ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ރޮޒެއިނާ ވާހަކަ ދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
25 ސެޕްޓެމްބަރ 2017 - 20:12
ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތަކުގެ އަގު މާލެއަށް ވުރެ، ރަށްރަށުގައި ބޮޑުކޮށްފައިވާތީ އެ އަގުތައް ކުޑަކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ގޮވާލައްވައިފި އެވެ.
އައްޑޫގައި މާލެއަށް ވުރެ، ތިން ގުނަ އަގުބޮޑުކޮށް ފެނަށް ޗާޖް ކުރާ ކަމަށް ބުނެ، ރޮޒެއިނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އައްޑުއަށް ނަރުދަމާގެ ހިދުމަތް ނުދެވި އޮއްވާ ފެން ޓަނަކަށް 65 ރުފިޔާގެ ރޭޓުން އެންމެ ދަށް ބޭންޑްގައި ޗާޖު ކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ އަގަށް ވުރެ ގިނަ ގުނަ ބޮޑު އަދަދެކެވެ.
"މިކަމުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ފެށުމުން ފެނަކަ އިން މައުލޫމާތު ދީފައިވަނީ މި އަގަކީ މާލެ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެސް މި ހިދުމަތް ދެމުންދާ އަގު ކަމަށެވެ،" ރޮޒެއިނާގެ ބަޔާނުގައިވެ އެވެ.
ރައްޔިތުން ސަރުކާރަށް ޓެކްސްތައް ދައްކަމުން އަންނަނީ އެއް މިންގަނޑަކުން ކަމަށް ވިޔަސް މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށް ވުރެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވުމުން ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ވެސް ނިސްބަތް ވެސް މަތި ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އަސާސީ ހިދުމަތެއްގެ އަގު މާލެއަށް ވުރެ ބޮޑުކޮށް އެހެން ރަށްރަށުގެ ރައްޔިތުންގެ އަތުން ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. އެއީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮޑިޓަ ޖެނެރަލް އޮފީހުން ދާދި ފަހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމަށް ވިދާޅުވެ، އެ ކުންފުންޏަށް ވެސް ރޮޒައިނާ ފާޑުވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަން ހިންގަން ފައިސާ ހޯދަން ނިކަމެތި ރައްޔިތުން އަތުން ފެނާއި ކަރަންޓުން ބޮޑު އަގު ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ގޮވާލެއްވީ ފެނަކަ އިން ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު މާލެއާ އެއްވަރަށް މިހާރުން މިހާރަށް ކުޑަކޮށް ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރާބަރު
26 September 2017
ފެނުން އެކަންޏެއްނޫން ބޮޑު އަގުނަގަނީ. ކާޑު، ތެޔޮ، ކަރަންޓް މިހުރިހާއެއްޗަކުންވެސް އަތޮޅުތަކުގެ ރައްޔިތުން ބޮޑު އެއޗެއް ނަގަމުން މިއަންނަނީ. ދުނިޔޭގެ އެހެންގައުމުތަކުގައިވެސް އޮންނަފަދައިން އަސާސީ ޚިދުމަތާއި ކޮންޓްރޯލް ކުރެވިފައިވާ މުދަލުން ހުރިހާ ރައްޔިތުން އަތުން އެއްރޭޓެއްގައި އަގުނެގެންޖެހެނީ.
އއައއަސަސެސދސދ
26 September 2017
އަޅުގަނޑުވެސް ރޮޒައިނާގެ ވާހަކައަށް ތާއިދުކުރަން.
އޮރިޖިނަލް
26 September 2017
އައްޑޫ މީހުން ފެންނަނީ ހަމަ އެކަނި ރައީސަކު ހޮވަން ވީމާ، އެހެން ގޮތަކުން އައްޑޫ މީހުން ނުފެންނާނެ. އައްޑު އަށް އެކަވެސް ހެޔޮބަދަލެއް ނުގެންނާނެ. އެކުސްރޭ ނަގަން މާލެ. ސްކޭން ހަދަން މާލެ. ދަތެއްނަގަން މާލޭ. ހިތުގެ ޑޮކްޑަރަށް ދައްކަން މާލެ .މިހެން ގޮސް ކިޔާނެ ކަމެއްނެއް .މިވެރިން ބުނެފަ އޮންނަނީ ދިޔަ ދޮއި ގަނޑެއްގެ ދެކޮޅުން ފެންފައިބާ ގޮތެއް އޮވެގެން ނުވާނެއޭ. އައްޑޫ މީހުންނަށް ރަނގަޅު ގޮތެއްވެގެން އަތޮޅަށް ގޮސްފިއްޔާ ދެން ރަސްބިސް އަޅާ ކުކުޅު ގެއްލޭނެ.
ހަމަބުނެލީ
26 September 2017
ކީއްވެތޯ މާލޭ ގެތަކުގެ ކުލި ރާއްޖެތެރޭގެ ގެއެއްގެ ކުއްޔާ އެއްވަރަށް ކުޑަކުރަން ނުގޮވަނީ؟ ކީއްވެތޯ ވަކި ލިމިޓެއްގެ ދަށުން މާލޭގެ ގެތައް ކުއްޔަށް ދޭން ނުގޮވަނީ؟
ބޯގޯސް
26 September 2017
ހަމައެކަނި ފެނެއް ނޫން. އެއްމެ އަގުބޮޑުކޮއް ކަރަންޓް ދެނީވެސް އައްޑޫ މީހުންނަށް. އައްޑޫ މީހުންނަށް އަގުކުޑަ ކޮއްދީފިނަމަ މިމީހުންނައް އެގޭ މާލެ ނުވާނެކަން އެއްޗެކައް އަޑިއަޅާނެކަން.
ޑޮނާޑު
26 September 2017
އަހަރެން ހިތަށް އަރަނީ މިމަންޖެގެ ލަދުހަޔާތް ކޮބައިބާވައޭ.
ބޯގޯސް
26 September 2017
ފޮރުވާފައި އޮޮތީ.
އިންނަފިނޮޅު
26 September 2017
ވަރަށް ބޮޑު ތެދެއް އެސްޓީ އޯއިން މި ވިއްކާ ދަރަނި ކާޑު މާލޭގަ 3.50ރ އަށް ހުރި ކާޑު ފާއިބި އަހަރު ނުވަރުފިޔާއަށް ހަދާ މާލޭގަ ވިއްކާއިރު މި ހޯރަފުށީގަ ހަނޑޫކިލޯއެއް މިލިބެނީ 10 ރުފިޔާ އަށެެވެ.އެހެން ނުވާންނީ ކީއްވެހެވެ. މާލޭން ކަޑުބަސްތާ ގަތުން އެސްޓީއޯއިން އެސްޓީއޯއިން މާލެ ދަތުރުކުރާ އުޅަނދަށް ގެންދިޔުން ޕިކަޕް 40 ރުފިޔާ މާލެ ދަތުރުކުރާ އުޅަނދަށް އެރުވުން ބަސްތާއަކަށް 20 ރުފިޔާ ރަށު ޖެޓީން ފިހާރައަށް ޕިކަޕަށް 40 ރުފިޔާ މިހުރީ އިތުރުވާ ޢަދަދު ތަކެވެ. މިޢަދަދުތައް ނުހިމަނާ ނުވިއްކޭނެ އެވެ. މިސާލަކަށް ރަންދޯދި ފިހާރައަށް މިފަހަރު މިގެނައީ 10 ބަސްތާ ހަނޑުލެވެ.
އަަަަަ
26 September 2017
ކަރަންޓާއި ފެނުގެ ރޭޓްތައް މާލެޔަށްވުރެން ބޮޑުކޮށް ރަށްތަކުގައި ބިލްކުރުމަށް ފާސްކުރީ 2009 ވަނަ އަހަރު އެމް،ޑީ.ޕީ ސަރުކާރުން ދެން މިހާރު މިމީހުން މިކިޔަނީ ކޭކޭބާ
ސަމާލުކަމަށް
26 September 2017
މިހާރު ވެރިކން ކުރަނީ އެމް.ޑީ.ޕީ އަކުން ނޫން. އަދިވެސް ދަންނަވަން މިހާރުގެ ގާނޫނު އަސާސީ ވެސް އެއޮތީ އެމް.ޑީ.ޕީ ގެ ވެރިކަމުގައި އޮތްގޮތަކަށް ނޫން. ރެކެން ނޫޅޭ.
ދޮގެއްތަ؟
26 September 2017
ރަށްރަށުގެ އަގުތަކާ އެއްވަރަށް މާލޭގެ އަގުތައް ކުޑަކުރަން ގޮވާލާކަށް ނުކެރޭނެ. ނުކެރޭނެ. ހަމަ ނުކެރޭނެ.
ދޮންތުއްތު
26 September 2017
މި ދެން ކާކުތަ؟
ކަލޭ
26 September 2017
ތިޔައީ ވަކި ކާކު ؟
ބައިރޯ
26 September 2017
މަޖުލިސް މެންބަރެއް ނޫން ހަމަ ނެއެގޭ