ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވި ފަލާހް: އޭނާއަކީ އެމްޑީޕީގެ ޓިކެޓްގައި ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރި ކައުންސިލަރު --ފޮޓޯ/ފޭސްބުކް
03 ޖޫން 2017 - 20:00
ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް އަބްދުﷲ ފަލާހް ޝަރީފް މިއަދު އިންތިޚާބުކޮށްފި އެވެ.
އެމްޑީޕީގެ ޓިކެޓްގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ފަލާހް މޭޔަރު ކަމަށް އިންތިޚާބުކުރީ ކައުންސިލަށް އިންތިޚާބުވި ތިން މެމްބަރުން މިއަދު ހުވައި ކުރެއްވުމަށް ފަހު، މޭޔަރާއި ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ތިން މެމްބަރުންގެ އިއްތިފާގުންނެވެ. ފަލާހު ކުރިން ހުންނެވީ އެރަށު އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގަ އެވެ.
ޑެޕިއުޓީ މޭޔަރު ކަމަށް ހޮވުނީ އެމްޑީޕީ ޓިކެޓްގައި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ޟިރާރެވެ. އޭނާއަކީ ކުރިން އެރަށު މިސްކިތްމަގު ކައުންސިލްގެ ރައީސް އެވެ.
ފަލާހާއި ޟިރާރުގެ އިތުރުން އެ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ އުތުރު ދާއިރާއިން ޕީޕީއެމް ޓިކެޓްގައި އިންތިޚާބުވި ހަމަދު އަބްދުﷲ އެވެ.
ސިޓީ ކައުންސިލަރުން މުސާރަ އާއި އިނާޔަތްތައް ރައްޔިތުންގެ މަޖިލީހުން ކުޑަކޮށްފައިވާތީ މޭޔަރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މިހާރު ލިބޭނީ މަހަކު 18،000ރ. އެވެ ޑެޕިއުޓީ މޭޔަރުންނަށް 14،000ރ. ލިބޭއިރު ސިޓީ ކައުންސިލްގެ މެމްބަރުންނަށް ލިބޭނީ 11،500ރ. އެވެ.
ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގެ ކޮންމެ އަވަށެއްގައި ހުރި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިދާރާ އުވާލައްވައިފަ އެވެ. ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވީ މިދިޔަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
07 June 2017
ފަލާހު ހާދަރީއްޗޭ...
ސްމޭޝް / ފުވައްމުލައް
04 June 2017
ފުވައްމުލަކަށް ސިޓީ ކައުންސިލޭ ކިޔަކަސް ވީކަމެއް ނެތް؟ ނަންބޯޑު ބަދަލު ކުރެވިއްޖެ؟ އެހެން މާ ކުދި އާބާދީތަކަށް ބެލިޔަސް ލިބިފައިވާ ތަރައްގީ ގެ ފަހިކަން ފުވައްމުލަކަށް ނުލިބެނީ ކީއްވެ ހެއްޔެވެ؟ ސަރުކާރަށް ސަނާކިޔާތީ ހެއްޔެވެ؟ ނުވަތަ ފުވައްމުލަކުގެ މަޖުލިސް މެންބަރުން އެދެނީ އެމީހުންގެ ކަންތައްތައް ނިންމުމަށްބާ؟ ނޫނީ ސަރުކާރަށް ޔަގީންކަން ބޮޑީ ބާ؟ މިފަހަރު އެކްނ އެއޮތީ ފެނިފަ! އަދިވެސް ފެންނާނެ!
މިރައީސް
04 June 2017
ވެރިކަން ކުރަން މީހަކައް ލިބޭނެ ހުރިހާ ބާރެއް ލިބުނީ މިސަރުކާރައް ނަމަވެސް މާލޭ ބުރިޖާ މާލޭ އެއާޕޯޓާ މާލޭ 25 ބުރީގެ އިމާރާތާ މާލޭ މަގާ މާލޭ ޕާރކުތަކާ ރައްޔިތުންފެލާފަ ޓެކްސްނަގައިގެން ކުރީމަ ރައްޔިތުންގެ ޖަވާބު ވަރައްސާފު ކޮތަރުކޮށީގަ ނިދާފަ މަގުގަ ހިނގާބިނގާވެ ނޫޅެވޭވަރައް މީހުންނާ ވެހިކަލު ތޮއްޖައްސާފަ މުދަލުގެ އަގު 4 ގުނަޔައް ބޮޑުކޮއް ރައްޔިތުން ބޮލުގަތެތްގޯނި އަޅުވާފަ ޅޮސްއުނދޯލީގަ ނާނާ އަޑުއަހާނެ ކަމައް ހީނުކުރާތި
ހުސެން
04 June 2017
ސިޓީކައުންސިލް އުފެއްދުމަކުން ނުފުދޭ. ފުވައްމުލަކު މަގުތަކުގައި ތާރައެޅުމާއި ހޮސްޕީޓަލް އެމްއާޜއައި ހެދޭނެގޮތް ހަދައި، ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުވަންޖެހޭ. އަދި ސްކޫލްތަކުގެ ފެންވަރު މަތިކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއް ހަދަން ސަރުކާރަށް ދަންނަވަން.
ވަޒަންބެ
04 June 2017
ސިޓީ ކައުންސިލް އަލުން އެކޮޅުކޮޅުން ޖަހާލާއި ކުރިން ހުރިގޮތަށް ރަށުކައުންސިލްތަކަކަށް ބަދަލުކޮށް އަލުން ވޯޓުލުން މާ ރަގަޅުވީސް. އޭރުން އިންތިޚާބު ކަންތައްވެސް ޑަބަލްކޮށް ކުރެވުނީ. ތަރައްގީއަކީ ތަކުރާރުކޮށް އެއްކަމެއް ކުރުން ދެއްތޯ. ނުވަތަ ކަމެއް ކޮށްގެން އެކަމަކުން ސަލާމަތް ނުވެވިގެން އުޅުން ދެއްތޯ. މީނޫންތޯ ހަގީގީ ތރައްގީއަކީ. މީނޫންތޯ ކަން އޮތްގޮތަކީ. އަޅުގަނޑަކަށް ނުވިސްނޭ މިނޫން ގޮތެއް އޮތްކަމަކަށް. މިނޫން ގޮތެއް އޮތަކަމަށްވަންޏާ، ރައްޔިތުންނަށް އިތުރު ގޮތަކަށް ބާރުވެރިކަން ލިބެން އޮތަކަމަށް ވަންޏާ އަޅުގަނޑަށް ބުނެދީ.
ބޭބޭ ޢަލީ
04 June 2017
މަރްހަބާ ފަލާހް،
ރިޒާ
04 June 2017
ހުރިހާސިޓީތައް އިދިކޮޅަށްލިބުނީމަ ފުވައްމުލަކު ސިޓީއަކަށް ހެއްދެވުމުންވެސް ހަމަދިޔައީ އިދިކޮޅުޕާރޓީއަށް ރައްޔިތުން ޤަބޫލްނުކުރާ ހާދަބޮޑުކަމެއްއުޅޭހެންހީވެއޭ
ރިސާރޗް
04 June 2017
ހުރިހާސިޓީތައް އިދުކޮޅު ޕާރޓީއަށް
މަރުހަބާ
04 June 2017
ކޮންގްރެޓްސް ފަލާބްރޯ، ޗައިނާ އިޒް ވިތް ޔޫ!
އަބްދުއްލާ އަލީ
03 June 2017
ދިވެހި ރާއްޖެ އަދި ބައްޓަން ކުރެވިފައި އޮތް ގޮތުން ސިޓީ ކިޔަސް ކައުންސިލް ކިޔަސް އަތޮޅު އޮފީސް ނަމަކަށް ކިޔަކަސް އަންނާނެ ބަދަލެއް ނެތް .ސިިޓީ އަކަށް އަތޮޅުއޮފީސް އިން ކައުންސިލް ތަކަށް ބަދަލު ކުރުން އެއީ ބޭކާރު ގޮތުގައި ފައިސާ ހަރަދު ކުރުމަށް ކުރެވުނު ރަނގަޅު ނޫން ކަންތައްތަކެއް . ސިޓީ ކައުންސިލަކަށް ބަދަލު ކުރުމަކީ މިދެންނެވި ބޭކާރު ހަރަދުގެ ބައެއް ކުޑަކޮށްލުމަށް އެޅުނު ފިޔަވަޅެއް ،މި ކަމަކުންވެސް ފުވައްމުލަކުގެ ތަރައްގީ އަށް ސިޓީ ކައުންސިލުން ކުރާނެ އިތުރު ކަމެއް ނޯންނާނެ. އަތޮޅު އޮފީސް ހުރި އިރުވެސް ސަރުކާރުން ދިނީމަ ފާހާނާ ވެސް ސާފު ކުރެވެނީ ކައުންސިލް ހުރި އިރުވެސް ސަރުކާރުން ދިނީމަ ފާހާނާ ވެސް ސަﷲުކޮށްލެވޭނީ ސިޓީ ކަޔަސް އަދިވެސް ހަމަ އެކަން އޮންނާނީ ސަރުކާރުން ކޮށްދިންކަމެއް ކުރެވޭނީ ތަފާތެއް ނާންނާނެ