ފުލުހުން ހައްޔަރު ކުރި ރަހުމާ: އޭނާ މިހާރު ވަނީ ދޫކޮށްލާފައި
06 ޖޫން 2017 - 20:47
ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އިންޒާރު ދިން ކަމަށް ބުނެ ހައްޔަރު ކުރި، ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ އެކްޓިވިސްޓް ރަހުމާ އައްބާސް (ރަހޫ) މިއަދު ގޭބަންދަށް ދޫކޮށްލައިފި އެވެ.
ރަހުމާ ރޭ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ބަލައި ފާސްކުރަން ވަތް ގެއަކުންނެވެ.
އަތޮޅުވެހީގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މިއަދު ހަވީރު އޭނާ ދޫކޮށްލީ ދިހަ ދުވަހުގެ ގޭބަންދަށެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ރަހުމާ ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ބިރު ދައްކައި އިންޒާރު ދިނުމުންނެވެ.
މަސްތުވާތަކެއްޗާ އެކު ފުލުހުން އެ ގެއިން އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއުޓީ
07 June 2017
ޅާ ތިހާ ކިއުޓްކުއްޖެއް އެރެސްޓްކުރާކަށް ނުވާނެއްނު މިއޮއްފަދަ ރަމަޟާން ރޯދަމަހު.. ފުލުހުންގެ ރޯދަވެސް ވީއްލިދާނެއްނު... ރަނގަޅަށް ތިހެދީ ގެއަށް ދޫކޮށްލުން
އަލީ
07 June 2017
ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ޒިންމާތަކާއި ހަވާލުވެފައިވާ މުއައްސަސާތައް މިހާރަށްވުރެ ޒިންމާދާރުކަމާއިއެކުގައި މަސައްކަތްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހިރައްޔިތުން ތިބޭނީ ކިހާ ދުވަހަކުތޯ؟
ދިގުދޫ
07 June 2017
ތިޔަ ފުލުހުން މަސްތުވާތަކެއްޗޭ ކިޔަން ލަދުގަންނަންޖެހޭނެ. ކުއްތާ ވައްދައިގެން ނާއި ބަލާ ފާސްކޮށްގެން މަސްތުވާތަކެތީގެ އެއްޗެހި އަތުންފެނި ވިޔަފާރިކުރިކަން ސާބިތުވެފައިވާ މިހުން އެތިބީ ނަމުގައި ގޭބަންދުގައި ދޫކޮށްލާފަ. އެފަރާތްތަކުން މިހާރުވެސް ކުރަނީ ހަމަ އެ ވިޔަފާތި. ދެން ކާކު ހިފާ ހައްޔާރުކުރާކަށް.
ޢަރީފު
06 June 2017
މިގޭ މަގުގައިވެސް އެބަ އޮތް " ފުލުހުން ގެ ވާޖިބެއް" އޭތި އެތާ ނުގަވައިދުން ޕާކުކޮއްފަ އޮންނަތާ 6 މަސްވަނީ. މި ފުލުހުން ގެ ވާޖިބު އެތަނުން ނަގާނީ ކޮންއިރަކުންތަ.
ޟުހާޓޯ
06 June 2017
ރޫހު ހިފަހައްޓައިގެން އެކަކުވެސް އުޅޭނެކަމެއް ނެތް.
ހަމަހޭ
06 June 2017
މިމަންޖެެ ފުލުހުން ބިރުގަންނަވާލީ؟.
އިބޫ
06 June 2017
ނަސީބެއްނު ނާޒިމްސަރ މެންގެއިްނ ފެނުނު ކަހަލަ ބަޑި އެއް މި މަންޖެގެއިން ނުފެނުނު ކަންް
ކަނބުލޮ
06 June 2017
ޕީޕީއެމް ގެ ކުރީގެ ރައީސް އޭ؟ މައުމޫން އަބްދުލް ޤައްޔޫމް އެއީ މިހާރުވެސް ޕީޕީޢެމް ގެ ރައީސް.
ރަބަރޭ
06 June 2017
ތިޔަ މުއައްސަސާ ވަނީ ތަގައްޔަރު ވެފަ އެވެ.
ސަމީ
06 June 2017
މިކުއްޖާ ފުލުހުންނަށް ބިރުދައްކާ އިނޒާރު ދިނީއޭ ބުނީމަ ހިނިއަންނަނީ