ޚަބަރު / ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން މެމްބަރު ނަޝީދު އެދިވަޑައިގެންފި

އިންޑިއާގެ ނިމްސްއާ ހަވާލުކުރި ކުޅުދުއްފުށި ހޮސްޕިޓަލް: އެކި މައްސަލަތަކާ ހެދި އެ ކުންފުންޏާއެކު ހެދި އެއްބަސްވުން އުވާލަން މެމްބަރު ނަޝީދު ވަނީ އެދިވަޑައިގެންފައި.

26 ޑިސެމްބަރ 2017 - 20:41

24 comments

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން އިންޑިއާގެ ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މެމްބަރު ނަޝީދުގެ ބްލޮގްގައި ޝާއިއުކުރައްވާފައިވާ ނިމްސްގެ އިސްވެރިންނަށް ހުޅުލެވިފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އެ ހޮސްޕިޓަލް ހިންގަން 50 އަހަރަށް އެ ކުންފުންޏާ ހަވާލުކުރުން ވެގެންދިޔައީ އެ ރަށުގެ ގިނަ ރައްޔިތުންނަށް އުފާވެރިކަން ގެނުވި ކަމެއް ކަމަށެވެ.

"އެހެން އެކަން ދިމާވި ސަބަބުތަކެއް ވެސް ހުއްޓެވެ. ތަން ހިންގަން ހަވާލުވި ފަރާތަކީ، އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ ފަރާތްކަމަށް ވުމެވެ. ނިމްސްއަކީ އުތުރުގެ ރައްޔިތުން ދަންނަ ބްރޭންޑަކަށްވުމެވެ. އެކަންކުރަން އިސްނަގައިގެން މަސައްކަތްކުރީ، ކުޅުދުއްފުށްޓަށް އުފަން ބޭފުޅަކަށްވުމެވެ. ކުންފުނީގެ މޫނުމަތި ކަމުގައިވި ދިވެއްސަކީ، ކުރިން ކުޅުދުއްފުށީގައި ހިންގި ބައެއް ވިޔަފާރި ކަންކަމުގައި އުޅުނު ރަށު ރައްޔިތުންނަށް ފަރިތަ މޫނަކަށްވުމެވެ." ނަޝީދުގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ ހޮސްޕިޓަލް ހިންގަން ހަވާލުކުރީ މުއްދަތުތަކެއް ކަނޑައަޅައިގެން ގިނަ ހިދުމަތްތަކެއް ތައާރަފުކުރާ ގޮތަށް ކަމަށާއި އެއާއެކު މާއްދީ ގޮތުންނާއި ހިދުމަތުގެ ގޮތުން އެތައްތަނެއް ކުރިޔަށްދާނެ މަރުކަޒަކަށް ހޮސްޕިޓަލް ވެގެންދާނެ ކަމަށް އެ ރަށާއި ސަރަހައްދުގެ ރައްޔިތުންނަށް ގަބޫލުކުރެވުނު ކަމަށެވެ.

"އެހެންނަމަވެސް، މިއަދު މިފެންނަ މަންޒަރަކީ މުޅިން ތަފާތު މަންޒަރެކެވެ. ހިނގަހިނގާހުރި ހޮސްޕިޓަލެއް ހަވާލުކުރުމުން އެ ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމަށް ކަމެއް ނުކުރެވުނުތާނގައި އެތަން ހިންގަމުން ދިޔަފެންވަރުގައި ވެސް ހިންގާ ނުލެވުނު ތަނެވެ. ހާލަތު ދަށްވެ، ހިދުމަތްތައް ހުއްޓެން ފެށުމުން އާއްމު މަސްލަހަތު ހިމާޔަތްކުރެއްވުމަށް ދިވެހި ސަރުކާރަށް އޮތް ޒިންމާގެ ދަށުން، ހެލްތު މިނިސްޓްރީން އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ދޭން ފެއްޓެވި ތަނެވެ. ތަކެއްޗާއި މީހުން ފޮނުއްވައިދެއްވަން ފެއްޓެވި ތަނެވެ. އަސާސީ ސިއްހީ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަން ފެއްޓެވި ތަނެވެ. އެއްބަސްވުމެއްގެ ދަށުން ތިޔަ ކުންފުންޏާ ތަން ހިންގަން ހަވާލުކޮށްފައި ވީނަމަވެހެވެ. ހޮސްޕިޓަލްގައި ތިއްބެވި ތިޔަ ކުންފުނީގެ ބިދޭސީ ވެރިންނާއި ދިވެހި ވެރިން ހޮސްޕިޓަލާއި ރަށް ދޫކުރައްވައި، ވަޑައިގެންނެވިތަނެވެ." އެ ސިޓީގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްގެ ދަށުން އެންމެމަތީ ފެންވަރުގައި ހާއްސަ އިސްކަމެއްދީގެން ވަރަށް ހެޔޮނިޔަތާއެކު ހާސިލުކުރަން ބޭނުންވި މަލްޓި-ސްޕެޝަލްޓީ ޓަޝަރީ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ބަދަލުކުރުމުގެ އުންމީދު ސުވާލާއި އޮޅުންބޮޅުމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

"މިކަމުގެ ޝަކުވާ އެންމެ ގިނައިން އަޑުއަހަންޖެހޭ އެކަކީ، އަޅުގަނޑެވެ. ނޮވެމްބަރު 25 ން ފެށިގެން ޑިސެމްބަރު 20 އާދެމެދު އަޅުގަނޑު ކުޅުދުއްފުށްޓަށް ކުރި ތިން ދަތުރުގައި ވެސް، ހޮސްޕިޓަލުގެ ގިނަ މުވައްޒަފުން އަޅުގަނޑާ ބައްދަލުކޮށް ހޮސްޕިޓަލުގެ ހާލަތު ކިޔައިދިނެވެ. ރަށުން ދިމާވި ހަމަކޮންމެ މީހަކުމެ އެ ޝަކުވާތައް ތަކުރާރުކުރި އެވެ. ރަށުން އަންނަ ކޮންމެ ކޯލެއްގައިމެ މި ޝަކުވާ އާދެ އެވެ. އެހެންކަމުން، ހޮސްޕިޓަލަށް ވަމުންދާގޮތާއި މައްސަލައިގެ ސީރިއަސްކަން އެންމެބޮޑަށް އެނގޭ އެކަކަށް އަޅުގަނޑުވާނެކަމަށް ގަބޫލުކުރައްވާށެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށް ހުންނަވައި ސަރުކާރުން މިވަރުގެ އިސްކަމެއްދީގެން ކުރަން ފަށާފައިވާ ކަމަކަށް އެއްޗެއް އާއްމުކޮށް ބުނުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެކަމަކު، ތަން ބިކަވެ ހަލާކުވަމުންދާއިރު ހޮސްޕިޓަލް ހިންގުމާ ހަވާލުވެގެން އޮތް ކުންފުންޏާއި ބައެއް ވާހަކަ ދަންނަވާނުލައި ހުރުމަކީ ވެސް ކުރައްވަން ފަސޭހަފުޅުކަމެއް ނޫން ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.

"މިކަންކަން މިހެން ދިމާވުމުން، އެންމެ ރަނގަޅު ގޮތަކަށްވާނީ، މި އެއްބަސްވުން ވީހާވެސް އަވަހަކަށް ރޫޅައިލުމެވެ. އުފެއްދި ގުޅުން ނިއުޅާލުމެވެ. އަދި، އިހު ހުރިގޮތަށް ހޮސްޕިޓަލް ދިވެހި ސަރުކާރަށް ރުޖޫއަ ކޮށްދިނުމެވެ." އޭނާ ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ އެ ހޮސްޕިޓަލް ހިންގަން ސަރުކާރުން އެ ކުންފުންޏާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރަން ޖާއިޒު ސަބަބުތަކެއް ސަރުކާރަށް ލިބިފައިވީ ނަމަވެސް، އެކަން ކުރެވެން އޮތީ ދިގު މަރުހަލާތަކެއް ކަޑައްތުކޮށްގެން، ގިނަ އިޖުރާއަތުތަކެއް ފުރިހަމަކޮށްގެން ކަމަށެވެ. އެއީ ފަހުން އުޅެން ޖެހިދާނެ ޝަރުއީ މަރުހަލާތަކަކަށް ނުދިއުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އެހެންނަމަވެސް، ތިޔަ ކުންފުނިން ބޭނުންކަމަށްވާނަމަ، ވަރަށް ފަސޭހައިން އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބޭނުންކުރެވިދާނެ މާއްދާއެއް އެބައޮތެވެ. އެއްވެސް ސަބަބަކާ ނުލައި ނަމަވެސް، ހިންގަން ބޭނުންނުވެގެން ދޫކޮށްލުމަށް މަގުފަހިކުރާ މާއްދާއެކެވެ. އެ މާއްދާ ބޭނުންކުރައްވައިގެން، މި އެއްބަސްވުން ނިމުމަކަށް ގެނައުމަކީ، ކުރެއްވިދާނެ ކަމެކެވެ،" ނަޝީދު އެ ކުންފުންޏަށް ލަފާ ދެއްވަމުން ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވީ އެ ހޮސްޕިޓަލް ހިންގަން އެ ކުންފުންޏާއެކު އެއްބަސްވުމެއްގެ ދަށުން ހަވާލު ކޮށްފައި ވަނިކޮށް ސަރުކާރުން އެތަނަށް ހިދުމަތް ދޭން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މާގިނަ ދުވަހަކަށް ކުރެވޭނެ ކަމެއްވެސް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ތަން ހިންގަންވާނީ، ކޮންމެވެސް އެއް ފަރާތަކުންނެވެ. އެހެންޏާ ސަރުކާރުންނެވެ. އެހެންޏާ ތިޔަ ކުންފުނިންނެވެ. ވީމާ، މި ވާހަކަތައް ދަންނަވާލުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ." އެ ސިޓީ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

24 ކޮމެންޓް, 93 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 30%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރަިދހޮޮ

27 December 2017

މަނުބުނަން އިންޑިއާއި ގުޅުން ނުބާއްވާޝޭ، އިންޑިއާއަކަށް ރާއްޖޭގަ ބޮޑުޕްރޮޮޖެކްޓެއްދީގެން އަހަރުމެން ބޭނުންފެންވަރުގަ ޑެލިވާނުކުރެވޭނެ، އެމީހުންގެ ހުންނާނީ ވަރަށްއާދައިގެ ގޮތަކަށް އިމާރާއްވެސް، އަހަރުމެންގެ ގައުމުގަ އަޅާއިމާރާތެއްވިއްޔާ ހުންނަންޖެހޭނީ 1ވަނަ ގައުމުތަކުގެ ފެންވަރުގެ، ޚިދުމަތްވެސް ހުންނަންޖެހޭނީ އެފެންވަރުގަ.... އާދައިގެ އިމާރާތެއް، އާދައިގެ ފެންވަރުގެ ޚިދުމަތެއްދޭން، އަހަރުމެން ދިވެހިން އަމިއްލަޔަށްވެސް އެޅިދާނެ،

The name is already taken The name is available. Register?

ނާސް

27 December 2017

ކުޅުއްފުށި ހޮސްޕިޓަލް އިތުރައް ތަރައްޤީ ކުރެވެނީ ނިމްސް އިން ކަޓްގެ ގޮތުގައި ދިން 1 މިލިއަން ޑޮލަރު ކުންފުންޏަށް އަނބުރާ ލިބިގެން،

The name is already taken The name is available. Register?

ނަޝީދު

27 December 2017

ނަޝީދު ވިދާޅުވިޔަސް ހާދަ ގަބޫލު ކުރަން ދައްޗޭ ސަރުކާރަށް އެއްބަސްވުން އުވާލެވެން ނެތް ވާހަކަ. ތިބުނީ އެމީހުންނާއި ހަވާލުކުރި އެއްވެސް ކަމެއް ނުވެ އެމީހުން ކުރަން ޖެހޭ ކަންކަން ވެސް ކުރަނީ ދިވެހި ސަރުކާރުންނޭ. ޢެކަމަކު އެތަނަށް ވަންނަ ލާރި އެމީހުންނަށް. ސަރުކާރުން މި އެގްރީމެން އުވާ ނުލާގެން އުޅެނީ ބާރުގަދަ މީހަކު މީގެ ތެރޭގަ ހުރީމަ. މަސްލަހަތައްޓަކައި އެއީ ކާކު ކަން ބުނެވެން ނެތް

The name is already taken The name is available. Register?

ޓޮމް

27 December 2017

ހާދަބިރުން ހުރެ މެންބަރު ލިޔެފައިވާލިޔުމެކެވެ.ކީއްކުރާނިދޯ މިއަދުގެ ހާލަތު.

The name is already taken The name is available. Register?

އަލިހަންޑޯ ޓޮލޭޑޯ

27 December 2017

މެންބަރ ނަޝީދު ހަޤީގަތް ހާމަކޮށްދެއްވިތީ ޝުކުރިއްޔާ. މިކަހަލަ ފީކަޅާ ބަޔަކަށް ރަނގަޅަށް ނުބަލައި ހޮސްޕިޓާ ޙަވާލުކުރުމުގައި ޝާމިލްވި ފަރާތްތަކާއި މެދު ފިޔަވަޅުއަޅަން ޖެހޭ. ކޮރަޕްޝަނުގައި މަޝްހޫރު ދެގައުމެއްގެ ދެކުންފުންޏަކުން އުފަންކުރި ކުންފުންޏަކުން އާސަންދަ ދަވާލައި، އެކަމަށް މީޑިޔާގައި އިއުތިރާފްވެފައިވާއިރު ވަގުތުން ތިޔަތަނުގެ ޑިރެކްޓަރުން ހައްޔަރުކޮށް މައްސަލަ ތަޙްޤީގުކުރަންޖެހޭ. އަދި ހަމަ ވަގުތުން އެއްބަސްވުން ބާތިލްކުރަންޖެހޭ. އެކަންކުރުމަށް އަނެއް 5 އަހަރު ހޭދަވެގެންނުވާނެ. އިންޑިޔާގެ ކުންފުނިތަކަކީ އިތުބާރުކުރަން ހެޔޮވާވަރުގެ ކުންފުނިތަކެއްނޫންކަން މިސަރުކާރަށް ނޭނގުނީތީ ހައިރާންވޭ. އެމީހުން ރުއްސަން ކޮންމެހެން ރައްޔިތުންނާއި ގުޅުންހުރި ޤައުމުގެ އެސެޓްތައް ހަވާލުކުރަން ހެޔޮނުވާނެ. ހީވާކަހަލަ ރާއްޖެއަކީ އިންޑިޔާގެ އަވަށެކޭ، މަލިކުފަދަ.

The name is already taken The name is available. Register?

ދީމާހު

27 December 2017

ޙަޤީޤަތަކީ އިންޑިއާގެ އަނދިރި އަތް ނިމްސްގެ މައްޗަށް އަޅާލީ. ތަން ތަރައްޤީ ކުރަން ނިމްސްއިން އިންޑިއާ ބޭންކަކުން ނަގަން ހުށަހެޅި ލޯނު ހުއްޓުވީ. ބޭނުމަކީ މިސަރުކާރަށް ޖެއްސުން ކުރުން. ތަރައްޤީއަށް ކުރަން ރޭވި މަސައްކަތް ކުރިޔަ ނުދިނުން. މިއީ އިންޑިއާގެ މައްސަލައަކީ. ދެކަމެއް އިންޑިއާއިން ހާސިލުކުރަން ބޭނުންވޭ. އެއްކަމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ވުމުން އިންޑިއާ އަށް ބޭސް ފަރުވާއަށް ދާ މީހުން މަދުވީމާ، އިންޑިއާއިން ދިވެހިން އަތުން ލިބޭ ފައިދާ މަދުވުން. ބޭސްފަރުވާ ކަންކަމުގައި އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަވުން. އެނެއްކަމަކީ މިސަރުކާރަކީ އިންިޑިއާގެ ތައްޕާހަށް ނުވެއްޓި ކުރިއެރުމަށް މަސައްކަތްކުރާ ސަރުކާރަކަށްވާތީ، ސަރުކާރުގެ އަގު ވައްޓާލާ، އިންޑިއާގެ އަޅަކަށްވެގެން އުޅޭނެކަހަލަ ސަރުކާރަކަށް ޖާގަދިނުން. އިންޑިއާގެ ޚާރިޖީ ސިޔާސަތަކީ އަވަށްޓެރި ގައުމުތައް އަޅުވެތިކުރުމުގެ ސިޔާސަތު.

The name is already taken The name is available. Register?

މެންޓަލިސްޓް

27 December 2017

އިންޑީޔާ މީހުން ބޭނުމިއްޔާ ތިޔަޕިޓަލްވެސް ހެދޭނެ ވަރުގަދަ ހޮސްޕިޓަލްއަކަށް ،،،،،، ނަމަވެސް މިއޮތްހުރިހާ ޒަމާންވެ ރާއްޖޭގެ އެންމެބޮޑުއެކުވެރިއަކަށް އޮވެ އެޒާތުގެ ކަމެށްކޮއްދީފަކައިނެތޭ ދެންނެވޭނީ ،،،، އައިޖީއެމްއެޗް އަޅައިދިން ،،، އަދި ޢެތަނުގައި އޭރު އެތަން ހިނގަން ބަހައްޓާފައިހުރީ ،،،، ކާނަލް ޖޯޝީ ،،،، ؟؟؟ ދެންއަސްލު އިންޑީޔާމީހުން ބޭނުންވަނީ ތާއަބަދަށް ދިވެހިން ކިރިޔާކަމެށްވިޔަސް އިންޑިޔާއަށް ބޭސްކުރަން ދިއުން ،،،، އެއީ އެކަންވާނެވެސް ގޮތް ،،،، ރާއްޖޭމީހުން ޓްއަރިސްޓުން މިތަނަށް ގިނައިން އަންނަން ބޭނުންވާފަަދައިން ހަމަ އިންޑިޔާ ހޮސްޕިޓަލްތަކުންނާއި ސަރުކާރުން ދިވެހިން ގިނައިން އެތަނަށް ބޭސްކުރަން ދިއުމަށް ބޭނުންވާނެ ،،، ދެން ޓްރީޓޮޕްއާއި 25 ބުރީގެ ރަންވަންލޯ ޖަހައިގެން ހަދާ އަގުބޮޑު ހޮސްޕިޓަލް ހުޅުވުނީމައި ވަކިއެއްޗެއް ބުނަންއެނގޭނީ ،،،، އެކަމު ދަންނަވާފާނަން ވާހަކައެއް ،،، އިންޑީޔާއަކީ ވަރަށް ކޮލިޓީ ޑޮކްޓަރުން ތިބިތަނެއް ،،،، މައައްސަލާމާ ،،

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

27 December 2017

ވޯޓަކުން ރައްޔިތުން ހޮވާފައިވާ މީހެއްގެ އަޑުއަހައިގެން ކަންކަން ކުރާނަމަ ނަޝީދު އަށްވުރެން އެތައްގުނައެއް ގިނަވޯޓުން ރައްޔިތުން ހޮވާފައިވާ އައްޑޫ ސިޓީގެ މޭޔަރ އަބުދުﷲ ސޯދިގުގެ ވާހަކަ އަޑުއަހާނެ. އައްޑޫ ސިޓީގެ ކަރަންޓްގެ ކަންކަން ސަދާރން ޔޫޓިލިޓީޒް ކުންފުނިން ކުރަމުން ދަނިކޮށް މިސަރުކާރުގެ ވެރިޔާގެ މޭސްތިރި ކަމުގެ ދަށުން ވުޖޫދު ކޮށް މިލިޔަނުން ހިޔާނާތް ހިންގާފައިވާ ފެނަކަ ކޯޕަރޭޝަނަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ކަރަންޓް ނުދެވޭނަމަ “ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގެ ރައްޔިތުންނަށް ދެއްވާފައިވާ އިންޖީނުގެ އައްޑޫ ކައުންސިލާއި ހަވާލުކޮށް ދިނުމަށް” ސިޓީ ގެ މޭޔަރ ވަނީ ގޮވާލައްވާފައި. ނަޝީދު މެން ބުނެގެން އުވާލާ އެއްބަސް ވުންތަކުން ރައްޔިތުންގެ ބޮލުގައި ދަރަންޏެއް އެޅުން ނޫން ކަމެއްނުވާނެ. ޖީއެމްއާރ އެއްބަސް ވުމަކީ “އުފެދުމުގައިވެސް ބާތިލް އެއްޗެއް” ކަމަށް ބުނިމީހާ އާއި އެކަމަށް ވާގިވެރިވި މީހުން “ރައްޔިތުންގެ ބޮލަށް އެތައްސަތޭކަ މިލިޔަންރުފިޔާގެ ދަރަޖި ޖަހާލާފައި” މިއަދުވެސް އުފަލުގަ.

The name is already taken The name is available. Register?

އަލީމިރީބާ

27 December 2017

މަ ބޯހަލާކު... ޓްރިވެންޑްރަމް އަލިބެ ހާދަ ވަރަކަށޭ ސަރުކާރު ހައްދަނީ... ފުރަތަމަ އައިޖީއެމްއެޗް ގެ ކާޑިއެކް ސެންޓަ މެޑިޓްރޭނާ ކިޔާ ކްލިނިކަކަށް ވިއްކާލީ.... އެމެރިކާއަށް ދިޔަޔަސް މާ އަގުހެޔޮ ސަރުކާރަށް ބިލް ކުރާވަރަށް ވުރެއް

The name is already taken The name is available. Register?

އަލީ ނަޒިމް

27 December 2017

ލާރި ކޮޅެއް ބޭނުން ވީމަ ތިކަންވެސް ވާނެ!! ޙެހެެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454