ހައުސިން މިނިސްޓަރު ނޫސްވެރިންނާ މިއަދުވާހަކަ ދައްކަވަނީ: ފްލެޓް ލިބުނު މީހުންގެ މައުލޫމާތާ އެކު ލިސްޓު އާއްމު ނުކުރާނެ ކަމަށް ވިދާޅުވި.--ފޮޓޯ
18 ސެޕްޓެމްބަރ 2017 - 13:02
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަމެއް ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅެއް ނުވި އެވެ.
ފްލެޓަށް އެދި ފޯމު ހުށަހެޅި 15،000 އަށް ވުރެ ގިނަ މީހުންގެ ދިގު އިންތިޒާރަށް ހަތަރު އަހަރު ފަހުން މިދިޔަ ހަފުތާގައި ނިމުން އައިއިރު، ލިސްޓް އާއްމުކޮށްފައި އޮތީ ފްލެޓް ލިބުނު މީހުން ސިއްރުކޮށް، ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. މި މައްސަލާގައި އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު ޕޮއިންޓް އިއުލާންނުކުރީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓް ދީފައިވާތީ ކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ.
މި ހިތްހަމަނުޖެހުންތައް ހުއްޓަސް އެތައް ބަޔަކު އުންމީދުކޮށްގެން ތިބީ ފްލެޓް ލިސްޓާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ހައުސިން މިނިސްޓްރީގެ ޕްރެސް ކޮންފަރެންސުން މިއަދު ޖަވާބު ލިބޭނެ ކަމަށެވެ. ނޫސްވެރިން ވެސް އުއްމީދުކުރީ 661 މީހުންނަށް ފްލެޓް ލިބުނު ގޮތުގެ ތަފްސީލު މިނިސްޓަރު ވިދާޅުވެދެއްވާނެ ކަމަށެވެ. ފްލެޓް ދިނީ އިންސާފުވެރިކަމާ އެކު އެންމެ ހައްގުވެރިންނަށް ކަމުގެ ޔަގީންކަން ދެއްވަން މިނިސްޓަރު 30 މިނެޓަށް ވުރެ ދިގުކޮށް ވާހަކަ ދެއްކެވިއިރު ވެސް އެންމެ މުހިއްމު ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.
ފްލެޓަށް ކުރިމަތިލީ މީހުން ވެސް އެނގެން ބޭނުންވާ އެންމެ މުހިއްމު ސުވާލަކީ ޕޮއިންޓް ދިން އުސޫލު ކަމަށްވާއިރު، އެއަށް ޖަވާބު ނުދެއްވީ ކީއްވެތޯ "މިހާރު" ތަކުރާރުކޮށް ދެންނެވުމުން ވެސް ޖަވާބެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ކަށަވަރުކަން ދެއްވީ ހައްގު ނޫން އެއްވެސް މީހަކަށް ފްލެޓް ދީފައި ނޯންނާނެ ކަމަށެވެ.
ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށްތޯ ދެ ވަނަ ފަހަރަށް އެހުމުން ޖަވާބު ނުދެއްވުމުން، ތިން ވަނަ ފަހަރަށް ސުވާލުކުރުމުން ވެސް މިނިސްޓަރު ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ ޒާތީ މައުލޫމާތު އާއްމުނުކުރީ ހައްގުތައް ހިމާޔަތްކުރަން ކަމަށެވެ.
"އެންމެ ތަހުޒީބީ ގޮތަކީ، އެ މީހާގެ އަމިއްލަ ހައްގެއް އެއީ، އެ މީހާ އަށް ފްލެޓް ލިބުނުތޯ އެހެން މީހުންނަކަށް އެނގޭކަށް ނުޖެހޭ. އެގޮތުން އެކަން ޕްރޮޓެކްޓްކޮށްފައި އެ އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ފްލެޓަށް ހޮވުނު މީހުންނަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު އާއްމުކުރަން ހަމަޖެހިފައެއް ނުވެ އެވެ. ޕޮއިންޓުގެ އަދަދާއެކު މިނިސްޓްރީން ލިސްޓު އާއްމުނުކުރާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.
ތަފްސީލުތަކާ އެކު ލިސްޓު އާއްމު ނުކުރުމަކީ ކަމެއް ސިއްރުކުރާ ކަމަށް ތުހުމަތު ކުރާނެ ޖާގަ ލިބޭނެ ކަމެއް ނޫންތޯ އަދި 80-90 ޕޮއިންޓް ލިބިފައި ތިބި މީހުންނަށް ފްލެޓް ނުލިބި އެއަށްވުރެން ދަށުން 30 މާކްސް ލިބިފައި ތިބި މީހުންނަށް ފްލެޓް ލިބުނު ކަމަށް ވާހަކަ ދައްކަމުންދާ ކަަމަށް ވިދާޅުވުމުން މިނިސްޓަރު ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވީ ރައްޔތުންނަށް ގޯސް މައުލޫމާތު ފަތުރަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެހެން ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތާ ޚިލާފަށް މި ސަރުކާރުން ފްލެޓަށް މީހުން ހޮވާފައި ވަނީ ތިން ފަހަރަށް ފޯމުތައް ޗެކްކުރުމަށް ފަހު އެވެ. އަދި މިނިސްޓްރީގެ ޓީމުތައް ގޭގެއަށް ގޮސްގެން ވެސް މައުލޫމާތު އެއްކޮށްފައިވާނެ ކަމަށާއި ނުދެވޭ ގެއެއް ހުރި ނަމަ އެގޮތަށް ދިމާވެފައި ވާނީ، މިނިސްޓްރީން ތަކުރާރުކޮށް ގުޅައިގެން ނުވަތަ މައުލޫމާތު ސާފުކުރަން އެދިގެން ވެސް ޖަވާބު ނުލިބުމުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފޯމު ހުށަހެޅުމުން ލިބޭ ސްލިޕްގައިވާ ޕޮއިންޓުގެ އަދަދަކީ ފައިނަލް މާކްސް ނޫން ކަމަށާއި ދިރިއުޅޭ ހާލަތާއި ހުށަހެޅި މައުލޫމާތަށް ބަލައި ޕޮއިންޓަށް އުނި އިތުރު އަތުވެދާނެ ކަން ސްލިޕުގައި ވެސް އޮންނާނީ ލިއެފަ އެވެ. ދިރިއުޅުމުގެ ހާލަތު ބަލަން ކުރި ސާވޭގައި ބައެއް މީހުން ފޯމުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަން ފަޅާއަރާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެތެރޭގައި، ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި ދިރިއުޅޭ މީހުން އެއް ކޮޓަރީގައި ދިރިއުޅޭ ކަމަށް ފޯމުގައި ޖަހާފައިވުމާއި މަންމަ ނުވަތަ ބައްޕައާ އެކު ދިރިނޫޅޭ މީހުން ވެސް މައިންބަފައިންނާ އެކު އެއް ކޮޓަރީގައި ދިރިއުޅޭ ކަމަށް ލިއެފައިވުމުގެ އިތުރުން ދޮންދަރީން ވެސް ދަރީންގެ ގޮތުގައި ހިމަނައިގެން ގިނަ މާކްސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފްލެޓަށް އެންމެ ހައްގުވެރިން ހޮވީ މި ހުރިހާ ކަމަކަށް ވެސް ބަލާފައި ކަމަށާއި ފްލެޓް ދިނުމުގައި ވަކި ބަޔަކަށް ދޭންވެގެން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ފްލެޓް ދީފައިވާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަމުންދާތީ އުފާކުރައްވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ފްލެޓް ދީފައިވާ އިންސާފުވެރި އުސޫލަކީ، ނޫސްވެރިން ވެސް އެކަން ފާހަގަކޮށް ރަންއަކުރުން ލިއަން ޖެހޭ ފަދަ ބޮޑު މަސައްކަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު
20 September 2017
ޤިޔާމަތް ދުވަހު ތިބާ ﷲ ގެ ދަރުބާރަށް ޙާޟިރުކުރެވި ސުވާލުކުރެވޭހިނދު ޖަވާބުނުދީ ފިލަން ދާނެ އެއްވެސްތަނެއް ނޯންނާނެ. އެދުވަހު ނަފްސީ ނަފްސީ ގޮވަމުންދާއިރު މިއީ ދުނިޔެމަތީގެ ސުވަރުގޭގެ ޢިމާރާތްތަކުގެ ވެރިއާއޭ، ލުއިކޮށްދޭށޭ ދެންނެވުމަކުން ކުރާނެ ފައިދާއެއް ނޯންނާނެ!
ޢާރސްލޮހް
19 September 2017
ތިވެދާނެ ރަގަޅައްދިވެހިބަސްނޭގެނީކަމައްވެސް
ޔޯހ ޔޯހ
19 September 2017
މަ ހެދި ގޮތެކީ މެޑޭމް އޮފީހުން ގުޅޭ އިރައް އެމީހުންނަށް ނޭހެނީސް ސެރުކޭރުގެ ގެޓު ވޭހެކެ ދެއްކީ. ފުލޭޓް ލިބިއްޖެ.
ރިއަލީ
20 September 2017
ތިޔަގޮތަށް ހައްގުނުވާ ފްލެޓް ހޯދުމަކީ އެއްވެސް ގޮތަކަށް ފަޚުރުވެރިވާންވީ ކަމެއްތަ؟ މިސަރުކާރުގެ ގޯސްކަން ދައްކަން ނޫނީ އަމިއްލަ އެދުމާ ހެދި ތިޔަ ހެދި އަނެއް ގޯހުން އެހެން ބައެއްގެ ހައްގަށް ތިޔަ އަރައިގަތީ. ސަރުކާރު ގޯސް ވާހަކަ އެކަނި ދެއްކެން އެބައޮތްތަ؟ ތިޔަ ޒާތުގެ ފީކަޅާ ކަންކަން ކޮށްގެން ނުސީދާކޮށް ފްލެޓް ހޯދި އެންމެންވެސް އަސްލު ލިބެންވާ މީހުންގެ ހައްގުތަކަށް އަރައިގަތުމުގާ ޝާމިލުވޭ އެބަ ސަރުކާރެކޭ އެއްވަރަށް.
މަރީނު
19 September 2017
ކާކު އޭނަކުރި ވައްކަމެއްގެ ވާހަކަ ދައްކާނީ؟ ކޮރަޕްޝަން ހައްދު ފަހަނަޅާ، ކޮންމެ ކަމެއްގައިވެސް މަކަރާ ހީލަތާ އޮޅުވާލުން.. ތިކަންތައް ފަޅާ އަރާނެ ދުވަހެއް އަންނާނެ!!!
އަހުން
19 September 2017
ސިކުނޑިން ވިސްނާލީމަ އެނގުނު އެއްޗަކީ ކަމެއް ސިއްރުކުރާނީ ކަމެއް ފޮރުވަންވެގެންކަން،
ނޫނޭ
19 September 2017
"އަދި މިނިސްޓްރީގެ ޓީމުތައް ގޭގެއަށް ގޮސްގެން ވެސް މައުލޫމާތު އެއްކޮށްފައިވާނެ ކަމަށާއި ނުދެވޭ ގެއެއް ހުރި ނަމަ އެގޮތަށް ދިމާވެފައި ވާނީ، މިނިސްޓްރީން ތަކުރާރުކޮށް ގުޅައިގެން ނުވަތަ މައުލޫމާތު ސާފުކުރަން އެދިގެން ވެސް ޖަވާބު ނުލިބުމުން ކަމަށް ވިދާޅުވި އެވެ." ކަނޑައެޅިގެން ބޮޑު ދޮގެއް ތީ! މުއިއްޒުއަސް ދޮގު ހެދުނު ކަމަށްވާނީ ކިހާ ވަރަކަށް ދޮގުުހެދީމަ.
އަލީ އަލީ
19 September 2017
ގައިމުވެސް މަށަށް އެއްފަހަރުވެސް ނުގުޅާތީ މިދިޔަ ޖުލައި ގަ މައުލޫމާތު ސާފް ކުރަން ދިޔައިމަބުނީ އަދި ނުނިމެޔޭ އިއުލާނު ކުރާނީ ހުރިހާ ކަމެއް ނިމުނީމޔޭ. އެފަހުންވެސް ނުގުޅަ. ދެން ކުރީ އިއުލާން. ފަހުން އެގުނު މީ ގިނަބައެއްގެ ހާލު ކަން
ޢައްޕު
19 September 2017
ކަދުރުބެހިޔަސް މިގޮތައްމިވަނީ، ސަރުކާރު ހަޒާނާޔައްވެސް މިހެންމިވަނީ، ފުލެޓު ތައްވެސް ވަކި ރަންގަޅައް ދާނެތަ؟ ފުލެޓު ދިން ގޮތް އިންސާފުވެރިކަމުން ގޮސް އެދިން ގޮތް އެއޮތީ މުއިޒު އެކަން ސިއްރުކޮއްފަ.
ސާދާސީދާ
18 September 2017
ރައީސް ދެއްވި ފައިސާއިންތޯ ނުވަތަ އެމްއެމްޕީއާރުސީ އިން ލިބުނު ފައިސާއިންތޯ ރޯ ހައުސް ބައްލަވައިގަތީ؟
ބޮޑުރިޔާ
18 September 2017
ކެއްކޮށްލާ 2018 ނޮވެމް ބަރުގެ ފަހުން އިރާދަކުރެއްވިއްޔާ ތިޖެހިސަކަރާތް ސާފުވާނެ
ޕޮކަންޑިމޭން
18 September 2017
ކޮންމެހެން ބުނަން ޖެހޭތަ؟ އެއްވެސް ދިވެއްސަކު ހާސްވާކަށް ނުޖެހޭނެ ފްލެޓް ނުލިބިގެން. ކިޔޫގައި ބަސް އަހައިގެން ތިބޭ. ރައީސް ޔާމީންގެ ދެވަނަ ދައުރު 2023 ގައި ނިންމާލާއިރު ދިވެހިރާއްޖެއަކު ނުހުންނާނެ ފްލެޓް ބޭނުންވެ ނުލިބޭ އެކަކުވެސް. މިއީ އަމިއްލަ މައިންބަފައިން ޔަޤީންވާ ފަދައިން ކަށަވަރު ކަމެއް. ރައީސް ޔާމީންގެ އުމްރާނީ ތަރައްޤީގެ ދުވެލި ހުރީ ފުއްލާ ސްޕީޑްގައި. ކުރީގެ ސަރުކާރުތަކުން އެޅި ފްލެޓްތައް ދެތިން ސަތޭކައިން ގުނުނު ކަމުގައިވިޔަސް މިވެރިކަން ނިމޭއިރު ފްލެޓްތަކުގެ އަދަދު ލައްކައިން ގުނަންޖެހޭނީ.