ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގައި މީހަކު ބޯޑެއް ހިފަހައްޓައިގެން: ސައުދުގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަަހައިފަ
30 ޖުލައި 2017 - 19:23
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ގއ. ވިލިނގިލީގައި މިއަދު މުޒާހަރާ ކޮށްފި އެވެ.
މިިދިޔަ ހުކުރު ދުވަހު ސައުދު ހައްޔަރުކޮށްފައި ވަނީ، އޭނާ ހޯދަން ފުލުހުން އިއުލާންކުރި ސަބަބެއް ހޯދަން ފުލުސް އޮފީހަށް ވަޑައިގަތްތަނުންނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި ވަނިކޮށް އެތަނަން ވެންނެވި ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ސައުދު ކުރިން ހައްޔަރުކުރި އެވެ. އެކަމަކު ކޯޓު އަމުރުގައި މައްސަލަތަކެއް ހުރުމުން އޭނާ ހަމަ އެރޭ އޭނާ ދޫކޮށްލި އެވެ.
ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
މި މުޒާހަރާގައި އިސްކޮށް އުޅުނު ސައުދު ކެމްޕެއިން އޮފީހުގެ އޮފިޝަލް ޝާފިޒު މޫސާ ވިދާޅުވީ ރަށުގެ 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެ މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެ މީހުން ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ވެސް ޝާފިޒު ވިދާޅުވި އެވެ. އަދި ހައްޔަރުކޮށްފައިވާ މަޖިލީހުގެ އެހެން މެމްބަރުން ދޫކޮށްލުމަށް ވެސް އަޑުއުފުލާފައި ވެ އެވެ.
"ސިޔާސީ ބޭފުޅުން ހައްޔަރުކޮށް މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވޭ،" ޝާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ ހުކުރު ދުވަހު ވެސް ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ހަރަކާތުގައި އެ ރަށުގެ މަސްވެރިންނާއި ވިލިނގިލީ ދާއިރާގައި ހިމެނޭ ކޮލަމާފުށީގެ މީހުން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.
ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ދާއިރާގެ ރައްޔިތުންނާއި ރަށުގެ ރައްޔިތުންގެ ތާއީދު އޮތީ ސައުދަށް ކަމަށާއި އެކަން މުޒާހަރާގެ ތެރެއިން ހާމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދު ކުރިން ހައްޔަރުކުރީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ބަޔަކު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ. އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޕީޕީއެމުން ވަކިކުރުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ތެރޭގައި ސައުދު ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
31 July 2017
ސާބަހޭ ރައްޔަތުންނޭ. ވާންކޮަށްފަ ބަހައްޓާތި.
ހަަސަނުގޯތީ އާދަނު
31 July 2017
ތިކުރާ މުޒާހިރާއިން ކެއްކޭނެ އެއްވެސް ބޮޑިބަތެއްނެތް. ސައުދުކުރާނީ ދުލެއްނޫން އަންނާނީ ހުކުމެއް. ސައުދަށް ސައުދުގެ ސައިޒު އޮޅުނީމަ ވާނެހައެއްޗެއް އެދަނީ ވަމުން. މީދެންވަރަށްބޮޑު ވާހަކައެއް.
ފާއިޒް
31 July 2017
4000 ވަރަކަށް މީހުންގެ އާބާދީ އެއް އުޅޭ ރަށަކުން އެން 20 ވަރަކަށް މީހުން ނުކުތީމަ ތާއީދު ނެތް ކަން ހާމަވޭ.
ފަޅުވެރިން
30 July 2017
ހައެއްކަ ބަންގާޅީން ލައިގެން މިމީހުން ކޮން ޑްރާމާއެއް މިކުޅެނީ؟ އެހެން ނޫނަސް ތިޔައީ އައުކަމެއް ނޫނެއް ނޫންތޯ، ބައުކަމެއް ނޫންތޯ؟ އެމްޑީޕީ އަށް އޮވޭތޯ އިޙްތިޖާޖް ކުރުމާއި، މުޒާހަރާ ކުރުމާއި، ހަޅުތާލު ކުރުމާއި، ކުއްލި މައްސަލަ ހުށަހެޅުމާއި، ޤަރާރު ހުށަހެޅުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާއި، އިސްތިޢުފާއަށް ގޮވުމާއި، ވެރިކަން ވެއްޓުމާއި، މިހެންގޮސް ސަލްބީ (ނެގެޓިވް) ނޫން ކަމެއް އެމީހުނަށް އޮވޭތޯ؟ ދުވަހަކުވެސް އެމީހުން އީޖާބީ (ޕޮޒިޓިވް) ކަމެއް ކުރި، ނުވަތަ ކުރާ ވާހަކަ އެއްސެވިންތޯ؟؟
ރަދީފް
31 July 2017
ބަންގާޅީންނޭ. ލަދުކޮބާ؟؟ ދިވެހިންނަށް ތިގޮތަަށް މަލާމާތްނުކުރެވޭނެ.އިންޝާﷲ. ސައުދުގެ ގޮނޑި ދިފާޢުކުރާނެ.
ޗަކޮއި
31 July 2017
ބަންގްލަދޭޝް މީހުން މިހާރު ލަނީ ދިގުހެދުންތަ؟ ލޮލް
ގަދަގޭ މުހައްމަދަފުޅު ބިލްޑިންގް ވިދާޅުވަނީ
31 July 2017
ސަލްބީ؟؟ ތިއޮތީ އެނގިފަ.
GAN Island
30 July 2017
ވަރަށް ރަނގަޅު އިސްނެގުމެއް. ''ދިވެހި ދައުލަތަކީ ހަމަ އެކަނި މާލެ އެއްނޫން'' ކަން ބަހާއި އަމަލުން ނުދައްކައިފިނަމަ ކުރިއަށް އޮތް ތަނުގައި ވެސް މާލެ ނޫން އެހެން ހުރިހާ ރަށެއްގެ ރައްޔިތުން ނަކީ ''ދެވަނަ ދަރަޖައިގެ ރައްޔިތުން'' ކަމަށް މާލޭ ސަރުކާރުން ދެކޭ ގޮތް ބަދަލެއް ނުވާނެ. . . . ރައްޔިތުން އެމީހުންނަށް ޤާނޫނު އަސާސީ އާއި ޤާނޫނު ތަކުން ލިބެންޖެހޭ ޙައްޤު ހޯދައިގަނެ ހައްޤަށް ހުރަސް އަޅާ މީހުންނާއި ސީދާ ކުރިމަތިލާ އެމީހުން ހަމަމަގަށް ނުގެނެސްފިނަމަ އެދާދައިގެ ތެރެއިން ''އަޅުވެތިކަމަށް ވާރުތަވެރިވުން އަށަގަންނަމުންދާނެ''ތީވެ މިފަދަ ގޮތަކަށް އިހްތިޖާޖު ކުރުމަކީ ހޭލުންތެރި މުޖުތަމައުގައި ކޮންމެހެންވެސް ކުރާންޖެހޭ ކަންކަން. . . . ދައުލަތުގެ ޤާނޫނު އަސާސީން ރައްޔިތުންގެ މެދުގައި ފަރަޤު ނުކޮށް ''އަދުލު ވެރިކަމާއި އެކުގުގައި ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކުގައި ހިދުމަތް ދިނުމަށް'' ލާޒިމް ކޮށްފައި ވަނިކޮށް ''ރާއްޖޭގެ އާބާދީގެ 3 ބައިކުޅަ 2 ބައި ރައްޔިތުން ނަޖިސްފެނުން ފެންވަރަށް ގުއިވަޅުން ފެންބޯން'' މާލޭ ސަރުކާރަށް ދޫކޮށްގެން އަރާމްގައި ވެރިކަން ކުރާން ތިބެވެނީ މިފަދަ ހޭލުންތެރިކަމާއި ''ހައްޤު ހޯދުމުގެ އަޑު'' އުފުލުމުގައި ފަސްޖެހޭތީ. . . ސަރުކާރަކީ ރައްޔިތުންގެ ހާދިމުން ކަމަށް ވާއިރު ސަރުކާރަށް ރައްޔިތުންގެ ބޮލަށް ސަވާރުވުމުގެ ފުރުސަތާއި ބާރު ދޫކޮށްގެން ނުވާނެ. ވިލިގިލީ ރައްޔިތުންގެ ހިތްވަރަށް ސާބަސް ދޭންޖެހޭ.
މުހަންމަދު އަޒުމީލް
30 July 2017
ތިތިބަ މީހުން މަދެންނޫނޭ ތިޔަމީހުންނާއި ގުޅިފަވާނެ އަދި ތިޔަކަހަލަ ކިތައްސަތޭކަ މީހުން
ކ
30 July 2017
ދެތިން ކެނަ. ތިކަމުން ވާނެ އެއްކަމެއްވެސް ނޯންނާނެ
ކޮލަމާފުށި
30 July 2017
ކޮން ދޮގުވާހަކައެއް. ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާގައި ކޮލަމާފުށިން ބައިވެރި ނުވާނެ.. ސަލާމް.
އަސްލު ކޮލަމާފުށި
30 July 2017
އެއީ ހަމަތެދެއް! ބައިވެރި ވާނަން.....
މަ
30 July 2017
މަގޭ ދަރިންނަކީ ކޮލަމާފުއްޓާ ގުޅުން ބޮޑު ބައެއް، އެ ކުދިންގެ ބޮޑުދައިތަމެން ބޮޑުބޭބެމެން އެ ރަށުގަ ވަރަށް ގިނަަވާނެ. އެ މީހުން ގައިމުވެސް މި ސަރުކާރާ ދެކޮޅު. މުޒާހަރާވެސް ކުރާނެ އަދި އިސްތިއުފާއަށް ހަރު އަޑުން ގޮވާނެ. ލޮލް
ބޮލޮފުށި
31 July 2017
ކަލޯ ކަލޭ އެކަނި ތިހުރީ ކޮލަމާފުށީގަ ދެކޮޅުނުވާ މީހަކަށް ހެހެހެ
ހަގީގީ ކޮލަމާފުށި
31 July 2017
ކޮލަމާފުށީގެ ތިބޭނެ ރީނދޫ ހުންޖެހިފަތިބި ދެތިން މީހުން...