މީހަކު މޮބައިލް ފޯނުން ފޭސްބުކް ބޭނުންކުރަނީ: ސަރުކާރުން ވަނީ 52 މީހެއްގެ މައުލޫމާތު ހޯދަން ފޭސްބުކްގައި އެދިފައި.
21 ޑިސެމްބަރ 2017 - 10:00
ފޭސްބުކް ބޭނުންކުރާ 52 މީހެއްގެ މައުލޫމާތު ހޯދަން 37 ރިކްއެސްޓެއް ދިވެހި ސަރުކާރުން ފޮނުވިކަން ހާމަވެއްޖެ އެވެ.
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކުން މިދިޔަ ހޯމަ ދުވަހު އާއްމުކުރި ޓްރާންސްޕޭރަންސީ ރިޕޯޓެއްގައި ބުނީ، މި އަހަރުގެ ޖެނުއަރީން ޖޫން މަހާ ދެމެދު ރާއްޖެއިން ހުށަހެޅި ރިކްއެސްޓްތަކުގެ ތެރެއިން 76 ޕަސެންޓް ރިކްއެސްޓް އެއްކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ފޭސްބުކުން ދޭ އެހެން ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވަޓްސްއެޕާއި އިންސްޓަގްރާމްގެ ރިކްއެސްޓްތައް ވެސް ހިމެނެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ދިވެހި ސަރުކާރުން ވަނީ ޖިނާއީ ތަހުގީގަކަށް، އެއް ފަރާތެއްގެ މައުލޫމާތު 90 ދުވަހަށް އެއްކޮށްދިނުމަށް އެދިފަ އެވެ. އަދި އެ ފަރާތުގެ މައުލޫމާތު އެއްކޮށްދީފައިވާ ކަމަށް ފޭސްބުކްގެ ރިޕޯޓުގައި ވެ އެވެ. އަދި ޝަރުއީ މަރުހަލާގައިވާ 49 މީހެއްގެ މައުލޫމާތު ހޯދަން 36 ރިކްއެސްޓް ފޮނުވިއިރު، ތިން މީހެއްގެ މައުލޫމާތު އިމަޖެންސީކޮށް ހޯދަން އެއް ރިކްއެސްޓް ފޮނުވާފައިވާ ކަމަށް ވެސް ފޭސްބުކުން ބުނެ އެވެ.
ފޭސްބުކުން އާއްމުކޮށް ހޯދަން ސަރުކާރުތަކުން އެދެނީ ޖިނާއީ ކުށްތައްކުރާ ފަރާތްތަކާ ބެހޭ މައުލޫމާތެވެ. އެގޮތުން ފޭރުމާއި ރަހީނުކުރުން ފަދަ މައުލޫމާތު ހޯދަން އެދޭ ނަމަ ގާނޫނީ ގޮތުން ބާރުލިބިދޭ ފަދަ ލިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި އެފަދަ މައުލޫމާތު ހޯދަން އެދުމުން އެކަމަށް އިޖާބަދޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ފޭސްބުކްގެ ރިޕޯޓުގައި ވަނީ އާއްމުކޮށް ސަރުކާރުތަކުން އެދެނީ އެކައުންޓް ބޭނުންކުރާ ފަރާތްތަކުގެ ނަމާއި ހިދުމަތް ބޭނުންކުރި މުއްދަތުގެ މައުލޫމާތު ހޯދަމަށް ކަމަށެވެ. އަދި އެ ފަދަ މައުލޫމާތެއް ހޯދަން އެދޭ ކޮންމެ ރިކްއެސްޓަކީ ގާނޫނީ ގޮތުން ސައްހަ މައުލޫމާތުތަކެއްތޯ ބަލާ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން އެކި ގައުމުތަކުން ފޭސްބުކް އެކައުންޓްތައް ބޭނުންކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދަން އެދޭ މިންވަރު 21 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ފޭސްބުކްގެ ރިޕޯޓުގައި ބުނެފައި ވަނީ އެންމެ ގިނަ އެކައުންޓްތަކުގެ މައުލޫމާތު ހޯދަން އެދި ހުށަހަޅާފައި ވަނީ އެމެރިކާއިން ކަމަށެވެ. އެގޮތުން 52،280 މީހެއްގެ މައުލޫމާތު ހޯދަން 32،716 ރިކްއެސްޓް އެމެރިކާއިން ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިންޑިއާއިންނެވެ. އޭގެ އިތުރުން ތިންވަނަ އަށް އެންމެ ގިނައިން ރިކްއެސްޓް ފޮނުވާފައި ވަނީ އިނގިރޭސި ވިލާތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިނަމަގު
22 December 2017
މައުލޫމާތަށް އެދިފައިވަނީ ފްރީޑަމް އޮފް އެކްސްޕްރެޝަން އަށް އެހެން ގައުމުތަކަށް އެންމެ ބާރަށް ގޮވާ ތިން ގައުމުން. .މިހާރު އެއްޗެއް އެނގޭނު؟؟؟؟؟
މައިތިރި
22 December 2017
އަސްލު މިހާރު ދުނިޔޭގެ ރައީސަކު ހޮވާނަމަ ރައީސަކަށް ވާނީ ފޭސްބުކްގެ ބާނީ މާކް ޒުކަބާގް.. ބައިވަރު ސޯޝަލް މީޑިޔާ އެޕްލިކޭޝަންސް ތިބިއިރު އެންމެ ޔޫޒަރސް ގިނަވާނީ ފޭސްބުކްގަ.. އަނެއްކާ ކުރިންހެން ހަމައެކަނި ރައްޓެހިންނާ ގުޅުން ބާއްވާކަށް ނޫން ފޭސްބުކް މިހާރު ބޭނުންކުރަނީ... ވިޔަފާރި ކުރުމާއި ތައުލީމު ދިނުމާއި މުބާރާތްތަށް ހިންގުން ފަދަ އެތައްކަމެއް.. ފޭސްބުކަކީ މިހާރު އެއާ ނުލައި ނޫޅެވޭނެ ވަރުގެ ވާރޗުއަލް ރިއަލިޓީ ދުނިޔެއެއް.. އަދި ފޭސްބުކް ދަނީ ވަަރަށް ހަލުވިކޮށް ކުރިއަރަމުން.. އެހެންވީމަ މިދުނިޔޭގެ އަސްލު ރައީސަކީ... ރައީސުލް ވާރޗުއަލް ދުނިޔެ އަލްފާޟިލް މާކް ޒުކަބާގް. އޯކޭ އެއްނު؟ ހައްހައްހާހާހާއްހައްހާާ
ކަނު
22 December 2017
އަލްފާޟިލް؟؟؟ ނުވާނެ! އަލްފާޟިލް ނޫން އެހެން އެއްޗެއް ކިޔައިގެން ތަހުތަށް ލައިގެން ދުވޭ!
ރޮކެޓް ސައިންސް
22 December 2017
ނިސްބަތުން އެންމެ ގިނައީ ތާއްޖޭގަތާ
މެންޓަލިސްޓް
21 December 2017
އާދެތިޔަކަން ހިނގާނީ ތިޔަހެން ،،،، ތާއަބަދަށްވެސް ހިނގަނީ އެހެން ދަނޑީގެ ދެކޮޅު އޮންނަ ފަދައިން ތިޔަކަމުގައި ވެސް ދެކޮޅު އޮވޭ. މިނިވަންކަން ވެސް އޮވޭ. އެކަންވެސް އަސްލުގައި އޮންނަންވަނީ ހައްދެއްގެ ތެރޭގައި. އެހައްދު ކަނޑައަޅައި އެކަން ގަބޫލު ކުރުމުގެ މައްސަލަ މިއުޅެނީ. އެކި މީހުންގެ ޕާރސްޕެކްޓީވް ތަފާތީ. އަނެއް ކަމަކީ ސަރުކާރުތަކުން އެމީޙުންނަށް ފާޑުކީމައި އެމީހެއްގެ ދުވަސް ދުއްވާލަން އެކިޒާތުގެ ބަދުނާމްއަޅުވާ އެމީހެއް މައުލޫމާތް ހޯދަން އުޅޭ. ހަގީގަތުގައި ސެކިއަރ ކޮށް ވާހަކަދެއްކޭނެ ނިޒާމެއްނޯވޭ. ޓެރަރިޒަމްގެ ދަށުން ނުބެލޭނެ ކަމެއް ނޯވޭ. ސިޔާސީ ގޭސް އަނބުރަން އަދިވެސް އެންމެ ރަގަޅުވާނީ "ދަ އޯލްޑް ޓްރިކް " ،،،، މައައްސަލާމާ ،،
ޝާމް
21 December 2017
މިސަރުކާރުން އަފްރާޝީމް ގޮތަށް މަރާލެވިފައިވާ އެއްވެސް ފަރާތެއްގެ ގާތިލުން ހޯދަން ފޭސްބުކްގައި އެދިފައިވޭތޯ؟ ހަމައެކަނި ސިޔާސީ ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޭސްބުކްގައި ރިކުއެސްޓް ކުރިޔަކަސް އަދި ނިމުނީއެއްނޫން. ކޮންމެސް ބަޔަކުވެއްޖެ ފޭސްބުކްގައި ވަރުގަދަ ކެމްޕެއިންއެއްކުރަން މިގައުމުގައި. ސްޓޭޓަސްއެއް
ޔުނައިޓެޑް އައްޑޫ
21 December 2017
ޑިމޮކްރަސީ ފައްކާވެ ފުރިހަމަވާ ވަރަކަށް ފޭސްބުކް އެކައުންޓްތަކުގެ މައުލޫމާތު ހޯދަން އެދޭ މިންވަރު ގިނަވާނެ.
ޢަބްދުﷲނާފިޒު
22 December 2017
ޑިމޮކްރަސީ ފައްކާވެގެން ގޮސް ގަސްދޮށަށް ފައިބަން ނުފަށާފިއްޔާ ރަނގަޅު........
ބުރޯ
21 December 2017
މީ އަދި ބޭނުން ކުރަން ހެޔޮވާވަރުގެ އެޕް އެއް ނޫން. ބޮއިކަޓް އެފްބީ. ސަރުކާރުން އުޅެނީ އިދިކޮޅު ފަރާތްތައް ފަހތުން ދޮގުތުހުމަތް ކޮއް 2018 ގ ހުރިހާ އެންމެން ޖަލައް ލާން.ވަރައް ސާފު
ޢަބްދުﷲނާފިޒު
22 December 2017
އަހަރުންނަށް ހެޔޮ ވޯޓު ފޮށި ހައްޔަރު ކުރިއަސް، ވޯޓެއް ނުދޭނަން .