މެމްބަރު އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މަސީހް ވަކި ކުރަން ވޯޓު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: މަޖިލިސް
11 ޖުލައި 2017 - 11:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ އަމިއްލަ މަސްލަހަތެއް އޮވެގެން ނޫން ކަމަށާއި ރިޝްވަތެއްގައި ނުހިއްޕަވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭން ބޭރުގައި ހުންނަވައި "މިހާރު" އާ ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް މަސީހް އަދާ ނުކުރައްވާ ކަމަށާއި މަސީހަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ވަނީ މަސީހްގެ އިތުބާރު ނެތް ކަމަށް އޭނާ ވިދާޅުވާ ދެ ސަބަބެއް ހާމަ ކުރެއްވި އެވެ. އެގޮތުން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން އުޅުނު އިސްލާހާއި މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް މެމްބަރުން ހައްޔަރު ކުރާ މައްސަލައިގައި އަބްދުﷲ ވަނީ މަސީހަށް ފާޑު ވިދާޅުވެފަ އެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ފޮނުވި އިރު، 17 ސޮފްހާ އޮވެފައި، މަޖިލީހަށް ހުށަހެޅި އިރު 97 ސަފްހާ އަށް ވަނީ އިތުރުވެފަ އެވެ. މިއީ ދުސްތޫރީ ނިޒާމު ހަލާކު ކޮށްލަން ކުރި ކަމެއް ކަމަށާއި މިކަމުގެ ޒިންމާ މަސީހް އުފުއްލަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މަސީހްގެ އިތުބާރު ގެއްލުނު ކަމެއް، ރިއާސަތުން އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ވިދާޅުވި އެވެ.
އިމްތިޔާޒްގެ ގާނޫނުގައި ގިނަ ހައްގުތަކެއް މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިރު، ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މައްސަލާގައި ވެސް މަސީހް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Kanlaage safun badhalu nukuravvathey gaumegge haalaatheh, Nuvaanama gaumugai haalathu badhalukurumuge khiyaalaatheh.
— Abdulla Ahmed (@AblhoMP) July 6, 2017
މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓު.
"މެމްބަރުން ހައްޔަރު ކުރެވޭނީ ކުށުގެ ވެށިން. ގާސިމް ހައްޔަރު ކުރީ ގާނޫނާ އެއްގޮތަކަށް ނޫން، އެ ހިސާބުން މަސީހް މަސްއޫލިއްޔަތު އަދާކުރައްވާ ތަނެއް ނުފެނުނު، އިމްތިޔާޒް ކޮމެޓީ އަށް ވެސް މައްސަލަ ނުފޮނުވާ، އެހެންވީމަ މަޖިލީހުގެ އިދާރީ ނިޒާމު ހަލާކުކޮށްލަން ކިހިނެއްތޯ ފުރުސަތު ދޭނީ؟" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ 90 ޕަސަންޓު މުވައްޒަފުން މަސީހްގެ އަމަލުތަކާއި އުސޫލުތަކާ ދޭތެރޭގައި ހިތްހަމައެއް ނުޖެހެ އެވެ.
Imthiyaazaa behey gaanoonun Majlilis membarunnah libidhey haggu thah Majilis Raees maseeh vanee nigulhaigenfa. Maseeh isthiufaa dheyn jehey.
— Abdulla Ahmed (@AblhoMP) July 8, 2017
މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓު.
"މަޖިލީހުގެ އިދާރާގެ ގޯތި ތެރޭގައި އިންދާފައި ހުންނަ ގަހެއް ކޮށާލުމުގެ ކުރިން އެ ގަސް އިންނަ ގޮތް ކުރަހާފައި ދައްކަން އެބަޖެހޭ މަސީހަށް. ކޮށައި ނިމުނީމަ ގަސް ހުންނަ ގޮތް ވެސް ދައްކަން ޖެހޭ، މިއީ މިކަން ކަން ހިނގާ ގޮތުގެ ކުޑަ މިސާލެއް،" އަބްދުﷲ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންގެ ކަންބޮޑުވުންތައް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި މިހާތަނަށް އައި އިރު، އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސީހާ ދެކޮޅަށް ނުކުންނެވީ އެއްވެސް އަމިއްލަ މަސްލަހަތެއް އޮވެގެން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެއްވެސް މަސްލަހަތެއް ނެތް. އަމިއްލަ ވިޔަފާރިއެއް ގެންގުޅޭ މީހެއް ނޫން މިއީ. އެހެންވީމަ ކޮން އަމިއްލަ މަސްލަހަތެއްތޯ އޮންނާނީ؟" އަބްދުﷲ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
11 July 2017
މިމީސްމީހުން މިލިޔަނަރުންނައް ވަނީ.
ާގުބައިދު
11 July 2017
ތިޔާއީ ތެދެއްކަން އެގޭ ތިނަދޫ ޓީމައްގެނައި ކޯޗުވެސް ފުރީ މުސާރަކޮޅު ނުދީގެން.
ދިވެހިރައްޔިތުން
11 July 2017
އެމްއޯޔޫގެ ކޯލިޝަނައް ވެދުންސަލާމް ތިޔަޕާޓީގެ ފަރާތުން ދިވެހިދައުލަތުން ކޮރަފްޝަނުގެ އަމަލެއް ހިނގައިފިނަމަ އެކަމުން ރައީސުލްޖުމުހޫރިއްޔާއައް ނަޖާ ނުވެވޭނެ ކަމައް ކަނޑައަޅައިދިނުމައް ދުސްތޫރީ މައްސަލައެއް ވައްދައި ދިނުން އެދެން އަދި އެކަން ނައިބު ރައިސް ބޮލައްޖަހަފަ ސަލާމަތް ނުވެވޭނެ ކަމައް އިސްޕްރިންގް ކޯޓުން ކަނޑައަޅައި ދިނުން އެދެން
ތިމީހުން
11 July 2017
ތިމީހުންގެ ވާހަކަ ތިމީހުން އަންނާނެކަން މީގެ 1400 އަހަރުކުރިން ކީރިތި ރަސޫލާވަނީ އަންގަވާފައެވެ. އެއީ އާންމުންގެ ކަންކަމުގައި ތާކުންތާކުނުޖެހޭ މީހުން ވާހަކަދައްކާނެވާހަކައެވެ.
މުހައްމަދު އަހްމަދު
11 July 2017
މަޖިލިސް މެމަބަރުން ޕީޕީ އެމް ދުކޮށްލި ސަބަބުތައް: 1- އަދީބު އަތުން މިލިޔަނުން ލިބެމުން ދިޔުމާއި މިހާރު އެގޮތަށް ފައިސާ ނުލިބުން. 2- ޤައުމަށްޓަކައި މަސައްކަތްކުރާ މިހުންގެ އަތުން މިލިއަނުން ސަދަޤާތް ލިބުން. 3- ޕީޕީ އެމް ތެރޭ ފެކްޝަން އުފެދުން. 4- މެންބަރުން ބޭނުންވާ ވަކި ބަޔަކު ސިދާ ގޮތުންނާއި ނުސީދާ ގޮތުން ކައުންސިލްތަކަށް ނުކުތުމުންް، ލޯކަލް ކައުންސިލް އިންތިޚާބުން ޕީޕީ ބަލިވުން. 5- މެޑަމްގެ ވަކި އެޖެންޑާ އެއް އޮތުން. 6- ނާޒިމާއި އިމްރާނު ދުކޮށްނުލުން. 7- ޔާމީނުގެ ހިލަތްތެރިކަން ކުޑަވުން. 8- ޔާމީނަށް ޕާޓީ ލީޑް ނުކުރެވުން. 9- އަދިވެސް..
އަމީން
11 July 2017
ތިޔަ އިއްޒަތްތެރިންގެ އިމްތިޔާޒުގެ ބޮޑުކަމުން ޤައުމު ޙަލާކުވީ
އަހަންމާ
11 July 2017
ބަލަޕާޓީންހޯދައިދިން ގޮނޑިއެއްތީ ހިންހަމަނުޖެހެންޏާ ދޫކޮށްލަންވީނު އެރުންއެނިމުނީ އަލުންއަމިއްލަގޮތުންކުރިމަތިލައިގެން ގޮނޑިހޯދާ
މުލޭ
11 July 2017
އެއީ ޖުމްހޫރީ ޕާޓީގެ ގޮނޑިއެއް.
މުހައްމަދު އަހްމަދު
11 July 2017
އަބުދު ﷲ އަކީ ސާފު ހުދު ފޮތިކޮޅެއް.. އަދީބުގެ ދުވަސްވަރު ތިނަދޫގައި ބޭއްވި މުބާރާތްތަކަށް އަބުދުﷲ ވަނީ މިލިއަނުން ޚަރަދު ކޮށްފަ..
ސަމްހާދް އެންޑް އިލިޔާސް.
11 July 2017
އަމިއްލަ މަސްލަހަތެއް އެއްވެސް މެންބަރެއްގެ ނޯންނާނެ. ހުރިހާ މެންބަރުންވެސް އުޅެނީ ގައުމައްޓަކާ ދީނަށްޓަކާ.
ދޮގެއްތަ؟
11 July 2017
މަސްލަހަތެއް އޮތް ވާހަކަ މީހަކު ނުބުނޭތާ. ޕީޕީއެމްގަ ތިބީވެސް އަދީބު އަތުން ކައިގެންނޭ މިހާރު ތިއުޅެނީވެސް އޭނަ އަތުން ކައިގެންނޭ އެއެއްނު ކިޔާ އެއްޗަކީ. އެހެން އެއްޗެކޭ އެބަކިޔާތަ؟