މަޖިލީހަށް ގަދަކަމުން ވަތް މައްސަލާ ދައުލަތުން ދައުވާކުރާ ބައެއް މެމްބަރުން ކޯޓަށް ވަޑައިގަންނަވަނީ: ވަކީލުން ހަމަޖައްސަން ކޯޓުން ކުރިން އޮތީ މެމްބަރުންނަށް ފުރުސަތު ދީފައި --ފޮޓޯ/މިހާރު
28 ނޮވެމްބަރ 2017 - 11:07
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ގަދަކަމުން ވަން މައްސަލާގައި އިދިކޮޅު 12 މެމްބަރަކަށް ކުރާ ދައުވާގެ ދެވަނަ އަޑުއެހުން މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ ޖުލައި 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ދައުވާކުރަނީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްގެ މައްޗަށެވެ.
މީގެ އިތުރުން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ.
އެ ހުރިހާ މެމްބަރުންގެ މައްޗަށް ވެސް ކުރަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހުރިހާ މެމްބަރުންނަށް ވެސް ވަކީލުން ހަމަޖައްސަން ވަނީ ފުރުސަތު ދީފަ އެވެ. މިހާރު ކުރިއަށް ގެންދަނީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ އެވެ. ހުރިހާ މެމްބަރުންގެ ޝަރީއަތުގެ ބައި ވެސް ކުރިއަށް ގެންދަނީ އެއް މަޖިލީހެއްގަ އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮންމެ މެމްބަރަކަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
އެ ދައުވާގެ އިތުރުން ވަހީދާއި އަމީތު އަދި ސައުދުގެ މައްޗަށް އިތުރު ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެއީ އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާމީ
28 November 2017
ސަރުކާރާ އިދިކޮޅު ހުރިހާ މެމްބަރުން ނައް ދައުވާކޮއް ޖަލައް ލިއަސް ޔާމިން އަކައް ވެރިކަމަކު ނުހުރެވޭނެ .. ބޮަޑުތަނުން ރަތްއިތުން ބުނަނީ ނޫނެކޭ...
ފޫހި
28 November 2017
މިއީ ދެން ކޮންކަމެއް. ތަންފުކެއް ބޮޑުވަރު. 2018 އަންނަންވާއިރަށް ދަރުބާރު ފެކްޝަން ނޫން އެންމެންގެ މައްޗަށް ދައުވާކޮށް ޖަލަށް ލިއަސް މަ ހައިރާނެއްނުވާނެ. ތިޔައީ ގޮތްކުޑަ އަމަލެއް. މަސީހު އަކީ ޞައްޙަކަން ގެއްލިފައިވާ ރައީސެއް.
ހަސަނު
28 November 2017
ކިހިނެއްތޯ މި ވަރުން ޔާމީން ސަރުކާރަކީ ގާނޫނީ ސަރުކާރެއްކަމަށް ބުނާނީ...
ުއުމަރު
28 November 2017
އަހެރެން ދެކެން ބޭނުންދުވަހެއް އެބައޮތް، އެއީ މިދައުލަތުގެ ހުރިހައި މީހުން އެއްފަހަރަކާއި ތިޔަ ކޯޓަށް ގެންގޮސް ދިގުމުއްދަތަށް ހުކުމެއްކޮށް ޖަލައްލާދުވަސް، އެދުވަސް އަހަރެން ދެކެން ބޭނުންވޭ
މެންޓަލިސްޓް
28 November 2017
އާދެ 12 މީހުންނަށްވެސް ހުކުމްކޮއްލާފައި ރައީސްޔާމިން އެވިސްނަނީ އެކަނިމާއެކަނި އިނތިޙާބް ކާމިޔާބުުކުރަން ،،،، އެެހެންމިބުނަނީ ،،،، މިހާރު ތިޔަ 12 މީހުންތެރޭވެސް ރިޔާސީ އިންތިޙާބަށް ކަންދިމާކުރާގޮތަކުން ނުކުންނަވަން މަސައްކަތްކުރާ 2 މެންބަރަކު އެބަތިބި ،،،،، ނަމަވެސް ޔާމިންއަށް ދަންނަވާލަންއޮތީ އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީނޭ ޔާމިންގެ ނަމެށް 2018 ވޯޓްކަރުދާހުގައި ނޯންނާނެކަން ،،،،، ހުރިހާ ހިސާބެއްޖެހީމައިވެސް ފެންނަނީއެހެން ،،، އިނތިޙާބް ޔާމިންއަށް ކާމިޔާބު ވާނެ އެއްވެސް ފޯޜމިއުލާއެއްނެތް ،،،،، ބަލިވީމައި އެހިސާބުން ކުޑަގޮޅިއަށް ދާންޖެހުމަކީ އެންމެގާތް ކަންތަށް ،،،، އެހެންވުމާޢިއެކު ،،،،، ޔާމިންގެ ނަމެށް ނޯންނާނެކަމަށް ބެލެވެނީ ،،، ވރށވދނ
ކްލޯސްޑް
28 November 2017
ކޮން އިދިކޮޅެއް އޮންނާނީ. އެއްވެސް އިދިކޮޅެއް ނޯންނާނެއެވެ. ހަމަ އެމެން ގެ ތެރޭން ގާނޫނާއި ޚިލާފު ވެފައިވާ ބަޔަކު ނަމަ ސިވިއަރ ކޮށް އަަދަބު ލިބި އަދި އެމެން ޖެހޭނެ ގޮނޑި ހުސްކުރަން. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެއް ވެސް. މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ. ޗެޕްޓަރ ކްލޯސްޑް..
ރުޅި
28 November 2017
ކްލޯސްޑް ވެސް ހަމަ ޖަލަށް.
އަލިހޮއްކޮ
28 November 2017
ހެހެ ފުލުފުލުގަ ހަވާ ފަޓާސް ބައރިއެއް ހެން ނިންމާލީ. ކިހިނެއްވީ ބާރައަށް ތިހެދީ. މަސީހުގެ ނޯކޮންފިޑެންސްގަ ސޮއިކުރި އެއްމެން ނިންމާލިނަމަ. ހިތުން ރައްޔިތުންގެ ތާއީދު އޮތް ވެރިކަމެކޯ މީނާ މިކުރަނީ.
ރަދީފް
28 November 2017
މިއަދަކީ މިއަދު.މިދުވަސް އިއާދަވެސް ވާނެ.މިއަދު އެއްކޮޅުގަތިބ މީހުން މާދަމަ އިދިކޮޅަށް ވުމުން އެމީހުންގެ މައްސަލަތައްވެސް ބެލޭނެ ދުވަހެއް އަންނާނެ.
ހޮނޑާފުށީ ބޮޑުހުސޭނު
28 November 2017
ބަލަންތިބޭތި ނިކަން ތިޔަ ހުރިހާ ގޮނޑިތައް ހުސްކޮށްފަ އިންތިހާބެއްވެސް ނުބާއްވާނެ ، ރައްޔިތުން މުދަލާ ލޯނުނަތައް އަތުޖެހުނީމަ ފިއްލަވަން އެއުޅުއްވަނި ، ކޮންމެ ގޮތެއްވިޔަސް ޔާމިނު ދާންއޮތީ ސައުދީ ، މިހާރު އެހެރަ އަމީރު މުހައްމަދު ހަދާ އެއްޗަކުން ހިޔެއްނުވޭ އެކަންވެސް ވާނެހެނެއް ، ދެންއޮތީ ޔޫރަޕު ފަރަންޖީން ގައުމަކަށް ދިއުން ، އެކަންވެސް އެހާ ފަސޭހައެއް ނުވާނެ އެމްޑީޕީމީހުން ޔޫރަޕުގަ އުޅޭހާ ދުވަހަކު ، އޮތްހާވެސް ގޮތަކީ ދިވެހިފައިސާ ބޮނޑިބަދެބަދެގެން ގޮސް މެލޭސިޔާ ޖަންގަލީގަ އުޅުއްވުން .