ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ގދ. ތިނަދޫގައި ހަމަނުޖެހުން ހިންގަނީ-- ފޮޓޯ: ސައުދު އަލީ
22 ނޮވެމްބަރ 2017 - 19:45
ވެރިކަންކުރާ ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ގދ. ތިނަދޫއަށް ވަޑައިގެން ވަގުތު، ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ހަމަނުޖެހުން ހިނގީ ޕީޕީއެމްގެ ލީޑާޝިޕް ބޭފުޅުންތަކެއް އެ ރަށަށް ވަޑައިގަތުމުން "ވަގުންނަށް މަރުހަބާ" ޖަހާފައިވާ ބެނާއެއް ހިފައިގެން އެމްޑީޕީ ބަޔަކު އެސަރަހައްދަށް ދިއުމުންނެވެ.
"އެމްޑީޕީ މީހުން ތިބީ މާދަން ރޭ ޖަލްސާއަށް ތައްޔާރުވާން ބަނދަރު ސަރަހައްދުގައި. ތިބެފަ ޕީޕީއެމް މީހުން އައީމަ ބެނާ ހިފައިގެން އެތުރުނީ. އެހިސާބުން ޕީޕީއެމް ސަޕޯޓަރުންތަކެއް އައިސް އަރައިގަނެ ދެބައި މީހުން މާރާމާރީ ހިންގީ،" މަންޒަރު ދުށް މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ޕީޕީއެމްގެ ތިރީހަކަށް ސަޕޯޓަރުންނާއި ސަރުކާރާ ދެކޮޅު މަދުބަޔަކާ ދެމެދު ހިނގި މާރާމާރީގައި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބިފައިވެ އެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ސަރުކާރާއި އިދިކޮޅު ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގަނީ
ސަރުކާރާއި އިދިކޮޅު ހަރަކާތްތަކުގެ އިސް ބޭފުޅުން ތިނަދޫއަށް ވަޑައިގެންފައި އިދިކޮޅު ހަރަކާތުގެ ޖަލްސާއެއް އެ ރަށުގައި ބޭއްވުމުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށެވެ.
އަދި ތިނަދޫއަށް އިސްކަންދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ "ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ރޭ ވާހަކަ ދެއްކެވުމުން އެ މައްސަލަ ވެސް ހޫނުވެފައި ވަނިކޮށެވެ.
މިވަގުތު ޕީޕީއެމްގެ މަޖިލިސް ބައެއް މެންބަރުންނާއި ބައެއް ވަޒީރުން ވެސް ތިއްބެވީ ތިނަދޫގަ އެވެ. އަދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް އެބަ އުޅުއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
24 November 2017
ތިހެން ވިދާޅުވާއިރު ކަލޯ ރައްޔިޔުންނަށް ކޮށްދިން މަނަފާ ހުރި އެއްކަމެއް އަޅެ ބުނެބަލަ.
އަބޫ
24 November 2017
މިސަރުކާރަށް އޮތް ތާއީދު ބޮޑުކަމުން އިދިކޮޅު ފަރާތްތަކުން ގަސްދުގައި ރައްޔިތުންނަށް ގެއްލުންދިނުމުގެ ގޮތުން ދުރާލާ ރާވައިގެން ހިންގި ފިނޑި ޢަމަލެއް. އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެކިބައިން ވަގުތުން މަޢާފަށް އެދުމަށް ގޮވާލަން.
ބާކީ
23 November 2017
ބަލަކޮންމެމީހަކު ވެރިކަމުގައި ހުއްޓަސް ރަޢިއްޔަތުން އަތުން ނަގާފައިސާއިން ރަޢިއްޔަތުންނަށް ކަންތައް ކޮއްދެންޖެހޭނެ ނޫނީ ވެރިކަންދޫކޮށްލާފައި ގެޔަށް ގެޔަށްދޭ
ކުޑަ ދޮންބެ
23 November 2017
ބަޖެޓުގައި ޖުއްލާބު ގަތުމަށް ފައިސާ ހިމަންނަންޖެހޭދޯ
ސީނާ
23 November 2017
ބަލަގަ! ރައްޔިތުންގެ ފައިސާއިން ކަންކަން ކޮށްދެނީ، އެހެނެކޭ ކިޔާފައި ރައްޔިތުންނަށް ފެންނަގޮތަކަށް ނޫންގޮތަކަށް ވޯޓު ދޭން ޖެހޭނެތަ؟ އެއީ މަޖުބޫރުކޮށްގެން ދޭންޖެހޭނެ އެއްޗެއް ނޫން. މިމީހުންނަށް ޔާމީނު ބުނި ޖުއްލާބުގުޅަ ކާންދޭންވީނު؟
ގޮއްޔެ.
23 November 2017
ސިޔާސީ އެންމެހާ ލީޑަރުން ޖަލަށް އަޅާލުމުންވެސް ޔާން އަށް ނޫނެކޭ ބުނާ ކުދިން ޖަލްސާއެއް ބާއްވަން ތައްޔާރުވީ. އެޖަލްސާއަކީ އެހާ ވަރުގަދަ ޖަލްސާއަކަށް ވާނޭކަމަކަށް ނުބެލެވޭ. ސަބަބީ ލީޑު ކުރާ ލީޑަރުން ނެތުން. މިކަން ފޫ ބައްދާ ޖަލްސާ ވައިގައި ހިއްޕާލީ ނިހާނުމެން. ..... އެމް،ޑީ.ޕީ ކުދިން އެމީހުންނަށް ކޮންމެވެސް ގޮތަކުން މަރުޙަބާ ކިޔައިފި. އެއީކީ ކަނޑިއާއި ބަޑި ހިފައިގެނެއްނޫން. އެކަމަކު ޕީޕީ ކުދިންނަށް އެކަން ހަޖަމް ނުވެގެން އަރައިގަތީ. ބަޔަކު ބެނާއެއް ހިފައިގެން ތިއްބޭ ކިޔާފައި އަރައިގަންނާކަށް ނުޖެހޭ. ގޮތްހުސްވެ މޮޔަވީމާ ދެން އޭނާގެ ކޮންޓްރޯލް އޭނާ އަތުން ބީވެގެންދާނެ. އިއްޔެ މިފެނުނީ އެފަދަ މަންޒަރެއް.
ތެދު
23 November 2017
ތީ ހުރިހާ ރަށެއްގައިވެސް ތިޔަ ރީނދޫ މީހުންގެ ގޮއިތް، އަދަބެއް ސަދަބެއް ނުހުންނާނެ،
ޑޯން
23 November 2017
އެމްޑީޕީ މީހުން ތިބީ މާދަން ރޭ ޖަލްސާއަށް ތައްޔާރުވާން ބަނދަރު ސަރަހައްދުގައި. ތިބެފަ ޕީޕީއެމް މީހުން އައީމަ ބެނާ ހިފައިގެން އެތުރުނީ. އެހިސާބުން ޕީޕީއެމް ސަޕޯޓަރުންތަކެއް އައިސް އަރައިގަނެ ދެބައި މީހުން މާރާމާރީ ހިންގީ،" ކާކުމިކަމުގަ ކުށްވެރި ވާނީ..؟
ކުޑައަލީ
23 November 2017
ތިނަދޫއަށް އިސްކަންދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ "ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ރޭ ވާހަކަ ދެއްކެވުމުން އެ މައްސަލަ ވެސް ހޫނުވެފައި ވަނިކޮށެވެ. ނިހާނަށް ނޭގެނީބާ މަލްޓީޕާޓީ ވެރިކަމެއްގައި އިދިކޮޅު ޕާޓީއަކީވެސް ޑިމޮކްރަސީގެ ގުނަވަނެއްކަން. އެކަން ސިޔާސީ މީހުން ހުންނަންވާނެ ކޮންމެ އެޗެއްބަޔަކު ކިޔަސް އަޑި އެހުމުގެ ގާބިލްކަން. އެހެންނޫނީ ތިފަދަ ޒިންމާދާރު މަގާމްތަކުގައި ނުތިއްބަވާ ގެއަށް ވަޑާއިގަންނަވާ.
އައްމި
23 November 2017
ތީ އެމްޑީޕީގެ ހާލަކީ އެމީހުން ނޫން ބަޔަކަށް އެއްވެސް ރަށަކަށް އެރިގެން ނުވާނެ ކަމަށް އެމީހުން ޤަބޫލުކުރަނީ، ތިބުނާ އިސްތިއުފާ ދިން ނަޝީދުގެ ވެރިކަމަށް ވުރެ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ތިނަދޫއަށް މާގިނަ ކަންތައްތައް ކޮށްދީފި
ލައްޓިހަސަނު
23 November 2017
ކޮބާ މައްސަލައަކީ... ޔާމީނު އަށް ވޯޓުދީ ހޮވާފަ ރައްޔިތުންގެ ފައިސާއިން މުސާރަދީފަ އަނބި ދަރިން ބަލަހައްޓައި ދެނީ ރީތިވެގެނެއްނޫން.. އޭނަ ހޮވާފަ ހުރީ ވަކިރަށަކަށް ވަކި މީހަކަށް ކަންކަން ކޮށްދޭކަށް ނޫން. އެހެން ނަމަ ރަށަކުން ރައީސެއް ހުންނާނީ. މަގާމުހަ ހުރިހާ ދުވަހަކު ޖެހޭނީ ކަންކަން ކޮށްދޭން. ދައުރު ހަމަވުމުން ރައްޔިތުން ގޮތް ނިންމާނީ... ބިރެއް ނުދެއްކޭނެ... ކަލައެއް ނުގޮވޭނެ... ބާރުގެ ބޭނުމެއް ނުކުރެވޭނެ.
ކުނި
23 November 2017
ހަޖަމުގެ ބައި ހަަދަށީ އިދިކޮޅު އެއްވެސް ހަރަކާތއް ހަޖަމުނުވާ ސަރުކާރު ކަކުނީގެ ވިސްނުން