ފުއައިބާއޯ ކުންފުނީގެ މުވައްޒަފުންތަކެއް އެވޯޑް ހަފުލާއެއްގައި
03 ސެޕްޓެމްބަރ 2017 - 12:25
ޗައިނާގެ ކުންފުންޏަކުން އެތަނުގެ ހާހަކަށް ވުރެ ގިނަ މުވައްޒަފުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފި އެވެ.
އެނގިފައިވާ ގޮތުގައި ޗާޓަރު ތިން ފްލައިޓެއްގައި މިއަދު ރާއްޖެ އަންނަނީ ފުއައިބައޯ ކޮމާސް އެންޑް ޓްރޭޑް ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނެވެ.
އެ މުވައްޒަފުންނާ އެކު ފުއައިބައޯގެ ޗެއާމަން ސިއާ ބައޯޕިން އާއި ފައުންޑަރު އަދި ސީއީއޯ މިސް ފޫ ޔުންމިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އާދެ އެވެ. ނަމަވެސް އެމީހުން ރާއްޖޭގެ ހިތްގައިމުކަމުގެ އުފާ ހާސިލްކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި އެއީ ކިހާ ދުވަހަކު ކަމެއް ނޭނގެ އެވެ.
ފުއައިބައޯއަކީ ޗައިނާގައި އެންމެ ހިނގާ ސޯޝަލް މީޑިޔާ އެއް ޕްލެޓްފޯމް ކަމަށްވާ ވީޗެޓްގައި ވަރަށް ފުޅާކޮށް ވިޔަފާރި ހިންގަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ.
ދުނިޔޭގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ ގްރޫޕްތައް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރެ އެވެ. އެގޮތުން ބައެއް ފަހަރަށް މުޅި ރިސޯޓް އެކުގައި ހިފައިގެން ވެސް ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުރުވަ
05 September 2017
މި ޗައިނާ މީހުން އަންނަތަނަކަށް ޔޫރަޕާ އެމެރިކާ މީހުންނެއް ނާދޭ ޗައިނާ މީހުން ސޫޕްޕެކެޓާ ކޯލާ ދަޅެއް ބޮއިލައިގެން ހަފްތާ ނިންމާލާފަ ދައިރު މިތަންނތާނގަ އުޅޭ ސްޓާފުންނަށް ޓިޕްސްގެ ގޮތުގައި ޒީރޯ އެއާ ޚިލާފަށް ޔޫރަޕުން ނުވަތަ އެމެރިކާ ނުވަތަ އަރަބިން ވިޔަސް ފިސާރިބޯކޮށް ޓިޕްސްދޭ ބައެއް ޓޫރިސްޓޜުން އުޅޭ އެހެންވީމަ ކޮމިއުނިސްޓް ޗައިނާއިން އެތައް ގިނަ ބަޔަކު އަޔަސް ސްޓާފުންނަށް ޒީރޯ
އަހުމަދުބެ
04 September 2017
ޓޫރިޒަމް އިން އާއްމު ރައްޔިތުންނަށް ވާފައިދާއެއް ނުފެނެއެވެ. ރިސޯޓް ވަޒީފާގަ ގިނައީ ބިދޭސީންނެވެ. ރިސޯޓް ސަޕްލައި ކޮންސްޓްރަކްޝަން ގަ ގިނައީ ބިދޭސީންނެވެ. އަދި އެއްވާހަކައެވެ. ގަވާއިދާ ހިލާފް ވިއަސް ޗެކް ކުރަން ރިސޯޓައް އަރާކަށް ނުކެރެއެވެ. ނޫނީ ހުއްދައެއް ނުލިބެއެވެ.
ހަސީނާ
04 September 2017
ދެންގަބޫލު ކުރަންވީ ރާއްޖޭ ގައުމީ ޓީވީންދައްކާ ވާހަކަތޯ؟ ވީޑިއޯކޮއްފަ އެބަޔާކާ އިޓަވިއުކޮއްފަ ދައްކާ މީޑިއާތައް އެބަހުރި، އެމީޑިޔާތަކުން ދައްކަނީ ގައުމުންބޭރު އެކަންޏެންނޫން ގައުމުގަ ހިންގާ ނޭދެވޭކަންތައް ރައްޔިތުންނާ ހަމަޔައް (މިހާރު ނޫހެކޭ އެއްވަރައް) އިތުބާރާ އެކު ފޯރުކޮއްދޭ ބޭރު މީޑިއާތައް އެބަހުރި
ޖަބަރޭ
04 September 2017
ޗައީނާ ކުންފުނި ތަކުގަ ރައްކާތެރި މަސައްކަތުގެ މާހައުލެއްނޯވޭ! މިކަންރަގަޅު ކުރަން އެއްވެސްމަސައް ކަތެއްނުކުރޭ؛ މިފަދަ ޒަމާނެގަ ގެރިބަކަށި ލައްވާ މަސަކަތް ކުރަޙެން މަސައްކަތެއް ނުކުރެވޭނެ ޑިމޮކުރަސީގެ ބަޑޭރިގަނޑައް އަމަލުކުރާ ގައުމެއްގަވެސް
ވިޒިޓަރ
04 September 2017
ގެރިބަކަރި ގޮވައިގެން މީހުން އާދޭތަ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް. ހުޅަނގުގެ މީޑިއާތަކުން ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރާތީ ވާނުވާ ނޭނގި ތި ކޮމެންޓް ކުރަނީ!!!
ކި މްޖޮ ން އިން އުން 3
04 September 2017
އެ ކުންފުނީގެ ގިނަ މުވައްޒަފުން މިދިޔަ އަހަރު ޗުއްޓީ ހޭދަ ކުރި އޮޅަދޫ ކަރާގެ ހޮޓާ ތަކުގައި
އދ
03 September 2017
ތިޔައީ ދެން ހަބަރެއްވެސްނޫން. މިއީ މިހާރު އެމީހުންގެ ގައުމެކެވެ.
ހާމިދު
03 September 2017
ރާއްޖޭގެ ސޮނީ ސްޕޯޓްސް އާއ ހާޑްވެއަރ ގެ މުވައްޒަފުންނަށް މިކަހަލަ ހަރަކާތްތައް ރާއްޖޭގައި ހިންގާ އުޅޭ. އެކުގައި މުޅިތަން ބަންދުކޮށްފައި ޗުއްޓީއަށް ޕިކްނިކް ވެސް ހަމަޖައްސާދޭ. އަދި ބެންކޮކް ދަތުރުވެސް ހަމަޖައްސައިދެވޭ ވަރުވާނެ.
ޅަބޭ
03 September 2017
ޔާރައްބީ! 1000 މުއަޒަފުންނައް ޗުއްޓީއެއް ދިނިއްޔޭ؟؟! އަޅެ ކީއްތަވާނީ ރާއްޖޭގެ މުއްސަނދި މަހުޖަނު ބުރުމާ ގާސިމުވެސް އޭނަގެ މުވަޒަފުންނައްވެސް ޗުއްޓީ ދަތުރެއް ދިނިއްޔާ....
މެންޓަލިސްޓް
03 September 2017
ޗައިނާއިން ޓުއަރިސްޓުންއައީމަ މިވާގޮތަކީ ހަމައެކަނި ބެޑްތަކަށް ލިބޭފައިސާލިބޭނީ. މާކަބޮޑު އެކުސްޓްރާސްއެއް ނުލިބޭ ،،، އެ މީހުން ވަރަށް ގިނައިން ގޮނޑުދޮށުން ކަކުނި ނަގައިގެން ކޮޓަރީގައި ކައްކާވެސް ހަދާ. ކަޕްނޫޑްލްކޮޅަކުން ވެސް ފުއްދާލަފާނެ. ބާރއަކަށް މާކަބޮޑު ފައިސާއެއް ނުލިބޭނެ ،، ވޯޓަރސްޕޯޓްސް ޑައިވިންގ ވެސް ވަރަށް މަދުން ބޭނުންކުރާނީ ،،،، މީ އަޅުގަނޑު ކައިރީ ރިސޯޓްހިންގާ ފަރާތަކުން ދެއްކި ވާހަކަ ،،،، ގާތްގަނޑަކަށް އޭނާ ދެއްކިގޮތަށް އެއޮތީ ލިއެފައި ފަހަރުގައި ބަހުގެ ފަރަގެއް ހުރެދާނެ. ވަރަށްވެދުން
އިބްރާހިމް
04 September 2017
ވަރަށް ގޮތެއްވެސް ނެތްމީހުން ގިނައިން އަންނަނީ. އެއަރޕޯޓް އެރައިވަލްގައި ބަހައްޓާފައިހުރި ގަލަންތަށް ބުރި
ކޮމެންޓޭޓަރު
03 September 2017
ދިވެހި ނޫސްތައް ހާދަ މޮޅޭ. ހާދަ ވައްތަރޭ ހުރިހާ ހަބަރެއްވެސް. ހަމަ ޕްރޮފެޝަނަލްއީ ދޯ؟