ސިވިލް ކޯޓުގައ އިއްޔެ ބޭއްވި ޝަރީއަތަށް ފަހު، އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޖެނުއަރީ 2018 - 11:29
ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އަދީބު ބޭސް ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަން ދައުލަތުން އިއްޔެ އެދިފައި ވަނިކޮށެވެ.
Beysfaruvaa ge furihama haggu libun lasve fasvumun libey hiydhathikan thajuribaa koffin. Ehen gaidheen nekey ehfadhain Kureege VP Adeeb ah beysfaruvaa ge full haggu liben jehey. Evves Rayyithehge beysfaruvaa ah huras elhumah QA huhdha eh nukurey. #AuthorizeMedical4Adeeb -Qasim
— Qasim Ibrahim (@qasimibrahim) January 4, 2018
އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ އަދީބަށް ޖެހިފައިވާ ކަމަށާއި އެމަނިކުފާނުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް، ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ބޭސްފަރުވާގެ ފުރުސަތު އެހެން ގައިދީންނެކޭ އެއްގޮތަށް އަދީބަށް ވެސް ލިބެން ޖެހޭނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާއަށް ހުރަސް އެޅުމަށް ގާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށެވެ.
ގާސިމް ޖަރުމަނަށް ވަޑައިގަތީ، ހިތުގެ އާލާސްކަންފުޅެއްގައި، ރާއްޖެ އިން ދެވެން ނެތް ފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ. އެކަމަކު ފަރުވާ ހޯދުމަށް ބޭރަށް ފުރާވަޑައިގަތުމުގައި އޭނާއަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެ ވަޑައިގެންނެވި އެވެ.
ގާސިމާއި ނަޝީދު: އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ދެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި.
ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ޓްވީޓެއް ކުރައްވާފަ އެވެ.
ނަޝީދު ވިދާޅުވީ އަދީބު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ނުފޮނުވައި، ފަރުވާ ދޭން ދެކޮޅު ހެދުމަކީ އިންސާނިއްޔަތާ ހިލާފުކަމެއް ކަމަށާއި އެ ފުރުސަތު އެމަނިކުފާނަށް ދޭން ޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޮތީ އޭނާ ރާއްޖެއިން ބޭޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި އަދީބުގެ ފަރާތުން ހުށަހެޅި މައްސަލާގައި ކޯޓުގައި ލިޔެކިޔުންތައް ބަދަލު ކުރުމެވެ. އެކަމަކު ދައުލަތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައި، އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅަން އެދިފަ އެވެ. ދައުލަތުން ނެގި އެ ނުކުތާއާ ގުޅިގެން އަދީބުގެ ފަރާތުން ޖަވާބުދާރީވާން އަންނަ އާދިއްތަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ކުރީގެ ނައިބު ރައީސް ރާއްޖެއިން ބޭރަށް ފޮނުވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
07 January 2018
އެންމެންވެސް އުމުރު ހަމަވާނެ . އަޅުގަނޑުމެން މިތިބީ ރާއްޖެއިން ކުރެވެންއޮތް ބޭހެއްކައިބޮއިގެން. ކީއްވެ އަދީބުއާ ،ގާސިމް އާ ނަސީދަށް އެކަން އެހެން ނުކުރެވެންވީ .ވެރިކަން ބޭނުންވެގެން އުޅޭ އިރު ރައްޔިތުންނާ ހަމަވާން ލަދުގަނޭ ދޯ.
މިގޭ
07 January 2018
އެކަކުގެ ހިތްފަޅައިގެން ، އަނެކަކު މައިބަދަ ގުޑައިގެން . އަވަސްއަރުވާލާފަ ފުރައިގެން ދިޔައީ . ދެރަ ނިކަމެތިން ޖަލުގައި. ބޭސްފަރުވާވެސް ބޭނުމެއް ނުވާނެ. ރާއްޖޭގައި އެންމެ ގިނަ އެންމެ ބޮޑެތި ވައްކަންކުރި މީހާ ސަލާމަތްކުރަން ހަމަ އެފަދަ ކުއްވެރިވެފައިތިބި ބޮޑުން މިއުޅެނީ ހާދަ ވަރަކަށޭ. ލަދުން ބޯހަލާކު.
އަހަންމަދޭ
07 January 2018
އޭނަ ކައިރީ ބުނޭ ކައްޅާ ކޮށްލި ލާރިގަނޑު ދޭށޭ. އޭގެ ފަހުން އެހެން ކަންތައް. ބޭސްފަރުވާއޭ! ހުނ ކޮން ބޭސްފަރުވާއެއްތަ؟
އަބްދުއްލާ
07 January 2018
އަދީބު ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުން މަހްރޫމް ކޮށްގެން ނަސީދާ ގާސިމް ތިޔަ އުޅުއްވަނީ ކީއްވެތޯ ؟ނަސީދާ ގާސިމް ބޭސްފަރުވާ ކުރުމުގެ ނަމުގާ ރާއްޖެއިން ބޭރަށް ގޮސް ފިއްލެވުން އެއީ އަދީބު އަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވެން ނެތުމުގެ ސަބަބު ވީމާ ދެބޭފުޅުން މާލެ ވަޑައިގެން ޖަލަށް ވެދެ ވަޑައިގަތުމުން އަދީބަށް ބޭރަށް ވަޑައިގަނެވިދާނެ.
ނަދީމު
06 January 2018
ޜައްޔިތުންގެ ލާރި ނަގައިގެން ހެވިފަ. އޯކޭ ނު.
ލިލީމާ
06 January 2018
ކޮން ނެށުމެއް؟
ޝަހާމު
06 January 2018
ގާސިމް ތިއުޅެނީ ޓީމަށް އިތުރު މީހަކު ގެންނަން. އެހެންވެ އެހާވަރަކުން އަދީބު ހޯދާ ތިއުޅެނީ. އެއްއިރެއްގައި އަދީބަކީ ކޮފީގަނޑެއްވެސް ބޯލެވޭ ވަރުގެ މީހަކަށް ނުވާކަމަށް ގާސިމު ބުނާއިރު މިއީ ދެން ކޮންކަމެއް. މިހާރުވެސް އެހުރީ ބޭސްފަރުވާއަށޭ ކިޔާފައި ޖަރުމަނަށް ފިލައިގެން ގޮސްފައި.
މުސްލިމް
06 January 2018
ހަޤު އެތީ ފޯރުކޮށްދީފަ ފަރުވާ އައުމުގެ މަގުމަތީގަ
ތުއްތުބޭބެ
05 January 2018
އަދީބަށް ބޭސް ކުރުމުގެ ފުރުސަތުނުދީ އެހެންގޮތެއް ދިމާވެއްޖެނަމަ ފައިސާލިބޭނެތޯ؟ އެފައިިސަނަގާފައިވާ އެހެން މީހުން ފައިސާނުދައްކާ ވަޒިފާގެ މުސާރަ ވެސްނަގަނީ އިތުރަށް ވައްކަންވެސް ކުރަނީ ނަމަ ހުކުމެއްނުކުރާނެތޯ؟
ޢަލީބަލީ
06 January 2018
ބޭހޭ ކިޔައިގެން އެންމެންވެސް ހަމަ ގޭމް ޖައްސަނި. އަންނިވެސް ގާސިމްވެސް ނާޒިމްވެސް. އަދީބު އެއީ އެކަހަލަ ގޭމްތައް ޖެއްސުމުގެ މާސްޓަރެއް.
ދޮންބީފާނު
07 January 2018
ހަފޮޅުން ބޭރު ވާހަކަ ކަލޭ ނުދައްކާ. އެކަލޭގެ ނެގި ލާރިގަނޑު ނުދީ އެއްތާކަށްވެސް ނުދެވޭނެ. ނިކަން ދޭބަލަ.
ޙަގީގަތްް
05 January 2018
ޤާސިމްގެ އެކިއެކި ތަންތަނުން ކަޑާލި މުއައްޒަފުންނައް ދޭންޖެހޭ މުސާރަ އަދިވެސް ނުދޭ، ވަކިކުރި ނިކަމެތި މުއައްޒަފުން ހައްގު ހޯދާދީފަ ދެން އަދީބުގެ ހައްގު ހޯދަން ގޮވާލީމަދޯ މީހުންގާސިމް ދައްކާވާހަކަ ބަލައިގަންނާނި، ވީޓީވީ ބައެއް މުއައްޒަފުން ކަޑާލިތާ މަހެއްވެގެންދިޔައީ އަދި ހަބަރެއްވެސް ނުވޭ.