އިދިކޮޅު ޕާޓީގެ ބައްދަލުވުމެއް ކުނޫޒުގައި ކުރިއަށް ގެންދަނީ: ސިޔާސީ ޕާޓީތަކަށް މިދިޔަ އާދިއްތަ ދުވަހު ފައިސާ ދޫކޮށްފައިވާ ކަމަށް ފިނޭންސުން ބުނޭ
29 އޮކްޓޯބަރ 2017 - 13:06
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ކަނޑައެޅި ފައިސާ މިދިޔަ އާދިއްތަ ދުވަހު އެ ޕާޓީތަކަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި އަހަރަށް ފާސްކުރި 27 ބިލިއަން ރުފިޔާގެ ބަޖެޓުން ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ ޕާޓީތަކަށް ކަނޑައަޅާފައިވާއިރު، އެ ފައިސާ ނުލިބިގެން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް، އެމްޑީޕީން މި މަހު 12ގައި ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ. އަދި ފައިސާ ދޫކޮށްފި ކަމަށް މިދިއަ ހަފުތާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވުމުން އެއީ އިތުރުފުޅެއް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުންޏެވެ.
އެކަމަކު ފިނޭންސް މިނިސްޓްރީން ބުނީ ހަތަރު ޕާޓީއަކަށް 23 މިލިއަން ރުފިޔާ ދޫކުރީ އޮކްޓޯބަރު 22، މިދިޔަ އާދިއްތަ ދުވަހު، ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި ވެރިކަންކުރާ ޕީޕީއެމަށެވެ. އެ ޕާޓީ އަށް 10 މިލިއަން ރުފިޔާ ޖަމާކޮށްދިން އިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ލިބުނީ 7.4 މިލިއަން ރުފިޔާ އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް 2.7 މިލިއަން ރުފިޔާ ލިބުނެވެ.
އިދިކޮޅު ޕާޓީއެއްގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އެ ޕާޓީއަށް ފައިސާ ޖަމާކުރިކަން ފިނޭންސް މިނިސްޓްރީ ނުވަތަ އިލެކްޝަންސް ކޮމިޝަނުން ވެސް އަަންގާފައި ނުވާ ކަމަށެވެ.
"މިއީ ސަޕްލިމެންޓަރީ ބަޖެޓަށް ފިނޭންސް މިނިސްޓަރު ވާހަކަ ދައްކަވަން ވެގެން ކުރެއްވި ކަމެއް. އަޅުގަނޑުމެންނަކަށް ނެތް ކުރިއަކުން އަންގާފައެއް ޖަމާކުރި ކަމެއް. އެކަމަކު މިހާރު ޖަމާކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން އިން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
29 October 2017
ވަގުތު ޖެހިއްޖެ !! ފައިސާ ކީއްކުރަން .. ވެރިކަންދޫކޮށް “ރައްޔިތުންބޭނުންވާ ގޮތަށް ކެެއަރޓޭކަރ ޤަވަރުމަންޓެއް އުފެއްދުމަށް” އަދި ޖެހޭނެ ވެރިކަން ދޫކުރަންވެސް. ދެން ގަދަދައްކައި ބާރުތަކުގެ މައްޗަށް ވެރިވެގަނެ އަޗާތަޅާކަށް ފުރުސަތެއް ނުލިބޭނެ. ޤާނޫނަށް ފުރަގަސްދީ ޤާނޫނު އަސާސީ ކޮށާލި އެންމެން އެކަކުވެސް އިސްތިސްނާ ކުރުމެއްނެތި އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދެވޭނެ.
އުމަރު
29 October 2017
އަޅުގަނޑު މީގެ ކުރިން ކޮމެންޓްކުރިން ސިޔާސީ ޕާޓީތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފައިސާ ނުދެންޏާ ފިނޭންސް މިނިސްޓަރު އަދި ފިނޭންސް ގޮވައިގެން ކޯޓަށް ދިއުމަށް، އަދި މިހާރު ބަލަންޖެހޭ ފިނޭންސް މިނިސްޓަރު ޕީޕީއެމަށް ފައިސާދޫކުރި ތާރީހާއި މިހާރު އެހެން ޕާޓީތަކަށް ފައިސާދޫކުރި ތާރީހް، އެތާރީހްތަށް ދިމާނުވަންޏާ އަދި ފިނޭންސް މިނިސްޓަރު ފައިސާނުދީ ހިފަހެއްޓުމުގެ ސަބަބުން ޕާޓީތަކަށް ލިބުނު ގެއްލުން ހޯދުމަށާއި، ފިނޭންސް މިނިސްޓަރު ސަޕްލިމެންޓް ބަޖެޓު ހުށަހެޅި ދުވަހު ހެއްދެވި އިތުރުފުޅު މަޖިލިހުގެ ކޮމެޓީތަކަށް ފޮނުވައި އެމަނިކުފާނުގެ އިތުރުބާރު ނެއްކަމުގެ ވޯޓެއް ނެގުމަށްވެސް މިހާރު ޤާނޫނީގޮތުން މަޖިލިހުގެ މެންބަރުންނަށް ވާޖިބްވާނެ، ދައުލަތުގެ މާލީކަންކަން ބަލަހައްޓަން ހުވާކޮށްގެން ހުންނެވި ބޭފުޅަކު ކަނޑައެޅިގެން ޤާނޫނާއި ހިލާފްވީމަ އެކަން ބަލަންޖެހޭނެ
ހަސަނާފ
29 October 2017
ކީއްކުރަންހޭ ފައިސާ ދެނީ ތަޅާފޮޅޭލެއް މަދީހޭ. ކަލޭމެން ދޭ ބަލަ ބޮނބިތަޅަން
ރީޒަން
29 October 2017
"ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫގެ ވަފުދެއް އަންނަނީ"
ޔާމިން
29 October 2017
އެންމެ ގިނަމީހުން ތިބި ޕާޓީ އަކީ އެމްޑީޕީ ބަޔަކު ނުފޫޒުގެ ބޭނުން ކޮއްގެން ޕީޕީއެމް ވަނީ އެންމެ ގިނަމީހުން ތިބި ޕާޓީ އައް ހަދާދީފަ
ާަަަފައިސާ
29 October 2017
ދައުލަތުގެ ހަރަދުން ކީއްކުރަން ދޭހާ ފައިސާއެއް ތީ...މާ ރަނގަޅު ވާނެ ތިފައިސާ ގޮސް ކަނޑަށް އެޅިނަމަވެސް...ދިވެހި ރައްޔިތުންނަށް ހެވާ ލާބަ އަށް މަސައްކަތް ކުރާ އެއްވެސް ބަޔަކު ނެތް ތިތާނގަ...ތިޕާޓީ ތަކުގަ އުޅޭ ބޮޑަތި މީހުން ގެ ޖީބައް ބަރު ކުރަން ދޭ ފައިސާ އެއް ތީ...އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރަނީ ވެރިކަމާ ހެދި...ވެރިކަން ހޯދުނީމަ ލިބޭނެ ވިޔަ ރައްޔިތުންގެ ލާރި ގަނޑު ބަނޑައް އަޅަން...ތިފައިސާ އިން މާރަނގަޅު ވާނެ ހާލުގަ އުޅޭ ދިވެހި ރައްޔިތުންނަށް އެހީތެރި ކަމެއް ފޯރު ކޮއްދިނިއްޔާ...މާތްﷲ ހަރާން ތަކެތީގައި ބަރަކާތް ތެރި ކަމެއް ނުލައްވާނެ...ޝުކުރިއްޔާ
ޑޮކްޓާރ
29 October 2017
ރާއްޖޭގެ އެންމެ ސޮއެ ގިނަ ޕާރޓީއައް ޕީޕީއެމް ވެދާނެ... އެންމެ ބޮޑު ޕާރޓީއަކީ އަދިވެސް އެމްޑީޕީ
އަލީ!
29 October 2017
ބިރުން ކޮށްފަހުރި ސޮއެ ގިނަވާނީ
ރަދީފް
29 October 2017
''އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި''. މި އޮކްޓޯބަރ އެއީ ފުރަތަމަ 3 މަސް ދޯ.
ތަމް
29 October 2017
އަހަރުގެ ފުރަތަމަ 3 މަސްދުވަސް ތެރޭގައި ކުރަންޖެހޭކަމެއް އަދި ކިރިޔާ މިކުރެވުނީ... ގޫގަލް ސްޕީޑު ގޯހެއް ނޫންތާ...
ރޮކެޓް ސައިންސް
29 October 2017
ތީ އަދި ގަބޫލުކުރަން ދަތި ވާހަކައެއް