ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ގދ. ތިނަދޫ ދާއިރާގެ ދެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ ރަށުގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް ފުލުހުން ނަގަނީ: ގދ. އަތޮޅުގެ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި. -- ފޮޓޯ: ސައުދު އަލީ
23 ނޮވެމްބަރ 2017 - 10:31
ގދ. ތިނަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގދ. އަތޮޅުގެ، ކުއްލިގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިނަދޫގެ ރައްޔިތުންނަށް ބިރުދައްކަން ކަމަށާއި މިގޮތަށް އަމަލުކޮށްގެން ސަރުކާރަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ތިނަދޫގައި ހުންނަ ގދ. އަތޮޅުގެ ކުއްލި ގޮތަށް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާ އެކު ކައުންސިލަރުން ބައްދަލުވުމެއް ބޭއްވުމުންނެވެ. ހޯމް މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި އެކަން ސިފަކުރީ، އެތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުން ކަމަށެވެ.
ތިނަދޫ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައި މުޅިން ވެސް ތިއްބަވަނީ އިދިކޮޅު ޕާޓީތަކުގެ ކައުންސިލަރުންނެވެ.
އަތޮޅުގެ އާ ފުލުހުން ހަވާލުވި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެ އަމަލުން އެނގުނީ އިންތިހާބު ކޮށްފައިވާ ކައުންސިލަރުންނަށް އެއްވެސް މިންވަރަކަށް ބާރު ދިނުމަކީ ސަރުކާރުން ކުރަން ބޭނުން ނުވާ ކަމެއް ކަމަށެވެ. ސަރުކާރުގެ ނަޒަރުގައި، އިންތިހާބުކޮށްފައިވާ މެމްބަރުންގެ ޒިންމާ އަކީ ރައީސް އަބްދުﷲ ޔާމީނަށް ސަނާކިޔައި ސަރުކާރުގެ ކޮރަޕްޝަންތަކުގައި ބައިވެރިވެ، ވައްކަންތައް ފޮރުވަން މަސައްކަތް ކުރުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ހުވަދު އަތޮޅު ރައްޔިތުންނަކީ ފެށުނީއްސުރެ ވެސް އިސްލާހީ މަސައްކަތްތަކަށް ތާއީދުކުރާ، ހޭލުންތެރި، ގައުމުގެ ކުރިމަގާ މެދު ފުންކޮށް ވިސްނައި ހެޔޮވެރިމުގެ ނިޒާމަށް ބާރު އަޅަމުން އަންނަ ބައެއް ކަމަށެވެ.
"ހިތްވަރު ގަދަ ހުވަދޫ ރައްޔިތުންނަށް ބިރު ދައްކައި އެމީހުން އިންތިޚާބުކޮށްފައިވާ މަންދޫބުންނަށް ބިރު ދައްކައިގެން އޮބަހައްޓައިގެން ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ އެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ގދ. އަތޮޅުގެ އަކީ ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ ރައްޔިތުންގެ މިލްކެކެވެ. އެހެންކަމުން ހުވަދު އަތޮޅުގެ އިންތިޚާބީ މަންދޫބުންގެ ބައްދަލުވުންތަކާއި ރައްޔިތުންގެ ތަރައްގީއާ ގުޅިފައިވާ ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ކައުންސިލަރުންނަށް ލިބިދޭން ޖެހޭނެ ކަމަށް ބަޔާނުގަިއވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުގެ ކައުންސިލަރުންނާ ހަވާލުކުރަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައީމް / ތިނަދޫ
23 November 2017
އަތޮޅުގެ އާއި އަތޮޅު ގޭގެ އިންވެގެން ހުރި ފާރު ތަކާއި ވަޅު ފަދަ ތަންތަން މިއަދުން ފެށިގެން ދަރުބާރުގެ ފެކްޝަން ކުދިން ކެންޕެއިން ކުރުމަށް ދީފީމެވެ. ނަމަވެސް ހިތާމައަކީ މިތަންތަން މިލްކުކޮށް ދިންކަމުގައި ވިޔަސް ތިނަދޫ އިން މިކުދިންނަށް ލިބޭނެ ވޯޓެއް ނެތްކަމެވެ. އަތޮޅުގޭގަ ދެން ޕާރކެއް ހަދާ
މުހައިމިން / ފެނެކާ / ތިނަދޫ
23 November 2017
އަތޮޅުގެ ކީއްކުރަން މުޅި އަތޮޅު ވެސް ނަގާބަލަ... ތިނަދޫ އިން ދަރުބާރުގެ ފެކްޝަނަށް ލިބޭ އެކައްޗެއް ވެސް ނޯންނާނެ... ދެން ބާރަށް އަތް ޖަހާ...
އެކިފަރު
23 November 2017
ބަލަ އަތޮޅުގެވެސް ނަގަންވީ އެމްޑީޕީ މީހުންނާ ހަވާލު ކުރާކަށް ނުޖެހޭ، ރައްޔިތުން ވިސްނަންވީ ތަރައްގީއަށް، ކޮރަޕްޝަން އޭ ކިޔާފަ މިއަދު އަނގަ ހުޅުވާ އެމްޑީ މީހުން ބިރުން ތެޅިފޮޅެނީ ރައީސް ޔާމިން ވަރެއް ނެތް ހަމަ.ރައްޔިތުން އެދޭ ބަދަލު ގެނެސް ދިނީ އޭނާ، ޢަޑު އެހީ އޭނާ. ކޮއްދެއްވި ކަންތަކަށް ޝުކުރު ކޮއްބަލަ،
ތިނަދޫ ރައްޔިތެއް
23 November 2017
ރައްޔިތުން ދުޢާ ކުރަން ވީ ދަރުބާރުގެ ފެކްޝަންގެ ކުދިންނަށް ހެޔޮ ވިސްނޭތޯ... ވައްކަން ކުރާ ސަރުކާރެއްގެ ފަހަތުގައި ނުތިބޭނެ ބުއްދި ސަލާމަތުން ތިބި ބައެއް... އަތޮޅުގެ ބޭރުގައި ނޯވޭ ވަކި ޕާޓީއެއްގެ މީހުންނާއި ބައްދަލު ނުކުރެވޭނެކަމަށް ޖަހާފައެއް... އެމް.ޑީޕީގެ ފުލް މެޖޯރިޓީ އޮތް ކައުންސިލެއް ތިނަދޫގައި އޮތީ ... ކައުސިލްގެ ބޭފުޅުން ރަށުގެ އެކިއެކި ކަންކަމާއި މަޝްވަރާ ކުރުމަށް އަތޮޅުގެ ބޭނުން ނުކުރެވެންވީ ސަބަބެއް ނެތް... ދަރުބާރުގެ ފެކްޝަންގެ ކުދިން މުލިޔާގެ ބޭނުން ކުރަނީ ކޮން އުސޫލަކުން؟؟ މުލިއާގޭގައި ޕާޓީގެ ބޮޑެތި ނޫސް ކޮންޕަރެންސް އެބަ ބާއްވާ؟؟؟ އެއީ ދަރުބާރުގެ ފެކްޝަންގެ އޮފީހެއްތަ؟ އެކަން ހުއްޓުވަން ކޯޓު އަމުރު ނެނެރެނީ ކީއްވެ؟ ފުލުހުން އެކަން ނުހުއްޓުވަނީ ކީއްވެ؟ ވަކި ބަޔަކު ކުރީމަތަ ގޯސް ވަނީ... ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ ދަރުބާރުގެ ފެކްޝަންގެ ކުދިންނަށް ހެޔޮ ވިސްނުން ދެއްވާންދޭ... އާމީން
އަބޫ
23 November 2017
އެމްޑީޕIން sރައްޔިތުންނަށް ކަމެއް ނުކޮށްދެވުނަސް މިސަރުކާރަކީ ރައްތިތުންނަށް ނަތީޖާ ލޮލަށް ދައްކައިދޭ ސަރުކާރެއް ދެން އަތްޖަހާ.
އަބޫ
23 November 2017
މާލޭ އުސްފަސްގަނޑު އެމްޑީޕީގެ ތަރިކައަށް ހަދައިގެން އުޅުނުހެން އެމްޑީޕީގެ ބާރު ލިބިފަިވާ ކައުންސިލްތަކުންވެސް ކަންކުރާތަން މިފެންނަނީ. އެފަދަ ތަންތަން މިނިވަންކުރުމަކީ ފުލުހުންނާއި ސިފައިންގެ ޤާނޫނީ ވާޖިބެއް.
ކަރުނަ
23 November 2017
ދެވަނަ ފަހަރަށް ތިނަދޫ ފަޅުކޮށްލުމުގެ ކޮޅުމަތި ނޫންބާ މިފެންނަނީ. މިދާވަރުން ދަންޏާ ވެދާނެ ގޮތެކޭ އެބަ ހިތަށް އަރާ