ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ އަށް ފަހު މަހްލޫފު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
23 އޯގަސްޓް 2017 - 18:43
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރަން ބޭނުންވާ ކަމަށާއި އެކަމަކު އެކަމުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
މަސީހް މަގާމުން ވަކިކުރުމަށް 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދި މައްސަލާގައި ބައިވެރިވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު، މަސީހްގެ މައްސަލަ މަޖިލީހުން ބޭރުކޮށްލި މައްސަލަ ހޫނުވެ، ސަރުކާރާއި އިދިކޮޅު މެމްބަރުންގެ މެދުގައި ސިޔާސީ ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ. އެހެންވެ އިއްޔެ އާއި މިއަދު ބޭއްވި ޖަލްސާ ވެސް މަސީހް ކުރިއަށް ގެންދިޔައީ ރިޔާސަތުގެ މޭޒުގެ ވަށައިގެން ސިފައިންގެ "ފައުޖެއް" އަތުރާލައިގެންނެވެ. އެކަމަކު އިއްޔެއާ ޚިލާފަށް މަޖިލީހުގައި މިއަދު ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި މެމްބަރުން އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލާ ހިސާބަށް ކަންކަން ގެންގޮސްފަ އެވެ.
އެކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތާ މެދު ހިތާމަ ކުރައްވާ ކަމަށާއި އެކަން ހައްލު ކުރަން މަޝްވަރާ އަށް ދާން ފުރުސަތު އެބައޮތް ކަމަށެވެ.
އެކަމަކު އެކަމުގައި މަސީހާ އެކު މަޝްވަރާ ނުކުރާނެ ކަމަށާއި ސަބަބަކީ އެއީ މަޖިލީހުގެ ރައީސް ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލު ނުކުރާތީ ކަމަށް މަހްލޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކަންކަން ހައްލު ކުރުމަށް މަޝްވަރާ ކުރާނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ނުވަތަ ޕާޓީތަކާ އެކު އެކަންޏެވެ.
"ލިބޭ ހައްލަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ތެެރެއިން ގެންނަން ހައްލަކަށް ވާންޖެހޭނެ. މިސާލަކަށް އެންމެ ފުރަތަމަ އެޖެންޑާ ކުރެވެން ޖެހެނީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު. މަަޝްވަރާ ކުރަން ބޭނުންވާ ނަމަ މައިނޯރިޓީ ލީޑަރު ނިހާނާއި މެޖޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ ބައިވެރިވެގެން މަޝްވަރާ އަށް ގެނެވިދާނެ." މަހްލޫފް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ މަސީހް ކުރިއަށް ގެންދަވާއިރު، ރިޔާސަތުގެ މޭޒުގެ ވަށައިގެން ސިފައިން އެތުރިލައިގެން.
މަޖިލީހުގެ މަސައްކަތަށް އެއްބާރުލުން ދޭން އިދިކޮޅު ޕާޓީތަކުން ވެސް ބޭނުންވާ ކަމަށާއި މިހާރު އެކަމަށް ދެކޮޅު ހަދަނީ ގާނޫނާ ޚިލާފަށް މަޖިލީހުގެ ޖަލްސާތައް ބާއްވާތީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެކެވެ. އަދި އެ މައްސަލަ އެޖެންޑާ ނުކޮށް އިތުރު މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު) އައްޔަން ކުރުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވޯޓު ނުދިނީ ވެސް އެ ސަބަބާ ހެދި ކަމަށެވެ.
"މީގެ ކުރިން މުހައްމަދު ހުސައިން ޝަރީފް ޖަޕާނުގެ ސަފީރަކަށް އައްޔަން ކުރަން މަޖިލީހުގައި ނެގި ވޯޓުގައި އަޅުގަނޑުމެން ވެސް ބައިވެރިވިން. މިއަދު ވެސް އަޅުގަނޑުމެންނަށް އެ ފުރުސަތު އޮތް ނަމަ، ގާނޫނުއަސާސީއާ އެއްގޮތަށް ގެންދިޔަ މަޖިލީހެއް ނަމަ، އަޅުގަނޑުމެން ކޮންމެހެން އޭނާގެ ނަން ރިޖެޓް ކުރާކަށް މަސައްކަތެއް ނުކުރީސް،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އެއްވެސް ކަމެއް ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ތެރެއިން ދެން ފާސް ނުކުރެވޭނެ ކަމަށާއި ސަރުކާރުގެ ތާއީދު މަޖިލީހުގައި ދަށްވަމުންދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން، މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޕީޕީއެމަށް އެއްކޮޅަށް ލިބުނީ 28 ވޯޓު ކަން މަހްލޫފު ފާހަގަ ކުރެއްވި އެވެ.
"މަޖިލީހަށް ބިލެއް ހުށަހެޅުނީމަ އެ ބަލައިގަތުމަށް ނުވަތަ ބަހުސް މަރުހަލާގައި ނަގާ ވޯޓުތައް ނުނެގޭނެއެކޭ ނޫން. ނަމަވެސް ބިލެއް ފާސްކުރަން، ރައްޔިތުންގެ އެއަށް އަމަލުކުރުން ލާޒިމްވާ ކަންކަން ފާސްކުރަން 43 ވޯޓު ބޭނުންވާނެ. އަޅުގަނޑުމެން ނުލައި އެކަމެއް ނުވާނެ،" މަހްލޫފް ވިދާޅުވި އެވެ.
"އަޅުގަނޑު ބުނާނަން 38 ހަމަކުރިޔަސް [ސަރުކާރު] ހާދަ ގަދައޭ މިހާރު."
މަހްލޫފް ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ބޮޑަށް ގުޅިފައިވަނީ ސުޕްރީމް ކޯޓުގައި މިހާރު އޮތް ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައާ ކަމަށާއި އެ މައްސަލައިގެ ހުކުމް ވީހާ ވެސް އަވަހަކަށް އިއްވުން މުހިންމު ކަމަށެވެ. އެހެން ނޫން ނަމަ މަޖިލީހުގައި ހިނގާ ހަމަނުޖެހުން ބޮޑުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީލާ
24 August 2017
ސާބަހަޭ މަހޭ އިންޝާﷲ އަނިޔާވެރިން ބަލިކުރައްވާނެ
އަސްލު
04 October 2017
މަހޭމެންކަހަލަ މީހުންގެ ކިބައިން ގައުމު ސަލާމަތް ކުރައްވާށިއެވެ.
އަލިހޮއްކޮ
24 August 2017
ރަނގަޅު މަސީހާ ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ މިހާރަކު. އޭނައަކީ މަޖްލީހުގެ ރައީސެއް ނޫން.
ވަރުން
24 August 2017
މަސީހު އެބައުޅޭތޯ ޗަކޮއިއާ މަޝްވަރާކުރާހިތުން.
ވަޓް
24 August 2017
މައްސަލަ އަސްލު ރައްދުވާ ފަރާތާ ވާހަކަ ނުދެއްކުމަކީ ހަގީގަތުގަ މައްސަލަ ހައްލުކުރަން ނޫޅުން. އޭނާގެ މަގާމު ބަލައިނުގަނެވުނަސް އޭނާ އެމަގާމުގައި ހުންނަ ކަމަށްވަންޔާ ސީދާ ވާހަކަ ދެއްކުން ވަރަށް މުހިންމު.
ޕްލީޒް
23 August 2017
ދެން މެންޓަލިސްޓު ރައީސް ކަމަށް ކުރިމަތިލާންވީނުދޯ
ފަރުހާދު
23 August 2017
ރާއްޖޭގެ މިހާރު ކަމެއް ސީރިޔަސް ވަނީ ކޮންމެވެސް ސޯޝަލް މީޑިޔާ ގެ އެއްޗެއް ދައުރުކޮށްލީމަ. އޭރުން ވަރަށް ބާރަށް ބަޔާން ނުކުންނާނެ.
އައްޑޫ ރަދުން
23 August 2017
މަސީހުއަކީ ދިވެހި ތާރީޚްދުށް ނުބައި މީހުންގެ ލިސްޓުގަ ލިޔެވިގެންދާނެ މީހަކާމެދު އެއްވެސް ޝައްކެއްނެތް.ބަޔަކު މީހުނާ ގުޅިގެން ރައްޔަތުންގެ ހިމާޔަތާ ސަރުކާރު ޒިންމާދާރު ކުރުވަން އޮތް ހަތިޔާރު އަމިއްލަ އެދުމަށް ވިއްކާލި މީހަކަށް.މަސީހުއަކީ އިންސާނީ ލަދުހަޔާގެ ކަންފުޅެއްވެސް ނެތް މީހެއް...
ހޯހޯ
23 August 2017
މިރައީސް އަބަދުވެސް ބުނާނެ ގިނަމީހުންގެ ހިޔާލާ މަސްވަރާގެވާހަކާ 85 މެންބަރުންގެތެރެއިން 45 މެންބަރުން ގޮވާއަޑުނީވެނީކަންނޭންގެ މަހުލޫފު އަދިތަންކޮޅެއް ބާރައްގޮވާލަ
މެންޓަލިސްޓް
23 August 2017
މަހްލޫފް ބުނިކަމުގައިވިޔަސް އެއީ ހަމަރަގަޅުވާހަކައެއް ،،، ދުނިޔޭގައި ގަވާޢިދާޢި އުސޫލްތަކާޢި ހަމަތަކާޢި ލިއަންފެށުނީއްސުރެން ކަންކަން ބިނާކޮއްފައި އޮންނަނީ މޯރަލް ގްރައުންޑްތަކަށް ބަލައިގެން ،، އެގޮތަށް ގިނަހަމަތަށް އިންސާނުން ބިނާކޮއްފައިހުރީ ،، މިހާރު މަޖިލިސްގައި އޮންނަ އުސޫލަކީ މަޖޯރިޓީ މެންބަރުން އެއްބަސްވާމީކަކު އެތަނުގެ ރައީސްކަންކުރުން ،، އެއްބަސްއެވަނީ ރައީސްަކަމުގައި އިންނަމީހަކު އަދުލްވެރިކަމާޢިއެކު ހަމަހަމަ ކަމާޢިއެކު މަޖިލިސްގެ ކަންކަންހިނގާ ކުރިއަށްދިއުން ،، މިހެންއޮއްވާ މެޖޯރިޓީމިނިންމަނީ މަސީހްގެ އިތްބާރުނެތްކަމަށް ،، 42 މީހަކު އެގޮތަށް ނިންމީމައި މޯރަލް އޮތޯރިޓީ މަސީހްއަށް އެގެއްލުނީ ،،، ވީމާ މިހާރު މަސީހްގަދަކަމުން ރައީސްކަމުގައި ސިފައިންގެ އެހީގައި ބައިންދައިގެން ކުރިއަށް ގެންދިއުމަކީ ކަނޑައެޅުގެން އިސްލާމީ އުސޫލްތަކާޢި ހަމަތަކާއިވެސް ޙިލާފްކަމެށް ،، މަސީހްއަމިއްލަޔަށް އެކަންއިނގޭނެ ،،، ވަރަށްވެދުން
އާދަމް
24 August 2017
މަހުލޫފުތީދެން ވަކި ކާކުތަ މާފުއްޕާފަ ތިޔަ އުޅެނީ ކަލޭ ވަރުގެ މީހަކު ނެތިގެން ތީ ރިލޯޑުން ފުރިފަ ހުރި މީހެއް