އިންޑިއާގެ ފޮރިން ސެކްރެޓަރީ، ރައީސް ޔާމީންއާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2017 - 11:11
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެމެރިކާގެ ޑިޕްލޮމެޓުން އިންޑިއާގެ އިސް ބޭފުޅުންނާ އެކު، މިދިޔަ ބުރާސްފަތި ދުވަހު މަޝްވާރަކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. ސުބްރަމަންޔަމް ޖައިޝަންކަރު ބައިވެރިވެޑައިގެންނެވި އެވެ.
އެ ދެ ބޭފުޅުންގެ މަޝްވަރާގައި ވަނީ، ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނާ މެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދާތީ އެކަމާ ވެސް އިންޑިއާ އާއި އެމެރިކާގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ޑިޕްލޮމެޓުން ފާހަގަކުރި އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވެންނެވުމަށް ސަލާމަތީ ބާރުތަކުން ހުރަސް އެޅުން ކަމަށް ނޫސްތަކުގައިވެ އެވެ.
އެގޮތުން ސަލާމަތީ ބާރުތަކުން މެމްބަރުންނަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ޑިޕްލޮމެޓުން ފާހަގަކުރި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވެ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އެންމެ ބޮޑަށް ކަންބޮޑުވި އެއް ބަޔަކީ އެމެރިކާގެ ޑިޕްލޮމެޓުންނެވެ.
އެމެރިކާގެ ކަންބޮޑުވުންތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު "ދަ ހިންދު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ރާއްޖޭގެ ކަންކަން ހިނގަނީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގެ އެއްވެސް ބަޔަކު ބެހިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޑިޕްލޮމެޓުން ވަނީ ޗައިނާގެ ނުފޫޒު ރާއްޖެ އަށް ވަރަށް ބޮޑަށް ގަދަވުމާއި ޗައިނާގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި އިންވެސްޓް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައިފަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރާއްޖެއާ މެދު އެމެރިކާ އިން ފާޅުކުރި ކަންބޮޑުވުންތައް، އިންޑިއާ އިން ވެސް ފާޅުކުރާކަން އަދި ސާފެއް ނޫނެވެ.
މީގެ ދެ އަހަރު ކުރިން 2015 ގައި އިންޑިއާގެ ބޮޑުވަރީ ނަރެންދުރަ މޯދީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމެވި އެވެ. އެކަމަކު މޯދީ ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ފަހު ވަގުތު ކެންސަލް ކުރެއްވި ފަހުން މިހާތަނަށް އައިއިރު، ދަތުރުފުޅު ކުރައްވާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮކްތެރެޕީ
06 November 2017
ރާއްޖެ ކުރިއަރާނީ އިންޑިއާގެ ނުފޫޒުން އެކެހެރިވެގެން ޗައިނާ މިރާއްޖެ ކުރިއަރުވާތީ އެކަމާ އުފާކުރަން.
ރާއްޖެ
06 November 2017
އަހަރެމެންވެސް ވ ކަންބޮޑުވޭ އިންޑިޔާގަ އެތައް މިލިޔަން ބަޔަކަށް ކަަރަންޓްގެ ޚިދުމަތް ނުލިބުމާއި، ފާޚާނާ ކުރެވޭނެ ނިޒާމު ނެތުމާއި، ފަގީރުން ގިނަވުމާއި، ކޮރަޕްޝަނާއި، ރޭސިޒަމްއާއި، ނޫސްވެރިން މަރާލުމާއި، ހައްދު ފަހަނައެޅި ހިންދޫން މުސްލިމުން މެރުމާއި، ކުޑަކުދިންނާއި އަންހެނުން ރޭޕްކުރުން އާންމުވުމާއި، މިކަހަލަ ކިތައްމެ ކަމަކާއި ހުރެ.....
ތުއްތޫ
05 November 2017
އިދިކޮޅު ފަރާތްތަކާއި ދޭތެރޭ ސަރުކާރުން ގެންގުޅުއްވާ ހަރުކަށި ސިޔާސަތާއި ދޭތެރޭ އަހަރެން ވެސް ކަންބޮޑުވޭ
މުރާސިލް
05 November 2017
އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެވަޑައި ނުގަތީމާ އަހަރެމެން މިތިބީ ނުކައި ބަޑަށް ހެއްޔެވެ؟ ތިޔަ ހެން މަސްވަރާ ކޮށްކޮށް ތިބޭށެވެ. ޢިންޑިޔާއަށް ހީވަނީ އަދިވެސް ދިވެހިރާއްޖޭގެ ރައްޔިތުން ތިބެންވީ އައިޖީ އެމްއެޗަށް އެމް.އާރު.އައި މެޝިނެއްދޭތޯ އިންޑިޔާއަށް ސަލާން ޖަހާލަ ޖަހާލަކަމަށް ހެއްޔެެވެ؟ ޢެދުވަސްމިހާރު މާޒީ ވެއްޖެއެވެ. ދިވެހިރާއްޖޭގައި މިހާރު 4 އެމް.އާރު. އައި. މެޝިން ހުންނާނެއެވެ. ބޭނުން އެއްޗެއް ނުހެދޭނެއެވެ.
ކަރީބކަނ
05 November 2017
މި މީހުންނާ ރާއްޖޭގެ ކަންކަން ހަވާލުކުރީ ކޮން ބައެއް. މި މީހުންނަކީ މި ގައުމުގެ ވަލިއްޔުލް އަމުރުގެ ކަންކަމާ ހަވާލުވެފައިވާ ބައެއްހެއްޔެވެ. މިމީހުންގެ ގައުމުތަކުގެ ހާލަތަށް ވުރެން އަހަރަމެންގެ ކަންކަން މާ ބޮޑަށްވެސް ރަގަޅޭ. ކޮސްގޮވަމުން ނަކަސް ތަޅަމުން މިމީހުން މިއީ ކޮން ކަމެއް ކުރާ ބައެއ ްހއްޔެވެ؟
އިބްނިއާދަމް
05 November 2017
1965 ވަނަ އަހަރު ރާއްޖެ އާ އެކީ މިނިވަންވި ސިންގަޕޫރު ފެނަވަރަށް ރާއްޖެ ނުގޮސްގެން ޝަކުވާކުރި މީހުންނަށް ވިސަނިއްޖެބާ ވީގޮތް ނުވަތަ ވަމުންދާ ގޮތް. ބަލަ ދިވެހީން މިނިވަންވީ ނަމަކަށް، އިޤްތިޞާދީ އަދި އިޖްތިމާޢީ މިނިވަންކަމެއް އަހަރުމެންނަށް ލިބޭކަށް އެމީހުން ނޭދޭނެ. ދުވެހިންވީ އަބަދުވެސް ލިބޭ ހުރިހާ އާމްދަނީއެއް އެމީހުންގެ ޤައުމަށް ހޭދަކޮށްކޮށް ތިބެން. ބޭސްފަރުވާވެސް ކުރެވެންވީ އެތަނުން، ހަނޑޫ ނާޅިއެއްވެސް، ހިލަބަސްތާއެއް ވެސް ލިބެންވާނީ އެމީހުންގެ ހެޔޮފުޅުކަމުން. ހިތާމަ އަކީ ދިވެހިންގެ ބަޔަކަށް އެހެރަ މިހިރަ ކަން ކަމަށް ނުވިސްނާތީ އަދި އެންމެ ބޮޑަށް ޚައިރާންވަނީ މިފަދަ ނޫސް ނޫހުގަ މަސައްކަތް ކުރާ މީހުންނަށްވެސް މިކަން އެނގޭކަމަށް ނުހަދާތީ. އަހަރުމެންގެ ތެރޭގައި ސިޔާސީ ތަޅާފޮޅުން ތަޅުވާފައި ހަމަނުޖެހުން އުފައްދާފައި ބާއްވައިގެން ނޫނީ މި ރާއްޖެއަށް އެމީހުން ގެ ނުފޫޒު ނުފޯރުވޭނެތީ ކުރާކަމެއްކަން އެނގެން ބޭނުންނުވާތީ.
ގެރެންޓީރައީސްނަޝީދު 2018
05 November 2017
ދިވެހިންގެ ރައީސް، އާދެ އަލްފާޟިލް މުހައްމަދު ނަޝީދު ލަންޑަން އަދި ލަންކާއިންވެސް ބައްދަލުވެގެންވެސް ވިދާޅުވީ "މުސްތަފާއެވެ. 2018 ގެ އިންތިހާބު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެއެވެ" ﷲ އަކުބަރު
ޤައުމު
05 November 2017
މީ އިންޑިއާގެ ސްޓޭޓެއްތޯ؟ އިންޑީޔާ މީހުން ހިތު ހުރިގޮތަކަށް ކުޅެންލަން ތިދިމާކުރަނީ. ހިތާމައަކީ ސިޔާސީ ކޮޅިގަނޑުގައި ޖެހި މިޤައުތަކުން މިރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ތިގޮތަށް އެހެން ޤައުމުތަކުން ވަންނަން އެއްބަސްވާ ބަޔަކުވެސް މިރާއްޖޭގައި ތިބީތީ. ދުނިޔޭގެ ކޮން ޤައުމެއްގައިތޯ އެޤައުމުގެ ކަންތައްތައްތަކުގެ ތެރެއަށް ތިގޮތަށް އަތްބާނަން އެއްބަސްވަނީ. އިންޑިޔާއިން ބޭނުންވަނީ އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ރާްއްޖޭގައި ބޭއްވުމަށް. އެއްގޮތް ނުވެއްޖިއްޔާ އަނެއް ގޮތަކުންވެސް ރާއްޖޭގެ ސިޔާސަތާ ބެހޭނެ.
މަހަށް
05 November 2017
އިންޑިއާ އަށް ވެސް އަދި އެމެރިކާ އަށް މިރާެއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭނިގަނެގެން ނޫޅެވޭނެއޭ ތަމެން ފެލި ފެލި ތިބެން އޭ ޖެހޭނީ ކެނެރީގެ ނަޝީދެއް ވެސް ދުލެއް ނުކުރާނަމޭ އަދި ފާރިޝް ވެސް ދުލެއް ނުކުރާނަމޭ. \
ކާފަ
05 November 2017
ދިވެހިރާއްޖޭގެ ދާހިލީކަންކަމާބެހޭގޮތުން ދިވެހިން ދައްކާ ވާހަކަތައް (ދިވެހިން އަޑުއަހަށް ބޭނުން ނުވާ) ބޭރުބަޔަކާ ހިއްސާކުރުމަކީ އެއްވެސް ދިވެއްސަކަށް ކުރެވިދާނެ ކަމެއް ހެއްޔެވެ؟