މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ހައުސިން މިނިސްޓްރީގައި: ފްލެޓް ދޫކުރި ގޮތުގެ ތަފްސީލު ނޭނގޭތީ އެތައް ބަޔަކު ދަނީ ޝަކުވާކުރަމުން. --ފޮޓޯ: އަލީ ނިޝާން/މިހާރު
19 ސެޕްޓެމްބަރ 2017 - 22:20
ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން ގޮތުގެ ތަފްސީލު ހާމަކޮށްދޭން އިންފޮމޭޝަން ކޮމިޝަނަރާއި ހައުސިން މިނިސްޓްރީގައި މާލޭ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ކުރިމަތިލީ 15،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބުނު 661 މީހުންގެ ލިސްޓު އާއްމުކޮށްފައި ވަނީ ހަމައެކަނި ފޯމު ނަމްބަރު ހިމަނައިގެންނެވެ. އެ މީހުންނަށް ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް އަދި އެއީ ކޮން ބައެއް ކަން ވެސް މިނިސްޓްރީން އާއްމެއް ނުކުރި އެވެ. މި މައްސަލާގައި އެތައް ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ސޮއިކުރައްވައި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފްލެޓަށް އެންމެ ހައްގުވެރިކަން ބޮޑު މީހުން ތިއްބައި އެއަށް ވުރެން މަދުން މާކްސް ލިބުނު މީހުންނަށް ފްލެޓް ދީފައިވާތީ އެ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. ކައުންސިލް މެމްބަރުންނަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކަށްވާތީ، ފްލެޓް ދޫކުރި ގޮތް އެ ކައުންސިލްއަށް އެންގުން މުހިންމު ކަމަށް ޝިފާ ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަށް ފޮނުއްވި ސިޓީގައި ޝިފާ އެދިވަޑައިގަތީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ވީހާވެސް ފުޅާދާއިރާއެއްގައި އެމައުލޫމާތުތައް ރައްޔިތުންނަށް ހާމަކޮށްދޭން ހައުސިން މިނިސްޓްރީއަށް ބާރު އެޅުމަށެވެ.
ފްލެޓު ދިނީ އިންސާފުން ނޫން ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ހައުސިން މިނިސްޓަރު ވިދާޅުވެފައި ވަނީ ހައްގު ނޫން އެއްވެސް މީހަކަށް ފްލެޓް ދީފައި ނޯންނާނެ ކަމަށެވެ. އެ މިނިސްޓްރީން ފްލެޓް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާނީ ބަޔަކަށް އެކަން ކުރެވޭނެ އެންމެ ރަނގަޅަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ފްލެޓު ދިން ގޮތުގެ ތަފްސީލް ހޯދުމަށް މާލޭ ސިޓީ ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރުން ހައުސިން މިނިސްޓަރާއި ބައްދަލު ކުރަން އެދުމުން ވެސް އިދިކޮޅު އެއްވެސް މެމްބަރަކާއި މިނިސްޓަރު ބައްދަލު ކުރައްވާފައި ނުވެ އެވެ. އެހެން ނަމަވެސް ސަރުކާރު ތަމްސީލް ކުރާ މެމްބަރުންނާއި ބައްދަލު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުރަބާކަރަން
20 September 2017
މުއިއްޒު ކަލޭ އަޑުއަހަންތަ 'ޓުރާންސުޕޭރަންސީ" އޭ ކިޔާ އަޑު..
އަބްދުއްލާ
20 September 2017
ފްލެޓް އަދި އެއްވެސް ފަރާތަކަށް ނުދޭއިރު ފްލެޓް ދިންގޮތުގެ ލިސްޓް ކައުންސިލަ ދޭނީ ކިހިނެތް ؟ފޮލެޓް ތައް ހަވާލުކޮށް ނިންމުމަށްފަހު ފްލެޓް ހަވާލުކުރި ގޮތުގެ ލިސްޓް ކައުންސިލާ ވެސް ހިއްސާ ކުރެވިދާނެ ތޯއްޗެއް. އެ ހިސާބަށް ދެވެންދެން ކައުންސިލްވެސް މަޑުން އޮވެވޭތޯ ބަލަންވީއެއްނު ، އެންމެ ގިނަ ފްލެޓް ލިބެނީ އެމްޑީޕީ ންނަށް ވެސް ވެދާނެ. މިހާރު މިލިސްޓް ހޯދާފަ ބުނާނެ އަހަރުމެން ދިން އެއްޗެކޯ ވެސް ؟
ޖާސިމް
20 September 2017
ކައުންސިލް ރިހެބިލިޓޭޓް ކުރަންވީ އުތަ؟
ހުސެންބެ
20 September 2017
ހެހެ ތީކޮން ކައުންސިލެއް ... ކަލޭމެނައް އެކަން އޮޅުންފިލުވަދޭކައް ނުޖެހޭނެ... މާލެގަ ދިރިއުޅޭ ރައްޔަތަކައް ތިއަ ކައުންސިލުން ކޮއްދިން ކަމެއްއެބައޮށްތަ؟؟،
އާމިނަ
20 September 2017
އެންމެ ރަނގަޅީ ރައްޔިތުން ނިކުތުން. ޖަވާބު ހޯދަން. ކައުންސިލަށް މިސަރުކާރުގެ ސަމާލުކަމަށް ގެނެވޭނެހެން ހީނުވެ.
ޑިސްޓްރަކްޓިވް
20 September 2017
ފްލެޓްސް ދިން ގޮތުގެ ތަފްސީލް ހޯދަން ސިޓީ ކައުންސިލުން އުޅުމުގެ ބަދަލުގައި މާލެ ސަރަހައްދުގައި އަހަރަކު 24 ހާސް ހައުސިންގް ޔުނިޓްސް އެޅޭނެ ގޮތް ވޭތޯ ބެލުން މީ ނޫންތޭ ކޮންސްޓްރަކްޓިވް މަސައްކަތަކީ. މިހާރު ތަމެން ތިޔާ ކުރަނީ އެއީ ޑިސްޓްރަކްޓިވް މަސައްކަތް ތަކެވެ.
އިބޫ
20 September 2017
ރަނގާޅު ، ރައްޔތުން ހޮވަފަ އޮތް ކައުންސިލް އިން ޖެހޭނެ، މިނިސޤޓަރު ފަހާ ދުވެގެންވެސް މައުލޫމަތު ހޯދާ، ފްލެޓް މައްސލަ ކޮޅެއްގައި ޖައްސަން
އިހްސާން
20 September 2017
ފޯމްލާ އިރު އޮވޭ މަދުވެގެން މާލޭގައި އުޅޭތާ 5 އަހަރުވެފައި ވާން ޖެހޭނެކަމަށް ލިޔެފައިވާނެ. އެކަން ބެލީ ކޮބައެއްތޯ:މާލޭގައި ދިރިއުޅޭ ތާ 3 އަހަރުވެފަި ތިބި މީހުންނަށް ވެސް އެބަހުރި ފުލެޓް ދީފަ....މި ލިޔުނީ އަޅުގަޑުގެ ރައްޓެއްސެގެ ވާހަކަ... ކޮބާ އިންސާފް،94 ޕޮއިންޓަ ލިބިފައި މާލޭ ދިރިއުޅޭތާ 20 އަހަރުވެފަ 5 ކުދިން ތިބި 2 މީހުންނާ އިދެގެން ހުރިމީހާއަށް ވެސް ނުލިބުނު،،މީހަގީގަިތް،،،،
ދަވޭ
20 September 2017
މާލެ ސަރަހައްދުން މަހަކު 2000 ޙައުސިންގް ޔުނިޓްސް ކޮންމެ ހައުސިންގް ޔުނިޓް އެއް މަހަކު 300 ރުފިޔާ އަށް 100 އަހަރަށް ކުއްޔަށް ދެމުން ދާންވީ އެވެ. އެއިރުން ދެން މިކަން ރަނގަޅުވެގެން ދާނީ.
ހުސޭނުބެ
20 September 2017
ކައުންސިލޭ!! ތީ އެމްޑީޕީގެ ގޮތްޕެއްނޫންތޯ!!! އެއްވެސް ކޮޅެއްގައި ނުޖެހުނީމަ ކައުންސިލޭ މިކިޔާ ތަނުގެ ބޭނުން ހިފޭތޯ މިހާރު މިބަލަނީ!!! ވަރަށް ސާފު!!! ލިސްޓް ނުލިބޭނެ!!!
މަސޮރު
20 September 2017
ނޯ އޮފެންސް! ޢެކަމަކު ތިގޮތަށް ބަލާކަމަށް ވަންޔާ ސަރުކާރު މިނިސްޓްރީތަކާ، ކޯޓުތަކާ، ކުންފުނިތަކާ އަދި މިނިވަން މުވައްސަސާތަށް ކަމަށް ބުނާ ހުރިހާ ތަނެއްވެސް އެއީ ޕޕމގެ ގޮފިތަށް ދެއްތޯ!
ކުރާތި
20 September 2017
ފްލެޓްސް ދިން ގޮތް އޮޅިގެން ނޫލޭ އެކަކު ވެސް. ފްލެޓްސް ދިނީ ފްލެޓްސް ތަކަށް އެދުނު މީހުން ނަށެވެ. ނޭދޭ މީހަކަށް ނުލިބޭނެއެވެ. ފްލެޓްސް ދިނީ ފްލެޓްސް ހައްގުވާ މީހުންނަށް. މާލެ ސަރަހައްދުގައި އަހަރަކު 24 ހާސް ފްލެޓްސް އަޅަންވީ. ރާއްޖެތެރޭ މީހުން ބުނާނެ އެމެން ގެ ރަށަށް ދާނަމޭ އެމެންގެ ރަށް ތަރައްގީ ވީމާ. އެކަމަކު ނުދާނެއެވެ. އެއީ ޔަގީން ކަމެކެވެ. އެހެން ނަމަ އައްޑޫ މީހުން އެމެން ރަށަށް ދިޔައީސް އެވެ. އައްޑޫގައި ނެތީ ކޮން ކަމެއްތޯ ސަރުކާރުން ނުކޮށްދޭ.