މާލޭގައި ދުއްވާ ޓެކްސީއެއް: ހަނދާން ނެތިގެން ޓެކްސީގައި އެއްޗެހި ބެހެއްޓިގެން ފުލުހުންނަށް މައްސަލަތައް ރިޕޯޓު ކުރޭ-- މިހާރު ފޮޓޯ
07 ޖުލައި 2017 - 11:58
ޓެކްސީއެއްގައި މީހަކަށް ބާއްވާފައި ދެވުނު އައިޕެޑެއް ވަގަށް ނަގައިގެން ފިލި ޑްރައިވަރަކު، ރޭ ހޯދައި ހައްޔަރުކޮށް އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މިދިޔަ މަހުގެ 28 ގައި މަގުމަތިން ނެގި އެ ޓެކްސީގައި ހަނދާން ނެތިގެން އައިޕެޑް ބާއްވާފައި ފޭބުމުން، އެއިން ދަތުރުކުރި އަންހެންމީހާ ވަނީ ހުރިހާ ޓެކްސީ ސެންޓަރަކަށް ވެސް ގުޅައި އެކަން އަންގައިފަ އެވެ. އަދި ގެއްލޭ އެއްޗެހި ހޯދައިދިނުމަށް އެހީވެދޭ "ލޮސްޓް އެންޑް ފައުންޑް" ގުރޫޕުގެ އެހީތެރިކަމަށް ވެސް އޭނާ އެދުނެވެ.
އެ ގުރޫޕުން އަންހެން މީހާ އަށް އެންގި ގޮތުގައި އޭނާ ފޭބި ޓެކްސީއަށް ދެން އެރި ދެމަފިރިއަކަށް އެ އައިޕެޑް ފެނުމުން އޭގެ ވެރިމީހާ އަށް ރައްދުކޮށްދިނުމަށް އެދި ޑްރައިވަރާ ހަވާލުކުރި އެވެ. އެކަމަކު އައިޕެޑް އަންހެން މީހާއަކަށް ނުލިބެ އެވެ.
މި މައްސަލަ ދެން އޭނާ ހުށަހެޅީ ފުލުހުންނަށެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު، މަގުމަތީގައި ހުރި ސީސީޓީވީ ކެމެރާތައް ބަލައި ހަފުތާއެއްހާ ދުވަސް ފަހުން އެ ޓެކްސީ ވަނީ ހޯދައިފަ އެވެ.
"އެ ޓެކްސީގެ ޑްރައިވަރާ އަޅުގަނޑުމެން ބައްދަލު ކުރީ އެކަށީގެންވާ ވަރަށް ހެކި ލިބުމުން. އެކަމަކު އެންމެ ފުރަތަމަ އޭނާއާ ސުވާލުކުރުމުން ވެސް އެކަން ކުރި ކަމަށް ދެކޮޅު ހެދީ،" އަންހެންމީހާ ބުންޏެވެ.
އެކަމަކު ފުލުހުން އޭނާ ހައްޔަރު ކުރާނެ ކަމަށް ބުނުމުން، އައިޕެޑް ނެގި ކަމަށް އެއްބަސްވި ކަމަށް އަންހެންމީހާ ބުންޏެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ހަނދާން ނެތިގެން ޓެކްސީގައި އެއްޗެހި ބެހެއްޓިގެން އެ ހޯދަން އެތަނަށް ގިނައިން ރިޕޯޓު ކުރެ އެވެ. އަދި ގިނަ ފަހަރަށް މިހެން ދިމާވަނީ މަގުމަތިން ނަގާ ޓެކްސީތަކުން ކަމަށް އެތަނުން ބުންޏެވެ.
"އެހެންވެ އަޅުގަނޑުމެން އިލްތިމާސް ކުރަން، މަގުމަތިން ކާރެއް ނަގާއިރު، އޭގެ ނަމްބަރު ނަމަވެސް ހޯދާލަން. އޭރުން އެއްޗެއް ގެއްލިގެން ރިޕޯޓު ކުރާއިރު ޓެކްސީ ހޯދަން ފަސޭހަވާނީ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ
22 April 2018
ޓެކްސީ ފަހަރުގައި ހުރުން ލާޒިމް ކުރަން ފެނޭ ޓެކްސީގެ ތަފްސީލް އާއި ސެންޓަރުގެ ތަފްސީލް
ޢުބްރާހިމް
09 July 2017
އަހަރެންވެސް ޓެކްސި އެެއްގައި ވޮލެޓާއެކު ބައި ލައްކަ ރުފިޔާ އެއްފަހަރަކު ބޭއްވުނު. ނަމަވެސް އެފަހަރު އެލާރި ލިބުނީ ހަމަ ޓެކްސީ ޑުރައިވަރު ރަނގަޅު ކަމުން. އެސެންޓާރަކީވެސް ހަމަ 3325656 ކާރެއް. ޢެންމެނަކީ އެއްކަހަލަ ބައެއްނޫއް.
އިބިރިހިންބެއްޔާ
09 July 2017
ޓެކްސީއަށް އެރުމުގެ ކުރިން ނަމްބަރު ފޮޓޯނަގާލުން މޮޅުއިތުރު
އަހުމަދު
08 July 2017
އަޅުގަނޑު ގެ ދރިފުޅުގެ ވޮލެޓް އޭނަގެ މުސާރައާއި އެކު އައިޑީ ކާރޑު ކޭސް ކާރޑު ވެސް ޓެކްސީ ޑްރައިވަަރަކު ކަޓުވާލި އެއްބަސް ނުވި.. މިއީ ބައެްޑްރައިވރުެ ގެވާހަކަ.. އެހެންދުވހު ޓެކްސީ ހާރބރަށްގޮސް ޑިޚީގަ ފަހާފޮށި ބެހެއްޓުނު ރަށަށްވެސް އައިފަހުން އަބުރާ ހަވާލުކޮށްދިީވސް ހަމަ ޓެކްސީ ޑްރައިވަރެއް. .
ފަޤީރުކަލޯ!
08 July 2017
މިފަހަރު ފުލުހުންގެ އަތެއް ތިކަމުގައި ނުވާތީ ތިހައި ފަސޭހައިން ތިލިބުނީ!
ލޮލް
08 July 2017
ކަލޭ ކަހަލަ މީހުން އުޅޭތީ މައްސަލައަކީ
އޯކޭ
08 July 2017
ކިޔާ އެއްޗެއް ދޭހަނުވީމަ ވަރަށް ދެރަ
ހުސެން
08 July 2017
ޓެކްސީތެރޭގައި އެއްޗެހި ބެހެއްޓުމަކީ ތިމާގެ އަމިއްލަ ފަރުވާކުޑަކަން، އެއްޗެހި ރައްދުކޮށްދޭނީ ބައެއްމީހުން އެންމަނަކު ނުދާނެ ތިޔަހެން ދޫކޮށްލާ އެއްޗެހި ހަވާލުކުރަކަށް، އެއީ އަމިއްލަކަމެއް
ޑްރޯން
08 July 2017
އެކަމަކު ޑްރައިވަރުން ވަރުގެ"މޮޅު" ބައެއް "ތަންދޮރު ދަބްނަ"ބައެއް ނުތިބޭނެއެވެ.ދީނީ ކަންކަމަށް އެހާ "މޮޅު"ވާނެއެވެ.ސިޔާސީ ކަންކަމަށް ވަކިން މޮޅުވާނެ އެވެ. ޓެކްސީ އަށް އެރުމާއެކު ވާހަކަ ފައްޓާނެއެވެ.ކޮން ބައެއްތޯ ވެސް ނުބަލާނެ އެވެ.
ނަ ށީ ދޫ
15 November 2017
ގުޑް ޕޮއިންޓް ބްރޯ
އަހްމަދު
08 July 2017
ކޮންމެ ޓެކްސީ ސެންޓަރަކަށް ވަކި ކުލައެއް ހަމަޖެއްސުމަށްފަހު ޓެކްސީ ޑްރައިވަރުންނަށް ޔުނިފޯރމް ތަޢާރަފްކުރުން މުހިންމު، އަދި ޑްރައިވަރުގެ/ޓެކްސީ ސެންޓަރ ގެ މަޢްލޫމާތު ފަހަތުގައި ތިބޭ މީހުނަށް ފެންނާނޭހެން ބެހެއްޓުމާއެކު، އަމިއްލަ ތަކެތި ގެންދިޔުމަށް ހަނދާންކޮށްދޭ ލިޔުން ކަސްޓަމަރުންނަށް ފެންނަގޮތަށް ބެހެއްޓުން މުހިއްމު
މުހަންމަދު
07 July 2017
މިދިޔަ މަހު އަހަރެން ގެ އަންހެނުން އެރި ކާރެއްގެ ފަަހަތު ސީޓުގައި ގެސްޓަކު ހަދާން ނެތިގެން ބޭއްވިފަ އޮތްވަރައް އަގު ބޮޑު ކެމެރާ އަކާއި ބެކު ޕެކެއް ފުނުމުން ކާރު ގެ ޑުރައިވަރު ވަނީ އަތުލާފައި ހަވާލް ކުރާނެ ކަމައްބުނެ ޑުރައިވަރަކީ ތަންކޮޅެއް މުސްކުޅި ޑުރައިވަރެއް .
ޒުވާނުން ކޮބާ ؟
07 July 2017
މިކަހަލަ ކަންކަން ރަނގަޅު ކުރެވޭނީ ޒުވާން ކުދިންނަށް. ޑްރައިވަރުންގެ އިހްލާސްތެރިކަން ބަލަން ގަސްތުގައި ޓެކްސީތެރެއަށް އެއްޗެި ދޫކޮށްލުމަށްފަހު ދެވަނަ މީހަކު އެޓެކްސީ ފޮލޯކުރަންވީ. ހުރިހާ ވަގުތަކުވެސް ނުފެންނަ ގޮތަކަށް ކެމެރާކޮށް ފަޅާ އަރުވާލަންވީ. އެއިރުން މައިތިރވާނެ.
ޞދ
08 July 2017
ފޭސްބުކް އަދި ޔޫޓިއުބުގައި ހިންގާލެވޭނެ މޮޅުކަމެއް ތިއީ
އިދުރީސް ދޮންބެ
08 July 2017
ހިނގާބަލަ މިހެން ހަދާލަމާ!