ޓެރަރިޒަމްގެ ކުށުގައި ޖަލަށް ހުކުމް ކޮށްފައި ހުންނެވި އިމްރާން. އޭނާ އަނެއްކާވެސް ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ކަރެކްޝަނުން ބުނޭ. -- ފޮޓޯ: ނިޝާން އަލީ /މިހާރު
21 ސެޕްޓެމްބަރ 2017 - 23:55
މާފުށީ ޖަލުގައި ދިގުމުއްދަތުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނެއްކާވެސް ގޭބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށްލާފައިވާ އިމްރާން މިދިޔަ ރޯދަ މަހަށް ވެސް ގޭބަންދަށް ބަދަލުކުރި އެވެ. ރޯދަ މަސް ނިމުމާއެކު އަނބުރާ ޖަލަށް ގެންދިޔައީ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އިމްރާން ގޭބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށެވެ. ގޭބަންދަށް ބަދަލުކުރި މުއްދަތެއް އަދި އެކަމުގެ އިތުރު ތަފްސީލެއް ވެސް ނުދެއްވި އެވެ.
އެކަމަކު އަދާލަތު ޕާޓީން ބުނިގޮތުގައި އިމްރާން ގޭބަންދަށް ބަދަލުކުރިއިރު އޭނާ އަށް މިއަދު ވަނީ ފިރިހެން ދަރިއަކު ލިބިފަ އެވެ.
Mi ufaaveri aa aharu, Allah ge rahmathun Adhaalath Party ge raees Sheikh Imran Abdulla ah, firihen kujjaku libijje.
— Adhaalath Party (@AdhaalathOffice) September 21, 2017
ރޯދައަށް ގޭބަންދަށް ބަދަލުކުރުމުގެ ކުރިން އިމްރާން ހުންނެވީ، މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގަ އެވެ. އެ ތަނުގައި ބައިތިއްބަނީ ސިޔާސީ މަގާމުތަކުގައި ތިއްބަވަނިކޮށް ހުކުމް އިއްވާފައި ތިބި މީހުންނެވެ. އެކަމަކު ފަހުން ގެންގޮސް އޭނާ ބެހެއްޓީ މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި ހުކުމް އިއްވާފައި ތިބި ކުށްވެރިންނަށް ހާއްސަކޮށްފައިވާ ޔުނިޓްގައި ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ. އެއީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ އެ ޕާޓީން އެކަން ކުށްވެރި ވެސް ކުރި އެވެ.
ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެފައިވާ ގޮތުގައި އިމްރާނަށް ޖަލުން ދެމުން އަންނަ އިނާޔަތްތައް ކަނޑައިލީ އެއްބަސްވުމާ ހިލާފްވެ، މީޑިއާ އަށް އިންޓަވިއު ދެއްވުމުންނެވެ. އިމްރާން ރޯދަ މަހަށް ގޭބަންދަށް ބަދަލު ކުރުމުގެ ކުރިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އިމްރާނަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އިމްރާން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަނިޔާ އިން ސަލާމަތްވާނީ ރައްޔިތުންގެ ހިތްވަރާއި ކެތްތެރިކަމުން ކަމަށެވެ. އެހެންވެ، ފަހަތަށް ނުޖެހި ތިބުމަށް ވެސް އިމްރާން ގޮވައިލެއްވި އެވެ.
އިމްރާން ޖަލަށް ލާފައިވަނީ މެއި، 2015 ގައި އަދާލަތު ޕާޓީ އިސްވެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވިކަން ސާބިތު ވެގެންނެވެ. އެ މައްސަލައިގައި އޭނާ ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާ އިރު އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އިމްރާންގެ ވަކީލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރި
23 September 2017
އަނެއްކާވެސް ދަރިޔަކު ހޯދުމަށް ފުރުސަތު ދިނުމަށްޓަކައި....
ގުޑް ޑީލް
22 September 2017
ޔަގީނޭ ޑީލެއް ކަން...
ފޫހި
22 September 2017
އަޒްލީނޫން އިންސާނުން އަޅުވެތި ވާނީ ތިޔަހާކަށްވަރަށް. ނަސީބެއްނު ނޭވާލުމުގެ ހައްގު ދީފައިވާކަން. ކަލޭމެން ނުދައްކާވާހަކައެއް އިދިކޮޅުމީހުންނެއް ނުދައްކާ. ދެން ކަލޭމެންވެސް ޖަލަށް ލާންވީނު.
ދުންމާރި
22 September 2017
އަބަދަކު އެއްގޮތެއް ނުވާނެކަން ދަންނާތި
ވިއުސް
22 September 2017
އިމްރާން އަނެއްކާ ގޭ ބަންދަށް ބަދަލު ކުރުމުން ތަމެންނަށް އެއްޗެއް އަންޑަރ ސްޓޭންޑް ވާނެ ކަމަށް މަމެން މިދެކެނީ.
ށަހާ
22 September 2017
މަރުހަބާ ޝެއިހް ޢިމްރާން
ކެޔޮޅު
22 September 2017
މީން ވެސް އިގިގެން ދަނީ މި ސަރުކާރުގެ އޯގާތެރިކަން ސުކުރިއްޔާ ރައީސް ޔާމީން
އައްޔާ
22 September 2017
މިސަރުކާރުން ވަރަށް އަޑަށް ބާރުލާފައި ބުނާނެ ގާނޫނޫނު އެއްމެނަށް ހަމަހަމަކަމާއެކު އަމަލު ކުރާނަމޭ. އެކަމަކު މިފެންނަނީ ސާބިތުވެފަތިބި ބޮޑެތި ޓެރަރިސްޓުން އިރުއިރުކޮޅާ ގެއަށް ގެނެސް ހަދާތަން. މިކަން ޖަލުގައި ތިބި އެއްމެނަށް ހަމހަމަކަމާއެކު ނުލިބޭ. މިހެން މިކަން ހިނގައިގެން ނުވާނެ. ސަރުކާރުން އެބަޖެހޭ އެއްމެނަށް ހަމަހަމަވާން މިކަމުގައި. ވަކިމީހަކަށް ވަކިގޮތެއް ހެދިގެން ނުވާނެ.
ޟއިދު
22 September 2017
ބާޣީ !!!
ސިއްތިއިބުރާހިމު
22 September 2017
އަޒުލީނު ފުރަތަމަ ކުރެވޭ ކަންތަކާ ނުކުރެވޭ ކަންތައް ކިޔަވަންދާން ފެންނަނީ ސައިޒު އޮޅެނީ ކީއްވެތަ މަގާމެއް ލިބޭއިރައް އެމްޑީޕީ ވެރިކަމުގަ ޔާމިނު ދައްކާފަ ހުރިވާހަކަތައް އަޑުއަހާލަބަލަ އޭރުން އެނގޭނެ ބުރިވަރު އެލިފަ އޮތްވަރު ބޮޑީކާކުކަން