަޑު އިވޭތަ؟،" ނަޒުރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ފިރިކަލުން މަހުލޫފް ޓެގް ކުރައްވައި އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ރައީސްގެ ގޮނޑީގެ ތިން ފައި ބިނދިއްޖެ ކަމަށާއި ދެން އިނީ އެންމެ ފައެއް ކަމަށެވެ.
Fuvahmulaku dhekunu dhaairaage natheejaa in Majlihuge Raees Maseeh ge ithubaaru nei kan saabithu vehjje. Dhurah vadaigannavaa!
— Mohamed Jameel Ahmed (@MJameelAhmed) May 6, 2017
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވައިގެން ވަރަށް ފަހުން ޕީޕީއެމުން ވަކިކުރި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާ ވެސް ދިވެހި ރައްޔިތުން ވެސް ނިންމީ މަސީހުގެ އިތުބާރު ނެތް ކަމަށާއި މަޖިލިސް ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.
މަސީހު ތަމްސީލު ކުރައްވާ ދާއިރާއިން ސަރުކާރަށް ނޫނެކޭ ބުނުމަކީ ދެން އޮންނަ މަޖިލިސް އިންތިހާބެއް ކާމިޔާބު ކުރެއްވުމަށް އެ މަނިކުފާނަށް ކުރިމަތިވާނެ ގޮން ޖެހުމެއް ކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
Fuvahmulaku Dhekunu dhaairaa ves, Dhivehi Rayyithun ves nimmy Maseeh ge ithubaaru neyykamah. Majlis Riyaasathun isthiufaa dhevvumah govaalan pic.twitter.com/98RyQjgtri
— ᗰᴏʜᴀᴍᴇᴅ ᗩᴍᴇᴇᴛʜ (@MohamedAmeeth) May 7, 2017
ނަޒުރާގެ ބޭބެ އަދި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ 2019 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ވެސް ފުވައްމުލަކު ދެކުނު ދާއިރާއިން އެއަށް ވުރެ ފުރިހަމަ ނަތީޖާއެއް ނެރޭނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް ހަމައަކަށް އެޅުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
މަސީހާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، 42 މެމްބަރުންގެ ސޮޔާ އެކު ނޫނީ ރިޔާސަތު ބަދަލުކުރަން ހުށަނޭޅޭ ގޮތަށް ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ. އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް ހުއްޓައެއް ނުލަ އެވެ. އެކަމަކު 42 މެމްބަރުން ހޯދަން އުޅުއްވާ ބައެއް މެމްބަރުންނާ ފުލުހުން ދަނީ ސުވާލުކުރަމުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ. އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ އަހުމަދު ފާރިސްގެ އިތުރުން ފަައިސަލްއާ ވެސް ސުވާލުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް
08 May 2017
މި ސުރުޚީޢަށް ބަލައިގެން އެއްޗެއް ބުނާނަމަ ބުނެވޭނީ އެހެންކަމަށްވާނަމަ ހިންނަވަރު ދާއިރާގެ ގޮނޑިން އިބޫވެސް އިސްތިޢުފާ ދޭން ޖެހޭނެއެވެ. ހިންނަވަރުން އިބޫގެ ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ނުހޯދުނެވެ. މަސީހުގެ ޕާޓީން އެއްގޮނޑި ހޯދިއެވެ. މިތަނުން އިސްތިޢުފާ ދޭންޖެހެނީ ކާކުބާ؟
ޙުސައިން
08 May 2017
ޙިންނަވަރުން އިބޫ އަށްވެސް ނޫނެކޭ ބުނީ ދެން އިބޫ ކިހިނެއް ހަދާނީ
ތަކުރު
08 May 2017
ހިންނަވަރުން ބުނީ ކީކޭ.؟؟..އިބޫ ނުޖެހޭނެދޯ...އެށްވެސް ކަމެއް ކުރާކަށެއް...ބޯހަމަ ޖެހޭތަ؟؟؟..
ދޮންދަލޭކަ
08 May 2017
ބައެއް މީހުންބުނޭ، ޚުދުމުޚުތާރު ގައުމުތަކުގަ މަޖިލީހުގެ ރައީސަކީ ގޮނޑިކޮއްކޮއެކޭ، އެކަމު މިވަރުގެ ނިކަމެތި ރައީސެއް ނުދެކެން.
އަލީ
08 May 2017
ނާ އެއިންނެވީނު ތަޙުތުގަ، މާ އެއްޗެހި އިނގޭ ކަމައް ހެދިގެން. އެންމެންނައް ވެސް އެގޭ، އެއީ ފަނުދުންމާރިއެއްކަން، ފުއްގަޑެއްކަން، ގުބޯއްޔެއްކަން... ހެހެ!!
ގުދުރަތުގެ ގާނޫނު
08 May 2017
މަޖިލިސްގެ ރައީސަށް އިއްވަދޭން ޖެހޭ ލަވައަކީ...ސްކޫލް ކުދިންގެ ލަވަ މުބާރާތް ނިންމަން ކިޔާ ލަވަ އާދެ! "ކޮންމެ ކަމަކަށް ނިމުން އަންނަނީ...އޮންނަ ހަމައިން މިކަން ނިންމަނީ...." ޝައްކެތް ވެސް ނެތްގޮތުގަ އެގޭ ކަމަކީ ރައިޔިތުންގެ ވިންދާ ސީދާ އިދިކޮޅަށް ކުރާ ކޮންމެ ވެރިކަމެއް ކޮންމެ ގައުމެއްގަ ވެސް ނިމިގެން ދަނީ ވަރަށް ހިތިގޮތަކަށް ކަން.
ބާޣީ
08 May 2017
އަހަރެން ދެކޭގޮތުގައި ޖަމީލުއަކީ 7 ފެބްރުއަރީއަށް ފަހު ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލަށްލާންބުނި މީހެއް. އަދި އިންތިހާބު ވިޔަސް ހަވާލުނުކުރަންވެސް ބުނި މީހެއް. އަހަރެން ހިތަށްއަރަނީ އެފަދަ މީހަކަށް ކިހިނެއްބާއޭ އިތުބާރުކުރާނީ! notconvinced
އިކޮނޮމިސްޓިކް
08 May 2017
ތެދެއް. ޖަމީލު، އަދި ކާނަލް ނާޒިމު ބުނީ ޝަރުތަކާ ނުލާ އިސްތިއުފާ ދޭން. މަށަކީ އަންނިގެ ސަޕޯޓަރެއް. އެކަމު މިމީހުން މިނިވަން ކުރާކަށް ބޭނުމެއް ނޫން! އަންނި ކުރިއަސް މަ އެކަމާ އިދިކޮޅު!
އެމްއޯޔޫ
08 May 2017
އެމްއޯޔޫގެ ލީޑަރަކީ ޖަމީލު. އެހެން ނަމަވެސް، މިއިންތިހާބުގައި މަސައްކަތްކުރަން އެކުލަވާލި އެމްއޯޔޫގައި ސޮއިކުރި ލީޑަރުންނަކީ ރައީސް މައުމޫނާއި، ރައީސް ނަޝީދުއާއި، އޮނަރަބަލް ޤާސިމްއާއި ޝެއިޚް އިމްރާން. މިފަދަ ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ، އިދިކޮޅު ލީޑަރުންކުރާ މަސައްކަތުގައި ބައިވެރިވެ، ހަމައެކަނި ޓްވީޓެއް ކޮއްލުމުގެ ބަދަލުގައި، އާ އަޒުމަކާއިއެކު، ކުރިން ހެދުނު ގޯސްތައް ހަނދާން ނައްތާލާފައި، މިކަމުގައި އިޚްލާޞްތެރިކަމާއެކު ކުރިއަށް ދިޔުމަށް ޖަމީލުއަށް ގޮވާލަން!
އާމިރު
08 May 2017
ޑރ ޖަމީލުގެ ވާހަކައަށް ވަރަށް ތާއީދުކުރަން. އެކަމަކު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ކޮޅުނބުގައި އިދިކޮޅު ލީޑަރުން ކުރާ ބުރަ މަސައްކަތުގައި ޑރ ޖަމީލުގެ ކޮންޓްރިބިއުޝަން އިތުރުކުރަންޖެހޭކަން. ހާއްސަކޮށް ކޮޅުނބަށް ދަތުރުކޮށްފައި އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކާއި ބައްދަލުކުރުމަކީ ހަމައެކަނި ރައީސް ނަޝީީދުއާއި ރައީސް މައުމޫނުގެ ޒިންމާއެއް ކަމަށް ނުބައްލަވާ، އަމިއްލައަށް އެމަސައްކަތްތަކަށް ކޮންޓްރިބިއުޓް ކުރުމަކީ ބޭނުންތެރިކަމެއް. ރައީސް މައުމޫނުގެ ޓްވީޓުގައިވެސް ޑރ ޖަމީލުގެ ނަން ފާހަގަ ނުކުރައްވަނީ މިސަބަބަށްޓަކައި ކަމަށްބެލެވޭ. ކޮންމެއަކަސް، ކުރިން ހެދުނު ގޯސްތައް ހަނދާން ނައްތާލާފައި، އާ އަޒުމަކާއި ޑރ ޖަމީލު މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރަން. އަދި އަހަރެމެން ޑރ ޖަމީލުގެ ފަހަތުގައި ތިބޭނެކަމުގެ ޔަގީންކަންވެސް އަރުވަން!
ފާރިސް
08 May 2017
ފާރިސް އާ އަމިތުއަށްވެސް ގޮވާލައިފި އިސްތިއފާދޭން. އެއީ އެމީހުން ހޮވި މީޙުންގެ ފިކުރާ އިދިކޮޅުވެގަތީ،މަ. އެމީހުން ނޫނެކޭ ބުނެފި މާކުރިން. ދެންކޮންވާޙަކައެއްހޭ ތިދައްކަނީ. ކައުނސިލްތަކުން ބަޔާން ނެރެފި ނޫނެކޭ ކިަޔއި. އެއީ ކިތައް މީހުން ވޯޓްލާގެން ހޮވިފަި ތިބި ކައުނސިލްއެއްތަ. ކޮބާތަލަދު.