އަދީބު: އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އަދީބަށް --ފޮޓޯ/މިހާރު
16 އޯގަސްޓް 2017 - 17:15
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއްކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ އާ އަށް ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި މަގާމުގެ ނުފޫޒު ބޭނުންކޮށް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާގެ ނުވަ ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު މާދަމާ ފަށަނީ އޭގެ ތެރެއިން އަށް ދައުވާއެއްގެ ޝަރީއަތެވެ. އެއީ ނުވަ ރަށަކާ ގުޅޭ ވަކި ނުވަ ދައުވާއެކެވެ.
މިހާރު ވެސް އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބުގެ މައްޗަށް އެ ނުވަ ދައުވާ ސާބިތުވެއްޖެ ނަމަ ގިނަވެގެން 27 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ޚިޔާނާތުގެ 25 ދައުވާއެއް އުފުލައިފަ އެވެ. ޒިޔަތު މިވަގުތު ވެސް ގެންދަވަނީ ޚިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލުނު
17 August 2017
އަދީބުއްވެސް ހަމަ ސަރީއަތް ކުރަންވީ....އެއީ ނައިބުރައީސް ދެއްތޯ..ރައީސް މީހާއައްވެސް ކުރަން ޖެހިފަ ނޫންތޯ މިއޮތީ...ރައްޔިތުން ބޭނުން ވޭ މިމަސްސަލަ ތައް ވީހާވެސް އަވަހަކައް ބަލަން..މުއަސްސަސާތައް ނިދާފަ ލަދުންހަލާކު#
މެންޓަލިސްޓް
16 August 2017
ބަލަމިހާރު ތިޔަޝަރީއަތް އަލުން ކުރަންޖެހިފައިނޫންތޯ ތިޔައޮތީ ،،، ޙުދު ރައީސްޔާމިން ވިދާޅުވީނޫންތޯ އެބޭފުޅާގެ ގެގޮޅު ގ.ދޫވެހިއަށް ފައިސާފޮށިތަށް ވައްދާ އެމަނިކުފާނަށް އެފައިސާ ލިބުނުކަމަށް ،، ވީމާޢި ފުރަތަމަ އަދީބަށް ދައުވާކުރުމުގެ ކުރީން އެތަހްގީގް ކޮށް ފައިސާއަށް ވީގޮތެއްހޯދަންވީނޫންތޯ ؟؟؟ ރައްޔަތުންގެ ފައިސާއަށް ވީގޮތެއްހޯދައިދިނުމަކީ ފުލުހުންނާއި ސިފައިންނާއި ގާޒީންގެ މައްޗަށް ދިނީ ބޮޑުވާޖިބެއް ،،، ވީމާ އެންމެ ފުރަތަމަވެސް އެކަންކުރުމަށް ގޮވާލަން ،،،، ވަރަށްވެދުން
ބިސްބެ
16 August 2017
ލާރި ފަށެއް ކައިފަ ހުންނާނެދޯ....ގުޅިގެން
ދޯ
16 August 2017
އުމަރު ބުނީ ރަގަޅަށް.....ތިޖޫރި އިންތަނުގަ ވަޅުގަޑުވެސް ނެތް....ބޯހަލާކު
ލަބީދު
16 August 2017
ހާލިދު ބުނު ވަލީދު މިހާރު އެހަދަނީ އަބޫ ޖަހުލަށް......ޕަކާސް ޕަސް
ފައިސާ ފައިސާ
16 August 2017
އަދީބޫ އާއި ހަމައިން ތިކަން ނިމޭކައް ނެތޭ.....މިއަދު ނުބެލުނަސް މާދަން ބެލޭނެ....ބަލާނަން.
ނަޑެއްލާ
16 August 2017
ދައުލަތުން ތި ޝަރިއްޔަތްތައް ހުޅުވާ ލެވިފައިވާ މާ ހައުލެއްގަ ބާއްވަން ނުކެރެނީ ކީއްވެގެންބާ!
ހެނބަދޫ އިންޖީނުގެ ނިދާ ގުރޫޕް ދަންނަވަނީ
16 August 2017
އަދީބު އެކަނިތަ ކުއްވެރިވަނީ؟ އެފައިސާ މިފައިސާ ކޮންފައިސާ