ފަނޑިޔާރު އަރީފް: އޭނާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މިއަދު --ފޮޓޯ/ރައީސް އޮފީސް
11 ޖުލައި 2017 - 00:11
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އާ ރައީސަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުﷲ އަރީފް މިރޭ އިންތިޚާބު ކޮށްފި އެވެ.
ޖޭއެސްސީން ބުނިގޮތުގައި މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި، ޖޭއެސްސީގެ ރައީސަކަށް އަރީފް އިންތިޚާބުކުރީ، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓުގައި ބައިވެރިވި ބޭފުޅުންގެ އިއްތިފާގުންނެވެ.
އަރީފް އެ މަގާމަށް އިންތިޚާބު ކުރީ ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގައި އަރީފް އެ ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވުމުން މިރޭ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ނެގި ވޯޓުންނެވެ. އެކަމަކު އަރީފަށް ލިބިވަޑައިގަތް ވޯޓުގެ އަދަދެއް ސާފެއް ނުވެ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގެ ބަދަލުގައި އަރީފް އެ ކޮމިޝަނަށް އައްޔަން ކުރެއްވީ އަލީ ހަމީދުގެ ސިއްހީ ހާލުކޮޅު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.ޖުމްލަ 10 މެމްބަރުން ތިއްބަވާ ޖޭއެސްސީގެ ރައީސްގެ މަގާމު މިހާތަނަށް ގިނައިން ފުރުއްވާފައިވަނީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް ކަނޑައެޅި ފަނޑިޔާރުންނެވެ. އެގޮތުން ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދަކީ އެ ކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސ
11 July 2017
ވަރަށް ބިޔަ ބޮޑު ރާޅު އަރާ ފަރެއްތީ ދިޔަވަރު ހިކޭ އިރު ބޮޑު ރާޅު ދިޔަވަރު ބޮޑުވާއިރު ކުދި ރާޅު، ނަގިލި ލާން އެގިއްޖެއްޔާ ހިފަހައްޓާ ލެވިދާނެ!
އާދަނު
11 July 2017
މި ޤައުމުގައި ޢަދުލު އިންޞާފު ޤާއިމުކުރެވޭނީ، އެންމެ ފުރަތަމަވެސް ތިޔަ ޖޭއެސްސީ މިނިވަންތަނަކަށް ވެގެންނެވެ. އެންމެފުރަތަމަ ރައްޔިތުންގެ މަޖިލިސުން ކުރަންވީކަމަކީ ޖޭއެސްސީ އެކުލަވާލަންޖެހޭގޮތް ޤާނޫނު އަސާސީން އިޞްލާޙުކުރުމެވެ. ފަނޑިޔާރުންގެ މައްސަލަތައް ބަލާ މުއައްސަސާއެއްގައި ފަނޑިޔާރުން ތިބުމާއި، ސިޔާސީ ބޭފުޅުން އެތަނުގައި ތިބުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. ޚާއްޞަކޮށް މިކަހަލަ ކޮރަޕްޓް ޤައުމެއްގައި އެއީ އެކަށީގެންވާކަމެއްނޫނެވެ.