ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު. - ފޮޓޯ: ފާއިޒް ފޭސްބުކް
14 ޖުލައި 2017 - 23:47
ގާނޫނުއަސާސީން އުފެއްދި އެއްޗެއް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ފާއިޒް ވިދާޅުވީ ގާނޫނުއަސާސީ މާނަ ކުރުމުގެ ފުރިހަމަ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީގައި އޮތް އެއްޗެއް ބަދަލު ކުރުމުގެ އެއްވެސް އިހްތިޔާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީން އުފެއްދި ތަނެކެވެ. ގާނޫނުއަސާސީން އުފެއްދި އެއްޗަކަށް، އެއަށްވުރެ މަތި ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުއަސާސީއާ ގުޅުން ހުރި މައްސަލަތަކުގައި ތަފާތު ރައުޔު ލިޔުނީ މި އުސޫލު ގަބޫލު ކުރެއްވޭތީ،" ފާއިޒް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ފާއިޒް މި އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނިކޮށެވެ. ނަމަވެސް ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރޭގައި ޕާޓީއާ ގުޅޭ އެއްވެސް ކަމެއް ހިމަނާފައެއް ނުވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ލޯ (މެމްބަރުން ވަކިވާނެ ހަލާތްތައް ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ފާސްކުރަން ދެންނެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނާ ގޮތުން ގޮނޑި ގެއްލޭނީ ހުކުމް ކުރި ދުވަހުން ފެށިގެން ޕާޓީތަކުން ވަކިވާ، ވަކިކުރާ އަދި އެހެން ޕާޓީއަކާ ގުޅޭ މެމްބަރުންނެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެތައް މެމްބަރުންނެއް އެކި ޕާޓީތަކަށް ބަދަލުވެފައި ވިޔަސް، އެ މެމްބަރުންގެ ގޮނޑިއަށް އަސަރެއް ނުކުރެ އެވެ.
މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ދާއިރާއެއްގެ ބައިއިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ހުސްވާ ގޮނޑިތަކުގެ ބައިއިލެކްޝަން ބާއްވަން ޖެހެނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.
ފާއިޒް ފޭސްބުކްގައި ލިޔުއްވި ޕޯސްޓު.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޕައިޑާރ ޑީޑީ
16 July 2017
ކުކުޅަށް ވުރެ ބިސް ދޮށި ވެއްޖެ، ދެން ގައުމު ފަސާދަ ވޭ
ޙާލުގެ ދުލުން
15 July 2017
އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ތިފަދަ ވާހަކައެއް ވިދާޅުވީމާ އުފެދޭ ސުވާލަކީ މަނިކުފާނު ޤާނޫނުއަސާސީ ވިދާޅުވިންތޯއެވެ؟ އެހެންނަމަ އެޤާނޫނު އަސާސީއިން ސްޕްރީމް ކޯޓަށް ދީފައިވާ ބާރު އެގިވަޑައިނުގަންނަވަނީތޯއެވެ.؟ ނުވަތަ މިހުރިހާ ކަމެއް އެގި ވަޑާއިގެން ހުންނަވާ ހަމަ ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ވިދާޅުވި އެއްޗަކީތޯއެވެ.؟އެހެންކަމަށްވާނަމަ މަނިކުފާނުގެ ޤާބިލުކަމައި މެދު މިހާތަނަށް ކުރަމުން ދިޔަ އުންމީދު ފުނޑު ފުނޑު ވެހިގައްޖެއެވެ.
ބަރުލަމާނީ
15 July 2017
ގާނޫނު އަސާސީން ސްޕްރީމް ކޯޓަށް ދީފައި އޮތީ ގާނޫނުތައް މާނަކުރުމާއި ފުށުއަރާ ގާނޫނު އުވާލުމުގެ ބާރެވެ. ގާނޫނު ހެދުމާއި ގާނޫނަށް ބަދަލުގެނައުމުގެ ބާރު ސްޕްރީމް ކޯޓަކަށް ނެތެވެ. އެކަމަކު މިފަހަރު ސްޕްރީމްކޯޓުން ކޮށްގެން މިއުޅެނީ އެކަމެވެ.
ހޫން
16 July 2017
ހާލުގެ ބިހޭ ނުކިތާ ތިމާއަކީ ކާކުކަން އެގޭގޮތަށް ފާއިޒުގެ ވާހަކަފުޅަށް އެއްޗެހި ބުނެބަލަ. އޭރުންތާ ވާހަކާގައި އޮށްޓަރެއް ނެތަސް އުޒުރެއް އޮތަސް އެގޭނީ
ކަމަނަ
16 July 2017
ތީކީ ހާލުގެ ދުލެއް ނޫނެވެ. ތިޔައީ ދަރުބާރު ޕީ ޕީ ގެ ދުލެވެ.
ސައްތާރު
16 July 2017
ޖަޒްބާތުގައި ނުޖެހި ފާއިޒްގެ ވާހަކަ ރަނގަޅަށް ކިޔާބަ. އޭގައި އެބަހުރި ތާކުން ތާކުޖެހޭ އިލްމީ ވާހަކައެއް؟ ގާނޫނީ ބަހުސެއް ނެތް. ފަލްސަފާވެރި ޚިޔާލެއް ނެތް
ފަޅުވެރިން
15 July 2017
ފާއިޒު ދެން މީގެފަހުން އިނގިރޭސިބަހުން ޓްވީޓް ނުކުރެއްވިއްޔާ ވަރަށް ހެޔޮފުޅު. ތިހުންނަ ޢިބާރާތްތައް ކިޔުމަށްވުރެ އަމިއްލަ ބޮލުގައި މަރުތޭލަކުން ތެޅުންވެސް މާހިތަށްފަސޭހައެވެ!!
ހެހެހެ
16 July 2017
މުސާރަދީފައި ތިހިރީ ކިޔަން. ދެން ޒާތީ ކޮސްގޮވަން..
ހެހެހެ
15 July 2017
މިސާލަކަށް އެއްޗެއް މަރުވެ، ކުނިވެގެން، އުފެދުނު "ފުޅަ" އަކުން އުފަންވި ""މާބުރެއް" ނުވަތަ ކޮކާލެއް އެ"ފުޅަ" އަށް ވުރެ މައްޗެއް ނުވެވޭނެ ތާއެވެ؟ ހެހެހެ
މަލިކު ޢަލީ
15 July 2017
އެއްވެސް މީހަކު އެމީހެއްގެ އަބުރާއި ޢިއްޒަތް އެމީހެއްގެ ނިސްބަތުން ބޮޑު އެއްޗަކަށް މެނުވީ ވިއްކައި ނުލާނެ...
ވިސްނާލައި
15 July 2017
ދަރި އުފަންވީ މައިންބަފއިންގެ ފުށުން. މައިން ބަފައިން ނަށް ލިބިފައި ހުރީ އަސާސީ ތައުލީމް، ދަރިފުޅު ޕީއެޗްޑީ. ކޯއްޗެއްބާ މަތިވާނީ...؟
ީޖހގ
15 July 2017
މައިން ބަފައިން މަތިވާނީ
ހިހިހިހިހީ
15 July 2017
ކަލެއަށް މާމޮޅަށް އެނގެނީ
މަލިކު ޢަލީ
15 July 2017
"ވިސްނާލާ" ތިފަދަ ކޮމެންޓްތަށް ލިޔުމުން ކިޔާ މީހުންނަށް އެނގި ކަށަވަރު ވަނީ، ކަލޭގެހުރި ޖާހިލުކަން... ކިތަންމެ މޮޅަށް ކިޔެވިނަމަވެސް މައިންބަފައިނަށްވުރެ ކުރިއަރާ ނުދެވޭނެ...
ކަނަމަނަ
16 July 2017
ޢިލްމީގޮތުން މައިންބަފައިންނަށްވުރެ ދަރި މަތިވެދާނެ. މައިންބަފައިންނަށް ކުރަންޖެހޭ އިޙްތިރާމަށް އެކަމުން ބަދަލެއް އައިސްގެން ނުވާނެ.
ނަސީބެއް މިބޭފުޅާގެ ކިބައިން އުއްތަމަ ފަނޑިޔާރު ކަން ނެގުނުކަންވެސް. އެހެން ނޫނީ
15 July 2017
ހުކުމް ކުރާނީ ފޭސްބުކް އިންނާއި ނޫސް މަޖައްލާ ތަކުން ދައްކާ ވާހަކަތައް އަޑުއަހައިގެން. މިވެސް ޚަބަރެއް؟ މީގަ އެބަހުރި ގާނޫނީ ހުއްޖަތްތަކެއް؟ ނުވަތަ ފަލްސަފާވެރި ވާހަކަތަކެއް؟
ބޯހަލާކު
16 July 2017
ނެގީ ހަމަ ތިޖޫރީވެސް މަޖްލިސްގެ ބާރުވެސް ނެގި ގޮތަށް. ވަރަށް ނަސީބު. ނަސީބުވެރި ބަޔަކީ ތީ.
އަހުމަދު
15 July 2017
ޤާނޫނު އަސާސީ އުފެއްދީ ރައްޔިތުންގެ މަޖިލިހުން. އެ އަސީސީ ތަސްދީގުކުރެއްވީ ރައިސް މައުމޫނު. ވީމާ ފާއިޒުގެ ތިޔ ފޯމިއުލާއިން ޤާނޫނުއަސާސީއަށްވުރެ މަތީގައި ތިބީ ދެފަރާތެއް. އެއީ މަޖިލީހާއި، ރައީސް މައުމޫނުތާ. ސްޕްރީމްކޯޓުން ނިންމި ނިންމުމްކީ ސައްޙަ ރަނގަޅު ނިންމުމެއް ކަމަށް ޤާނޫނުއަސާސީ ޤަބޫލުކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ. ޤާނޫނުއަސާސީއަކީ ލޮބުވެތި ދިވެހި ޤައުމު ހަމަމަގުން ހިންގުމަށް ބޭނުންވާ އުޞޫލުތަކާއި ޤަވާޢިދުތައް އުފެއްދުމުގެ އަސާސް. އެ އަސާސުގައި ކަމެއް ނެތިގެން ގޯހުންގޯހަށް ކަންތައްތައް ދާ ދަންޑިވަޅަކީ އެފަދަ ޟަރޫރަތެއް ޤައުމަށް މެދުވެރިވީ ޙާލަތެއް. ވީމާ މިޙާލަތުގައި ސްޕްރީމުކޯޓުން ނިންމި ނިންމުމްކީ ހަމަ ވިސްނޭ އެންމެހައި ދެވެހީން ޤާބޫލުކުރާނޭ ފަދައިން ރަންގަޅު ނިންމުމެއް.
ބޯހަލާކު
16 July 2017
ގަމާރުންނަށް ނޭންގޭ ގާނޫނުއަސާސީ ފާސްވާގޮތްވެސް އެއީ ގާނޫނުން ކަނޑައަޅާފަ އޮންނަ ގޮތެެއްކަން. ހަމަ ތިބެގެން ކީބޯޑުގައި ތަޅާބާލަނީ
ޓޮނޭ
16 July 2017
މިހާރު ހުރި ޕާޓީއޭ އޮތުމުގެ ބަދަލުގައި އިންތިޚާބުވީ ޕާޓީއޭ އޮތްނަމަ ރަނގަޅުގޮތެއްކަމަށް ފަހަރެއްގައި ބަލައިގަނެވިދާނެއެވެ. މިހާރަކު އެކަމަށް ދެއްކި ބަހަނާއާއި ނިންމުމާ ދިމާވާނެ ގޮތެއްނެތެވެ.
ކުޑަދޫއަހްމަދު
15 July 2017
ފާޅުގައި ނުކުންނަވާ، ރެލީ ތަކުގައި ވާހަކަ ދައްކަންވީ ވަގުތު މިއޮތީ އައިސްފައެވެ. ފިލާ ނުތިއްބަވާށެވެ! ގައުމުގެ ހައްގުގައި ހުރިހާ ގާނޫނީ ބޭފުޅުން ނުކުމެވަޑައިގަންނަވާށެވެ. ތިޔަ ބޭފުޅުން ލޯ ފާރމް ހިންގަވައިގެން ލިބޭ ފައިދާއަށްވުރެ މިގައުމާއި މެދު ވިސްނާށެވެ.
ތެދުބަސް
15 July 2017
ދިވެހި ރާއްޖޭގެ އެއްމެން ސިޔާސީ ވެގެން އުޅޭތާ 10 އަހަރު ވެއްޖެ އެވެ. ރަގަޅުވި އެއްކަމެއް ވެސް ނެތެވެ.ހައްތާ ދަނީ ގޯހުން ގޯހަށެވެފެންވަރުގެ.ޤާނޫނު އަސާސީ އެއް ވެސް ހަދާފި އެވެ.މިހާރު އޭތި ހަލާކު ކުރަން ވެސް ފަަށާފި އެވެމ
ތެދުބަސް 2 (ވަރަށް އަވަހަށް ނިކުންނަނީ)
15 July 2017
އުފާވާ އެއްކަމެއް އެބަހުރި. ފާއިޒް އެއީ އުއްތަމަ ފަނޑިޔާރަކަށް ނެތުން. ތި ޕޯސްޓް ކިޔާފަވެސް ލަދު ގަނޭ ވަރަށް ބޮޑަށް. އެއީ ކުރީގެ އުއްތަމަ ފަނޑިޔާރޭ ބުނަންވެސް.