ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލްސާއެއްގައި.
16 އޯގަސްޓް 2017 - 15:38
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށް ބުނެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ އަށް ވީގޮތް އެކި ޖަލްސާތަކުގައި ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވެއްދެވި ކަމަށް "އިއުތިރާފްވެވަޑައިގަތުމަކީ" ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.
އެހެންވެ ޕާޓީތަކުން އެދިފައި ވަނީ އިންސާފުވެރިކަމާ އެކު އެ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ކަންކަން ބަލައިދޭން އެދި މީގެ ކުރިން ވެސް އިދިކޮޅު ޕާޓީތަކުން ފުލުހުންނާއި އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ. ރައީސް ޔާމީން އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތުމުގެ ކުރިން ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ބަލައިދޭން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން އެކަން ނުބަލައި ދިގު ދަންމަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
ރައީސް ޔާމީން ދެ ވަނަ ދައުރަކަށް ހޮވުމުގެ ކެމްޕޭނަށް "ރުމާލު 2"ގެ ނަމުގައި ޖަގަހައެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާގެ ޑޮކިއުމެންޓްރީން ވެސް ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށެވެ. އެއީ ހަލާލު ފައިސާއެއް ނޫން ކަމަށާއި އޭގެ އިތުރުން މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ހޮވަން ވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެ ފައިސާ ބޭނުންކުރެއްވި ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަކަލި
19 September 2018
ތިކަންތައް ބަލާލެވޭވަރުގެ މިނިވަން މުއަތްސަސާތަކުގައި މީހުން ތިބިކަމަކައް ގަބޫލެއް ނުކުރެވޭ
ފުރަބަދުރުވަ
19 September 2018
ތިޔަމައްސަލަ ވަރަށް ފުރިހަމައަށް ތަހުގީގު ނުކުރެވިއްޖެނަމަ، ކަންކުރި މީހުން ފިލާ ރައްކާވެ، ކޮންމެވެސް ކަންނުކުރާބައެއްގެ ބޮލުގައަޅުވާލާނީ. ﷲ އަށް ބިރުވެތިވެ އަދުލު އިންސާފު ގާއިމުކުރުމަށް ގޮވާލަން.
ރައްޔިތުން
04 September 2018
ތިޔަ ކިޔާ މައްސަލައަކީވެސް އޭސީސީ އަށް ލެވިދާނެ ކަމެއް
އަޖުވަދު އަހުމަދު
26 August 2018
ތިޔަ ފުރެނީ ފޫނެއް ފަޔަށް ފެން.
އާރސްލޮހް
17 August 2017
ތިލާރިދައްކާފަ ބޭސްފަރުވާއައް ބޭރައްދެވޭނީ. ޥެރިއެއްއެހެންމީހެން ތިކަމު އިސްތިސްނާނުވާނެ
ފާރިސް
16 August 2017
ޕާކިސްތާނު ކަހަލަ ކްރަޕްޝަން ބޮޑު ގައުމެއްގަ އެތާ ވެރިޔާގެ ތަހުގީގު ހިންގަފާނެއޭ މީހަކު ހިތަކަށްވެސް ނާރާ. މިތާ؟
އިންސާފު
16 August 2017
އިސްތިއުފާ ދެއްވުން ހައްގު. ނުރުހޭ މީހެއްގެ ދުވަސްދުއްވާލާކަށްނޫން. ބޮޑު ހުވައެއްކޮށްގެން ގާނޫނު އަސާސީގައިވާގޮތަށް ވެރިކަން ކުރަން ނަމަވެސް މިއަދު މިފެންނީ އަނިޔާދެމުންދާތަން އެކިމީހުންނަށް އެކިގޮތަށް ހުކުން ކުރެވޭތަން. އަނިޔާވެރިކަމެއްގައި ތަރައްގީއެއް ބޭނުމެއް ނުވޭ. އާޚިރުގާ ﷲ ގެ ދަރުބާރުގައި މީސްތަކުނާމެދު އިންސާފުން ބޭރުން އަމަލުކުރިގޮތާމެދު ސުވާލުވެވޭނެ. އެދުވަހަކުން އެއްވެސް މުއައްސަސާއެއް ނުހުންނާނެ. ސަލާމަތެއް ނުވެވޭނެ
ާގާނޫން
16 August 2017
އަމިއްލެއަށް އެވީ ޢިޢްތިރާފް އެއީ މިސާލެއްގެ ގޮތައް ޖެއްސެވި ހަރުބަސް ކޮޅަކައްހެން ހީވަނީ ވާނީ.
އަބްދުއްލާ
16 August 2017
ޔާމީނު ކުރި ރަނގަޅު ކަމެއްތޯ މާލޭ ގެ މޫނުމަތީގަ ހުރި ފާލަން ހަކާކުކޮށްލާފަ އެތައްމިލިއަންރުފިޔާ ކަރަދުކޮށް ފާލަމެއް އެޅީ ދިވެހި ރައްޔިތަކަށް ކޮންމަންފާ އެއް އޮތީ ފައިގެ ބޮޑުވާ އިގިލިވެސް ޖައްސާލެވޭތަ ؟ މުޅިންވެސް ބޭކާރު ހަރަދު ، ރައްޔިތުންގެ ޖީބަށް ބާރު ބޮޑުވުންނޫންކަމެއް ނުކުރޭ. މަވާ ސަލާން
ރުމާލު2
16 August 2017
ތިކަންތައް ބަލާނެ މުއައްސަސާއެއް ރާއްޖެއަކު ނެތް!