ރައީސް ޔާމީނަށް ނިސްބަތްކުރައްވައި އިކޮނޮމިކް މިނިސްޓަރު ސައީދު ދާދިފަހުން ވިދާޅުވި ވާހަކަފުޅާ ގުޅިގެން ކުޅުދުއްފުށީ މީހުން ޖޯކުޖަހަނީ
02 ސެޕްޓެމްބަރ 2017 - 19:20
މި ރަށަކީ ކޮންމެ އަހަރެއްގެ އީދެއްގައި ވެސް އެންމެ ތަފާތު އެއް ހަރަކާތް ފެންނަ ރަށެވެ. މިދިޔަ އަހަރު ވެސް ބޮޑު އީދުގައި މި ރަށުގައި ބޭއްވި ޕެރޭޑް ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔަ ހަރަކާތަކަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މިވަނީ މި ހަރަކާތް މުޅި ސޯޝަލް މީޑިއާގައި ފަތުރާލައިފަ އެވެ. ހދ. ކުޅުދުއްފުށީ މީހުން މާލި ޕެރޭޑް ގެނެސްދިން ގޮތް އެތައް ބަޔަކަށް މަޖާގަނޑަކަށް ވި އެވެ.
ކުޅުދުއްފުށީ މީހުން ތައްޔާރުކުރި "ދަތްދޮޅި" ފުޅަނދު
އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އެމީހުން ގެނެސްދިނީ ރާއްޖޭގައި މިހާރު ހުރި ގައުމީ ބޮޑެތި ބައެއް މައްސަލަތަކުގެ ސުރުހީތައް ދައްކަައިދޭ، އަދި ބައެއް "ހޫނު" ވާހަކަތަކަށް އިޝާރާތް ކޮށް ހަދާފައިވާ ފުޅަނދުތަކެކެވެ. މި ފުޅަނދުތަކުން ވަރަށް ގިނަ މެސެޖްތަކެއް ދައްކުވައިދެ އެވެ. މިއީ ވަރަށް ފައްކާ ސިޔާސީ ފުޅަނދުތަކެވެ.
މި ފަހަރު ގެނެސްދިން ފުޅަނދުތައް ހުރީ އެކަމަކާ ވަރަށް ގުޅޭ ގޮތަށް އެކި އެއްޗެތި ބޭނުންކޮށްގެން ތައްޔާރުކޮށްފަ އެވެ.
މަޖިލީހުން ގެއްލުނު ކަމަށް ކަނޑައެޅި "ހަތަރު ގޮނޑި" ކުޅުދުއްފުށީ ޕެރޭޑްގައި ދައްކުވައިދެނީ
އެ ރަށުގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދިޔަ ޕެރޭޑްގައި މިއަހަރު ދައްކުވައިދިން ފުޅަނދުތަކުގެ ތެރޭގައި ދާދިފަހުން މަޖިލީހުގެ މެމްބަރުކަން ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު ގޮނޑި އާއި ދާދިފަހުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސިފައިންގެ އެސްޕީޖީގެ ބަޔަކާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅެއްގައި ބޭނުންކުރެއްވި "ދަތްދޮޅި" ދައްކުވައިދީފައިވެ އެވެ. އަދި އޭގެ އިތުރުން ރައީސް ޔާމީނަކީ ފިނިފެން މަލެއް ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން "މޯޅިނުވާ ފިނިފެންމާ" ވެސް ދައްކުވައިދީފައިވެ އެވެ. އޭގެ އިތުރުން ސިޔާސީ ކުޑަގޮޅި ވެސް ދައްކުވައިދީފައިވެ އެވެ.
ކުޅުދުއްފުށީ މީހުން ޕެރޭޑްގައި ސިޔާސީ ކުޑަ ގޮޅި ދައްކުވައިދެނީ.
އެ ޕެރޭޑްގައި "ކަޅު ފައިސާ ދޮވުން" އަދި "ފައިސާ ގޯނި" ވެސް ދައްކުވައިދީފައިވެ އެވެ. އޭގެ އިތުރުން "ހަލާލް ފްލެޓް" އާއި ކަރަންޓު ބިލު ވެސް ދައްކުވައިދޭ ފުޅަނދެއް ހަދާފައިވެ އެވެ.
ކުޅުދުއްފުށީ ފުޅަނދުތައް ދައްކައިލިއިރު އެތައް ބަޔަކު އެ ޕެރޭޑް ބަލަން މަގުތަކަށް ނުކުތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްބުލްވަތަން
03 September 2017
ކޮންމެ މޫސުމެއްގައިވެސް އިންސާނުން އެބައިމީހުންގެ ހިތުގައި އުފެދޭ ޝުއޫރު ފައުޅުކުރަމުންދާނެ. އެބީދައިން ކުޅުދުއްފުށީ ރައްޔިތުން އެބައިމީހުން ކަންކަމާ މެދު ދެކޭގޮތް އުފާވެރި މާހައުލެއްގައި ފައުޅުކުރީ ފުޅަނދުބުރެއް މެދުވެރިކޮށް. އުފެއްދުންތެރިކަމަށް ސާބަސް ދޭހާލު، ސަރުކާރުން އާންމު ރައްޔިތުންގެ އަޑުއެހުމަށް ގޮވާލަމުން ވަކިވެލަން. ވަރަށްބޮޑަށް ޝުކުރިއްޔާ
ކުޅުދުއްފުށި ޕްލާސްޓިކްއެއާޕޯޓ
03 September 2017
މަރުހަބާ ތިކަމުގަ ބައިވެރިވި ހުރިހާ ރައްޔިތުންނައް މިސަރުކާރުން އަބަދުވެސް ބަލާނެ ހަގީގަތް އޮޅުވާލުމައްފަހު ޕޮލާސްޓިކު ޗައިނާ ފޭކު ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދޭތޯ ނަމަވެސް ތިޔަރައްޔިތުން އެކަން އެހެންނުވާނެކަން ދައްކުވައިދީފި އަހަރެމެންގެ ވެރިކަމެއްގަ 3 މަހުން އެއާޕޯޓެއް އަޅައިދީފާނަން ދަރަވަންދޫ ފުވައްމުލައް ކޫއްޑޫގަ އަޅާލިގޮތައް ވޯޓުލާން ތައްޔާރުވޭ
ހިއްވަރު
03 September 2017
ޕެރޭޑު ސިޔާސީވީމަ އެވާހަކަ ތިޔަދައްކަނީ ސިޔާސީވާވަރު އަދިވެސްކުޑައީ، މުޅިޤައުމު ބޮއްސުންލާގޮސް ސަލާމަތްނުވާހިސާބަށް ދާއިރުވެސް ކުޅުއްފުށީމީހުން ކޮއްލާވަރު ކޮށްލަންކެރޭ ރަށެއް، އަވަށެއްވެސް މިޤައުމުގައި ނެތް .. ގިނަރަށްތަކުގަ އުފަލުންނަށާ މަޖާކޮށް ހަމަޖެހިލައިގެންތިއްބާ ދެކެންބޭނުންނުވާތަން އައިސް ފެންނަންމިއުޅެނީ. އޭރުން ދެން ނަށަން ނިކުންނާނީ ބަންގާޅީން.
ދޮޅިދާން
03 September 2017
މިއީ ގައުމުގެ މަތިފަޑީގަޔާއި އިންސާފުގެ ދަރުބާރުގެތިބި ބޭފުޅުން ގައުމު ވައްޓާލި އަނދަވަޅު ، މިތާކު ކުޅުދުއްފުށީ ރައްޔިތުން ގެ ކުށެއް ނެތްަަ !
ނަސީމް
03 September 2017
މީ މާކަމުދާ އެއްޗަކައްވެދާނެ އިދިކޮޅު މީހުން ނައް . މިއީއެއްވެސް ކަމުދާ އެއްޗެއްނޫން
އައްޑޫ ބަކުރު
03 September 2017
ހަމަ ސާބަހޭ ބުނެލަން ބޭނުން ވަނީ. ދެންއިތުރަށް ދައްކާނެ ވާހަކައެއްނެތޭ މިބުނީ
ރަދީފް
03 September 2017
ކޮމެންޓްތައް ކިޔާލުމުން ދޭހަވަނީ. 1) ގިނަ ބަޔަކު ހިތުގަ ޖެހިއްޖެކަން 2)ތިމާމެންނަށް ބަޔަކު މަލާމާތް ކުރީމަ އެކަން ކަމަކުނުދިޔަ 3)ނަމަވެސް ތިމަންނާމެން އެހެން މީހުންނަށް މަލާމާތް ކުރުން އޯކޭ 4) ތިމަންނާމެންގެ ޑަބަލް ސްޓޭންޑަރޑް ހާމަވުން 5) ބިއްލޫރި އެއަރޕޯޓެއް އަދި އެޅިފަނެތްކަން. ކޮންކްލޫޝަން: ސާބަހޭ ކުޅުދުއްފުށީ ރައްޔަތުން.
ޓެކްސީ
03 September 2017
ސަޅިއުފެއްދުމެއް
ހަބީބު
03 September 2017
މަރުހަބާ ވަރައް މަޖާ ނެގިއްޖެ މިއަންނަ އަހަރުވެސް އަންނާނަން ރަށުގެ ތަރައްގީއަށް ސަރުކާރުން ކަމެއްނުކުރޭ ތެދައްބުނާނަަމަ އަތޮޅުގަ ރިސޯޓެއްވެސް ނެތް ނަމަވެސް ރައްޔިތުން ވަރަށް ކެތްތެރި ދައުލަތުގެ ފަރާތުން ދަތުރު ފަތުރުގެ ނިޒާމެއް ގާއިމު ކޮށްފަވެސް ނެތް ނަމަވެސް ވަރަށް ކެތްތެރި މި ދަތުރުން ރަށުގެ ރައްޔިތުންގެ އެކުވެރިކަން ފެނިއްޖެ މަރުހަބާ
ޓައްޕު ޙަސަން / އިނގުރައިދޫ
03 September 2017
ކުޅުދުއްފުށީ މީހުންނަށް އައްސަރިބަހާ ސާބަސް.