އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކްރަމް (މ) ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
24 މެއި 2017 - 11:47
ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީ އަށް މިއަދު ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ މިފަހަރު ލިބެނީ ކުރީ އަހަރެކޭ އެއްގޮތަށް ވެރިކަން ކުރާ ޕީޕީއެމާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަށް ކަމަށެވެ.
ނަމަވެސް އެ ޕާޓީތަކަށް ލިބެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އީސީން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެކަމަކު ބަންދު ދުވަސްތަކާ ނުލައި މި މަހުގެ އަށްވަނަ ދުވަހު ވަނީ ތިން މަސް ހަމަވެފަ އެވެ. މީގެ އިތުރުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ކުރިން އަހަރީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓްތަކަށް އީސީން ބަލަ އެވެ.
ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ އެ ޕާޓީއެއްގެ ދަފްތަރުގައި މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.
އީސީން ވަނީ މިދިޔަ އަހަރު ޕީޕީއެމަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ. އެމްޑީޕީއަށް ހަތް މިލިއަން ރުފިޔާ ޖަމާކޮށްދިންއިރު އެމްޑީއޭ އަށް ލިބެންޖެހޭ 2.8 މިލިއަން ރުފިޔާ އާއި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭ 2.7 މިލިއަން ރުފިޔާ ވެސް ވަނީ ޖަމާކޮށްދީފަ އެވެ. ނަމަވެސް ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނީ މިދިޔަ އަހަރު ނިމެން އުޅެނިކޮށް ބައެއް ޕާޓީތަކުން ބޮޑެތި ފާޑު ކިއުންތަކެއް އީސީ އަށް އަމާޒުކޮށްފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންޑާ
24 May 2017
ޕީޕީއެމްއަށް ތިދެނީ ނަހަަމަ ނުފޫޒުބޭނުންކޮށްގެން މެމްބަރުން އިތުރުކޮށް ދޭފައިސާ....ތިފައިސާ ސައްހަވާނެ އެއްވެސްގޮތެއްނެތް،،....
ޤުއްޓޭ
24 May 2017
ހޯހޯ. ތިކަންވެސް އަންނަ އަހަރަށް ދިގު ދަންމާލާ. އޭރުން ތަމެން ވާނެ ބަޔަކަށް.
7
24 May 2017
ޕީޕީއެމް އިން ބޭނުންވަނީ ގަދަކަމުން ފޯމް ފުރުވާގެންވެސް ލާރިއެވެ....ރައްޔިތުންގެ ލޯބެއްނޫނެވެ...
ގޮއްޔެ
24 May 2017
އެހެންވީމާ މަޖްބޫރުކޮށްގެން މީހުން ލައްވާ ޕާޓީތަކަށް ސޮއިކުރުވުމުން ހެސްކިޔާފައި ފައިސާ ވަންނާނެތާ
ޝުޖާޢު
24 May 2017
ޚިޔާލަކީ ތަފާތު އެއްޗެކެވެ. އަހަރެން ދެކޭ ގޮތުގައި ސިޔާސީ ޕާޓީތަކަށް މި ދޭ ފައިސާތަކަކީ ދައުލަތުގެ މާލިއްޔާއިން ބޭކާރުކޮށްލެވޭ ފައިސާތަކެކެވެ. މި ފައިސާއިން ގައުމަށް ފައިދާ ހުރި ކަންކަން ކުރާތަނެއް ނުފެނެއެވެ. ޖަމިއްޔާތައް ވެސް ހިންގަނީ އެކި ގޮތްގޮތުން އަމިއްލައަށް ހޯދާ ފައިސާއިންނެވެ. ސިޔާސީ ޕާޓީތަކަށް ވުރެ މާ ޚިދުމަތްތެރި ޖަމިއްޔާތައް އެބައުޅެއެވެ.
ސސ
24 May 2017
ބައިތުލް މާލުން ހަމައެކަނި 4 ޕާޓީޔަކަށް ފައިސާ ކޮޅެއްދެއްވާތީ ވަރަށް ދެރަވޭ އެހެން ޕާޓީތަކަށްވެސް ބައިތުލް މާލުން ކޮންމެސް ފައިސާކޮޅެއް ދެއްވަންވާނެ ދެއްތޯ؟
އުދުހޭ
24 May 2017
ޔޫރަޕިއަން ޔޫނިއަންގެ މީހުން ރާއްޖެއައިސް އުޅޭ ދުވަސްކޮޅަކަށްވާތީ އެހެންޏާ ނުފެންނަ ހެޑްލައިންތަށް ފެންނަލެއް މިދުވަސްކޮޅު ގިނަވާނެ!
މޫސަ
24 May 2017
ޤާނޫނުގައި ލިޔެފައިވާ އެއްޗަކަށް ޢަމަލު ކުރިއްޔާ އަޅެ ފާފަވެރިވަނީތަ
ސަންތި ދައިތަ
24 May 2017
ގަދަކަމުން ނަމަވެދް ފަެިwިސާ ގިނަ ވީމަ ްއޯކޭނު 10 މިކޔަނަ ވީމަ
ހެއުގޮތް
24 May 2017
އެއީ ވައުދުފުޅާ ގުޅޭ ކަމެއް ނޫން އެއީ ގާނޫނުތަކުގަ ދިނުމަށް ކަނޑައަޅާފަ ހުރި އެއްޗެއް ކަންކުރަން ތިބި މީހުން ކުރަންޖެހޭ ކަމަކީ ކަނޑައެޅިފަވާ މުއްދަތުގަ އެކަން ކޮށް ނިންމުން