ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) ސައުދު، އަމީތު، ލަތީފް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
30 އޯގަސްޓް 2017 - 15:12
ރައްޔިތުންގެ މަޖިލިސް "ކޮށައި ކުދިކޮށްލަމުން" ދާއިރު، މަޖިލީހުގެ ދިފާއުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ދެއްކެވޭނެ ވާހަކައެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދު ވިދާޅުވީ ދައުލަތުގެ އެއް ބާރު ކަމަށްވާ މަޖިލިސް ކޮށައި ކުދިކޮށްލާއިރު، ސަރުކާރުގެ ކޯލިޝަންގެ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން ތިއްބެވީ "މަންމަނު، ބީރު، އަނދިރި" ބައެއްގެ ގޮތުގައި ކަމަށެވެ.
"ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނަށް ޖެހިފައި އޮތް ހާލަކީ މިވަގުތު، ލޮލަށް ނުފެނޭ. ކަންފަތަކަށް އަޑެއް ނީވޭ، ބުނަން ޖެހޭ ވާހަކައެއް ބުނުމުގެ ހައްގެއް ނެތް،" ސައުދު ވިދާޅުވި އެވެ.
"މާދަމާ ސަރުކާރުން ހުށަހަޅަންވީ ރައްޔިތުންގެ މައްޗަށް ކޮންމެ ފަދަ ގާނޫނެއް ފާސް ކުރަން ޖެހުނަސް، އެބޭފުޅުންނަށް ޖެހޭނީ އަމަލު ކުރަން. މި ހާލަތެއް ނޫން މި ގައުމުގައި އޮންނަން ޖެހޭނީ."
ސައުދު ފާހަގަކުރެއްވި ގޮތުގައި މެމްބަރުންނާއި ފަނޑިޔާރުންނަކީ މިނިވަންކަމާއެކު މަސައްކަތް ކުރައްވަން ޖެހޭ ބައެކެވެ. ނަމަވެސް ގާނޫނުގެ ބާރުވެރިކަން ރައްޔިތުންނަށް ފޯރާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު (ކ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ އެ ބޭފުޅުންގެ ގޮނޑިތައް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމާ ގުޅިގެން އެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެ އެބޭފުޅުން އަދިވެސް ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ކަމަށް އެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި އެވެ.
މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅިއިރު، ކުރިއަށް އޮތް ތަނުގައި ގިނަ ދާއިރާތަކެއްގެ ގޮނޑިތައް ގެއްލޭނެ ކަމަށް ސައުދު ވިދާޅުވި އެވެ. އެކަމަކު، މިއީ ޑިމޮކްރަޓިކް އަސާސްގެ މައްޗަށް ހިންގާ ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ގައުމުގެ ހުރިހާ ކަންކަން ހިންގަމުން ދަނީ "ދަރުބާރު ފެކްޝަންގެ ޖަގަހަ" ތެރޭގައި ކަމަށާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް މިނިވަން މުއައްސަސާތަކުން އަމަލު ކުރަމުން ނުދާ ކަމަށެވެ. ހާއްސަކޮށް ޕީޕީއެމުން ބޭނުންވާ ގޮތަށް އީސީގެ މެމްބަރުން ކަންކަން ކުރައްވައިގެން، މުސްތަގުބަލުގައި އެ މެމްބަރުންގެ މައްޗަށް ދައުވާ ކުރެވި، ރައްޔިތުންގެ ހައްގުތައް ހޯދައިދެވޭނެ ކަމަށެވެ.
"އެބޭފުޅުން މިއަދު ކަންކަން ކުރައްވަނީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާއި ހެދިފައި ހުރި އުސޫލުތަކާ ހިލާފަށް. ޝައްކެއް ނެތް މިންވަރަށް،" ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރަކީ ގޮތް ދޫނުކުރާ، އިދިކީލަ ސަރުކާރެއްކަން ރައްޔިތުން ގަބޫލުކުރެ އެވެ. ސަރުކާރުގައި އޮތީ ކޮރަޕްޝަނާއި ފަސާދައިން ފުރިފައި ކަމަށާއި މަޖިލިސް މެމްބަރުން ބޭނުން ކުރައްވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރަން ކަމަށް ލަތީފް ވިދާޅުވި އެވެ.
ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ އަށް ވަން ކަމަށް ބުނެ، މެމްބަރުންގެ މައްޗަށް ކުރަން ނިންމި ދާއުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގޮވާލައްވައިފަ އެވެ.
އަމީތު ވިދާޅުވީ މެމްބަރުންގެ ހައްގުތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑަރުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އަމީތު ވިދާޅުވި އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމާ ގުޅިގެން އީސީން އަމަލު ކުރި ގޮތާ ދެކޮޅަށް ކޯޓުތަކަށް ވަޑައިގަންނަވަން ޖެހުނަސް، އެކަން ކުރައްވާނެ ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ހައްގުތައް ހޯދަން ނުފޮރަޅާނެ ގަލެއް ނޯންނާނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަޅުގެ ވާހަކަ
31 August 2017
ސްޕްރީމްކޯޓުގެ ހުކުމް އޮޅުވާލައިގެން އިލެކްޝަން ބައެއްގެ ހައްގު މިއަދު ނަގާލީ, ވަކި ބަޔަކަށްޓަކައި އެގޮތައްކަންތައް ކުރީ އެއީ ސްޕްރީމްކޯޓަކީ ފަހުބަސް ބުނާތަނަށް ވުމުން ދެން ދާނެ ތަނެއް ނޯންނާނެ ކަމަށް ބަލާފައި, އެއްބަޔަކު ދެފަހަރު ޕާޓީން ކަނޑާލާފައި 13 ޖުލައިގެ ފަހުން އެއްވެސް މެމްބަރެއްގެ ފަރާތުން އެއްވެސް ކަމެއްނުކުރޭ, މީގެ 10 އަހަރުފަހުންވެސް އިލެކްޝަންގެ ދަފްތަރުން މެމްބަރުގެ ނަން އުނިކުރެވިދާނެ, އަދި އަމިއްލަ މެމްބަރުގެ ވާހަކައެއް ހުކުމުގައި ނުވެސް އޮންނާނެ އިލެކްޝަނުން އަމިއްލަ މެމްބަރުގެ ގޮނޑިގެއްލުނުކަމަށް ކަނޑައެޅީ ކޮންއެއްޗެއް ބަލާފަތޯ? އަމިއްލަ މެމްބަރު ހޮވަން އާއިލާއިން އެތައްދުވަހަކު ކުރިމަސައްކަތުން ކުރި ޚަރަދު އީސީގެ މެމްބަރުން އަތުން ހޯފުމަށް ދައުވާކުރާނެ ކަމަށްވަނީ ﷲ އިރާދަކުރެއްވިއްޔާ އިންސާފު ހޯދާނަން
ހުރިހާ
31 August 2017
މުއައްސަސާއެއް އެކަކުގެ މުށުތެރޭގައި, ވަޒީފާގެ ބިރަށް, ދޮގުހަދަން މަޖުބޫރު, ތީގެން ކޮންމެ މެމްވަރަކުވެސް ޕާޓީން 2 ފަހަރު ވަކިކޮށްވި. ހުކުމުގައި ނެތް އަމިއްލަގޮތުން ހޮވުނު މެމަބަރުގެ ވާހަކައެއްވެސް, އެހެނަސް އީސީ އަމިއްލަމެމްބަރުގެ ގޮނޑިގެއްލުނު ކަމަށް. މިބައިމީހުންނަށް ހީވާކަހަލަ މީހުންގެ ހައްގުތަކަށް އަރައިގަންނަން ހައްގުތައް ނިގުޅައިގަންނަން ތާއަބަދު މިގޮނޑިއަށް ފޫހަރައިގެން ތިބެވޭނޭ އެއީ ކުށްހީއެއް, އިންސާފު އަރާހަމަކުރާނެ, އަދި އަމިއްލަ މެމްބަރު ހޮވުމަށް އާއިލާގެ ފަރާތުން އެތައްދުވަހެއްގެ މަސައްކަތުން އެއްކުރި ލާރިހޯދަން ދައުވާކުރާނެކަން އީސީގެ މެމްބަރުންނާމެދު ދައުވާކުރާނަން.
ނުހައްގުން
31 August 2017
ގޮނޑި ފޭރިގަންނަ ސަރުކާރު
މަކަރުވެރިން
31 August 2017
13 ޖުލައި 2017ގެ ހުކުމުގެ ފަހުން އެއްވެސް މެމްބަރެއްގެ ފަރާތުން އެއްވެސް ކަމެއްކޮށްފައި ނުވާތީ, 4 މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭނެ. މަކަރާ ހީލަތުން މިދުނިޔޭގާ ކޮންމެ ބަޔަކަށްވެސް ކަންތައްކުރެވިދާނެ. އެނަސް އެބައި މީހުންނަށް އާޚިރުގައި އޭގެބަދަލު ލިބޭނެ ﷲއިންޝާ
ސިއާ
31 August 2017
މިސަރުކާރު އިންތިހާބަކާ ކުރިމަތިލައިފިއްޔާ ރީތިބައްކުން ބަލިވާނެކަން އެނގޭތީ މިއުޅީ, މިސަރުކާރުގެ އަނިޔާވެރިކަން ވަނީ ހައްދުންނެއްޓިފަ, މިސަރުކާރު ދެން ﷲ ގެ އިރާދަފުޅުން ނޮހޮވޭނެ. މި އަދުލުއިންސާފެއްނެތް ހެޔޮފުޅު ސަރުކާރު ދެންބޭނުމެއްނޫން.
ބެއްޔާ
31 August 2017
ސައުދާ... ކަލެއަކާ މަޖޮލީހަކާ ކޮންބެހޭކަމެއް.
ާދިވެހި ދަރިއެއް
30 August 2017
ކޮންވާހަކައެއް މިހާރު ވިއްކާ ގޮނޑިއެއް މަޖިލީހަކު ނުހުންނާނެ ދެން އެހެން ކަމަކާ އުޅުން އެންމެ ރަގަޅުވާނީ ތިޔަހުރީ ހެދިގޯހަކުން ތިހުރީ ގިނަބައެއްގެ ފޫހިކަން ލިބިފައި އިތުރަށް މޮޔަވަންޏާ އިދިކޮޅުމީހުންގެ ލިސްޓް ވާނީ ދިގު
ކޮބާ
30 August 2017
މަޖްލީހުގެ މެމްބަރުން ޕޮލިހުންގެ ސަފުތައް ފަޅާލާ ފައި ދިއުން އެއީ ގާނޫނާއި ޚިލާފު ކަމެކެވެ. ކަން މިހެން ހުރުމުން އެކަމާއި މަޖްލީހުގެ މެމްބަރުން ރުހުނަސް އަދި ނުރުހުނަސް އެކަމުގެ ދައުވާ ކުރެވޭނެއެވެ. ތަމެން ގެ ކަމެއް ކޯޓުގައި އެކަން ސާބިތު ކޮށް ދިނުމަކީ ތަމެން އެކަން ނުކުރާކަމަށް. ވީޑިއޯސް ތަކުން އެހެރީ ރީއްޗަށް ފެންނާން އެވެ. ދެން ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައޭ މަމެން ބުނަން ނެތީމު ދޯ.
މާބޫރު
30 August 2017
މާބަގީޗާގައި ހުންނަ ގަސް ހެދޭނެ ގޮތަކަށް ހެދެން ދޫކޮށްލުމުން އެގަހުގެ ރީތިކަމާ ހިތްހަމަޖެހުން ލިބޭތަ. އެގަސް ކޮށާ ނުބައިވާ ފަތް އުފުރާލަ ރީތިކޮށް ބެލެހެޓުމުން ދޯ އޭގެ ޗާލާކީކަން ފެންނަނީ.
ކިިިހާ
30 August 2017
އެހެންދޯ ވާނީ ކަލޭމެން ބޭނުންހާ ވައްތަރެއް ޖައްސަންވީމަ. ކޮންމެހެން ނުޖެހޭ ހޮވުނު ޕާޓީ ދޫކޮށްލާފަ އެހެން ފަރާތަކަށް އަރާފަ އުފަލާ އަރާމުގައި އުޅެވޭނެ ކަމަށް. ކޮންމެ ކަމެއް ކުރުމުންވެސް ނަތީޖާއެއް އަންނާނެ. އެޤަބޫލުނިކޮށް ނުޖެހޭ އުޅޭކަށް.