ފާރިސް (ވ) ކްރިމިނަލް ކޯޓުގެ ބޭރުގައި. - ފޮޓޯ: މިހާރު
19 ޖުލައި 2017 - 12:17
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމާ ގުޅިގެން އެ ސަރަހައްދަށް އެއްވި މީހުންގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން، އިއްޔެ ހައްޔަރު ކުރި ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމާ ގުޅިގެން، މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މިނިސްޓަރުންނާއި އާންމުންގެ ބަޔަކު ކޯޓު ދޮށަށް އެއްވެ، ފާރިސް ވަގުތުން ދޫކޮށްލުމަށް ގޮވާލައި އަޑު އުފުލި އެވެ.
އެއާއެކު، ފުލުހުން ވަނީ ކޯޓު ދޮށަށް އެއްވެ ތިބި މީހުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި ފަހަތަށް ޖައްސައިފަ އެވެ. ޕެޕާ ސްޕްރޭގެ އަސަރު ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނަށް ވެސް ކުރި އެވެ.
އެއްވި މީހުން ކްރިމިނަލް ކޯޓުގެ ކުރިމަތީ ތިއްބައި ފުލުހުން ވަނީ ކެނދިގަސް މަގާއި ބޮޑުތަކުރުފާނު މަގު ގުޅުނު ކަންމައްޗާ ހަމައަށް އެ މީހުން ފަހަތަށް ޖައްސައިފަ އެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެކަމަކު އެ ތުހުމަތުތަކަށް ފާރިސް އިންކާރު ކުރައްވަ އެވެ.
ފާރިސް ހައްޔަރު ކުރުމާ ގުޅިގެން ބައެއް ގައުމުތަކާއި ސިޔާސީ އިދިކޮޅު ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ފުލުހުން ބުނީ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި މެމްބަރުންނަށް ފާރިސް ރިޝްވަތު ދިން ކަމުގެ ހެކި ހުރި ކަމަށެވެ.
އެ މައްސަލާގައި ފާރިސް ހައްޔަރު ކުރިއިރު ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯން
19 July 2017
މުއްދަތު ހަމަވާތީ ހުސްކޮއްލަނީޔޯ. ފަހެ ލޮލު ބޭހެއްތަ އެއީ !
ރަގަޅު އަލީ
19 July 2017
މައުމޫނާއި މަމޫނުގެ އާއިލާގެ ކިބައިން މިގައުމު ސަލާމަތް ކުރާށި
އަހަންމައިދީ
19 July 2017
ޕީޕީއެމްގެ މުއައްސިސު އެޕާރޓީގެ ދިދަ ބޭނުންކުރެއްވުމުން އެޕާރޓީގެ މުސްތަޝާރު ދަޢުވާކުރައްވަނީ. ޕާރޓީގެ އަސާސީޤަވާޢިދާއި ސިޔާސީ ޕާރޓީތަކާ ބެހޭ ޤާނޫނާއެއްގޮތަށް މެމްބަރުން ޕާރޓީން ވަކިވެގެންތިއްބާ އެމެމްބަރުންގެ މަޖިލިސް ގޮނޑި ގެއްލިއްޖެކަމަށް އިޢުލާން މިކުރަނީ އެހެންބައެއް. އިތުބާރު ނެތްކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގޮވަމުންދާއިރުވެސް މިބުނަނީ ވަކިނުކުރެވޭނެއޭ. މިވަރުވީމާ ތަންކޮޅެއް .....ކުޑަ!!!!!!!! ސްޕްރީމްކޯޓުގެ ޙުރުމަތްކެނޑޭގޮތަށް އެކޯޓުގެ އަމުރާ ޚިލާފުވީވެސް.......... ފައިސާ ގޯނި ހިފައިގެން ހިގިކަމަށާއި މެމްބަރުންނަށް އެފައިސާ ބެހިކަމަށް ބުނެ އަޑަށް ބާރުލާ ވާހަކަ ދެއްކިމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ރިޝްވަތު ދިންކަމަށް ނުވަތަ ދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ މީހުން ޖަލަށް 32 މިލިއަން ދޭންއުޅުނުކަމަށް އިޢުތިރާފުވީމާ އިތުރު އިނާޔަތް އިންސާފު އިންސާފު އިންސާފު
މުޙައްމަދު
19 July 2017
އޭތް. މަ ވެސް ދައްކަން ހުރީ ހަމަ މިވާހަކަ . މަށަށްވުރެ ކުރިން އަހަންމައިދީ ދެއްކީމަ މަ ހުއްޓާލީ!!!
ނުލަފާ މީހާ
19 July 2017
ޕީޕީ އެމް އަކީ ފާރިސް ރަޖިސްޓްރީ ކުރި ޕާޓީއެއް...ކީއްވެ ފޭރިގަންނަން އުޅެނީ..
ހާލަތު
19 July 2017
ރައްޔިތުންގެ ތާއީދު ގެއްލުމުން ދެން އޮތް ހަމައެކަނި ބާރަކީ ސަލާމަތީ ބާރުތަކެވެ. ސަލާމަތީ ބާރުތަކާއި ކޯޓްތައް މެދުވެރިކޮށްވެސް ވާނީ ވަކިވަރެކެވެ. އަނިޔާވެރިކަމާއި ގޭންގާނީކަން ހައްދުން ނެއްޓީމާ ދެންވާނެގޮތް ތާރީހުން ހެކިލިބެއެވެ.
ކައްޓިމަސް
19 July 2017
ކަލޯ ރައީސް ޔާމީނޫ، މިނޫން ދުވަހެއް އަންނާނެކަން ހަނދާން ކޮށްގެން ރައްޔިތުންނަށް އަނިޔާ ވެރިވޭ.. އެހުރިހާ ކަމެއްގެ ޒިންމާ ޔާމީނު ނަގަން ޖެހޭނެ.. އެއީ ދައުލަތް ހިންގުމާ ހަވާލުވެ ހުރި މީހަކީ ތިއީ ކަމށްވާތީ.. ހާދަ ބައެއްގެ ނަފުރަތު ލިބޭނެޔޭ. ﷲ އަށް ބިރުވެތިވޭ..
ޔާނުބޭގަނޑު
19 July 2017
ބޮޑު ބލ އެއްނު. މި ގައުމު މީ މިރައީސްގެ އަމިއްލަ މުދާތަ. މިގައުމުން އެންމެން ފައިބަން އަންގަންވީނު ބޭފުޅާ. އޭރުން ވެރިކަން ކުރަން ވަރަށް ފަސޭހަ ވާނެ. މައްސަލާމް