ކުޑަހުވަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް މިމަހުގެ ފުރަތަމަ ދުވަހު ޖައްސާފައި: މިއީ ޕްރައިވެޓް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓް
24 ޖޫން 2017 - 19:30
ދ. ކުޑަހުވަދޫގައި އަލަށް ހެދި އެއާޕޯޓަށް އަންނަ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ފަށާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.
"ދާލު އެއާޕޯޓު"ގެ ނަމުގައި ހެދި އެ އެއާޕޯޓަށް ބުދަ ދުވަހު މޯލްޑިވިއަން އިން ދަތުރުތައް ފެށުމާ އެކު ކޮންމެ ހަފުތާއަކު ކޮންމެ ދުވަހަކު ވެސް އެއް ފްލައިޓް އެ އެއާޕޯޓަށް ދަތުރު ކުރާނެ ކަމަށެވެ. އެއްކޮޅު ޓިކެޓްގެ އަގަކީ 888ރ. އެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ އެއާޕޯޓަށް ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރު ކުރާނެ ކަމަށެވެ. އަދި ދަތުރު ކުރުމުގެ އިތުރުން މުދާ ކާގޯ ކުރުމުގެ ޚިދުމަތް ވެސް ބުދަ ދުވަހުން ފެށިގެން އެ އެއާޕޯޓަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު އެއް ފްލައިޓް ފެށިޔަސް އެއާޕޯޓް ކައިރީގައި ރިސޯޓްތައް ހުރުމާ ވެސް އެކު މިއަހަރު ނިމުމުގެ ކުރިން ދުވާލަކު ހަތަރު ފްލައިޓަށް އަޅުގަނޑުމެންނަށް އިތުރު ކުރެވޭނެ،" ނަޝާތު ވިދާޅުވި އެވެ.
ރިއޯލޯ އިންވެސްޓްމަންޓާ ހަވާލުކޮށްގެން 1،800 މީޓަރުގެ ރަންވޭއަކާ އެކު ހެދި އެ އެއާޕޯޓަށް މިމަހުގެ ފުރަތަމަ ދުވަހު މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވަނީ ޖައްސައިފަ އެވެ. އެ އެއާޕޯޓަކީ ރާއްޖޭގައި މިވަގުތު އޮތް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަށް ހެދި ފުރަތަމަ އެއާޕޯޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜަށުގެބަސް
27 June 2017
888ރ. ޢަށް ޓިކެޓެކޭ ބުނެ އަޑު އަރުވާފައި 1300ރ. ވުރެވެސް އަގުބޮޑުވީ ކީއްވެ؟
ޙިމް
26 June 2017
ތި އަގުގައި ދަތުރު ކުރުމަށް ވުރެ ކަނޑުމަގުން ދަތުރު ކުރުން ވެސް މާ ހިތަށް ފަސޭހަ.
އުމަރު
25 June 2017
މިފަދަ އެއާޕޯޓް ހަދާފައި އެއަތޮޅުގެ މީހުންނަށް ގެސްޓް ހައުސް ހިންގުމުގެ މަގު ހުޅުވާލަންޖެހޭ
މިރައީސް
25 June 2017
ލަދުހަޔާތުގެ އުރަތްޕެއްވެސް ނެތީބާ 2 އަހަރުން އެއާޕޯޓު އަޅަންބުނެ ހދ ކުޅުދުއްފުށި މީހުން ޅޮސްއުނދޯލި ހެއްލުވީ ޕަކާސް
ޢަބުލޯ
25 June 2017
ޝުކުރިއްޔާ ރައީސް ނަޝީދު
ވަހީދު
25 June 2017
މީ 2017 . މީގެ 20 އަހަރު ކުރިން ތިކަން ނިމެންޖެހޭ. ނަމަވެސް ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް އެކަށިގެންވާ މަންފާ ނެރެވިފައި ނެތީ. ޝުކުރު ކުރަން ގުޅާލެވުނީތީވެ . އަދިވެސް ރާއްޖެތެރެ ފަގީރު ހާލަތުގަ.
ޙަސަން އަޙްމަދު
25 June 2017
މީގެ 20 އަހަރު ކުރިންނޭ؟ ކޮއްކޮ އުމުރުން ކިހާ ވަރެއްތަ 20 އަހަރު ކުރިން މިތަން އޮތް ގޮތް ނޭނގޭތި އަހާލީ!
އަލިފު ދާލު
25 June 2017
ދ އެއަރ ޕޯރޓް ހުޅުވި މޯލްޑިވިއަން ދަތުރު ފަށަން ފެއްޓެވީތީވެ ސަރުކާރަށް ޝުކުރު>>ޝުކުރިއްޔާ ރައީސް ޝުކުރިއްޔާ ޤައުމު ޝުކުރިއްޔާ މޯލްޑިވިއަން
ރިއަލިޓީ
25 June 2017
ކަލޯ މެންގެ ސަރުކާރުން އެޅި އެންމެ އެއަރޕޯޓެއްވެސް މިޤައުމަކު ނޯންނާނެ.. އަދި މަސައްކަތްފަށާފަ އޮތް އެންމެ އެއަރޕޯޓެއްވެސް އަތޮޅެއްގަ ނޯންނާނެ... ބިންގާ އަޅާ ނިންމި އެންމެ ފުލެޓެއްވެސް ނީންނާނެ... 4 އަހަރުވީ... 3 އަހަރު 2 އެއަރޕޯޓް ނިންމާ 5 އެއަރޕޯޓްގެ މަސައްކަތްފެށި ސަރުކާރެއްވެސް ދިވެހިން ދެކެފި...ކްރެޑިޓްނަގާ އޮޅުވާލަން ނޫޅޭ
ޤުއްޓޭ
25 June 2017
ތި ހުންނަނީކީ އުފާވެރި ޙަބަރެއްނޫން. ހައްތަހާވެސް ރައްޔިތުން ބިކާރު ކޮއްލާނެ ގޮތެއް މި ވެރިން ރާވާނީ. ތިވެސް ވަކި ބަޔަކަށް ރިސޯޓް ތައް ހިންގާ މަހުޖަނަށް ފައިދާ ވާގޮތައް ތި އޮތީ ތިކަންވެސް ކޮއްފާ. މާމިގިލި އެއަރޕޯޓް ދޭތެރެ ދޭތެރެއިން ތަޅު އެލުވިޔަސް ތިޔަ އެއަރޕޯޓް އެއް ތަލެއް ނާލުވާނެ. ސަބަބުތައް ވަރަށް ގިން. ލައްކަ ވާހަކަ މި ބުނެވުނީ ކަމަށް ހީކުރަން.
އަހަނެފުތާ
25 June 2017
ތި މޯލްޑިވިއަން ހިންގަނީ ރައްޔިތުން ފެލައިގެން....އަހަރުމެނަށް އާކަމެއްނޫން އާވާހަކައެއްވެސް ނޫން....އައްޑޫއަށް ފްލައިމީ ހުއްދަ ނުދިނީ މިމީހުން ބަނގުރޫޓް ވެދާނެތީ ބިރުން....އަދިވެސް ކުނިކޭކު ބަހާ....
ކީއްވެ
25 June 2017
ކީއްވެ ތިޔަ އެޔާޕޯޓައް ކުޑަހުވަދޫ އެޔާޕޯޓޭނުކީ؟ ޜީތި ނަންނަން ހުއްޓަ ވެލާ އެޔާ ޕޯޓޭ، ވެލާ ބިސް އެޔާޕޯޓޭ، މި ޕޕ އައް ނޭންގޭނެ ރަންގަޅައް އެއްކަމެއް ކުރާކައްވެސް.