ރައީސް މައުމޫން، އިދިކޮޅު ހަރަކާތުގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
21 ޖުލައި 2017 - 19:30
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން 2008 ގައި އެމަނިކުފާނު ތަސްދީގުކުރެއްވި ގާނޫނުއަސާސީ މިހާރު އުވިފައި ވަނީ ކަމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ބަލަނީތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ކުރެއްވި ދެ ޓުވީޓްގައި މައުމޫންގެ ސުވާލު އަމާޒުކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލްކުރައްވާ ޕީޕީއެމްގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލިހާއި އިލެކްޝަންސް ކޮމިޝަނަށެވެ.
ޕީޕީއެމްގެ ބަދަލުގައި އެމަނިކުފާނު ބޭނުންކުރެއްވީ "ޑީޕީޕީއެމް" އެވެ. "ޑީ" އަކީ، ބެލެވޭ ގޮތުގައި، ޕީޕީއެމްގެ ރަމްޒީ މަގާމެއް ކަމަށްވާ މުސްތަޝާރުކަމުގައި ހުންނެވި ރައީސް ޔާމީންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ގިނަ ހަރަކާތްތަކެއް ދަރުބާރުގޭގައި ކުރިއަށް ގެންދާތީ ދަރުބާރުގެ ނަން ކުރުކޮށް ވިދާޅުވުމެވެ.
މައުމޫންގެ އަރިސް ބޭފުޅުންނާއި އިދިކޮޅު ބައެއް ފަރާތްތަކުން ޕީޕީއެމްގެ އެ ފެކްޝަނަށް މުޚާތަބުކުރަނީ ވެސް ޕީޕީއެމްގެ ދަރުބާރު ފެކްޝަންގެ ގޮތުގަ އެވެ.
"މިހާރުގެ ފެހި ގާނޫނު އަސާސީ 2008 ވަނަ އަހަރު ތަސްދީގުކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އަޅުގަނޑެވެ. ޑީޕީޕީއެމް އާއި ރައްޔިތުންގެ މަޖިލީހުންނާއި އިލެކްޝަންސް ކޮމިޝަން އެ ގާނޫނުއަސާސީ އުވިފައިވާ ކަމަށް ތިޔަ ބައްލަވަނީ އަޅުގަނޑު އެ މަގާމުން ވަކިވެފައި ވާތީތޯ އެވެ؟" ޓްވީޓުގައި މައުމޫން ވިދާޅުވި އެވެ.
Mihaaruge fehi QA 2008 vana aharu thasdheequ kuree eyruge RJ ge haisiyyathun alhugan'du. 1/2 pic.twitter.com/LF88jjjy3j
— Maumoon Abdul Gayoom (@maumoonagayoom) July 21, 2017
މައުމޫން މިއަދު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓް
މައުމޫން އެގޮތަށް އެ އެއްސެވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މުހިންމު ސިފަތަކާ ހިލާފަށް ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލިހުން އަމަލްކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.
މައުމޫން އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެންނެވި އަދި މިހާރު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ މަޖިލިހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ހަމަޖައްސައި، އިލެކްޝަންސް ކޮމިޝަނުން ވަނީ ބައިއިލެކްޝަން ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެ ގޮނޑިތައް ހުސްވިކަން ސުޕްރީމް ކޯޓުން ކަނޑައެޅުމުގެ ކުރިން ބައިއިލެކްޝަނެއް އިއުލާނެއް ނުކުރެވޭނެ އެވެ. އަދި ރާއްޖޭގެ އިންތިހާބީ އެއްވެސް މަގާމެއް ހުސްވެއްޖެކަން އެގޮތަށް އިއުލާންކުރުމުގެ ގާނޫނީ ހައިސިއްޔަތެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ވެސް އިދިކޮޅު ހަރަކާތުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހަށް މައުމޫންގެ ސުވާލު އަމާޒުކުރެއްވި އިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ބާރުގެ ދުވަސް މިހާރު ވަނީ ގާތްގަނޑަކަށް ގޮސްފަ އެވެ. މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ކޮންމެ ފަހަރަކު ވެސް ޖަލްސާތައް މެދުކަނޑާލާ ގޮތަށް މަޖިލިސް އޮންނަނީ ހުއްޓިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އަނެއް ދެ ބާރުން ރައްޔިތުންގެ މަޖިލިހުގެ ބާރުތައް ކުޑަކުރަމުން ދާ އިރު ވެސް މަޖިލިހުގެ ރިޔާސު އޮތީ ހިމޭނުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސް
23 July 2017
ޤާނޫނު އަސާސީ ނުއުވޭ.. ވެގެން މިއުޅޭ ގޮތަކީ ޤާނޫނު އޮޅުވާލައިގެން މައުމޫން ވާހަކަ ދައްކަނީ. ޤާނޫނުގެ ތަންކޮޅެއް ނަގައިގެން މައުމޫންމެން ވާހަކަ ދައްކަނީ. މީތި ކަޑަ އޭ ބުރޯ!
އަޙްމަދު
23 July 2017
މާއުމޫނުގެ މިސާލަކީ ފޫނެތްފަޔައް ފެންފުރާމީހާގެމިސާލް މައުމޫނު ދެންހުރޭ ފޫ ނެތް ފަޔައްފެން ފުރަފަ ފުރާ. ހެހޭ
ދޮންބެ
23 July 2017
ގާނޫނު އަސާސީއާ އިންސާނި ހައްގުތަކޭކިޔާފަ ވާހަކަދައްކަން މައުމޫނަކީ އެހާ ރަނގަޅު މީހެއްކަމަކަށް ނުފެނޭ.
އުމަރު
22 July 2017
ކޮން ގާނޫނު އަސާސީއެއްތޯ؟ މަނިކުފާނުން ތަސްދީގު ނުކުރަން ގަދަފައި ވިއްދާފައި ހުއްޓާ އަހަރެމެން މަގުމައްޗަށް ނުކުމެ މަގުމަތިން ތސްދީގު ކުރުވި ގާނޫނުއަސާސީތޯ؟އެހެންވިއްޔާ ތިޔަވާހަކަ ވިދާޅުވާން ލަދެއްނުގަނޭތަ؟
ކޮވެލި
22 July 2017
މަށަށް ހަމަ ހެވެނީ. މައުމޫންގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި މީހުން މައުމޫނަށް މިހާރު ސަނާކިޔާތީ. ކޮންމެވެސް މީހަކު މަގޭ ހިނިގަނޑު މަތަކޮށްދީބަލަ ހެޔޮނުވާނެ.
މަށަށްވެސް ހެވެނީ
22 July 2017
މައުމޫނަށްވެސް ވިސްނިދާނެ. މައުމޫނާ ދެކޮޅަށް ނުކުތްމީހުންނަކީ ކޮންމެއެއްޗެއްވެސް ހަޖަމުކުރެވޭވަރުގެބަޔެއް. ޔާމީނަށްވެސް ހެޔޮވިސްނިއްޖިއްޔާ ސަނާކިޔާކިޔުމަކީ މައްސަލައެއްނޫން. މަށަށްހެވެނީ ހެޔޮކަމަކީ ނުބައިކަމެއްކަމަށްދެކި އެކަންފެނިފަ ހެވޭ ބަޔަކުއުޅޭތީ. އަދިތިހޭމީހަކު ސަނާކިޔާދުވަހެއްވެސް ހަމައައިސްދާނެކަން ނުވިސްނޭތީ.
ޝަރޫ
23 July 2017
ބަލަގަ ހައްގު އެނގުނީމާ އެއައް ތަބާ ވުމަކީ ހެޔޮވިސްނުން ދެއްވުމެއްނޫންތޯ.. ކީރިތި ރަސޫލާ އާއި ދެކޮޅައް ނޫންތޯ އުމަރުގެފާނު ހުންނެވީވެސް ހައްގުދީނައް ހިދާޔަތް ދެއްކެވުމުގެ ކުރީން.. ދެން މީގަ މީހަކު ހޭންޖެހޭ ކަމެއް ނެތެއްނޫންތޯ.. ތިޔަ ހެވެނީ ސިކުނޑީގެ މައްސަލައަކާއިހުރެކަމައް ވެދާނެ.. ރަނގަޅު ނަފުސާނީ ޑޮކްޓަރަކައް ދައްކާ..
ވަރަށް ހިނި
22 July 2017
ރީނދޫ ކުދިންކޮޅު މައުމޫންގެ ދިފާއުގައި ވާހަކަ ދައްކާތީ ހާދަ ހިންޏެއް އާދެއޭ.
ހަލީލު
22 July 2017
އުވުނީމަވާގޮތް މިހާރު ވަމުންދަނީ
އަހުމަދުގެ ދަރި
22 July 2017
ޤުރުއާނުގަ އޮތްއެއްޗެއް ކިޔަވާނޫޅޭ ބަޔަކު ޤާނޫނު އަސާސީ ހަދައި އެ އިސްލާހު ކުރަން އުޅޭތީވެ މި ޤައުމު މިހަލާކު ވަނީ.
Hi
22 July 2017
މީ 1978 ނޫން.ދެއްތޮ.30 އަހަރު ކަނުބަދެގެން ކަހަލަގޮތަކަށް މަނިކުފާނު ވެރިކަންކުރީ ގާނޫނު ބުނާގޮތައްތަ.ލަދު ކޮބާ
ހައިގެ ފްރެންޑް
22 July 2017
ރައީސް މައުމޫނަށްފަހު ވަޑައިގެންނެވި، ރައީސް ނަޝީދުއުފެއްދެވި ރިޔާސީ ކޮމިޝަނަކުން އެއޮށްވަރަށް ތަހްޤީގްތައް ކޮށްގެންނެއްވެސް ރައީސް މައުމޫނު ޤަވާދާޚިލާފަށް ކުރެއްވި ކަމެއް ނުފެނުނު..އެ ވާހަކަ ބާއްވާފާ... މީ ކޮންމެ އަހަރަކަށް ވިޔަސް އޭރެއްގަ އޮންނަ ޤާނޫނު އަސާސީ އަށް ތަބާވާން ޖެހޭނެއެންނު..
ބަލާ މީހެއް
22 July 2017
އެޗް އައި ! މަނިކުފާނު 2008 ގެ ކުރީގެ ޤާނޫނު ދެކެ ވަޑަންގެން އެބެއްލެވި ނަމަ ތިހާ ކޯފާވެގެން ނޫޅޫއްވީސް . އޭރު އޮތް ޤާނޫނު އަސާސީ އަކީ މިހާރު ތިޔަ ހައްދަވާހެން (ޕާޓީތައް އޮތަސް) ޕާޓީއަށް މަޖިލިސްގެ އަޣްލަބިއްޔަތު ލިބުނު ނަމަވެސް ޤާނޫނުއަސީއަށް ރައްޔިތުންގެ މަޖިލިހުން ކުޅެވޭގޮތަށް އޮތް އެއޗެއްވެސް ނޫން .
Hi
22 July 2017
ޔާމިން ވެރިކަން ކުރަނީ ގާނޫނުން ބޭރުންނޭ ބުނާމީހުން ކުރިކަމެއްދައްކަބަަލަ.ނުދެއްކޭނެ.ދެން ތިމާބޭނުންވިގޮތްނުވީމަ ގާނޫނާޚިލާފު.ހިނިއަންނަނީ
ހަނު ހުންނަ މީހާ
22 July 2017
1- ސިޔާސީ ބޭފުޅުން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުން 2 - ކޯޓް ތަކަށް ނުފޫޒު ފޯރުވުން ( ފާޅުކަން ބޮޑުކޮށް ) 3- ގާނޫނު އަސާސީ އާއި ޚިލާފަށް، ކޯޓްގެ އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖުލިސް މެންބަރުންގެ ގޮޑި ގެއްލުނު ކަމަށް ކަޑައެޅުން 4- ފުރޭމް ކުރުމުގެ ސިލްސިލާ 5- އެއްވެ އުޅުމުގެ މިނިވަންކަމަށް ގާނޫނާ ޚިލާފަށް އަރާގަތުން ޢަދިވެސް އަސިވެސް ޢިތުރަށް ސާފުކުރަން ބޭނުން ނަމަ ރިޕްލޭ ކުރޭ