އަދީބު މިއަދު މާލެ ގެނައުމަށް ފަހު އަނބުރާ ގެންދަނީ: އޭނާގެ ފަރާތުން ދައުލަތާ ދެކޮޅަށް ދައުވާކުރަނީ ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި --މިހާރު ފޮޓޯ/ނިޝާން އަލީ
04 ޖެނުއަރީ 2018 - 13:40
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަން ދައުލަތުން މިއަދު އެދިއްޖެ އެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި އޭނާގެ ފަރާތުން ހުށަހެޅި މައްސަލާގައި ކޯޓުގައި މިއަދު އޮތީ ލިޔެކިޔުންތައް ބަދަލު ކުރުމެވެ. އެކަމަކު ދައުލަތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައި، އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅަން އެދިފަ އެވެ.
ދައުލަތުން ނެގި އެ ނުކުތާއާ ގުޅިގެން އަދީބުގެ ފަރާތުން ޖަވާބުދާރީވާން އަންނަ އާދިއްތަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ.
މީގެ ކުރިން ދިގު އިސްތަށިގަނޑެއް ހުރި އަދީބު މިއަދު ކޯޓަށް ގެނައިއިރު އޭނާގެ ބޯ ހުރީ ވަރަށް ތުނިކޮށް ކޮށާލައިފަ އެވެ.
އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ އަދީބަށް ޖެހިފައިވާ ކަމަށާއި އޭނާގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނެފައިވަނީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ_
05 January 2018
އަދީބުގެ މައްޗަކަށް އަދި އެއްވެސް ފައިސާއެއް ދައްކާކަށް ކޯޓަކުން ސާބިތުކޮށްފައެއް ނެތް. ދެން ސަރުކާރަށް ކިހިނެއްތޯ ޑިމާންޑުކުރެވޭނީ ފައިސާ ދައްކާފާއި ނޫނީ ބޭސްކުރާކަށް ނުފޮނުވާނަމޭ ކިޔާފައި؟
މަޖީދު
05 January 2018
ބޯބާލަން ޖެހޭ ސަބަބެއްނުވިސްނުނު. ޕީއާރު ސްޓަންޓް؟
މަގާރު
05 January 2018
ދެން ވެއްޖެއެއްނު ތިކަންތައް ރައިސް އޮފީހުންބަލައި ދޭތޯ ހުށަހަޅަން! މިކޮމަންޓު މިހާރު ނޫހަކުން ނުޖަހައިނުދޭނެ! އެއީ މިސަރުކާރުން މިހާރު ނޫހަށް ނޫސްވެރިކަމުން އެވޯޑެއް ލިބުނީމަ. ފެންނަކަންތައް ނުފެންނަކަމަށް ހަދަނީ އަނގަ ބަންދުވަނީ..އަންހެން ދުޅައިގެ ޚިޔާލެއް ފާޅުކޮށްފިއްޔާ ޖަހާނެ! ހެހެހޭ
ކްރޯޑް
05 January 2018
ބްރޯ ހާދަ ނަލައޭ މިހާރު
އައްޕި
04 January 2018
ކޮން ލާރިއެއްގެ ވާހަކައެއް މިދައްކަނީ؟ އެޖަރީމާތަކެއް ހިންގިއިރު އަދީބު ހުރީ ނައިބު ރައީސް ކަމުގަ. ފިނޭންސް މިނިސްޓަރުކަމުގައެއް ނޫން.
ހޯލި
04 January 2018
ސަރުކާރުން ބުނެފައިވަނީ އަދީބު ރާއްޖެއިން ބޭރަށް ފޮނުވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށެވެ. ލާރިކޮޅު ލިބުމުން ހުރިހާ ކަމެއް މިސަރުކާރަށް ނިމުނީއެވެ. ހަލާލެއް ހަރާމެއް ނެތެވެ. އެވެސް އަމުދުން އެކަށީގެންވާ އަދެއް ކަމަށްވާނަމައެވެ.
ކެނެޑީ
04 January 2018
ޕްރިޒަން ބްރޭކް ސްކޯފީލްޑް ދޯމީ
އަލީގ
04 January 2018
އަދީބައްވެސް އެހެރީ ސައުދީގެ ޕްރިންސުންނައް ވީގޮތް ވެފަތާ، ލާރިކޮޅު ދިނީމަ ދޫކޮއްލާ ގޮތައް.
ރުބޭލު2ޖަގަހަ
04 January 2018
ތި މައްސަލަ ބެލޭނީ ކޮންމެވެސް ފައުންޑޭޝަނަކުން.