މި އަހަރުގެ އެންމެ އަލި ގަދަ ތަރިއަކަށް ހޮވުނު އާދަމް ނަސީމް: އޭނާ އަށް ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު.-- ފޮޓޯ: ޕީއެސްއެމް
06 ޖުލައި 2016 - 09:11
ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިނާމްތަކާ އެކު މި އަހަރުގެ އެންމެ އަލިގަދަ ތަރިއަކަށް ށ. ފޯކައިދޫ އަށް އުފަން އާދަމް ނަސީމް ހޮވިއްޖެ އެވެ.
ޓީވީއެމުން ރޯދަ މަހު ކުރި އަށް ގެންދާ މި ގުރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭގައި ނަސީމް އަށް އެންމެ އަލިގަދަ ތަރީގެ ޓްރޮފީއާ އިނާމް ހަވާލު ކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ނަސީމަށް ދިން އިނާމްތަކުގެ އަގު 1.9 މިލިއަނަށް އަރާއިރު، ޓީވީއެމުން ވަނީ އޭނާ އަށް ފަސް ލައްކަ ރުފިޔާ ދީފަ އެވެ.
އާދަމް ނަސީމާ ވާދަ ކުރި ހއ. އުތީމަށް އުފަން އިބްރާހިމް އިމާޒަށް ދެ ވަނަ ލިބުނުއިރު، މުބާރާތުގެ ތިން ވަނަ ހޯދީ ސ. މަރަދޫ އަށް އުފަން އަބްދުﷲ ތޯލިބެވެ.
މި އަހަރުގެ އެންމެ އަލިގަދަ ތަރި މުބާރާތުގެ ދެވަނަ ހާސިލް ކުރި އިމާޒް.-- ފޮޓޯ: ޕީއެސްއެމް
މިއީ ގުރުއާން މުބާރާތަކުން އެހާ ގިނަ އަދަދެއްގެ ފައިސާ ދިން ފުރަތަމަ ފަހަރެވެ.
ގަދަ ތިނަކަށް ހޮވުނު ބައިވެރިންނަށް އިސްލާމިކް ޔުނިވާސިޓީން ވަނީ ތިން އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރި ވާން ސްކޮލަޝިޕެއް ދީފަ އެވެ. އަދި މި މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ، އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އިން ހުށަހެޅި 1.3 މިލިއަން ރުފިޔާގެ އަގުހުރި ހެލްތު އިންޝުއަރެންސް ޕެކޭޖު ފަދަ އިތުރު އިނާމުތައް ލިބުނެވެ. ހާއްސަކޮށް، މިއިން ކޮންމެ މީހަކަށް ހައްޖު ދަތުރަކާއި ތިން ހަރަމްގް އުމްރާ ދަތުރެއް ވެސް ވަނީ ލިބިފަ އެވެ.
އެންމެ އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ތިން ވަނަ ހާސިލް ކުރި ތޯލިބު. - ފޮޓޯ: ޕީއެސްއެމް
ގްރޭންޑް ފިނާލޭގައި ޕީއެސްއެމް އިން ވަނީ އެންމެ އަލިގަދަ ތަރީގެ "ޖޫނިއާ" މުބާރާތެއް ވެސް ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އަދި ރައީސްގެ ދައުވަތަށް ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް އަންނަ އަހަރުން ފެށިގެން ބާއްވާނެކަން ވެސް އިއުލާން ކުރި އެވެ.
މިއީ ޓީވީއެމުން އެންމެ އަލި ގަދަ ތަރި ޕްރޮގްރާމް ބޭއްވި ހަތަރު ވަނަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމާ މުހައްމަދު
07 July 2016
ތިޔަފަދަ މާތް މުބާރާތެއް ކުރިއަށް ގެންދާތީ ޝުކުރުވެރިވަން. އެކަމަކު މި މުބާރާތް ބޭނުންކޮށްގެން ސިޔާސީ އެޖެންޑާ ޕްރޮމޯޓްކުރާތީ ވަރަށް ދެރަ. ޕީއެސްއެމްގެ ވެރިންގެ ގޮތުގައި ތިބި ހަލީލާ އިކުރާމްގެ އެނޫން މަގުސަދެއް ނެތް. މިފަދަ ކޮންމެ ކަމަކުން އެމީހުން ޕްރޮމޯޓްވެ އެމީހުންގެ މަގާމު ދިފާއުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއްކުރޭ. އެކަމަކު އެދެމީހުންގެ ހަގީގަތް ނޭނގޭ މީހަކު މިދިވެހި ފަސްގަޑުގަ ނުހުންނާނެ. ނިމުން ކައިރިވާ ވަރަކަށް އެދެމީހުންގެ އިވެންޓްތައް ގިނަވެ ވައި އަނގަ ގިނަވާނެ.
މެންޓަލިސްޓް
06 July 2016
މަރުހަބާ ﷲ ތިޔައެންމެންނަށް ހެޔޮރަހުމަތްލައްވާނެ ، ރީތިރާގުތަކަށް ގުރުއާންކިޔެވުމަކީ މަރަށްވެސް މިހިންމުކަމެށް ، އަދިއެއަށްވުރެ މުހިންމީ އޭގައި އޮތްއެއްޗެއް ބަލާދިރާސާކުރުން ، ވަރަށް ސަފްސީލްކޮށް ބަޔާންކޮއްފައިހުންނަ ކަންކަން ހުންނާނެ ގުރުއާންގައި ، މިސާލަކަށް ވުލޫކުރުން އޮންނަހެން ، ވީމާ ހުރިހާ އެންމެނަށްވެސް ގުރުއާންގެ މާނަދަސްކޮއްދެއްވާ ކިޔަވައިދިނުމަކީ ވަރަށް މުހިންމުކަމެށް ،
ފާރިޝް
06 July 2016
މަރުޙަބާ ހުރިހާ ބޭފުޅުންނަށްވެސް. އަދިވެސް ކުރިޔަށް ވަޑައިގަތުމަށް އެދެން. ކާމިޔާބީއަށް އެދެން.