ރައީސް އޮފީސް: މީޑިއާ ކައުުންސިލުން މީޑިއާތަކަށް އަންގާފައިވަނީ ރައީސް އޮފީހުން ހުށަހެޅި މައްސަލަތަކެއް ބަލަމުންދާ ކަމަށް --ފޮޓޯ/މިހާރު
22 މެއި 2017 - 15:12
ރައީސް އޮފީހުން އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް ނުވަތަ މީޑިއާއަކާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ ބެހޭގޮތުން ބައެއް މީޑިއާތަކުން ޝާއިއުކޮށްފައިވާ އާޓިކަލްތަކަކާ ގުޅިގެން އެމްއެމްސީ އަށް ރައީސް އޮފީހުން މައްސަލަ ފޮނުވި ކަމަށް ބުނެ، އެ މައްސަލަތަކަށް ޖަވާބުދާރީވާން އެ މީޑިއާތަކަށް ކައުންސިލުން ވަނީ އަންގައިފަ އެވެ. މީޑިއާ ކައުންސިލަށް ޖަވާބުދާރީވާން އަންގާފައި ވަނީ "މިހާރު" ނޫހާއި ރާއްޖެ އެމްވީ އާއި ވީއެފްޕީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އޮފީހުން އެއްވެސް މީޑިއާއަކާ ދެކޮޅަށް އަދި ނޫސްވެރިޔަކާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށާއި އެކަން މީޑިއާ ކައުންސިލަށް ވެސް އަންގާފައިވާ ކަމަށެވެ.
"Raees ofeehuge namugai noosverin / media akaa dhekolhah evves muassaa akah massala hushahalhaafa eh nuvey. Mikan @mmc_mv ah vany engifa"-im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) May 22, 2017
މުއާޒް ކުރެއްވި ޓްވީޓް
މުއާޒް ކުރެއްވި އެހެން ޓްވީޓްތަކެއްގައި ވިދާޅުވީ ނޫސްވެރިންނަށާއި މީޑިއާތަކަށް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ރައީސްގެ އަނބިކަނބަލުން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ މީޑިއާތަކާ ގުޅޭ މައްސަލައެއް ހުށަނާޅުއްވާ ކަމަށެވެ. އަދި އެކަމަނާ ކުރައްވާ މަސައްކަތަކާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެކަމަކާ ގުޅޭ މުއައްސަސާއަކަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މުއާޒް ވިދާޅުވެފައިވެ އެވެ.
މީޑިއާ ކައުންސިލުން މީޑިއާތަކަށް ފޮނުވާފައިވާ ނޯޓިސްގައި ވަނީ މައްސަލަ ހުށަހެޅީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ކަމަށެވެ. އެ މައްސަލާގައި އެ މީޑިއާތަކާއި ލިޔުންތައް ލިޔުނު ނޫސްވެރިން ވެސް ޖަވާބުދާރީވާން އަންގާފައިވެ އެވެ.
އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައި، އަބުރު ގެއްލޭ ފަދަ ވާހަކަތައް ޝާއިއުކުރާ އަދި ބްރޯޑްކާސްޓްކުރާ މީޑިއާތައް ޖޫރިމަނާކުރެވޭ ގޮތަށް ހަދާފައި ވާއިރު މިހާތަނަށް ދެ މައްސަލައެއްގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ.
މީޑިއާ ކައުންސިލުން ބަލަނީ ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުގެ މައްސަލަތަކެވެ. ބްރޯޑްކާސްޓަރުންގެ މައްސަލަތައް ބެލޭނީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކަރީނާ
22 May 2017
މީޑީޔާއާއީ ބެހެންޏާ ޑޮނަލްޑު ޓުރަމްޕައްވާހެންވާނީ ދޯ..
ިތ
22 May 2017
މީ އަރަތެއްނު!
މޭކަރާ
22 May 2017
އެހެންވީމާ، މިހާތަނަށް ނޫސްވެރިކަމާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ އެނގިހުރެ މިނިވަންކަމާ ދެކޮޅަށް އެޅި ފިޔަވަޅުތަކެއްބާ!!! ނޫސްވެރިކަމުގެ މިނިވަންކަން އޮންނަންޖެހޭކަން އެނގިހުރެ އެކަހަލަ ކަމެއް ހުއްޓުވާލި ފުރަތަމަ ފަހަރު އަދި އެވެސް ރައީސްގެ އަނބިކަނބަލުން (ފަސްޓް ލޭޑީ).
ބަކުރުބޭ
22 May 2017
މިފަހަރު މިކަން މިކުރީ ޚާދިމުލް އައްވަލަށް އެނގިވެން ބާ؟ ކުރިންވެސް އޮތީ ނޭނގި ބާސަންދަ ކަނޑާލާފަ
ޢަބްދުﷲނާފިޒު
22 May 2017
ބުނެގެން ހުރިހާ ކަމެއް ކުރަނީ، އާޚިރުގަ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އެ މުއައްސަސާއަކާ ހަވާލުވެގެން ހުރި މީހަކު، މަނިއްޕުޅު ބުނާނެ "ސާބިތެއް ނުކުރެވޭނެ" މާޒީގަ އޮތީ މިހެން ބުނެ ފުއްދާލާފަ.
އަލީ
22 May 2017
ތިޔަ ވީ ގޮތެއް ނޭގުނު. އެކަކަށް ނޭގި އަނެކަކު ރައީސް އޮފީހުން ކުރާ ކަމެއް ދޯ؟ އެއްކަލަ ފަހަރު ނަޝީދު ދޫކޮށްލާފައިވެސް ބުނީ ތިމަންމެންނަކަށް ނޭގެއޭ.
އަފިހުން ގޮއްޔެ
22 May 2017
ތިހުއްންނަނީ ރައްޔިތުން ގުއިރޯނުގަ ޖެއްސުމުގެ މާތްމަޤްސަދުގަ ކުރާކަންތައް.
ޖަމީލް
22 May 2017
ޗީފް ކޮމިއުނިކޭޝަން އޮފިސަރ މައްސަލަ ހުށަހެޅި ކިހިނެއްބާ! ސިޓީއަކުން ނޫންބާ
ޖިން
22 May 2017
ރައީސް އޮފީހުގެ އަގު ވައްޓަނުލާ. ތެދު ބަހުން ވާހަކަ ދައްކާ
ހަސަން
22 May 2017
ދެން ކިހިނެއްބާ މިވަނީ. ރައީސް އޮފީހަކުން ނޫންބާ ހުށަހެޅީ. އެހެންވިއްޔާ އިތުރު ތަފްސީލު ހާމަކުރޭ
ކަރާބެ
22 May 2017
މިއޮތީ މަބުނިތަން އައިސްފަ ބާރުއިސްޕީޑުގަ ގައުމު ފަހަތަށް
މރ. ހަދާނެއް ނުނެތޭ.
22 May 2017
"ނުވެސް ދެނަހުރިން" މިހެންވެސް އޮތީ ބުނެފަ، ހީހީހީ.
ކޮރިބޯށި
22 May 2017
މީޑިއާ ކައުންސިލް މެންބަރުންވެސް ވިސްނަންވީ މިސަރުކާރު ބަދަލްވެ އެހެން ސަރުކާރެއް އައިސް ފާނެކަން. މީޑިއާ ކައުންސިލް މެންބަރުންވެސް އަދި ބްރޯޑްކާސްޓިން ކޮމިސަންގެ މެންބަރުންވެސް ވެސް ވިސްނަންވީ މަގާމްގެ ބޭނުން ނަޖާއިޒް ގޮތުގާ ތިބޭފުޅުން ހިފާފި ނަމަ ތިބޭފުޅުންނާ ގާނޫނު އަރާހަމަ ކުރާނެކަން.
ޢަބްދުﷲނާފިޒު
22 May 2017
އެއްވެސް ޝައްކެއްނެތް، ﷲގެ އިރާދަފުޅުން މިވެރިކަން ބަދަލުވާނެ، އަހަރުމެން މިތިބީ އެކަން ކުރަން ނުކުމެ، މުހިއްމުވެގެން މިއުޅެނީ ނަޝީދު ނޫނީ ޤާސިމު ނޫނީ އުމަރު ވެރިކަމަށް ގެނައުމެއް ނޫން، މުހިއްމު ވެގެން މިއުޅެނީ ރައީސް ޔާމީނު ވެރިކަމުން ދުރުކުރުން (ޤާނޫނީ ހަމަތަކުގެމަތިން) ﷲއިރާދަ ކުރައްވައިގެން އެކަން ކާމިޔާބު ވާނެ އެވަރިހަމަ އައްމަކަޅޭ އެތަނަށް ލާފަ ނަމަވެސް އެކަން ކުރާނަން، އިންޝާﷲ.