ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ދައުވާ ކުރާ ބައެއް މެމްބަރުން.---ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ނޮވެމްބަރ 2017 - 12:17
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު އެއްފަހަރާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަކީ، ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނެތީސް، މަޖިލީހުގެ އިދާރާ އަށް މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުންތަކެއް ވަން މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން، ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހަށް ވަދެވަޑައިގަންނަވަން މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބޭއިރު، އެ ތަނުގެ ގޯތިތެރެ އަށް ވަދެގެން މެމްބަރުން ކުށްވެރިއެއް ނުވާނެ ކަމަށެވެ. އެހެންވެ އިމްތިޔާޒުން ލިބޭ ހައްގުގެ ބޭނުން ހިފުމަކީ ކުށެއް ނޫން ކަމަށް ވިދާޅުވި އެވެ.
Rayyithunge Majileehuge 12 membaraku eh faharaa Criminal Court ah haaziru kurumakee thin baaru vaki kurevifaivaa nizaameh gai qaanoon asaasee than dhey kameh kamah nudheken.
— Husnu Al Suood (@hsuood) November 29, 2017
ގާނޫނީ ވަކީލް ސުއޫދު ފާހަގަކުރެއްވި ގޮތުގައި މެމްބަރުންގެ އިމްތިޔާޒަކީ ގާނޫނުއަސާސީން ވެސް ބަލައިގަންނަ ކަމެކެވެ. އެހެންވެ މެމްބަރުން ހައްޔަރުކުރުމަކީ އެ އިމްތިޔާޒާ ކުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒުތަކެއް އެބަ ލިބޭ އެ ތަނަށް ވަންނަން. ގާނޫނުއަސާސިން ވެސް އެބަ ރިކޮގްނައިޒްކުރޭ މެމްބަރުންގެ އިމްތިޔާޒު. އެހެންވެ އެ މެމްބަރުން ހައްޔަރު ކުރުމަކީ އިމްތިޔާޒާ ކުޅުން. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވެސް އޮވޭ މެމްބަރުންގެ އިމްތިޔާޒު،" ސުއޫދު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ދެކޭ ގޮތުގައި އެ އިމްތިޔާޒުގެ ތެރޭގައިި ލިބޭ ހައްގެއް ބޭނުން ކުރުން އެއީ ކުށަކަށް ވެގެން ނުވާނެ."
މިދިޔަ ޖުލައި 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ މައްޗަށެވެ. މީގެ އިތުރުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.
އެ މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުންތައް ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، މިއަދު ވެސް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭރުމީހާ
29 November 2017
ގާނޫނު ތަންދޭނެ. ވަލިއްޔުލްއަމްރުގެ ބާރު ހިނގާނެ. ކަނޑައެޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއްގައި ވަކި ތަނަކަށްވަކި ބަޔަކު ނުވަނުމަށް އަމުރު ނެރުމަކީ އޭނައަށް ލިބިގެމްވާ ބާރެއް. މިކަން ނިގުޅަިއގަނެވޭނެ އެއްވެސް މީހަކު ނުހުންނާނެ.ފުލހުންނަކީ ވެސް އެފަދަ ކަންކަމާ މަތިކުރެވޭ ބައެއް
ޢަހޫ
29 November 2017
މިއީ ގާނޫނަށްބަލާ ސަރުކާރެއްނޫން. ޔާމީން ބުނާގޮތަކީ ގާނޫން. އެކަން ނުކޮށްފިއްޔާ ކުޑަގޮޅި
މެންޓަލިސްޓް
29 November 2017
ގާނޫން ތަންނުދޭ އެތަށްކަމެށް ރާއްޖޭގައި ހިނގާނެ ،،،، އެކިލޯޔަރުން މާނަކުރާނީ އެކިގޮތަށް ،،، އެއީ އޭގެ ފައްކާކަމަކީ ،،، އަދި ރާއްޖޭގައި ގާނުންތަށް ހުންނައިރުވެސް އޮންނާނެ ކޮމްންލޯ ކިޔާ އެއްޗެއް ،،، އެއީ ގިނަމީހުން ގަބޫލުކުރާގޮތުކައި ކަންއޮންނަންޖެހޭގޮތް ،،، އެގޮތަށް މީހުން އުޅޭނީ ،،،، ރާބޯންބޭނުން އެންމެން ރާބޯނެ ،،، ޒިނޭކުރަންބޭނުން މީހުން އެކަންކުރާނެ ،،،، ދަންވަރު ވިޔަފާރިކުރާމީހުން އެކަންކުރާނެ ،،، މިހެންގޮސް ކޮރަޕްޝަންއަކީވެސް މިހާރު ވިޔަފާރި ސްޓޭންޑަޑްއެއް ،،، އެންމެންވެސް ގަބޫލުކުރާކަމެށް ،،،،، ލިއެފައި ހުންނަގާނޫންތަކާއި މީހުން އުޅޭގޮތަކާޢި ތަފާތުވާނެ ،،،، މީދަލޭނޑް އޮފް ދަ ފްރީ ،،،، އެމީހަކު ބޭނުންގޮތަކަށް އެހެންމީހުންނަށް އުނދަގޫނުކޮށް އުޅެވޭނެ ،،، ހަރާމެއް ހަލާލެއް ބެލުމެއްނޯންނާނެ ،،، ގާނޫންހުއްދަތޯ ނޫންތޯ ބެލުމެއްނޯންނާނެ ،،، ފުލުހުންނާއި ސިފައިންވެސް އެކަންކަމާޢި އަޅާނުލާނެ ،،، ވަރަށްވެދުން
އަހަންމަދޭ
29 November 2017
ނޫނޭ އެގޮތްވެސް ހަމަ ރަނގަޅުވާނޭ ބޭފުޅާ. މުޅި ކެބިނެޓް އެކީ އެއް މިޔަކަނުން ހެވިލާފަ ތިބެ އެއްފަހަރާ އިސްތިޢުފާގެ ސިޓީ އަތުރާލުން ކަހަލަ ކަމެއް ނޫންތޯ އެއީ؟
ދޮންބީފާނު
29 November 2017
ކަލެއަކީ މުޅިން އާ ގާނޫނެއް ގެންގުޅޭ މީހެއްނު.
ލާހޫރޭ
29 November 2017
ދޮންކަލޯ އެކަމް މަށައްހީވަނީ އައު ގާނޫނު އެގެންގުޅެނީ ޔާމީނުހެން..
އެހެންތޭ
29 November 2017
ބާރަ މެމްބަރުން އެއްފަހަރާ ކޯޓަށް ގެންދުން އެއީ ކޯޓްތަކުގެ ގާނޫނު ތަންނުދޭ ކަމެއް ކަމަށް ތަމެން ގެ ކަނޑުކޮހޭ މެން ގޮވާނަމަ ތަމެން ދަގަ ކޯޓަށް ގޮސް އެކަމަށް ޓަކައި ކޯޓް ހުކުމެއް ގެންނަގަ. މީޑިއާގެ ފަލަ ސުރުޚީ އެއް ހޯދަން ޕްރޮޮޕެގެންޑާ ފަތުރާނެ ކަމެއް ނެތޭ. ތަމެން ރަށަށް ދޭބަލަ ރަށަށް ދޭބަލަ ދެން.
ވިސްނާ މީހާ
29 November 2017
އެތަނުގެ ކަރާމަތަށްޓަކައި ނޫންތޯ މެންބަރުންނަށް އިމްތިޔާޒު ދެނީ؟ އެހެން ނޫނީ އަޅުގަނޑާ އެބޭފުޅުންނާ ތަފާތެއް ކޮބައިތޯ؟ ތިޔަ ވިދާޅުވަނީ ރައޔިތުންގެ މަޖިލީސްގެ ފާރުމަތީން ވަދެވަޑައިގެން އެތަނުގެ ޙުރުމަތްކަނޑުއްވައި ފުރާޅަށް ގާއުއްކަވައި ތަނުގެ ޙިމާޔަތުގައި ޤާނޫނުއަސާސީއިން ބާރުދީގެން ތިއްބަވާ ސަލާމަތީ ބާޜުތަކުގެ އަމުރަށް ގެންޖެއްސެވުމަކީ ވެސް އިމްތިޔާޒުކަމަށްތޯއެވެ. އެހެންވީއިރު ސުޢޫދު ހިންގަވާފަ މަޖިލިސް ކައިރިން ވަޑައިގަންނަވަނިކޮށް އެއިން ބޭފުޅަކު ތިޔަ ބޭފުޅާގެ ގައިގައި ގާބުރިޔަކުން ޖެއްސެވުންވެސް އެއީ އިމްތިޔާޒުދެއްތޯއެވެ؟
ސޫރާ
29 November 2017
އެއްޗެއް ނުދަންނަ އަމިއްލަ ެދުން ބޮޑުމީހެއް. ބޮވޭނޭ ބޯންވާނޭ ބުނީމާ ގާނޫނީ ރައުޔެއް ނުގެނެވުނީ ކޮންކަމެްވެފަ ހުރީމާ.
ސީޑީ
29 November 2017
ތިބުނާ ވާހަކަ މިސޮރަކަށް ނީވެޔޯލަ. އޭރުވެފަހުރި ގޮތަކުންނޯލަ.
ވާލުސޮރު
29 November 2017
ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން މިހާރު ޤާނޫނު އަސާސީއާ ޤާނޫނުތަކަށް ޢަމަލުކުރޭތޯ؟ ސުޢޫދު އަކީ ޤާނޫނީ ވަކީލެއް ވީމަ ނޭނގޭތީ އަހާލީ!!!!