ޚަބަރު / މުޒާހަރާ

މެމްބަރުން ދޫކޮށްލަން ގޮވާލައި ބޮޑު މުޒާހަރާއަކަށް ހުވަދު އަތޮޅު ތައްޔާރުވެއްޖެ

ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި މާދަމާ ބާއްވާ މުޒާހަރާއަށް ބޯޑުތައް ތައްޔާރުކޮށްފައި

ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތް ކަމަށް ބުނެ ހައްޔަރު ކުރި މަޖިލިހުގެ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްރަށުގައި މާދަމާ ބޮޑު މުޒާހަރާއެއް ކުރުމަށް ނިންމައިފި އެވެ.

ގދ. ތިނަދު އާއި އެ އަތޮޅު ގައްދޫ އަދި ގއ. ވިލިނގިލީގައި ކުރާ މި މުޒާހަރާގައި އެ ދެ އަތޮޅުގެ ގިނަ ރަށްތަކަކުން ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އެ ރަށްރަށުން ބުނެ އެވެ.

އިދިކޮޅު ކޯލިޝަނުން ގުޅިގެން މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި، ތިން ރަށުގައި ވެސް އެއް ވަގުތެއްގަ އެވެ.

ހައްޔަރުކޮށްފައިވާ މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިން އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ބޭފުޅުންނެވެ. އެހެންވެ، އެ މެމްބަރުންގެ ކަންކަމުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު، އެ އަތޮޅުގެ ރައްޔިތުން ވަރަށް ކަންބޮޑުވެ، ހިތްހަމަ ނުޖެހިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު މިރޭ ވިދާޅުވި އެވެ.

"މި މުޒާހަރާގެ މަގްސަދަކީ އެ މެމްބަރުން ދޫކޮށްލުމަށް އެދި އަޑުއުފުލުން. އަޅުގަނޑުމެން ދެކޭގޮތުގައި މެމްބަރުން ހައްޔަރު ކުރެއްވީ އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވަނިކޮށް. އެހެންވެ، އެކަމާ ދެކޮޅުކަން އަންގައި، އަޅުގަނޑުމެން ތިބީ މެމްބަރުންނާ އެކުގައި ކަން ދެއްކުން މަގްސަދަކީ،" އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ހުވަދު އަތޮޅުގެ ގިނަ ރަށްރަށް ކާމިޔާބު ކޮށްފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީންނެވެ. ޚާއްސަކޮށް މީގެ ކުރިން ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ ވިލިނގިލީގެ ރައްޔިތުންގެ ސިޔާސީ ފިކުރު އިދިކޮޅު ފަރާތްތަކަށް އެނބުރި ލޯކަލް އިންތިޚާބު ކާމިޔާބުކުރީ ވެސް އެމްޑީޕީންނެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދުގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާއިރު، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފަ އެވެ.

ސައުދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަދި ވިލިނގިއްޔަށް އުފަން އިބްރާހިމް ހަނީފްގެ މައްޗަށް ވެސް އެ ދައުވާ ކުރެ އެވެ.

ސައުދާއި ހަނީފްގެ މައްސަލަ ވެސް ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އަކީ ވެސް ވިލިނގިލީ ބޭފުޅެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށް، އަދި ގިނަ މެމްބަރުންތަކެއް މިހާތަނަށް ވަނީ ފުލުސް އޮފީހަށް ތަހުގީގަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އެ ބޭފުޅުންގެ ބަޔާން ނެގީ ފުލުހުންގެ ސަފުތައް ފަޅާލައި، މިދިޔަ މަހުގެ 24 ގައި މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް ކަމަށް ބުނެ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވާ މެމްބަރުންނަށް ސަލާމަތީ ޚިދުމަތްތަކުން ހުރަސްނޭޅޭނެ ކަމަށާއި ކޮންމެ ވަގުތަކު ވެސް އެ އިދާރާ އަށް ވަޑައިގަތުމަކީ މެމްބަރުންނަށް ލިބޭ ހައްގެއް ކަމަށެވެ.

32 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 0%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

04 August 2017

ކޮބާ ބޮޑު މުޒާހަރާއަށް ދިޔައީ ކިތައް މީހުންތަ؟ ބްރޭކިން ނިއުސް އަކަށް މިއިނީ.... އަދި ހުވަދު އަތޮޅަށް ހަވީރު ނުވަނީތަ؟

The name is already taken The name is available. Register?

ލޯބި

04 August 2017

މެމްބަރުންނަށްޓަކައި ރައްޔިތުން މިވާން އުޅޭ ގުރުބާނީ މެމްބަރުން ބަލައިގަނެ އަގުވަޒަންކުރާނެބާ؟

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

04 August 2017

ހުވަދު އަތޮޅަށް ނިސްބަތްވާ ބޭފުޅުން ހުވަދު އަތޮޅުން ތާއީދު ނެތީމަ ނޫންތޯ ކ އަތޮޅާ ރ.އަތޮޅަށް ކުރިމަތި ކުރިމަތި ލާގެން ހޮވިފައި އެތިބީ...ވައްޑޭ ވެސް ފުރަތަމަ ތިނަދޫ އަށް ކުރިމަތި ލައިގެން ވީ ފޭލް އެވެ އެމްޑީޕީ މިހާރު ތި އުޅެނީ ކީކޭ ކިޔަން ކަމަށްތޯއެވެ

The name is already taken The name is available. Register?

އައްލެއިކަލޯ

04 August 2017

އެމްޑީޕީން ތިނަދޫގަވެސް ގައްދޫގަވެސް ވާދޫގަވެސް ހޯޑެއްދޫގަވެސް އޮތީ ވަކި ހިއްޕާލާފަ. ސަލާމަތް ވާނެ ހަމައެކަނި ގޮތް. ދޫވެގެން އެއުޅޭ އަންނި އަނބުރާ ޖަލަށް ދާއިމަށް

The name is already taken The name is available. Register?

ފުތުެބެއްޔާ

04 August 2017

އައްޗާ..... ހިތުން ތިއުޅެނ ނާސިރު ދައުރުގަ ހިންގި ހުވަދޫ ބަޣާވާތް ކުރާނަމޭހތާދޯ.....ލާިކެއްނޫން ތިހެން ފުއްޕައިގެން އުޅޭކަށް. ޙޯައްޑާއެއް ގޫބައްޑާއެކޭ ކިޔާ ފުޅިމަދު ސަރުކާރެއް އޭރު ހަދަން އުޅުނަސް މިހާރަކު ތިހެންފާޑފާޑއް ނުދއްކޭނެ...

The name is already taken The name is available. Register?

ޖޯޖް

04 August 2017

ކަލޯ ނާސިރުގެ ސަރުކާރައްވުރެވެސް މި ސަރުކާރު ބަލިކަށި

The name is already taken The name is available. Register?

ޕޮގުބާ

04 August 2017

އަޅާވެސް ލާނެކަމެއްނެތް ހުޅުނބު ފައިބަފާނެ.

The name is already taken The name is available. Register?

މުއާ

04 August 2017

ޙުރިހަ ޕޮރޮޖެކެޓެއް ހުއްޓާލަންވ.ޝުކުރުވެރިވުންމާރަނގަޅު.

The name is already taken The name is available. Register?

ހހހހ

04 August 2017

އަހަރެމެންގެ ފައިސާއިން މުސާރަ ދިނީމާ އަހަރެމެންގެ ފައިސާއިން ހިންގާ އަދި އައުވާނުންނަށްކަަޓް ލިބޭ ޕްރޮޖެކްޓް ހިންގީމާ ޝުކުރެވިވާންވީ އަޅޭ ލަދު ކޮބާތަ؟ ޕްރޮޖެކްޓް ހުއްޓިއްޔާ ރަގަޅަނީ. އަޅަނީ ހުސް ކޮންކްރީޓް. ވަޒީފާ ގަނޑެއް ލިބޭ އެކަކު ވެސް ނެތް. ދެން ވޯޓުވެސް ނުލިބޭނެ!

The name is already taken The name is available. Register?

ސަތޯރަހާ

04 August 2017

ތީ 2.......3 މެންބަރުންގެ އާެއިލާ ރަވާގެން ކުރާ މުޒާ ހަރާއެއް މަގޭ ކައިރީގަވެސް ބުނި މުޒާހަރާއައް ނުކުމެދޭށޭ.... ކޮމެވެސް އެއްޗެއް ދޭނަމޭ

The name is already taken The name is available. Register?

ޒަރީ

04 August 2017

ގދ ތިނަދޫ ، ގއ. ވިލިގިލި ، ގދ ގައްދޫ މި ތިންރަށަކީ ކޮންމެ ސަރުކާރެއް އޮތަސް މިލިއަން ރުފިޔާގެ ތަރައްގީގެ ޕްރެޖެކްޓް ހިންގާ ރަށްތަށް ، ހުވަދު އަތޮޅުގެ ލޮބުވެތި ރައްޔިތުން ލޮލުން އެބަފެނޭ މިސަރުކާރުން ތިނަދޫގައި ކުރަމުންދާ ބިލިއަންރުފިޔާގެ ތަރައްގީގެ މަސައްކަތް ހަމަ އެހެން ވިލިގިލި މަގުތަށް ތާރުއަޅާ ބަދަރުގެ ބިޔަ މަސައްކަތާއި އެތައްކަމެއް ، ގައްދޫގެ ފެނާއި ނަރުދަމާއި ބަދަރާއި ގިރާސަރަހައްދު ރިވެޓް މެންޓާއި މިސްކިތާއި ހޮސްޕިޓަލާއި ސްކޫލްގެ އިމާރާތްތަކާއި އެތައްކަމެއް ، އެހެންރަށްތަުގެ ހާލަތުހުރީ ކިހިނެއް ، އަހަރަމެން މިއުޅެނީ ގަބުރުސްތާނުގެ ފާރުގަޑުވެސް ނުރޭނިގެން ، މި ތިންރަށުގެ މީހުން މިއުޅެނީ ސަރުކާރަށް ޕްރެޝަރ ކޮށް އެމީހުންގެ ތަރައްގީ އުސްކުރަން ، މިމީހުންޖަހާހާ ބެރެއްގައި އަހަރަމެން ބައިވެރިވާވީ ކީއްވެ ، އަތޮޅަށް ލިބޭ ހުރިހާ ތަރައްގީގެ ޕްރެޖެކްޓެއް ކަވާލާ ހަދަނީ ތިނަދޫ ، ވިލިގިލި މީހުން ، ގައްދޫ އަށްލިބޭ ތަރައްގީއަށް ހުރަސް އަޅަނީވެސް ތިނަދޫ މީހުން ، ތިމުޒާހިރާ އަށް މަވާ ސަލްމް

The name is already taken The name is available. Register?

ގގގ

04 August 2017

ތަރައްގީ ގެނައި ކަމަށްވާނީ އަތޮޅުގައި ރަށުގައި ލިބޭ ވަޒީފާގެ ނިސްބަތުން. ކޮންކްރީޓް އެޅީމާ އަރިހުގައި އުޅޭ ކުދިންނަށް ކަޓު ނުލިބޭނެ ވާހަކައެއްނޫން. ރަށު ކުދިންނަށް ވަޒީފާ ނުލިބުނަސް

The name is already taken The name is available. Register?

ހުވަދު މީހާ

04 August 2017

މޮޔަވެގެން ނޫޅޭ ، ހުވަދުއަތޮޅު ރައްޔިތުން ބޮޑުުޒާހިރާ ކުރަން ތައްޔާރޭ ކިޔާ ކޮން ޚަބަރެއް ޖަހާކަށް ، އަހަރަމެންނަކީވެސް ހުވަދު އަތޅުގެ ރައްޔިތުން ، ހަމަޔަގީން ތިމުޒާހިރާގައި މިރަށުގެ އެކަކުވެސް ބައިވެރި ނުވާނެ

The name is already taken The name is available. Register?

އަހަނެރަޓާ

04 August 2017

ހަމ ތައްޔާތު މިއަދު ބަލަން ތިބޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454