މާލޭގެ މަގެއް: މާލޭގައި މަގުމަތިން ފޭރުމުގެ އަމަލުތައް މި ރޯދަމަހު ވަނީ އިތުރުވެފައި.---މިހާރު ފޮޓޯ
17 ޖޫން 2017 - 12:27
މާލޭގައި އިއްޔެ ހެނދުނު ފޭރެމުންދަނިކޮށް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ގޭ ބަންދަށް ބަދަލުކުރި އަންހެންމީހާ ރޭ ފަތިހު މަގުމަތިން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
އުމުރުން 38 އަހަރުގެ އަންހެންމީހާ ގޭބަންދުގައި ބަހައްޓަން ކޯޓުން ރޭ ނިންމީ އޭނާގެ ގާތުން ދޭ ކުއްޖަކު ހުންނާތީ ކަމަށް ވެ އެވެ.
ފުލުހުން ބުނިގޮތުގައި ފޭރުމުގެ ތުހުމަތުގައި އިއްޔެ އެ އަންހެންމީހާއާ އެކު އުމުރުން 28 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. ފިރިހެންމީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި ފޭރެމުންދަނިކޮށް އެ އަންހެންމީހާ ހައްޔަރުކުރީ އިއްޔެ ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ. އަދި ކޯޓަށް ގެންދިއުމުން، ރޭ 10 ޖަހާކަން ހާއިރު އޭނާ ގޭބަންދަށް ބަދަލުކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް އެ އަންހެންމީހާ ރޭ ފަތިހު ތިނެއް ޖަހާކަންހާއިރު، ފިރިހެނަކާ އެކު ގެއިން ބޭރުގައި އުޅެނިކޮށް އަލުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެ އެވެ.
އިއްޔެ ހެނދުނު އޭނާ ހައްޔަރުކުރީ ތިން ސަރަހަދެއްގައި ފޭރެމުގެ އަމަލްތަކެއް ހިންގާފައި ވަނިކޮށް ކަމަށް ވެ އެވެ.
މި ރޯދަމަހު މާލޭގައި ފޭރުން އިތުރުވެފައިވާއިރު ވަރަށް ފަހުން ވެސް ވަނީ ގެސްޓް ހައުސް އަކަށް ވަދެ، އެތަނުގެ ކޮޓަރިއެއްގައި އުޅުނު އަންހެނެއްގެ އަތުން ފޭރިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެގެ އައްޔު
18 June 2017
ސަރުކާރަށް ފާޑުކިޔާ މީހަކުވިއްޔާ ޖަލުގެ ކުޑަގޮޅީގައި. ވަޅިއާއި ކަޓަރު ދައްކާފަ މަގުމަތިން މީހުން ހުއްޓުވާފަ ފޭރެންއުޅޭ ބައިގަނޑު ގޭބަންދުގައި އާއިލާމީހުންކައިރީގައި. މީކޮންވައްތަރެއްގެ ސަރުކާރެއް.
ހަޖަމް
18 June 2017
ޤައުމް ތަރައްޤީވީމަ ވާގޮތް، މިގޮތަށް ތަރައްޤީ ވުމެއބޭނުމެއް ނޫން ސޮރީ!!!!!!!!!
ސައްތާރު /މހއ
18 June 2017
ކޮބާތަ އިންޓެލިޖެންސް ރިޕޯރޓް. ގޭގައި ބެހެއްޓުމުން ހެއްކަށް ނުފޫޒްފޯރުވުމަށް އެއްވެސް އަސަރެއް ނުކުރާނެބާ ؟
ތިޔަ
18 June 2017
ތިޔައަންހެންމީހާ ދެން ދޫނުކުރާތި! މިއޮއްފަދަ ރޯދަމަހުވެސް އުޅޭގޮތެއްދޯ! ލަދުން ބޯހަލާކު!
ފާތުމަ
17 June 2017
މިއޮތީ އެބުނާ ސިންގަޕޫރު
ހޭނަ
17 June 2017
ޢަދިވެސް ޤާސިމް ބަހައްޓާ ސަލާމަތީ ސަބަބަށްޓަކައި.
އަނެއްކާވެސް
17 June 2017
އެހާ ގިނައިން ހައްޔަރުކުރާކަށް ނުވާނެ.
މުހައްމަދު
17 June 2017
މައުލޫމާތު ލިބިފައިވާގޮތުން، އަންހެންމީހާއަކީ، ކުރީގެ ރިޓަޔާރކޮއްފައިހުރި، ފުލުހުންގެ އިސްމީހެއްގެދަރިއެއް. މިއީ، މާލޭގެ ގެދޮރުހުރި، މާލޭއަންހެނެެއް.
ސަނާ
18 June 2017
މައުލޫމާތު ތިލިބުނީ ހަމަ ރަނގަޅަށް...... ޢޭނަ ގާތުންދޭ ކުއްޖެއް ނުހުންނާނެ..... 2 އަހަރުގެ ދަރިބަލަނީ މައިދައިތަ...ދަރީގެ ހާލުވެސް ބަލާ މީހެއް ނޫން އެއީ.
ޢަލީ
17 June 2017
ފިސާރި ކަނބަލެއްތާތީދޯ މިއޮއްފަދަ ރޯދަމަހު ފޭރުމަކީ މަރުގެއަދަބު ދޭންޖެހޭކަމެއް މީހުންގެ މުދާފޭރުމަކީ ވަރައްނުބައި ފާފައެއް
އަހުމަދު
17 June 2017
ތިޔައީވާނީ ފިސާރިއަންހެނަކަށްމބުނީ ނުބައި ނުލަފާ ކަމަކުން.