ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށެއް. ރިސޯޓް ހަދަން އެންޕީސީން ރަށްތައް ދޫކުރީ ހާމަކަން ބޮޑު އުސޫލަކުން ނޫން.
01 ޖޫން 2017 - 12:09
އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ) އަށް ސީއެސްއާރު މޮޑެލްގެ ދަށުން ރިސޯޓް ހެދުމަށް ރަށްތަކާއި ފަޅުތައް ހޯދަން 660 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި 2011 ވަނަ އަހަރު އިއުލާން ނުކޮށް 17 ރަށަކާއި ފަޅެއް ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު އުފައްދަވައި އަދި ރިޔާސަތު ބެލެހެއްޓެވި ކައުންސިލުން އެކި ފަރާތްތަކަށް ރަށްތަކާއި ފަޅުތައް ބިޑްކުރުމެއް ނެތި، ރަށްރަށުގެ ނަރުދަމާ އަދި ފެންހޮޅި އަޅަައިދޭން ޝަރުތުކޮށް ފަޅު ރަށްތައް ދޫކުރުމުން ގިނަ ބަޔަކު އެ ސަރުކާރަށް ފާޑުކިޔާފައިވެ އެވެ. އަދި އޭގެ ފަހުން މި ސަރުކާރުން ވަނީ ބިޑްކުރުމެއް ނެތި އެއްފަހަރާ ގަނޑުކޮށް ސަރުކާރަށް ފައިސާ ދެއްކުމުން ރިސޯޓް ހަދަން ރަށް ވިއްކާލެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ބައެއް ރަށްތަކާއި ފަޅުތައް ވިއްކަން ފަށައިފަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ދަނޑުވެރިކަމަށާއި މަސްވެރިކަމަށް ވެސް އެންޕީސީން ރަށްތަކާއި ފަޅުތައް ދޫކުރަން ނިންމި ކަމަށެވެ. އެގޮތުން 2011 ވަނަ 17 ރަށަކާއި އެއް ފަޅު އެކި ފަރާތްތަކަށް ދޫކުރަން ނިންމިއިރު އެއީ ކޮން ރަށްތަކެއް އަދި ފަޅުތަކެއް ކަމެއް އާއްމުކޮށް އިއުލާންކޮށްފައިނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ރަށްތަކާއި ފަޅުތައް ހޯދަން ހުށަހަޅަން ޖެހޭ ސުންގަޑިއެއް ވެސް ކަނޑައަޅައި އާއްމުކޮށްފައިނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އެންޕީސީގެ މަސައްކަތް ހުއްޓާލުމާ ހަމަޔަށް، އޭގެ ތެރެއިން 72 ޕްރޮޕޯސަލް އިވެލުއޭޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 11 ޕްރޮޕޯސަލަކާ ގުޅޭ ސީއެސްއާރު އެގްރީމަންޓްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް 11 ފަރާތަކާއެކު އެއްބަސްވުން ހަދާފައި ވަނީ އެ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް ފާސްކޮށްފައިވާ އިވެލުއޭޝަން މިންގަނޑުތަކެއްގެ ދަށުން ވަޒަންކޮށްގެން ނޫން ކަމަށެވެ. އަދި އެ ޕްރޮޕޯސަލްތައް ހުށަހަޅާފައިވާ ފަރާތްތަކުގެ މާލީ ގާބިލްކަމާއި ފަންނީ ގާބިލްކަންހުރި މިންވަރު ބަލައި ޑިއުޑިލިޖެންސް ހަދައިގެން ނޫންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސީއެސްއާރު މޮޑެލްގެ ދަށުން ޓޫރިޒަމް ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ދޫކުރުމަށް ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކާ މުއާމަލާތްކުރަމުން ދިޔައިރު، އެކަންކަމަށް ދޫކުރަން ހަމަޖެހިފައި ވަނީ ކޮން ރަށްތަކެއްކަން އެނގޭ ގޮތަށް އެކަމާ ގުޅޭ މައުލޫމާތު އާއްމުކޮށްފައިނުވާ ކަމަށެވެ. އަދި އޭގެ ފަހުން ސީއެސްއާރު މޮޑެލްގެ ބަދަލުގައި 2013 ވަނަ އަހަރު އެ ރަށްތަކުން އިކުއިޒިޝަން ކޮސްޓެއް ނަގަން ނިންމިކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުނު ރިޕޯޓުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ބިން އަދި ފަޅުތައް ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެދިފައި ވެ އެވެ. އަދި އެފަދަ ކަންކަމަށް ދޫކުރަން ހަމަޖެހިފައިވާ ތަންތަނުގެ މައުލޫމާތާއި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މުއްދަތު އާއްމުކުރުމަށްފަހު ނޫނީ ދޫނުކުރަން ވެސް އޮޑިޓާ ޖެނެރަލް އަންގަވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
01 June 2017
މިއީ ކޮރަޕްޝަންގެ ކަމެއް ކަމުގައި ދައްކަން އުޅުނަސް މިއީ އެފަދަ ކަމެއް ނޫން. މިކަން މިއަށްވުރެ ފުރިހަމަކޮށް ރަގަޅަށް ކުރެވުނީސް މިއާ ހިލާފަތް މިއަދު ގެ ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތީމަ ޤާނޫނުތައް ބަދަލުކޮށް މިހާރު މިވިއްކަނީ ރައްޔިތުންނަށް މާބޮޑު ފައިދާއެއް ނެތި.
އަލީ
01 June 2017
ހުރިހާ ބާރެއް މުށުތެރޭ އޮވެމެ އެމްޑީޕީއަށް ހާދަ ފިނި ހަމަލައެކޭ ތިދެވެނީ. އަދި އެވެސް ހާލަކުން ފަހަރަކު. ކޮބާތަ އެބުނާ ގަޓު؟
ޢަލީ
01 June 2017
އެނގޭތިޔަ އޮޑިޓަރުން ތިހެންނުބުނާނަމަ ތިބޭނެ ހިސާބު ކުޑަގޮޅި އާސަހަރާ ނުވަތަ ރާއްޖެނާދެވިފަ ވީމާ ހިތްވަރުކޮއްލާފަ ސަރުކާރު ބުނާގޮތްހަދާ
ރުމާލް 2
01 June 2017
އަޅެފަހެ މިކިޔަނީ ކީކޭތަ؟ އޮޑިޓް އޮފީހުން 2 އޮޑިޓް ރިޕޯރޓެއްނުރުމާއި އެކު ސަރުކާރުން މިތާގެ ވެރިން ސައިޒަށްތިރިކޮށްލީއެވެ. މީގެ 9އަހަރުކުރިން ރަށްތަކެއް ދޫކޮށްފައިހުރިކަމަށް ތިޔަވިދާޅުވިއިރު މިހިގި 9 އަހަރު ތެރޭ މަނިކުފާނަށް ތިނެރުވުނީ އަދިކިރިޔާ އޮޑިޓްރިޕޯރޓެކެވެ. " އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ) އަށް ސީއެސްއާރު މޮޑެލްގެ ދަށުން ރިސޯޓް ހެދުމަށް ރަށްތަކާއި ފަޅުތައް ހޯދަން 660 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށާއި 2011 ވަނަ އަހަރު އިއުލާން ނުކޮށް 17 ރަށަކާއި ފަޅެއް ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ. ދެން ސުވާލަކީ މިރަށްތަކަކީ ކޮބައިތޯ؟
ކުނޑިބެ
01 June 2017
ޔާމީނު ސަރުކާރުން ބިޑަކާނުލާ އިއްލާން ނުކޮށް ފަޅުރަށްރަށާއި ފަޅުތައް ދޫކުރި އަދަދެއް ނޭނގޭ _ރައްޔިތުން
ގުންބޯ
01 June 2017
ނަޝީދު ގޯސްވެގެންނޭ ކިޔާފައައި ބައެއް. އޭނަ ސަކަރާތްކޮށްކުރި ކަމެއްވިއްޔާ އެކަން ރަނގަޅުކުރަން މީހުން ވޯޓްދިނީ. އެކަން އަނެއްކާ ކޮށްފަ ނަޝީދުވެސް މިހެން ހެދިޔޭ ކިޔާކަށްނޫން.
އާނަ
01 June 2017
އެމް.ޑީ.ޕީ ސަރުކާރުގައި ރަށްތައް ދީފައި ވަނީ ނަރުދަމާ އަދި ދަތުރުފަތުރުގެ ނިޒާމްގެ މައަސައްކަތް ކޮށްދިނުމަށް އެއްބަސްކޮށް ސީއެސްއާރގެ ދަށުން. މީގައި މައްސަލައަކަށް ފެންނަނީ ފަޅު ރަށެއްގެ ހަމައެކަނި އަގަކީ ނަރުދަމާ ހަދާލެވޭނެ ވަރު ކަމަށް ބެލުން. ކޮރަޕްޝަން އޮތް ނަމަ އެ މައްސަލަތައް ބަލަން ވީ. ޔާމިންގެ ކޯޓު ތަކާ، ފުލުސް އޮފީހާ އޭސީސީ މިހާރު އޮތީ. އަދި ކޮރަޕްޝަން މައްސަލައެއްގައި އެމް.ޑީ.ޕީ މީހަކު ޖަލަށް ނުލާ. ޓެރަރިޒަމް ގަ ލަނީ. އެވެސް ސަރުކާރާ ދެކޮޅުވެގެން.
ައާޕް
01 June 2017
ދަތުރު ފަތުރުގެ ހިދުމަތް ދޭފަރާތް ތަކައް އެހިދުމަތުން ދެކޮޅުނުޖެހޭނެތީ ރައްޔިތުން އައް ހިދުމަތް ދިނުމައް ވަކިކަންތަތް ތަކެއް ކުރުމައް އެއްބަސްވުމުން ދޭން ނިންމި ރަށްތަކެއް، ދަތުރުފަތުރު ގެ ޕުރޮޖެކްޓައް ކުރިމަތި ލުމައް އިއުލާން ކުރެވުނީމަ އެ އޮތީ އެރައްތަކައް ކުރިމަތި ލުމައް އިއުލާން ކުރެވިފަ. އޮޅުވާލުމުގެ ތެރިއިން ދޮގައް ނުވާގޮތައް (އެހެންގޮތަކައް މާނަ ނެގޭގޮތައް ކޮއްލި ކަމެއްމީ)
އިމްޕެކްޓު
01 June 2017
ނަސަންދުރަ ދިން މީހަކު އެނގޭތަ ދަރުބާރުގެ ދީގެން އުޅެނީ ކިހިނަކުންކަން އެނގޭ މީހަކު އުޅޭތަ އެމް އެމް ޕީ އާރު އެސް ސީގެ ރިޕޯރޓު ކ ކޮމިޝަނުން ނުނެރެވިގެން އުޅެނީ ކީއްވެތަ
ހުސޭނުބެ
01 June 2017
އޮޑިޓް އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓެއް. އޮޑިޓަރ ޖެނެރަލަކީ މި ސަރުކާ އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ އެމްއެމްޕީއާރސީ ގެ ޚިޔާނާތުގެ މައްސަލައިގަ ހިމެނޭ ޒިޔަތުގެ ބޭބެ، ހަސަން ޒިޔަތު. ކިހިނެއްވެގެންބާ ހަމަ މިދުވަސްކޮޅު ޚާއްސަ ރިޕޯޓެއް މި ތައްޔާރުކޮއްލީ. އެކަމަކު މި ރިޕޯޓްގަ ސާފުނުވާ ކަންތައްތަކެއް އެބަހުރި، އޭރު ދޭން ނިންމީ ކިތައްރައްކަމެއް، ދިނީ ކިތައްރައްކަމެއް، އޭގެ ތެރެއިން 2013 އިގަ ވަހީދު ސަރުކާރުގަ ދިނީ ކިތައް ރައްކަމެއް މާބޮޑަކަށް ސާފެއްނުވި.