ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް މި މަހުގެ ތިންވަނަ ދުވަހު ހުށަހެޅުމަށް ފަހު، އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ހާއްސަ ޖަލްސާގައި މައުމޫނާއި ދަރިކަލުން ފާރިސް ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސައިން ވަހީދު
18 ޖުލައި 2017 - 12:19
ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި ރިޝްވަތުގެ ތުހުމަތު ކުރި ނަމަވެސް ފާރިސްގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް އިތުރު ބަޔަކާ ގުޅިގެން ފާރިސް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން، ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި ގޮތުގައި ފާރިސް ހުންނަވާނީ "ރައްޔިތުންގެ ފަޅީގައި" ކަމަށެވެ. އަދި ޚިދުމަތް ކޮށްދެއްވަނީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކަން ފާރިސް އަށް އެނގިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަން އޭނާ ރަނގަޅަށް ވަޒަންކުރޭ. އެހެންވީމާ އޭނާގެ އަޒުމަކަށް، ހިތްވަރަަކަށް އެއްވެސް ބަދަލެއް ނާންނާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނާއި ގަވައިދާ ޚިލާފު އެއްވެސް ކަމެއް ފާރިސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރިޝްވަތު ދިނުމުގެ އެއްވެސް އަމަލެއް ފާރިސް ނުހިންގަވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަމާ ބެހޭ އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވަން އެއްވެސް ހެއްކެއް، ގަރީނާއެއް، ދަލީލެއް ނޯންނާނެ. އެހެން ދެންނެވިޔަސް ދަލީލަކީ އެ މީހަކު ބޭނުންވެއްޖިއްޔާ އުފެއްދިދާނެ ދެއްތޯ. ފިސްތޯލައެއް ވެސް ފެނިދާނެ. އަދި އެހެން އެއްޗެއް ވެސް ފެނިދާނެ،" ދަރިކަލުންގެ ދިފާއުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ "އަޅުގަނޑުމެންނަކީ މާތް ﷲގެ ހެޔޮރަހުމަތްފުޅާއެކު މާ ތެދުވެރި، ވަފާތެރި ބައެއް" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ވަކި ބަޔަކާ ދެކޮޅަކަށް ނޫނެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމު އިސްލާހު ކުރުމަށް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެކަން ކުރަނީ އާންމުން ހިތްހަމަނުޖެހޭ ވަރަށް ގިނަ ކަންކަން ސަރުކާރުގެ ތެރެއިން ފެންނަމުންދާތީ، ރައްޔިތުންގެ ހައްގުގައި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅުން މައުމޫން ވިދާޅުވި އެވެ.
"މި މަސައްކަތް ކުރިއަށް ދާނެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ވާނެ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުން ހިތްވަރުގަދަ ކުރައްވާށޭ. ވަރުގަދަ އަޒުމެއްގައި ތިއްބަވާށޭ. ސާބިތުވެ ތިއްބަވާށޭ. ނުގުޑާ ފަދަ އަޒުމެއްގައި ތިއްބަވާށޭ. އިރާދަކުރެއްވިއްޔާ މާތް ﷲ ކާމިޔާބު ދެއްވާނެ. މި ހިނގާ އެއްވެސް ކަމަކަށްޓަކައި ތިޔަބޭފުޅުން ޖެހިލުންވެވަޑައިނުގަންނަވާށޭ،" މައުމޫން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ
18 July 2017
ނަތަންޔާހު އަށް ދަންނަވާލަން ބޭނުންވަނީ، 30 އަހަރު އެއީ ހުވަފެނެއް ނޫން ހަގީގަތެއް، ދަރިން ވެރިކަމަށް ނެރެން ބޭނުންވި މީހަކު ވެރިކަން ގެއްލުމުގެ އެތައް އަހަރެއް ކުރިޔަށް ދަރިން ތަމްރީނު ކުރާނެ، މުސްކުޅިފުޅުހާލަކު ނޫން އެކަން ކުރައްވާނީކީ،
ނަތަންޔާހޫ
18 July 2017
އިނގިރޭސި ވިލާތުގެ ޕްރިންސުންވެސް އާދައިގެ މީހުން އުޅޭ ގޮތަށް އުޅެން ދަސްކުރޭ، ތަންތަނަށްފޮނުވާ، މަސަތްކަތްކުރުވާ، އެގޮތަށް ގަނޑުވަރުތެރޭގެ ޕްރިންސެއްވީމަ ސިޔާސީ ކަންތަކަށް ތައްޔާރުކުރަނީ ދެބެއިންވެގެން! ބުރުމާޔަކަށް މިވާގޮތެއް އަދި ނޭނގޭ، އެކަމަކު ނަޝީދަށް ރަނގަޅަށް އެބައެނގޭ މިގޭމު! ނަޝީދުވެސް އަމިއްލަ ސަލާމަތަށް ކުރާ ސަޕޯޓެއް މިކުރަނީ!
ދޮންބުޅާ
20 July 2017
އަސްލުގަ ޤާސިމް ވިސްނުމުގަ ހުރީ މައުމޫން ޖޭޕީ އަށް ވައްދަން.
އަބުރު
18 July 2017
ޖަލައްލައިފިއްޔާ ރައީސްކަން ލިބޭނެ މާޒީއަށް ބައްލަވާ..މައުމޫނުގެ ވެރިކަމުގައި އަންނި'އަންނިވެރިކަމުގައިޔާމިން'ޔާމިންގެ ވެރިކަމުގައިފާރިސް،،،ދެންއަންނަ ދައުރެއްގައި ފާރިސް ކުރިމަތިލައްވައިފިނަމަ50/50ޗާންސެއް..
ރަނގަޅު އަލީ
18 July 2017
މައުމޫނާ މައުމޫނުގެ އާއިލާގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި.
އެސް އޯ
18 July 2017
ފާރިސްގެ ކިބައިންފެނުނީ ހިތްވަރުގަދަކަމާއި ހިނިތުންވުން. އަހަންނަކީ ފާރިސް ހައްޔަރުކުރަންދިޔަ ފުލަހެއް.
އަބުރު
18 July 2017
މައުމޫނުއެވެ. ފާރިޝްނޫނަސް މަށަކީވެސް ވަރަށް ހިތްވަރު ގަދަ މީހެކެވެ. ބައިސްކަލް ބައްތި ހިވިފައި ހުރެގެން މައުމޫނުގެ ވެރިކަމުގައި ޖަލަށްލީމާ ޖަލުގައި ލައްކަ ދުވަހު އޮތީމެވެ.
ފަރީދު
18 July 2017
ފާރިޝް ހައްޔަރުކުރީ މަސީހުގެ ވޯޓުގައި ބައިވެރިވިޔަ ނުދިނުމަށްކަމަށް ފެނޭ. ދެން ފެންނާނީ ފާރިޝްގެ ބަދަލުގައި އިތުރު ބަޔަކު ޕީޕީއެމްގެ ތެރެއިން މަސީޙާ ދެކޮޅަށް ވޯޓުލާތަން. މިއީ މިހާރު ޤަބޫލުކުރެވޭ ގޮތް. ބަލަން ތިބެމާ.
ދރ
18 July 2017
ހިތްވަރުގަދަ ނޫން މީހެއް ނެތެއްނު. ގަސިމް،އަދީބް، އަންނި، ނަޒިމް، މަހްފޫލް، މިހައްތާވެސް ހިތްވަރުގަދަ މީހުން.
ކާސިމު
19 July 2017
މީން މީހަކަށް ވެރިކަމެއް ނުލިބޭ އަދިވެސް. ހައްތާ ދަނީ ދަށަށްދޯ
ވެރިކަން
18 July 2017
ދިވެހިރާއްޖޭގެ ވެރިކަމަށް މީހަކު ކުފޫހަމަވަނީ ޖަލުގެ ތޭރިތައް ފެނިލާފައެވެ. ވީމާ، ފާރިޝްވެސް ވެރިކަމަށް ކުފޫ ހަމަވީތާއެވެ.
ޅެރީ ކިންގު
18 July 2017
މިހަަރު ބަލާހިއްވަނީ މެމްބަރުއްނައް ވޯޓު ނުލެވޭގޮތް ހަދައިގެން ބަޔަކު މީހުން ޖަލައްދާ މަންޒަރު